International Aid Campaign

@iacmaldives


Founded in 2016, IAC has partnered with various international Humanitarian NGO's and hundreds of local affiliates under the common objective of providing humanitarian aid to those in need around the globe.

www.iac.mv

International Aid Campaign

19 Oct, 06:16


.
ވެދުން ސަލާމަށްފަހު.
ޣައްޒާއިން ދުނިޔެއަށް.
💔 🇵🇸

International Aid Campaign

14 Oct, 12:01


.
އުމުރެއް ދަރިފުޅުގެ ހިދުމަތުގައި ހުސްކުރި މަންމަގެ ލޯ ކުރިމަތީގައި އެދަރިފުޅު އަނިޔާވެރިކޮށް ގަތުލުކޮށް، މަޔަކު ހިތުގައި ޖައްސާ ހިތްކުދިކުދިކޮށްލައިފި.

ކުށެއް ނެތް މިފަދަ އެތައް ހާސް މައެއްގެ ހިތްތައް ފުނޑުފުނޑު ކޮށްލީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟

ކިތައް މައިންގެ ކިތައް ދަރިން، ދެން ދުވަހަކުވެސް ގެއަށް ނާންނާނެހެއްޔެވެ؟

އެމައިންނަށް އިތުރަށް ބުނެވޭނީ ކީކޭހެއްޔެވެ.
ހިތްތަކުގައި އަޅާ ވޭން ބަޔާން ކޮށްދޭނެ ބަހެއް، އަކުރެއް ނުވަތަ ފިއްޔެއް ވެސް ނެތެވެ. حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ.

މިފަދަ ރަހުމެުކުޑަ އަނިޔާއާއި ހުރެ ކެނޑިނޭޅި އިވޭ ރުއިމުގެ އަޑަށް ފުރަގަސްދީފައިވާ ދުނިޔެއަކަށް އަހަރެމެން ހަމަ “އޯކޭ” ތޯއެވެ؟

International Aid Campaign

10 Oct, 16:05


.
ކުށެއް ނެތް މައުސޫމު 16000 ފުރާނަ.
އެއްވެސް ރަހުމެއްް އިންސާނިއްޔަތުކަމެއް ނެތި، އެންމެން ކުރިމަތީ ޝަހީދުކޮށްލައިފި.
.
އިންސާނިއްޔަތަށް ވަކާލާތު ކުރާ މީހުންނަށް މިއީ ހަމަ އެކަނި ނަންބަރުތަކެއް.
މިއީތީ އިންސާނިއްޔަތަށް ވަކާލާތު ކުރުމަކީ؟

International Aid Campaign

10 Oct, 13:31


.
🚨ކްރައިސިސް އެމަރޖެންސީ ރިލީފް - ލުބުނާން.
އިޒްރޭލުންވަނީ މިދިޔަ ސެޕްޓެންބަރ މަހު ލުބުނާންއަށް ބޮމުގެ ހަމަލާދީ އެތަށް ބަޔަކު ޝަހީދުކޮށް އެތަށް ބަޔަކު ނިކަމެތިކޮށްލާފަ.
ނަފްސާނީ ގޮތުންވެސް ކުޑަކުދިންނަށް ވަނީ އަޒަރުކޮށްފަ.
.
މި ހަމަނުޖެހުން ފެށުނު އިރުންފެށިގެން އަޅުގަނޑުމެންގެ ޓީމުންދަނީ ޣައްޒާގެ އިތުރުން ލުބުނާނުގައިވެސް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެމުން.
މިގޮތުން ކުޑަކުދިންނަށް ވަނީ ސައިކޯ ސޯޝަލް އިވެންޓެއް ކުރިއަށްގެންދެވިފަ.
މި އިވެންޓުގެ އިތުރުން އެމަރޖެންސީ ހައިޖީން ޕެކޖުތަކެއްވެސް ވަނީ ފޯރުކޮށްދެވިފަ.
.
އިންޝާﷲ އަޅުަގަނޑުމެން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ހުއްޓާނުލާ މަސައްކަތް ކުރަމުން ދާނަން.

International Aid Campaign

05 Oct, 16:26


.

ރެއިން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ބޯވިއްސާރައިގައި, ބޮސްނިއާ އަދި ހަރްޒެގޮވިނާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި.

މި ވިއްސާރައިގެ ތެރޭގައި ފެންބޮޑުވުމުގެ އިތުރުން މީހުން ދިރިއުޅޭ ފަރުބަދަމަތީ ސަރަހައްދުތަކުން ވިއްސާރަ ފެންގަނޑާއިއެކު ބިންގަނޑު ކަހާލައިގެން ވަނީ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް ފައިބާ ވަރަށް ބޮޑެތި ގެއްލުންތައް ވެފައި.

މީގެ އިތުރުން, މުޅި ހިސާބުން ކަރަންޓު ކެނޑިފައި ވާއިރު, އިންޓަނެޓާއެކު, މުވާސަލާތީ ގުޅުންތަށްވެސް ވަނީ އެކީ އެކައްޗަށް ކެނޑިފައި.

މިވަގުތުގެ ރިޕޯޓްތަކުން ކަށަވަރު ވާގޮތުގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު، އެތައް ސަތޭކަ ގެއެއް ވަނީ ފެނުއަޑީގައި

މިއީ ފަރުބަދަމަތީ ގައުމުތަކެއްކަމުން, ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް އަޅުގަނޑުމެންގެ ޓީމުތަކުން ދަނީ އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކާއި ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަމުން.

އަޅުގަނޑުމެން މިދަނީ ހާލަތު ގާތުން މޮނިޓަރ ކުރަމުން.
މިއާއެކު މީހުން ސަލާމަތްކުރުމާއި އިތުރު އެހީގެ މަސައްކަތްތަކަށް ބޭނުންވާ ތައްޔާރީތައްވެސް ވަމުން.