Thuhthu_Islaamy_Veshi - Official @thuhthu_islaamy_veshi Channel on Telegram

Thuhthu_Islaamy_Veshi - Official

@thuhthu_islaamy_veshi


Official telegram Channel of Thuhthu Islaamy Veshi.
Islamic parenting, Reminders, Educational activities and Dhivehi literature products for little muslims.

Thuhthu Islaamy Veshi - Official (Dhivehi)

Thuhthu Islaamy Veshi - Official kanaleh thaarafu. Thuhthu Islaamy Veshi ge raajje Channel aa. Thuhthu Islaamy Veshi kanaleh mahah dhaaraa, dheena kuraa, oppumeh, fahuge therein, islamic kithaabe avahah nukuraa, baalaa muslimukohlun vaa dhaaneka kolhu nugaaheh dhaaraa. Thuhthu Islaamy Veshi kanaleh thaarafu neiythoa keehyah thaarafu nei.

Thuhthu_Islaamy_Veshi - Official

16 Feb, 11:49


New stock now Available 😊
938-5345

#thuhthuislaamyveshi #Islamicbooks

Thuhthu_Islaamy_Veshi - Official

15 Feb, 05:41


. ދަރިފުޅުގެ ހެދުމުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަމަށް ސަމާލުކަންދޭ ފަދައިން، އޭނާގެ ވިސްނުމާއި ފިކުރުގެ ސާފުތާހިރުކަމަށްވެސް އެހާމެ އަހައްމިއްޔަތުކަން ދޭށެވެ.

#thuhthuislaamyveshi #islamic_parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

14 Feb, 09:31


ރަމަޟާން ސޭލް😍
ވަރަށް ހެޔޮ އަގުގައި މިހާރު ޕެކޭޖަސް ލިބެން ހުންނާނެ!
Dm/Viber : 938-5345

ރާއްޖޭގެ އެތައް ތުއްތު ކުދިންނެއް ޢަރަބި ކިޔަން ދަސްކޮށް، ތަޖުރިބާކޮށްފައިވާ ކާމިޔާބު މަންޙަޖެއް!

(ނަބީބޭކަލުންގެ ވާހަކައިގެ ދިވެހި އިސްލާމީ ކާޓޫން ބަލާލަމާ!)

ވީޑިއޯސް ގަތުމުގެ ކުރިން ޓްރެއިލާރ އަދި ފީޑްބެކް ބަލާލެވޭނެ!
މި ޕޯސްޓުގެ ކޮމެންޓް ސެކްޝަން ބައްލަވާލައްވާ! 😊

#thuhthuislaamyveshi #Islamic_Parenting

https://www.facebook.com/100079773637972/posts/pfbid0rWyQty1gEh6ZhZSEURwq47xzS3WdQMPoKL3pYSfSK5LjZnURgvTLXiAPZFhonKkjl/

Thuhthu_Islaamy_Veshi - Official

02 Feb, 14:16


ބޮޑެތި ހުވަފެންތައް ދެކުމަށް ދަރީންނަށް ހިތްވަރުދޭށެވެ. އަދި އޭނާގެ އަމާޒަށް ވާޞިލުވުމަށްޓަކައި ކުދިކުދި ލަނޑުދަނޑިތަކެއް ހާސިލުކުރަމުން ކުރިއަށްދިއުމަށް އޭނާ ތަރުބިއްޔަތު ކުރައްވާށެވެ.

ޑރ. ޖާސިމް

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

31 Jan, 10:37


ތުއްތު ކުދިންގެ ދިވެހި އިސްލާމީ ކާޓޫން. 6 ޕެކޭޖް އެއްކޮށް 499ރ.
މި ޕެކޭޖްގައި ހިމެނޭނީ ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ދަސްކުރާ ވީޑިއޯސް އަދި މަސައްކަތު ޕީޑީއެފްސްއެވެ. އަދި ހަމައެހެންމެ ނަބީބޭކަލުންގެ ދިވެހި ވާހަކައިގެ ފަސް ވީޑިއޯސްއެވެ.
މި 6 ޕެކޭޖްއަކީ ވަރަށް ގިނަ ތުއްތު ކުދިން ތަޖުރިބާކޮށްފައިވާ ޝައުޤުވެރި ވާހަކަތަކާއި މަސައްކަތްތައް ހިމެނޭ 6 ޕެކޭޖް.
ދަރިފުޅަށް ފަސޭހަ ކަމާއެކު ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ދަސްކޮށްދިނުމަށްޓަކައި މި މަންޙަޖު ތަޖުރިބާ ކޮށްލައްވާ! 😍

މި ޕެކޭޖް ގަތުމުގެ ކުރިން މި މަންޙަޖު ތަޖުރިބާ ކޮށްފައިވާ ބެލެނިވެރިންގެ ފީޑްބެކް ވެސް ބަލާލެވޭނެ! އަދި ވީޑިއޯ ޓްރެއިލާރސް ވެސް ބަލާލެވޭނެ!
މި ޕޯސްޓުގެ( ފޭސްބުކް) ކޮމެންޓް ޗެކްކޮށްލައްވާ! 😊

https://www.facebook.com/100079773637972/posts/pfbid0bUGTdymigebCfWfke21X74Bcnu9Je6Y5Kg6FosCjhcLbR7MXn3XyXx2DcXyUDQSbl/

ވީޑިއޯ ޕެކޭޖް ގަތުމަށް ވައިބާރ ކޮށްލައްވާ!
938-5345

#thuhthuislaamyveshi #Islamic_Parenting #IslamicVideos #Dhonthi_Kokko #TarbiyyahTips

Thuhthu_Islaamy_Veshi - Official

30 Jan, 05:45


ތިބާގެ ދަރިންނަށްޓަކައި ކުރެވޭ ލޯތްބަކީ އަދި އެކުދިންނަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ދިރިއުޅުމުގެ މަގު ދައްކައިދޭ އަލިމަގު ބައްތިއެއް ކަމުގައި ދެކުމަކީ މުހިންމު ކަމެކެވެ. އަދި އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ތިބާ އަޅާ ކޮންމެ ފިޔަވަޅަކީ، އެ މަގުގައި ދަތިތައް ގިނަވިޔަސް، ބަރަކާތްތެރި ފިޔަވަޅެއްކަމުގައި ޤަބޫލުކުރުމަކީ މުހިންމު ކަމެކެވެ.

ތިބާއަށް ކުޅަދާނަވެގެންވެއެވެ. ދަރިންނާމެދު ގެންގުޅޭ އުސޫލުތަކުގައި އަންނަނިވި ކަންކަމުގެ މެދުގައި ރަނގަޅު ބެލެންސެއް ހިފެހެއްޓުމަށް:
1. ލޯބިވެތިކަމާއި ހަރުދަނާކަމުގެ ދެމެދުގައި.

2. އެހެން މީހުންގެ ލަފަޔަށް އިޖާބަދިނުމާއި އަމިއްލައަށް އެންމެ އެކަށޭނަ (ރަނގަޅު) ކަމަށް ފެންނަ ގޮތަށް ނިންމުންތައް ނިންމުމުގެ ދެމެދުގައި.

ތިބާ އަބަދުވެސް ހަނދުމަކުރާށެވެ! ހިތްހަމަޖެހުމުގެ އަސްލަކީ ތިބާގެ އަމިއްލަ ނަފްސެވެ. އަދި ތިބާގެ ހިތުގައި އެ ހަމަޖެހުން ލިބިއްޖެނަމަ، އޭގެ ނަތީޖާ ތިބާގެ ދިރިއުޅުމާއި ތިބާގެ ދަރިންގެ ދިރިއުޅުމުގައި ވެސް ފެންނާނެކަން ޔަޤީނެވެ.

މަޞްދަރު : التربية الممتعة (ބައެއް ބަދަލުތަކާއި އެކު)

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

29 Jan, 15:27


ކުޑަކުދިންނަކީ ނާޒުކު ގަހެއް ނުވަތަ އޮށެއް ފަދައިން، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ބައެކެވެ. ރަނގަޅު ފެނުން ފެންދީ، ހެޔޮ މާޙައުލެއްގައި ބޮޑު ކުރެވޭ ކުދިންގެ ކިބައިން ހުރިހާ ހެވަކާއި ރީތިކަމެއް ފެންނާނެއެވެ. ❤️🌷❤️

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

27 Jan, 05:54


"މިކަމުގެ އެންމެ އެކަށީގެންވާ ޙައްލަކީ، ދަރިފުޅު ރުޅިއައިސްގެން އުޅޭއިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިނުމެވެ. މިގޮތަށް ޢަމަލުކުރުމަކީ ގޭތެރޭގައި ނުވަތަ ގޭން ބޭރުގައި ވިޔަސް އެންމެ ރަނގަޅު ގޮތެވެ. މިފަދައިން ޢަމަލުކުރުމުން، ދަރިފުޅަށް ދަސްވާނީ އޭނާގެ ވަށައިގެންވާ ބޮޑެތި މީހުންގެ ކިބައިން އެކަށީގެންނުވާ އެދުންތައް ހާސިލުކުރުމަށް ރުޅިއައުމަކީ އެކަށީގެންވާ ވަސީލަތެއް ނޫންކަމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދަރިފުޅު ރުޅިއައުން ދޫކޮށްލައި، އެއަށްވުރެ ހަރުދަނާ އަދި އެކަށީގެންވާ ގޮތްތަކަކަށް އަހުލުވެރިވާނެއެވެ."
ޑރ..ޖާސިމް

#thuhthuislaamyveshi #TarbiyyahTips

Thuhthu_Islaamy_Veshi - Official

23 Jan, 09:53


ޢަރަބި އަކުރު ކުލާހުގެ މުޅިން އާ ބެޗެއް ފެށެނީ! ބެޗް-10
ތުއްތު ކުދިންނަށް! މަޖާ ވާހަކަތަކުން އަދި މަޖާ ގޭމްސްއިން ޢަރަބި އަކުރު ކިޔަން ދަސްކޮށްލަމާ!
إن شاء الله އަކުރު ކުލާހުން ފެށިގެން ލެވެލް އަކަށް ފަހު ލެވެލް އެއް ކުރިއަށް ގެންދެވޭނެ!
5 މަސް ތެރޭގައި އަކުރު ފިލި އަދި ކަލިމަ ކިޔަން މި ޕްރޮޤްރާމްގެ ތެރެއިން ކުދިންނަށް ދަސްވެގެންދާނެ! 😊

3 އަހަރާ 8 އަހަރުގެ ދެމެދުގެ ކުދިންނަށް މި ކުލާހުގައި ބައިވެރިވެވޭނެ!

ކުލާހުގައި ބައިވެރިވުމަށް ވައިބާރ ކޮށްލައްވާ!
938-5345

މި ޕްރޮގްރާމްމަކީ ވަރަށް ގިނަ ކުދިން ތަޖުރިބާކޮށްފައިވާ ކާމިޔާބު ޕްރޮގްރާމެއް!
الحمد لله. ފީޑްބެކް ބައްލަވާލެއްވުމަށް
https://www.facebook.com/share/p/1Y3NcLyyAx/
😊

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

15 Jan, 07:34


ބާކީ އެންމެ ފޮތެއް!
Dm-938-5345

Thuhthu_Islaamy_Veshi - Official

09 Jan, 04:36


ރަމަޟާން ހަދިޔާ ދަރިފުޅަށް! ވަރަށް ލޯބި ވާހަކަ ފޮތް ސެޓެއް! 🥰 ޤުރުއާނުން ރީތި ވާހަކަތައް ހިމެނޭ 20 ވާހަކައިގެ ފޮތް ސެޓެއް!
ރީތި ކުރެހުންތަކާއި އެކު! 😍
Stock clearance Sale!!
Only one set available!

Dm-938-5345
#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

09 Jan, 02:51


Varah haasa parenting session eh, In sha Allah mirey feshenee!! Avahah register kohlahvaa! 😊

938-5345

Thuhthu_Islaamy_Veshi - Official

05 Jan, 02:16


Sale ge emme fahu dhuvas!!
Dm/Viber : 938-5345

Thuhthu_Islaamy_Veshi - Official

05 Jan, 02:13


Sale ge emme fahu dhuvas!!
Dm/Viber : 938-5345

Thuhthu_Islaamy_Veshi - Official

05 Jan, 02:11


Emme agu heyo Sale ge emme fahu dhuvas!! 😊
Dm/Viber 938-5345

Thuhthu_Islaamy_Veshi - Official

04 Jan, 08:39


ބާކީ ފަސް ޖާގަ! އަވަހަށް ރެޖިސްޓާރ ވެލައްވާ!
938-5345

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

03 Jan, 16:15


https://youtube.com/shorts/wjSAjRRX268?si=9ejDR5nb0kcs8hdL

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތައް ފެނުއަޑީގައި! 🌧️⛈️ އަދި މީގެ އިތުރުން މެދުރާއްޖެތެރޭގެ ގިނަ ރަށްރަށް ވެސް ފެނުއަޑީގައި! މާ ގިނައިން ވާރޭ ވެހުމުން ކުރާނެ ޚާއްޞަ ދުޢާއެއް އޮންނަކަން އިނގޭތަ؟ މި ދުޢާ އެންމެން ވެސް އަވަހަށް ކިޔާލަމާ!

اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ. آمين

#thuhthuislaamyveshi #ReviveASunnah #Islamic_Parenting #IslamicVideos #Dhonthi_Kokko #TarbiyyahTips

Thuhthu_Islaamy_Veshi - Official

03 Jan, 06:14


ޚާއްޞަ ޕޭރެންޓިން ސެޝަނެއް ފެށެނީ! ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެން ވީ މުހިންމު އުކުޅުތައް ދަސްކޮށްލަމާ! ރުޅި އަންނަ ވަގުތުތަކުގައި ކަންތައް ކުރަން ވީ ގޮތްތައް ވެސް މި ސެޝަންގައި ކިޔައި ދެވޭނެ! އަދި ހަމައެހެންމެ ވަރަށް ރީތި ތަރުބަވީ ވާހަކަތައް ކިޔައިދެވޭނެ!
އަވަހަށް ރެޖިސްޓާރ ވެލައްވާ!
Dm/Viber : 938-5345

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

02 Jan, 03:46


ހެނދުނާއި ހަވީރުގެ ޛިކުރުތައް، ދަރިފުޅު ކުޑައިރުން ފެށިގެން ކިޔައިދިނުމަށް އާދަ ކުރުވަމާ!
Dm/Viber : 938-5345

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

01 Jan, 06:56


Juzz Amma class. Avahah register velahvaa!
DM : 938-5345

Thuhthu_Islaamy_Veshi - Official

31 Dec, 04:22


ދަރިފުޅާއި ޗުއްޓީ! ވަރަށް ޚާއްޞަ އޮންލައިން ޕޭރެންޓިން ސެޝަން އަނެއްކާވެސް ފެށެނީ! إن شاء الله
ވަރަށް ފައިދާހުރި މަޢުލޫމާތުތައް ލިބިގެންދާނެ ޚާއްސަ ޕޭރެންޓިން ސެޝަނެއް! ހަމައެކަނި މަންމަމެންނަށް ނުވަތަ އަންހެން ކަނބަލުންނަށް!
އަވަހަށް ރެޖިސްޓާރ ވެލައްވާ! 😊
Dm/Viber : 938-5345

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

31 Dec, 03:31


🌿🌸ޔާ ﷲ! އަޅަމެންނަކީ އަޅަމެންގެ ދަރީންނަށް ހެޔޮ ދުޢާ ކޮށްދޭ ބަޔަކު ކަމުގައި ލައްވާނދޭވެ!

🌿🌸ޔާ ﷲ! އަޅަމެންގެ ދަރީންނަކީ ﷲއަށް ބިރުވެރިތިވާ ކުދިން ކަމުގައި ލައްވާނދޭވެ! އަދި ފަރުޟު ފަސް ނަމާދު ޤާއިމު ކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ!

🌿🌸އަދި ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތަށް ފުރިހަމައަށް ޢަމަލު ކުރާ ކުދިން ކަމުގައި ލައްވާނދޭވެ!

🌿🌸ޔާ ﷲ! އަޅަމެންގެ ދަރީންގެ ހިތްތައް ކީރިތި ޤުރުއާނުގެ ނޫރުން އަލި ކުރައްވާނދޭވެ! އަދި އެކުދިންގެ ހިތުދަސްކުރުމުގެ ބާރު ގަދަ ކުރައްވާ، ވިސްނުން ތޫނު، ޢިލްމީ ކުދިން ކަމުގައި ލައްވާނދޭވެ!

🌿🌸 يا الله! އަޅަމެންގެ ދަރީންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވާނދޭވެ! އަދި އެންމެހާ ބަލިތަކާއި ރޯގާތަކުން އެކުދިން ދުރު ކުރައްވާ، ރައްކާތެރިކޮށްދެއްވާނދޭވެ!

🌿🌸 ޔާ ﷲ! އެކުދިންގެ ކިބައިން ހުރިހާ ނުބައެއް ދުރުކޮށް ދެއްވާނދޭވެ!

🌿🌸 އަދި އެކުދިންނަށް ގެއްލުން ދިނުމަށް އެދޭ އެންމެހާ އިންސީންނާއި، ޖިންނީންނާއި އަދި އެންމެހާ ތަކެތީގެ ނުބައިކަމުން އެކުދިން ރައްކާތެރިކުރައްވާ ސަލާމަތްކޮށްދެއްވާނދޭވެ!

🌿🌸 ޔާ ﷲ! އަޅަމެންގެ ދަރީންގެ ދިރިއުޅުން އުފާވެރި ކޮށްދެއްވާނދޭވެ!

🌿🌸 އަދި އެކުދިންގެ މުސްތަޤުބަލު ރަނގަޅު ކޮށްދެއްވާނދޭވެ!

🌿🌸 ޔާ ﷲ! އަޅަމެންނަކީ އަޅަމެންގެ ދަރީންނަށް ރަޙުމު ކުރާ ހެޔޮ ލަފާ ޞާލިޙް މައިންބަފައިންކަމުގައި ލައްވާނދޭވެ!

🌿🌸 އަދި އަޅަމެންގެ ދަރީންނަކީ އަޅަމެންނަށް ވެސް ރަޙުމު ކުރާ، އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭ ޞާލިޙު ދަރީން ކަމުގައި ލައްވާނދޭވެ!

🌿🌸 ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅަށް ބަރަކާތް ލައްވާނދޭވެ! އަދި ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަމާއި ކާމިޔާބު މިންވަރު ކުރައްވާނދޭވެ!

🌿🌸 ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވާނދޭވެ! އަދި އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ!

🌿🌸އަދި އަޅަމެން ނަރަކައިން ސަލާމަތް ކުރައްވާ، ޖަންނަތުލް އަލް ފިރްދައުސް ލިބުމުގެ ހެޔޮ ރަޙްމަތް އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ!

🌿🌸ޔާ ﷲ! އަޅަމެންގެ ހެޔޮ ދުޢާ އިޖާބަ ކުރައްވާނދޭވެ! އާމީން ❤️

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

30 Dec, 14:12


ދަރިފުޅަށް ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ފަސޭހަކަމާއެކު ދަސްކޮށްދޭން ބޭނުންތޯ؟ ޢަރަބި އަކުރު ފިލި އަދި ކަލިމަ ފަސޭހައިން ދަސްކޮށްދިނުމަށްޓަކައި މި ޕްރޮޤްރާމްގެ ވީޑިއޯސް އަދި ޕީޑީއެފް ފޮތުން ދަރިފުޅަށް ދަސްކޮށްދެމާ! إن شاء الله 3 މަސް ނުވަތަ އެންމެ ލަސްވެގެން 6 މަސް ތެރޭގައި މި މަންހަޖަށް ފޮލޯ ކޮށްގެން ދަރިފުޅަށް ޢަރަބި ކިޔަން ދަސްވާނެ! ބޭނުން ވަނީ ދުވާލަކު 15 މިނެޓް. ބޭނުން ވަނީ ގަވާއިދުން ހިތްވަރު އެލުވައި ނުލައި ކުރިއަށް ދިއުން. إن شاء الله. 😊 އެތައް ހާސް ތުއްތު ކުދިންނެއް ބަލާފައިވާ ވީޑިއޯސް!
އަދި އެތައް ތުއްތު ކުދިންނެއް ތަޖުރިބާ ކޮށްފައިވާ ތުއްތު ކުދިންނާއި ގުޅޭ މަންޙަޖެއް!

ވީޑިއޯސްގެ ޓްރެއިލާރސް ވެސް ބަލާލެވޭނެ. މި މަންހަޖް ތަޖުރިބާ ކޮށްފައިވާ ބެލެނިވެރިންގެ ފީޑްބެކް ވެސް ބަލާލެވޭނެ. މި ޕޯސްޓުގެ ފޭސްބުކް ކޮމެންޓް ޗެކްކޮށްލައްވާ! 😊❤️

ޕެކޭޖް ގަތުމަށްޓަކައި ވައިބާރ އަށް މެސެޖް ކޮށްލައްވާ ނުވަތަ ޕޭޖަށް މެސެޖް ކޮށްލައްވާ!
....

938-5345

#thuhthuislaamyveshi #Islamic_Parenting

Thuhthu_Islaamy_Veshi - Official

26 Dec, 04:25


ސޭލް!! 😊- ކަސްޓަމައިޒް ފަސް ޗާޓު - 199ރ
އޯޑާރ ދެއްވުމަށް ވައިބާރ ކޮށްލައްވާ!

Dm - 938-5345

#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

25 Dec, 11:19


In sha Allah maadhamaa rey 8:45ga.

938-5345
Avahah register velahvaa! 😊

Thuhthu_Islaamy_Veshi - Official

25 Dec, 10:51


https://youtube.com/shorts/bgGvHFDqoo8?si=qqE4joTWtWoGAunY

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ދަރިން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު އިތުރުވަމުން ދާކަން އެއީ އެންމެންނަށް ވެސް އެނގޭ ހިތި ޙަޤީޤަތެކެވެ. މި ޒަމާނުގައި ސޯޝަލް މީޑިއާއިން ތަފާތު މަޢުލޫމާތުތަކާއި، އެހެނިހެން ދީންތަކުގެ ޝިޢާރުތަކާއި، އެ ދީންތަކުގައި ފާހަގަކުރާ ދުވަސްތަކާ ގުޅޭ ކަންކަން ފެންނަމުންދާކަން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރުމަށްޓަކައި، އެ ކުދިންނަށް އިސްލާމީ ތަޢުލީމާއި މަޢުލޫމާތު ރަނގަޅަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިގޮތުން، ޢީސާގެފާނުގެ ޙަޤީޤީ ވާހަކަ ދަރިންނަށް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢީސާގެފާނަކީ މާތްﷲގެ ނަބިއްޔެއްކަމާއި، އެކަލޭގެފާނު ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރިކަމުގެ ދަޢުވަތު އިންސާނުންނަށް އިއްވެވުމަށްކަން ދަރިންނަށް ކިޔައިދޭށެވެ. އަދި ޢީސާގެފާނަކީ މާތްﷲގެ ދަރިކަލެއް ނޫންކަން ކީރިތި ޤުރުއާނުގެ ދަލީލުތަކުން ދަރީންނަށް ކިޔައިދޭށެވެ.

{ مَا كَانَ لِلَّهِ أَن یَتَّخِذَ مِن وَلَدࣲۖ سُبۡحَـٰنَهُۥۤۚ إِذَا قَضَىٰۤ أَمۡرࣰا فَإِنَّمَا یَقُولُ لَهُۥ كُن فَیَكُونُ }
[Surah Maryam: 35]

"ދަރިކަލަކު ހިއްޕެވުން އެއީ، اللَّه އަށް އެކަށީގެންވާ ކަމެއްނޫނެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިހިނދު، އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، [ވާށޭ] އެވެ! ދެން އެކަމެއް
ވެދެތެވެ."

އަދި ޢީސާ عليه السلام، މަރުވެވަޑައިނުގަންނަވާކަން ވެސް ދަރިންނަށް ކިޔައިދޭށެވެ. އަދި ޤިޔާމަތް ކައިރިވުމުން ﷲ سبحانه وتعالى ގެ އަމުރުފުޅަށް ޢީސާގެފާނު އަނބުރައި ދުނިޔެއަށް ފައިބައިވަޑައިގަންނަވާނެކަމާއި، ދައްޖާލުގެ ވާހަކަތަކާއި، ފަހު ޒަމާނުގައި ހިނގާނެ ކަންތައްތަކުގެ މަޢުލޫމާތު ވެސް ކުދިންނަށް ކިޔައިދީ ދީނުގައި ޘާބިތުވުމަށް އަބަދު ވެސް ހަނދާން ކޮށްދޭށެވެ.

އަދި ހަމައެއާއެކު، އެހެން ދީންތަކުގެ ޝިޢާރުތަކާއި އާދަކާދަތަކުގައި ބައިވެރިނުވުމަށާއި، އެ ދީންތަކުގެ މީހުންނާ އެއްގޮތްނުވުމަށް ދަރިންނަށް އިރުޝާދު ދޭށެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި، އަޅުގަނޑުމެންގެ އިސްލާމީ އާދަކާދަތަކުގެ މުހިންމުކަން ދަރިންނަށް ދަސްކޮށްދޭށެވެ.
އާދެ، ދަރިންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ޒިންމާއެކެވެ. އެހެންކަމުން، ދަރިންނަށް ރަނގަޅު މަޢުލޫމާތު ދީ، އެ ކުދިން ހެޔޮ މަގުން ދަތުރު ކުރުވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެކެވެ.

Qur'an Recitation by Aishko (8)
ما شاء الله، اللهم بارك لها. اللهم احفظها. آمين

#thuhthuislaamyveshi #Islamic_Parenting #TarbiyyahTips

Thuhthu_Islaamy_Veshi - Official

24 Dec, 12:08


މުޅިން އަލަށް ފެށޭ ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ދަސްކުރާ އޮންލައިން ވޯކްޝޮޕްއެއް ކުޑަކުދިންނަށް!
6 އަހަރުން މަތީގެ ކުދީންނަށް!
ކީރިތި ޤުރުއާން ބަލައިގެން ފަރިތަކޮށް ކިޔުމަށްޓަކައި ފިލިތައް ދަސްކުރާ މި މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެކެވެ!
މި ޕްރޮގްރާމްގައި ކޮންމެ ކުއްޖަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ލިބިގެންދާނެ! އަދި އިތުރަށް ބޭނުންވާ އެހީތެރިކަން ވެސް ކުދިންނަށް ފޯރުކޮށްދެވޭނެ! إن شاء الله
މި ވޯކްޝޮޕް ވެގެންދާނީ ކުޑަކުދިންނަށް މަޖާ ޝައުޤުވެރި ޕްރޮގްރާމަކަށް! ޝައުޤުވެރި ވާހަކަތަކުން އަދި މަޖާ ގޭމްސްއިން އަކުރު ފިލި އަދި ކަލިމަތައް ކުދިންނަށް ފަސޭހަކަމާއެކު ސިކުނޑީގައި ހަރުލާނެ ގޮތަށް ކިޔައިދެވޭނެ!
ކިޔުމާއި ލިޔުމާއި އަދި އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ!
إن شاء الله!

އެންމެ 10 ޖާގަ!
އަވަހަށް ރެޖިސްޓާރ ވެލައްވާ!
938-5345

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

24 Dec, 10:13


ޤުރްއާނުން 20 ވާހަކަ ހިމެނޭ ވާހަކަ ފޮތް ސެޓެއް! 😍
ދަރިފުޅުގެ އަގުހުރި ވަގުތުތައް ފައިދާ ކުރުވަނިވި ވާހަކަތައް ކިޔުމަށް ޝައުގުވެރިކުރުވަމާ! 😊
938-5345

Free delivery within Malé and hulhumale. Boat and ferry too.

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

03 Dec, 16:22


https://youtube.com/shorts/86b30T73otM?feature=shared

ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކީރިތި ޤުރުއާނުގެ މަތިވެރި އާޔަތްތައް.❤️
....

﴿يَٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ﴾ «الفجر 27»

"އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ!"

"[To the righteous it will be said], "O reassured soul,"

﴿ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ﴾ «الفجر 28»

"ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!"

" Return to your Lord, well-pleased and pleasing [to Him],"

﴿فَٱدۡخُلِي فِي عِبَٰدِي﴾ «الفجر 29»

" ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ!"

" And enter among My [righteous] servants"

﴿وَٱدۡخُلِي جَنَّتِي﴾ «الفجر 30»

"އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!"

"And enter My Paradise."

މާތް ﷲ އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅަށް ބަރަކާތް ލައްވާށި. އަދި އަޅަމެން އެންމެންނަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް ލިބުމުގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށި. އާމީން ❤️

#thuhthuislaamyveshi #Quran #muslimkids #Dhonthi_Kokko #القرآن

Thuhthu_Islaamy_Veshi - Official

02 Dec, 15:51


" ކާމިޔާބު ނުވިނަމަވެސް، އެކަމަށް ކުރެވުނު މަސައްކަތާއި ނިޔަތަށް ﷲ سبحانه وتعالى ދަރުމަ ދެއްވާނެކަމުގެ ޔަޤީންކަން ދަރިންނަށް ދޭށެވެ.
މިއަދުގެ ނާކާމިޔާބީއަކީ މާދަމާގެ ކާމިޔާބީއަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ."

#thuhthuislaamyveshi #Islamic_Parenting

Thuhthu_Islaamy_Veshi - Official

02 Dec, 09:28


ޔޫޓިއުބް ޕްލެޓްފޯމްގައި 9,000 މެމްބަރުންގެ މައިލްސްޓޯނަށް ވާސިލުވުމުގެ އުފަލުގައި، ކުރިއަށް ގެންދާ ޚާއްޞަ ސޭލެއް! 😍

މި ސޭލްގެ ދަށުން، އަޅުގަނޑުމެންގެ ހުރިހާ ޕެކޭޖްތަކެއް ވެސް ވަރަށް ހެޔޮ އަގުތަކެއްގައި ލިބިވަޑައިގަންނަވާނެ. މި ޚާއްޞަ އޮފަރ 2 ޑިސެމްބަރުން 10 ޑިސެމްބަރުގެ ނިޔަލަށް ދެމިގެން ދާނެ. إن شاء الله

އަޅުގަނޑުމެންގެ ތުއްތު ކުދިންގެ އިސްލާމީ ވީޑިއޯސް ޕެކޭޖަކީ ލޯބިވާ ދަރިފުޅަށް ނުވަތަ ކޮއްކޮ އަށް ދެވިދާނެ އެންމެ ރަނގަޅު އެއް ހަދިޔާ.

މި ޕެކޭޖްގައި ހިމެނެނީ ޢަރަބި އަކުރު، ފިލި އަދި ބަސްތައް ފަސޭހަކަމާއެކު ދަސްކޮށްދޭ، ޝައުގުވެރި ވާހަކަތަކާއި، މަޖާ ކުޅިވަރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ތަޢުލީމީ މަންޙަޖެކެވެ.

ވީޑިއޯސް ގެ އިތުރުން މަސައްކަތު ފޮތުގެ ޕީޑީއެފް ފައިލް ވެސް ލިބިގެންދާނެ. ކޮންމެ ފިއްޔަކަށް ޚާއްޞަ ވީޑިއޯއެއް އަދި ޕީޑީއެފް ފައިލްއެއް ތައްޔާރު ކުރެވިފައިވާނެއެވެ.

މި މަންޙަޖަކީ ދިވެހިރާއްޖޭގެ އެތައް ކުޑަކުދިންނެއް ބޭނުންކޮށްފައިވާ މަންޙަޖެއް. އަކުރު، ފިލި އަދި ބަސްތައް ދަސްކުރުމުގައި ކާމިޔާބު މަންޙަޖެއް.
الحمد لله
އަދި މީގެ އިތުރުން ނަބީބޭކަލުންގެ ފަސް ވާހަކައިގެ ވީޑިއޯސް ވެސް މި ޕެކޭޖް ތެރޭގައި ހިމެނިގެން ދާނެ. މި ވާހަކަތަކަކީ ކުޑަކުދިންނާއި ގުޅޭގޮތަށް ތައްޔާރު ކޮށްފައިވާ ދިވެހި ވީޑިއޯސް.

ވީޑިއޯސް ގަތުމުގެ ކުރިން ބެލެނިވެރިންގެ ތަޖުރިބާތަކާއި، ވީޑިއޯތަކުގެ ޓްރެއިލަރ ބެއްލެވޭނެ.
ފޭސްބުކް
https://www.facebook.com/100079773637972/posts/pfbid02yFMfkUF3HrAHTD56c5cWKxj7dZn8ZetTqRxNfLsh3AKXytxra6EX33JDs9kqVkrRl/

ކޮމެންޓް ސެކްޝަން ޒިޔާރަތްކުރެއްވުން އެދެމެވެ. 😊 ނުވަތަ ޕޭޖަށް މެސެޖް ކޮށްލައްވާ ނުވަތަ މި ނަމްބަރަށް ވައިބާރ ކޮށްލައްވާ!
938-5345

މި ނާދިރު ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ލަސްނުކުރައްވާ! ❤️
6 ޕެކޭޖް އެއްކޮށް ހަމަ އެންމެ 399ރ.

#thuhthuislaamyveshi #Islamic_Parenting #IslamicVideos

Thuhthu_Islaamy_Veshi - Official

02 Dec, 08:59


الحمد لله ❤️
جزاكم الله خيرا ❤️🥰

#thuhthuislaamyveshi #Islamic_Parenting #IslamicVideos #Dhonthi_Kokko

Thuhthu_Islaamy_Veshi - Official

11 Nov, 07:31


" ނަފްސަށް ލޯބި ކުރުމާއި އަމިއްލަވަންތަކަމުގެ ތަފާތު "
ޑރ.ޖާސިމް

#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

02 Nov, 11:22


ހަރުދަނާ ޝަޚްޞިއްޔަތެއް ހުންނަ މީހަކީީ އޭނާގެ ރުޅި ކޮންޓްރޯލް ކުރަން ކުޅަދާނަ މީހާއެވެ. އޭނާގެ ނަފްސު ހިފެހެއްޓުމަށް ކުޅަދާނަ މީހާއެވެ. އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށް އިޙްތިރާމްކޮށް ވިސްނުންތެރިކަމާއި އެކު ޢަމަލު ކުރާ މީހާއެވެ.

#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

31 Oct, 02:53


ރަނގަޅު ތަރުބިއްޔަތު ❤️

#thuhthuislaamyveshi #Islamic_Parenting
#dharin

Thuhthu_Islaamy_Veshi - Official

28 Oct, 09:02


ތުއްތު ކުދިންގެ ދިވެހި އިސްލާމީ ކާޓޫން ޕެކޭޖް. މި ޕެކޭޖް ދަރިފުޅަށް ގަނެދޭން ވީ ކީއްވެ؟ 🤔
މި ޕެކޭޖްގައިވާ ވީޑިއޯސް ބައްލަވާލައްވައިގެން ކުދިންނަށް ގޭގައި ފަސޭހަ ކަމާއެކު ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ކޮންމެ މަންމައަކަށް ވެސް ދަސްކޮށްދެވޭނެއެވެ. إن شاء الله

ވީޑިއޯސް ތައްޔާރު ކުރެވިފައި ވާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ކޮންމެ ފިއްޔަކަށް ވީޑިއޯ އެއް ތައްޔާރު ކުރެވިފައިވާނެއެވެ. އަދި މީގެ އިތުރުން އެ ވީޑިއޯ އާ ގުޅޭ ގޮތަށް ކޮންމެ ފިއްޔަކަށް ޚާއްސަ ޕީޑީއެފް ފައިލް ފޮތެއް ވެސް ތައްޔާރު ކުރެވިފައިވާނެއެވެ. ޕީޑީއެފް ފައިލްގައި ކިޔުމުގެ އިތުރުން ލިޔުމުގެ ބައިތައް ވެސް ހިމެނޭނެއެވެ. އަދި އެ ފިއްޔަކަށް ޚާއްސަ ވޯކްޝީޓްސް ވެސް ހިމެނޭނެއެވެ.

ހަފްތާ އަކަށް ފިއްޔެއް ކުރިއަށް ގެންދާށެވެ. އެ ހަފްތާއެއްގައި ކިޔަވާ ފިލި ރަނގަޅަށް ދަސްވުމުން ނޫނީ އެހެން ފިއްޔެއް ކިޔައި ދޭން ނުފަށާށެވެ.
ވީޑިއޯ އަދި ޕީޑީއެފް ފޮތުން ކިޔައިވައި ދިނުމަށް ބޭނުން ވާނީ ދުވާލަކު ޖުމްލަ 30 މިނެޓެވެ.
ދަރިފުޅު ގާތުގައި ކޮންމެ ދުވަހަކު ވެސް 30 މިނެޓް ހޭދަކޮށްގެން މި ގޮތަށް، މެދު ނުކެނޑި ކުރިއަށް ގެންދާ ކަމުގައި ވާނަމަ إن شاء الله 6 މަހުގެ ތެރޭގައި ދަރިފުޅަށް ޢަރަބި އަކުރު ފިލި އަދި ކަލިމަ އެކުލަވާލައިގެން ކިޔަން ދަސްވެގެން ދާނެއެވެ.
ކުޅުމުގެ ތެރެއިން އަދި މަޖާ ވާހަކަތަކުން އަދި މަޖާ ގޭމްސްއިން އަކުރު ފިލި އަދި ކަލިމަ ކިޔަން ދަރިފުޅަށް މަގު ދައްކައި ދޭށެވެ. 😍❤️

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ތުއްތު ކުދިންނެއް ތަޖުރިބާކޮށްފައިވާ ކާމިޔާބު މަންޙަޖެއް. އަދި މީގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ އެތައް ތުއްތު ކުދިންނެއް ވެސް ތަޖުރިބާކޮށްފައިވާ ކާމިޔާބު މަންޙަޖެއް! ❤️ الحمد لله

ވީޑިއޯ ޕެކޭޖް ގަތުމުގެ ކުރިން ޕޭރެންޓްސް ފީޑްބެކް ބަލާލެވޭނެ އަދި ޓްރެއިލާރ ވީޑިއޯސް ވެސް ބަލާލެވޭނެ. މި ޕޯސްޓުގެ ކޮމެންޓް ޗެކްކޮށްލައްވާ! 😊

938-5345

#thuhthuislaamyveshi #Islamic_Parenting #IslamicVideos #Dhonthi_Kokko

Thuhthu_Islaamy_Veshi - Official

28 Oct, 06:38


ދަރީން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދަރީންނަށް މައިންބަފައިންގެ މައްޗަށް އަމުރުކޮށް، ބާރުު ހިންގިޔަދެވިގެން ނުވާނެއެވެ. - ޑރ. ޖާސިމް -


#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

27 Oct, 07:56


އެންމެހައި ނުބައި ކަންކަމުން އަޅަމެންނާއި، އަޅަމެންގެ ދަރީން ރައްކާތެރި ކުރައްވާށި. އާމީން

#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

27 Oct, 03:03


-ދަރިން ކާބޯތަކެއްޗަށް ބޭނުންވާ ވަރަށްވުރެ ބޮޑަށް، މަންމައާއި ބައްޕަގެ ފަރާތުން ލޯތްބާއި އޯގާތެރިކަމަށާއި، އެކުދިންނަށް އިޙްތިރާމްކުރުމަށާއި، ލޯތްބާއި އެކު އެކުދިންގެ ގައިގަ ބައްދާލައި ބޮސްދިނުމަށް ބޭނުންވެއެވެ. މިއީ ނަފްސާނީ އެތައް ބަލިތަކަކުން އެކުދިން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

-އެކުދިން ދެކެ ވާ ލޯބި ފާޅުކުރަން ފަސްނުޖެހޭށެވެ.

-ކުދިން ދެކެ ކޮންމެ މަޔަކު އަދި ބަފަޔަކު ވެސް ލޯބިވާނެކަން ކަށަވަރެވެ. އެކަމަކު މިތާނގައި މިބަޔާންކުރަނީ އެލޯބި ފާޅުކުރާ ވާހަކައެވެ.

-އެކުދިންގެ ގައިގައި ބައްދާލާ ، ބޮސްދީ ހެދުމުން އެކުދިންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެއެވެ. އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާނެ ފަދަ ބަސްތައް ބުނެލަމާތޯއެވެ.

-ޑރ ހުމާމް ޢަރަފާ-

#thuhthuislaamyveshi #Islamic_Parenting
#dharin

Thuhthu_Islaamy_Veshi - Official

26 Oct, 14:25


https://www.facebook.com/100079773637972/posts/pfbid0Z9mw9dTNEho5wDjgAYYF9PDwNSruvE2wbY8atxKZBvrvsMbr6ckXyQSz27iYcgBRl/

ދަރިންނާއި މެދު އިހުމާލު ނުވާށެވެ!

މިއަދު ދަރިންގެ ހަށިގަނޑުތައް ދަނީ ބޮޑެތިވަމުންނެވެ. އެކުދިންގެ ދީންވެރިކަންދަނީ ދަށަށެވެ.
އެކުދިން ކައިގެން ބަނޑުފުރުވައެވެ. އެހެނަސް އެކުދިންވަނީ ލޯތްބާއި އަޅާލުމަށް ފެންބޮވައިގެންފައެވެ. ދައްކާވާހަކަ އަޑުއަހާނެ ފަރާތަކަށް ބޭނުން ޖެހިފައެވެ.

މިޒަމާން އޭރާއި ހާދަހާ ތަފާތެވެ.

މިއަދު އެދަރިފުޅާއި މެދު ސިކުންތުކޮޅަކަށް އިހުމާލުވެއްޖެނަމަވެސް، އެތައް ނުބައި ފިކުރުތަކެއް އައިސް އޭނާގެ ސިކުނޑި ފުރާލައެވެ. ލޯކުރިމަތީ އެތައް ހުތުރު މަންޒަރުތަކެއް އަތުރާލައެވެ. ހެޔޮކަމުގެ ބަދަލުގައި ނުބައި ކަންކަމުގައި އޭނާގެ ވަގުތުތައް ބޭކާރުކުރުވާލާނެ އެތައް ބަޔަކު އަދި އެތައް ކަމެއްވެއެވެ. މިއީ ހިނދުކޮޅަކަށް އިހުމާލުވެއްޖެނަމަ ވާގޮތެވެ. ދެން އެތައް ދުވަސްތަކަކަށް އަދި މަސްތަކަކަށް އެކުދިންނާއި މެދު އިހުމާލުވެއްޖެނަމަ ވާނެގޮތް ތަޞައްވަރުކޮށްލާށެވެ!

މައިންބަފައިންނޭވެ! ދަރިންގެ ހިތުގައި ﷲއާއި މެދު ލޯބި ނުއުފެއްދޭނަމަ، އެކަލާނގެ އަބަދުމެ ބައްލަވާވޮޑިގެންވާ ކަމުގެ ފިކުރު އަށަނުގެންނުވޭނަމަ، ތިޔަ ހޯދައިދޭ އާހެދުންތަކުގެ ބޭނުމެއް ފަހެ ކޮބައިހެއްޔެވެ؟ ތިޔަ ލިބޭ ބޮޑު މުސާރައިގެ އަގެއް އެބައޮތް ހެއްޔެވެ؟
ދަރިފުޅުގެ ކިބައިގައިވާ ރަގަޅު ސިފަތަކާއި ހުނަރުތައް ކުރިނޭރުވޭނަމަ، އެކުދިންގެ ކިބައިވާ އުނި ކަންކަމާއި ގޯސް ސިފަތައް އިޞްލާޙުކުރަން ނޫޅެވޭނަމަ، ތިޔަ އެއްކުރާ މުދަލުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

މައިންބަފައިންނޭވެ! ވަގުތުގެ ދަތިކަމޭ ބުނެ އުޒުތައް ދައްކައި އަމިއްލަ ނަފްސަށް މަލާމާތް ލިބިނުގަންނާށެވެ. ސަޙާބީ ބޭކަލުން އެކި ބިންތައް ފަތަޙަކުރެއްވިއެވެ. އެއަށްފަހު އެނބުރިވަޑައިގެން ދަރިންގެ ހިތްތައް ފަޠަހަކުރައްވައި އެކުދިންނަށް ހެޔޮ ތަރުބިއްޔަތު ދެއްވިއެވެ. ދީންވެރިކަމާއި ރިވެތި އަޚްލާޤު އެދަރިންނަށް ވާރުތަކޮށްދެއްވިއެވެ. އުޒުރު ނުދައްކާށެވެ. ބައްޕައިންނަށްވެސް ކުދިންނަށް ހެޔޮ އަސަރުތަކެއް ދޫކުރެވޭނެއެވެ. މަންމަމެންނަށް ވެސް ދަރިންނަށް ފިރުމުންތަކެއް ދެވޭނެއެވެ. އަބަދުވެސް ދަރިންނަށް އެކުދިންގެ ޙަޔާތުގައި މަންމައާއި ބައްޕަގެ ދައުރަށް ބޭނުންޖެހިފައިވެއެވެ.

އެކުދިންނަށްޓަކައި ރިޒުޤު ހޯދަން މަސައްކަތްކުރާތީ ވާގޮތޭ ބުނެ އުޒުރު ނުދައްކާށެވެ. މަންފާއެއް ނެތް، އަޚްލާޤެއް ނެތް ހުސް ހަށިގަނޑުތަކެއް އުއްމަތަށް ދޫކުރަން މަގުފަހިކުރުވާ މުދަލެއްގެ ބޭކާރުކަމާއެވެ.

މީސްތަކުންނޭވެ! އަހަަރެމެން ބޮޑުވަމުން އައި ޒަމާނާއި މި ޒަމާން ހާދަހާ ތަފާތެވެ. ދަރިން އެތިބެނީ ހާދަހާ ނިކަމެތިވެފައެވެ. މިއަދުގެ ދަރިންގެ ތަރުބިއްޔަތަށް، އޭރާއި އަޅާ ބަލާއިރު، އުފުލަން ޖެހޭ ބުރަ މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ތެދު މަގުން ކައްސުވާލާ ފިކުރުތަކާއި، ދުނިޔަވީ އެދުންތަކާއި ދަޅަތައް މިވަނީ އިންތިހާއަށް ފެތުރިފައެވެ.

ވީމާ، ގެތަކަށް އަލުން އެނބުރި ރުޖޫޢަވާށެވެ. އެކުދިންނަށް ލޯތްބާއި އަޅާލުންދީ އެކުދިންގެ ހިތްތައް ފުރުވާށެވެ.
އެކުދިންނާއި އެކު ކުޅޭށެވެ. ވާހަކަތައް ކިޔައިދޭށެވެ. އެކުދިން ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ .
އެކުދިންގެ ޙައްޤުގައި ތިޔަ ފޯނު އަތުން ދޫކޮށްލާށެވެ. އެކުދިންގެ ޙައްޤުގައި ބައެއް މަސައްކަތްތައް ދޫކޮށްލާށެވެ.
ތިޔަބައިމީހުންގެ ހިތްތަކުގެ މޭވާތަކުގެ ޙައްޤުގައި ބައެއް ދުނިޔަވީ އެދުންތައް ދޫކޮށްލާށެވެ.

ތިބާ މިދުނިޔެ ދޫކުރުމުން އެކުދިންގެ ތެރެއިން ޞާލިޙު ދަރިއަކު މިފަދައިން ކުރާ ދުޢާ (މިއަޅާގެ ވެރިރަސްކަލާކޮ، އެދެމީހުންނަށް ރަޙްމަތްލައްވާނދޭވެ!)، ތިބާ އެކަމެއްގައި މޝްޣޫލުކުރުވާ ދުނިޔަވީ ވަގުތީ އުފާތަކަށްވުރެ، މާ ހެޔޮކަން ބޮޑުވެގެންވެއެވެ.
-4nono-
#ތަރުބިއްޔަތު10

#thuhthuislaamyveshi #Islamic_Parenting
#dharin

Thuhthu_Islaamy_Veshi - Official

25 Oct, 11:18


https://www.facebook.com/100079773637972/posts/pfbid08fpo457TtuVkWDYU4ULJbTqwyHcrySEcDmm3vq6KZ5986Tzhpj2ZhpQSnCtQFKZpl/

Thuhthu_Islaamy_Veshi - Official

25 Oct, 11:18


https://www.facebook.com/100079773637972/posts/pfbid08fpo457TtuVkWDYU4ULJbTqwyHcrySEcDmm3vq6KZ5986Tzhpj2ZhpQSnCtQFKZpl/

ދެން ފަހެ ރަގަޅު ޞާލިޙު ދަރިއަކު (މުޖުތަމަޢަށް) ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟

-ކެއުމާއި، އިންޓަނެޓާއި ބާޒާރުގައި މަޝްޣޫލުވެ އުޅޭ މަންމައަކަށް ޞާލިޙު ދަރިއަކު ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

-ފޭސްބުކާއި، ވަޓްސްއެޕުގައި އެތައް ގަޑިއިރެއް ކެތްތެރިކަމާއި އެކު ހޭދަކުރާ، އެހެނަސް ދަރިފުޅާއި އެކީ އެންމެ ގަޑިއިރެއްވަންދެން ޤުރުއާނުން ބައި ޞަފްޙާ ހިތުދަސްކުރަން، ނުވަތަ ޙަދީޘެއް ދަސްކޮށްދޭން ކެތްތެރިކަމާއި އެކު ހޭދަނުކުރެވޭ މަންމައަކަށް ޞާލިޙު ދަރިއަކު ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

-ޞަޙާބީންގެ ވާހަކަތައް ކިޔައިދީ ހަދަން ދަރިފުޅާއި އެކު އެންމެ ގަޑިއިރެއްވެސް ހޭދަނުކުރެވޭ މަންމައަކާއި ބައްޕައަކަށް ޞާލިޙު ދަރިއަކު ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

- ދަރިފުޅަށް ފައިދާ ހުރި ޢިލްމު އުނގަންނައިދިނުމަށް/ހުނަރު ދަސްކޮށްދިނުމަށް ފައިސާ ހޭދަކުރުމުގެ ބަދަލުގައި، މަޖާކުރުމާއި ކެއުމާއި ބޭކާރު ކަންކަމަށް ފައިސާ ހޭދަކުރާ ބައެއްގެ ތެރެއިން ޞާލިޙު ލީޑަރަކު ނުކުންނާނީ ކިހިނަކުން ހެއްޔެވެ؟!

-މައިންބަފައިންގެ ހަޅޭކުގެ އަޑު އަވައްޓެރިންނަށް އިވޭ ގެއަކުން ޞާލިޙު ދަރިއަކު ނުކުންނާނީ ކިހިނަކުން ހެއްޔެވެ؟!

-ދަރިފުޅުގެ ރަޙްމަތްތެރިންނާއި އެއްބަނޑު ކުދިންގެ ކުރިމަތީގައި މަލާމާތް ލިބޭ، ކުޑައިމީސްކުރެވޭ، ލަދުގެންނެވޭ މާޙައުލެއްގެ ތެރެއިން ޝަޚްޞިއްޔަތު ވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ ޞާލިޙު ދަރިއަކު ނުކުންނާނީ ކިހިނަކުން ހެއްޔެވެ؟!

-ޢިލްމުގެ މަޖްލިސްތަކުގައާއި، ދަރުސްތައް އަޑުއެހުމަށް ކެތްތެރިކަމާއި އެކު ނުހުރެވޭ ބައްޕައަކަށް ޞާލިޙު ދަރިއަކު ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

-ދަރިންތަރުބިއްޔަތުކުރުމުގައި މަންމައަށް އެހީތެރިނުވާ ބައްޕައަކަށް ޞާލިޙު ދަރިން ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

-ދަރިންގެ ބޭރުފުށަށާއި ދުނިޔަވީ ކަންކަމަށް އިސްކަންދީ، އެކުދިންގެ ރޫޙަށް އިހުމާލުވާ ބަޔަކަށް ޞާލިޙު ދަރިއަކު ނެރެވޭނީ ކިހިނަކުން ހެއްޔެވެ؟!

-ދަރިފުޅު ކުޑައިރު އޭނާއަށް ފޯނު/ޓެބްލެޓް ދީ، އޭނާ އެއިން ކުރަނީ ކޮންކަމެއްތޯ ނުބަލާ، އެއްވެސް ހައްދެއްނެތް ހުޅުވިފައިވާ ބިރުވެރި ދުނިޔެއަކަށް އޭނާ ދޫކުރާ ގެއަކުން ޞާލިޙު ދަރިއަކު ނުކުންނާނީ ކިހިނަކުން ހެއްޔެވެ؟!

މައިންބަފައިން އިޞްލާޙުވެ، ދަރިންނަށް ރަގަޅު ތަރުބިއްޔަތެއް ދިނުމަށް ގަދައަޅައި މަސައްކަތްކުރުމީ ޖީލެއް އިޞްލާހުވުމެވެ. އެއީ އުއްމަތްވެސް އިޞްލާޙުވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކަހްފު ސޫރަތުގެ 82ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَكَانَ أَبُوهُمَا صَالِحًا މާނަ: "އަދި އެދެކުދިންގެ ބައްޕައަކީ ޞާލިޙު މީހެއް ކަމުގައިވިއެވެ."

އިމާމް އަޙްމަދު އެކަލޭގެފާނުގެ މަންމާފުޅާއި ބެހޭގޮތުން ވިދާޅުވިއެވެ. " "ފަތިސްވުމުގެ އެތައް އިރެއް ކުރިން މަންމާފުޅު ތިމަން ކަލޭގެފާނަށް ގޮވައި ނަގައެވެ. (ހޭލައްވައެވެ.) އެއިރު ތިމަންކަލޭގެފާނުގެ އުމުރުން 10 އަހަރެވެ. ފިނި މޫސުމުގައި ފެން ހޫނުކޮށްދެއްވައެވެ. ދެން މަންއާއިއެކު ތިމަން ކަލޭގެފާނު ތަހައްޖުދު ނަމާދު ކުރައްވަމެވެ! އެއަށްފަހު ތިމަން ކަލޭގެފާނާއިގެން މަންމާފުޅު މިސްކިތަށް ނުކުންނަވައެވެ. އެއީ ވަރަށް ދުރުގައި ހުންނަ މިސްކިތެކެވެ. ވަރަށް އަނދިރީގައި ހިނގާފައި ދަމެވެ. ދެން މިސްކިތުގައި ފަތިސްނަމާދުކޮށްގެން ދުވާލުގެ މެދަކާއި ހަމައަށް މަންމާފުޅު ތިމަން ކަލޭގެފާނުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކުރައްވައެވެ. އެއީ ތިމަން ކަލޭގެފާނު ޤްރްއާން ހިތުދަސްކުރުމާއި ޢިލްމު އުނގެނުމުގެ ކްލާސްތައް ނިންމާލަންދެކަށެވެ."

**ކޮންމެ ކުއްޖަކަށް ދުނިޔަވީ ގޮތުން އެންމެ މަތީ ދަރަޖައަށް ވާޞިލު ނުވެވިދާނެއެވެ. ޙަޤީޤީ ކާމިޔާބީއަކީ އުޚްރަވީ ކާމިޔާބެވެ. ނަރަކައިން މުއްތިކުރެވި، ސުވަރުގެ ވަދެވުމެވެ. އެހެންކަމުން މައިންބަފައިން އިޞްލާޙުވުމަކީ ދަރިންނަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެކެވެ.

#ތަރުބިއްޔަތު10
التربيه الذكية

#thuhthuislaamyveshi #Islamic_Parenting #dharin

Thuhthu_Islaamy_Veshi - Official

22 Oct, 15:37


ދަރިފުޅަށް ފަސޭހަ ކަމާއެކު ޢަރަބި އަކުރު ފިލި އަދި ކަލިމަ ކިޔަން ދަސްކޮށްދިނުމަށްޓަކައި މި މަންޙަޖު ތަޖުރިބާ ކޮށްލައްވާ! އެތައް ތުއްތު ކުދިންނެއް ތަޖުރިބާކޮށްފައިވާ ކާމިޔާބު މަންޙަޖެއް! إن شاء الله.
ޝައުޤުވެރި ވީޑިއޯސްގެ އިތުރުން އަކުރު ފިލި އަދި ކަލިމައިގެ ތަފާތު އެތައް މަސައްކަތްތަކެއް ހިމެނޭ ޕީޑީއެފް ފޮތް ވެސް ލިބިގެން ދާނެ!
ކިޔުމުގެ އިތުރުން ލިޔަން ދަސްކޮށްދޭ މަސައްކަތްތައް ވެސް ހިމެނޭ!
ވީޑިއޯސް ގަތުމުގެ ކުރިން ޓްރެއިލާރ އަދި ފީޑްބެކް ބަލާލެވޭނެ. 😊
ވީޑިއޯ ޓްރެއިލާރ ބައްލަވާލެއްވުމަށް މި ޕޯސްޓުގެ ކޮމެންޓް ޗެކްކޮށްލައްވާ!

https://www.facebook.com/100079773637972/posts/pfbid02ow57XB2XJnrYc7mVNU6mvPApkqh9AgBddKnFWsM5KmoWAZmKXcgC1xmFvpKZUxZcl/

938-5345

#thuhthuislaamyveshi #IslamicVideos #Dhonthi_Kokko

Thuhthu_Islaamy_Veshi - Official

03 Oct, 04:02


ޖުޒްޢު ޢައްމާ ފޮތް ކުލާސް! ބާކީ ފަސް ޖާގަ! ބަލައިގެން ފަރިތަކޮށް ކިޔުމަށްޓަކައި މި މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެކެވެ.
ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރްއާން ކިޔަވަން ދަސްކޮށްލަމާ!
އަވަހަށް ރެޖިސްޓާރ ވެލައްވާ! 😊
ކުލާސް ކުރިއަށް ދާނީ ހަފްތާގެ 3 ދުވަހުގައި. އޮންލައިން ކޮށް!
އާދީއްތަ - އަންގާރަ - ބުރާސްފަތި
إن شاء الله
938-5345

Thuhthu_Islaamy_Veshi - Official

30 Sep, 10:37


ސޭލް! 6 ޕެކޭޖް އެއްކޮށް ހަމަ އެންމެ 399ރ!😍 ވީޑިއޯސް ގަތުމުގެ ކުރިން ޓްރެއިލާރ އަދި ފީޑްބެކް ބަލާލެވޭނެ! ޓްރެއިލާރ ބައްލަވާލެއްވުމަށް ފޭސްބުކް ވީޑިއޯސްގެބައި ބައްލަވާލައްވާ! ނުވަތަ ޔޫޓިއުބް ޗެނަލްއިން ބައްލަވާލައްވާ! ނުވަތަ މި ޕޯސްޓުގެ ކޮމެންޓް ޗެކްކޮށްލައްވާ! ❤️

938-5345
948-1918

#thuhthuislaamyveshi
#Dhonthi_Kokko

Thuhthu_Islaamy_Veshi - Official

30 Sep, 07:37


ޗުއްޓީގައި ދަރީންނާއި އެކު އިސްލާމީ ވާހަކަތައް ކިޔާލަމާ!
ދެ ފޮތް އެއްކޮށް - 499ރ 😍
938-5345
Free delivery within Malé and hulhumale.
Boat and ferry too.

#thuhthuislaamyveshi #Islamicbooks

Thuhthu_Islaamy_Veshi - Official

24 Sep, 05:56


އަބަދުވެސް ހެޔޮ ދުޢާ ކުރާށެވެ. ❤️
މާތް ﷲ އަޅަމެންގެ ލޯބިވާ އެންމެހާ ފަރާތްތަކަށް ތެދުމަގު ދައްކަވާށި. އަދި އަޅަމެން އެންމެން ދީނުގައި ވަރުގަދައަށް ޘާބިތު ކުރައްވާށި. އާމީން ❤️

#thuhthuislaamyveshi
#Dhonthi_Kokko
#IslaamyVeshi

Thuhthu_Islaamy_Veshi - Official

19 Sep, 03:33


ސޭލް! 6 ޕެކޭޖް އެއްކޮށް ހަމަ އެންމެ 399ރ!😍 ވީޑިއޯސް ގަތުމުގެ ކުރިން ޓްރެއިލާރ އަދި ފީޑްބެކް ބަލާލެވޭނެ! ޓްރެއިލާރ ބައްލަވާލެއްވުމަށް ފޭސްބުކް ވީޑިއޯސްގެބައި ބައްލަވާލައްވާ! ނުވަތަ ޔޫޓިއުބް ޗެނަލްއިން ބައްލަވާލައްވާ! ނުވަތަ މި ޕޯސްޓުގެ ކޮމެންޓް ޗެކްކޮށްލައްވާ! ❤️

938-5345
948-1918

In Celebration of 47k Followers on our Facebook page, we’re offering you a very special offer! ❤️ Jazakumallah khairn for your love and support. ❤️

#thuhthuislaamyveshi
#Dhonthi_Kokko

Thuhthu_Islaamy_Veshi - Official

15 Sep, 14:05


ލޯބި ވާހަކަ ފޮތެއް 🥰
938-5345

#thuhthuislaamyveshi #Islamicbooks

Thuhthu_Islaamy_Veshi - Official

15 Sep, 06:02


ބެޗް-9- އަބަފިލި އިބިފިލި އުބުފިލި ކުލާސް. އަކުރު ކުލާހުން ފެށި މި ބެޗް ފިލި ކުލާހުން ފެށިގެން ޖުޒްޢު ޢައްމާ ކުލާހަށް ނިންމާލަންވާނެ މި ބެޗްގެ ހުރިހާ ކުދިން. إن شاء الله 😍
މަޖާ ވާހަކަތަކުން އަދި މަޖާ ގޭމްސްއިން ދަރިފުޅަށް ފިލި ކިޔަން ދަސްކޮށްދިނުމަށްޓަކައި މި ދަތުރުގައި ބައިވެރިވެލަމާ! ❤️
މި ދަތުރުގައި ބައިވެރިވި ކުދިންގެ ޕޭރެންޓްސް ފީޑްބެކް ބައްލަވާލެއްވުމަށް ކޮމެންޓް ޗެކްކޮށްލައްވާ! 😊

938-5345

#thuhthuislaamyveshi #Islamic_Parenting

Thuhthu_Islaamy_Veshi - Official

14 Sep, 08:19


ކަހްފް ޕްރޮގްރާމްގައި ބައިވެރިވުމަށް އަވަހަށް ރެޖިސްޓާރ ވެލައްވާ!
ޕްރޮގްރާމް ފީ: އެންމެ 95ރ 😊
މި ޕްރޮގްރާމްގައި ކަހްފް ސޫރަތުން ލިބޭ ވަރަށް ގިނަ މަޢުލޫމާތުތައް ކުދިންނަށް ލިބިގެންދާނެ. އަދި މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގައި ކަހްފް ސޫރަތް ކިޔުމަށް ކުދިން ޝައުޤުވެރިވެގެންދާނެ!
إن شاء الله
ޕްރޮގްރާމް ޚާއްޞަ ކުރެވިފައި ވަނީ ކުޑަކުދިންނާއި (12 އަހަރުން ދަށުގެ ކުދިން) މައިންބަފައިންނަށް.
938-5345

ޕްރޮގްރާމް ހުށަހަޅާ ދެއްވާނީ : އައްޝައިޚް އަޙްމަދު އަޛްހާން.

#thuhthuislaamyveshi #Islamic_Parenting

Thuhthu_Islaamy_Veshi - Official

14 Sep, 07:03


މާތް ﷲ އާއި ތިބާއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ފެށުމަށް ލަހެއް ނުވެއެވެ. އަދި ވަގުތު ފާއިތެއް ވެސް ނުވެއެވެ. މި ޕޯސްޓު ކިޔަމުންދާއިރު، ތިބާގެ ހިތުގައި ވިންދު ޖަހަމުންދާކަމީ އޭގެ ހެއްކެކެވެ. އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ❤️

Thuhthu_Islaamy_Veshi - Official

11 Sep, 06:22


One book remaining! 😊
938-5345

#thuhthuislaamyveshi

Thuhthu_Islaamy_Veshi - Official

11 Sep, 05:04


ބާކީ 4 ޖާގަ.

ބެޗް-9- އަބަފިލި އިބިފިލި އުބުފިލި ކުލާސް. އަކުރު ކުލާހުން ފެށި މި ބެޗް ފިލި ކުލާހުން ފެށިގެން ޖުޒްޢު ޢައްމާ ކުލާހަށް ނިންމާލަންވާނެ މި ބެޗްގެ ހުރިހާ ކުދިން. إن شاء الله 😍
މަޖާ ވާހަކަތަކުން އަދި މަޖާ ގޭމްސްއިން ދަރިފުޅަށް ފިލި ކިޔަން ދަސްކޮށްދިނުމަށްޓަކައި މި ދަތުރުގައި ބައިވެރިވެލަމާ! ❤️
މި ދަތުރުގައި ބައިވެރިވި ކުދިންގެ ޕޭރެންޓްސް ފީޑްބެކް ބައްލަވާލެއްވުމަށް ޗެކްކޮށްލައްވާ! 😊

Feedback
https://www.facebook.com/100079773637972/posts/pfbid0A44zB4tDMEnYDzRAa13LfYgSoFKPNVhMeeve1ASt41mXvfJMJU8SvgJm3aPEa7P7l/

938-5345

#thuhthuislaamyveshi #Islamic_Parenting

Thuhthu_Islaamy_Veshi - Official

05 Sep, 03:05


ޖުޒްޢު ޢައްމާ ފޮތް އަދި ކަލިމަ ކުލާސް! ބާކީ އެންމެ 4 ޖާގަ!
ނަންނޯޓު ކޮށްލެއްވުމަށް ވައިބާރ ކޮށްލައްވާ!
938-5345

#thuhthuislaamyveshi