JazeeraHabaru @jazeerahabaru Channel on Telegram

JazeeraHabaru

@jazeerahabaru


News from #JazeeraRajje

To share news and updates reach us on @JazeeraHabaruAdmin

You can also Direct Message us on twitter or FB to send news

JazeeraHabaru (English)

Are you looking for a reliable source of news and updates from JazeeraRajje? Look no further than JazeeraHabaru! This Telegram channel is dedicated to sharing the latest news and updates from JazeeraRajje, keeping you informed and up-to-date on all the important happenings in the region.

JazeeraHabaru is your go-to source for breaking news, in-depth analysis, and exclusive updates. Whether you're interested in politics, economy, sports, or entertainment, we've got you covered. Our team of experienced journalists works around the clock to bring you the most accurate and timely information.

To stay connected with us, simply join our Telegram channel @JazeeraHabaru. You can also reach out to our Admins for news and updates or send us a Direct Message on Twitter or Facebook. We are always here to listen to your feedback and suggestions, ensuring that we deliver the news that matters most to you.

Don't miss out on any important news from JazeeraRajje - join JazeeraHabaru today and stay informed!

JazeeraHabaru

11 Jan, 09:35


ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމުން ހަސަން ލަތީފް (ހަސަންކޮ) ރޭ އިސްތިއުފާ ދެއްވައިފި އެވެ.
@JazeeraHabaru.

JazeeraHabaru

11 Jan, 06:42


⚠️ Yellow Alert for torrential rain and thunderstorms

Shaviyani Atoll - Thaa Atoll
0900 - 1300hrs (11 January 2025)

Please take precautionary measures!

⭕️Monitor weather alerts
⭕️Avoid sea travel
⭕️Take precautions to prevent flooding of households https://

JazeeraHabaru

11 Jan, 05:20


▶️Fathihu boakoh vihsaara vehunu gadeegai Hulhumale phase 2 gai huri dhe transformer ah gehlun dhee lootuvaalaifi! @JazeeraHabaru.

Mi kamuge sababun Hulhumale phase 2 ge baeh sarahahdhuthakun vanee karantu kendifai.

JazeeraHabaru

10 Jan, 11:57


Safaareeakun Moodhah Vehtunu Meehaa Maruvefai Oivaa Fenihje @JazeeraHabaru.
އދ. އަތޮޅުގެ ރިސޯޓެއް ކައިރީ އޮތް ސަފާރީއަކުން މޫދަށް ވެއްޓިގެން ހޯދަމުން ދިޔައީ ނ. ހޮޅުދޫއަށް ނިސްބަތްވާ އަލީ އަރުޝަދެވެ.
އެގޮތުން ދާދި ދެންމެ އަކު މީޑިއާތަކަށް ސިފައިން ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ޑައިވަރުންނަށް އަރުޝަދުގެ ހަށިގަނޑު ފެނުނީ ކަނޑުގެ 69 މީޓަރު އަޑިން ކަމަށާއި އޭނާގެ ހަށިގަނޑު މިއަދު ހަވީރު 3:35 ހާއިރު ލޯންޗަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ރޭގެ ވަގުތެއްގައި "ނޯތު 7" ނަމަކަށް ކިޔާ ސަފާރީގެ ޑެކްމަތީ ހުއްޓާ ވެއްޓި އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު އެ ސަފާރީގެ ސީސީޓީވީން ފެނިފައިވާކަމަށެވެ.

JazeeraHabaru

08 Jan, 15:10


މާފުށީ ޖަލު ޔުނިޓް 4 ގައި ތިބި ގައިދީން ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 48 ގަޑި އިރަށްވުރެއް ދިގުދެމިފައިވަނިކޮށް ގައިދީއަކު ހާލުދެރަވެގެން ސްޓެރެޗާރ ގައި ގޮޅިން ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ދައުރުވަނީ

@jazeerahabaru

JazeeraHabaru

08 Jan, 07:37


Vaavuge shipwreck bandun jahaalai, varah bodah halaaku vejje @JazeeraHabaru.
ރާއްޖެއަށް މި ފަހުން ކުރި ވިއްސާރައިގައި، ލޯކަލް ޓޫރިޒަމްގެ 'ރަންގަނޑެއް'ގެ ގޮތުގައި ބަލަމުން އަންނަ ވާވު ޝިޕްރެކް ބަންޑުން ޖަހާލައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
ވ. ކެޔޮދޫ ބޭރުގައި އެކަމަކު އެ އަތޮޅު އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި އޮންނަ ޝިޕްރެކަކީ ވ. އަތޮޅު ޓޫރިޒަމްގެ ހަޒާނާ އެކެވެ. މާލެ އަތޮޅުގެ ރަށްތަކުން ވެސް ދުވާލަކު ދިހަ ވަރަކަށް ލޯންޗު އެ ޝިޕްރެކް ބަލާލަން ދެ އެވެ. ކައިރި ރިސޯޓުތަކުން އެ ޝިޕްރެކަށް ހާއްސަކޮށް ވަކި ޕެކޭޖްތައް ވިއްކަ އެވެ.
އެކަމަކު ރާއްޖެއަށް މި ފަހުން ކުރި ގަދަ ވިއްސާރަ އަލިކޮށްލި އިރު، ޝިޕްރެކް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

JazeeraHabaru

07 Jan, 12:36


Maruvefai ovvai fenunu meeheh ge postmortem hadhan fuluhun nimmaifi @JazeeraHabaru.
ފުލުހުން ބުނީ، އެލްސިއޯން ބޭކަރީ ކައިރީގައި ހުންނަ މ. ތަރިވިލާގޭ ހުސައިން އަހުމަދު، 41، އެ ގޭގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމުގެ ރިޕޯޓް ހެނދުނު 9:53 ހާއިރު ލިބުނު ކަމަށެވެ.
އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
ހުސައިން އަހުމަދަކީ ތަފާތު އެކިއެކި މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ހޯދަން ފުލުހުން ފޮޓޯއާ އެކު އާންމުކުރާ މީހެކެވެ. އެންމެ ފަހުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

JazeeraHabaru

07 Jan, 11:20


▶️Carnation Magu M. Tharivilaageygai maruvefa oi meehaku fenigen Fuluhun harakaaiytheri vamun dhanee. #HappeningNow @JazeeraHabaru.

JazeeraHabaru

07 Jan, 06:58


Velana International Airport gai Car akaa Pick-up eh jehi nurahkaatheri accident eh hin'gaifi @JazeeraHabaru.

JazeeraHabaru

06 Jan, 17:59


▶️Maafushi Jalu Unit 2 adhi 4 gai banduhai hoonu kamuge haruthaaleh feshigen kuriah dhanee. #HappeningNow @JazeeraHabaru.

JazeeraHabaru

06 Jan, 13:49


ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.
@JazeeraHabaru.
ވައިޑް-ބޮޑީ އެއާކްރާފްޓު ގެނެސް، މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މޯލްޑިިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ސިންގަޕޫރުން މާލެ ގެނައި އިރު، އެ ދުއްވަން ތިބީ މުޅިން ވެސް ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. އަދި އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އޭނާ މިވަގުތު މަސައްކަތް ކުރައްވަނީ ގަތަރު އެއާލައިންގަ އެވެ. އިންޖިނިއަރަކަށް ވެސް ހުރީ ދިވެއްސެއް ކަމަށްވާ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.

JazeeraHabaru

05 Jan, 04:56


FSM ge theyo boat eh Nilandhoo fara araifi @JazeeraHabaru.
އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފި އެވެ.
މައުލޫމާތުދިން މީހަކު ބުނީ އެފްއެސްއެމްގެ ބޯޓު ފަރަށް އެރިކަން އެނގުނީ ހެނދުނު އާންމު މީހަކަށް ފެނިގެން ކަމަށެވެ. ބޯޓު ފަރަށް އަރައިފައިވަނިކޮށް ފެނުނު ފަރާތުން އެކަން ވަނީ ކައުންސިލަށް އަންގައިފައި ކަމަށެވެ.

JazeeraHabaru

04 Jan, 17:12


Gudu gudaa dhooni thakah goanaavaatheeve kulheegai canoe dhuhvun manaakohfi @JazeeraHabaru.
ގުޑުގުޑާ ދޫނިތަކަށް ގޯނާވާތީވެ ކުޅުދުއްފުށި ކުޅީގައި ކެނޯ ދުއްވުން އެ ސިޓީގެ ކައުންސިލުން މަނާކޮށްފިއެވެ.
މިކަން މަނާކޮށް އެ ކައުންސިލުން ބުނީ 2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައިވެސް ކުޅުދުއްފުށި ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށާއި މި ފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮރުމެންނަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ބައެއް ފަރާތްތަކުން ދޫނިތަކާއި މާކައިރިއަށް ދިއުމުގެ އިތުރުން ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި ވުމާއެކު ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ،

JazeeraHabaru

04 Jan, 16:07


Fengandun fihaara thakaai gethah salaamaih kuran rasfannu moodhah koaru kandaali gothuge vaahaka Rilwan ge dhulun https://adhadhu.com/article/63435

JazeeraHabaru

03 Jan, 12:54


Boakoh vaarey vehi mulhi male fenbodu vejje @JazeeraHabaru

JazeeraHabaru

02 Jan, 20:18


Mihaaru raajje ah kuramundha vihsaaraigai Hulhumale Fithururoanu magah hurasvaa hen gaheh vehtijje magu block vejje @JazeeraHabaru.

JazeeraHabaru

02 Jan, 06:52


Dhathuru gos ulheniko haalugai jehunu bayaku salaamai kohfi @JazeeraHabaru.
ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ދިގުވަރުއަށް ދަތުރު ގޮސް އުޅުނު ބަޔަޖކު ހާލުގައި ޖެހިފައި ތިބިކަމަށް ފ. ފީއަލީ ޕޮލިސް ޕޯސްޓަށް މައުލޫމާތު ލިބުނު ކަމަށެވެ.
އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންނާއި، ފީއަލީ ކައުންސިލް އަދި އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ހާލުގައި ޖެހުނު މީހުން ފީއަލިއަށް ގެނެސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

JazeeraHabaru

01 Jan, 11:50


Male' ge maguthakun fen hindhan sifain nukumejje @JazeeraHabaru.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިރޭ 18:30 އާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

JazeeraHabaru

01 Jan, 08:46


One & Only Reethi Rah Resort ge Villa 205 ah honu alhai bodethi gehlun thakeh libijje.@JazeeraHabaru.

Honu elhumuge sababun alifaanuge haadhisaa eh hin'gafaives ve'eve.

JazeeraHabaru

01 Jan, 08:43


One & Only Reethi Rah Resort ge Villa 205 ah honu alhai bodethi gehlun thakeh libijje. @JazeeraHabaru.

Honu elhumuge sababun alifaanuge haadhisaa eh hin'gafaives ve'eve.

JazeeraHabaru

30 Dec, 10:27


މޯލްޑިވިއަން އެއާލައިނަށް ގެންނަ ބޮޑު ބޯޓު ދައްކާލަން އަންނަ ހޯމަ ދުވަހު އެއާ ޝޯ ބާއްވަން ނިންމައިފި އެވެ.
@JazeeraHabaru.
އެ އެއާލައިނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެއާ ޝޯ ބާއްވަނީ އެ ދުވަހުގެ ހަވީރު 5:00-5:30 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ.

JazeeraHabaru

24 Dec, 07:18


Tourism ge state minister Nihad suspend koffi @JazeeraHabaru.
ރާއްޖޭގައި ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެއްވި ޓޫރިޒަމްގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ނިހާދު މިއަދު ސަސްޕެންޑުކޮށްފި އެވެ.
ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި، މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމެންދެން ވެސް އެމްޑީޕީގައި ހުންނެވި ނިހާދު ވަނީ، އެމްޑީޕީގެ ލީޑާޝިޕް އިސްވެ އޮވެ، ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ރިސޯޓުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ސަރުކާރުގެ އޮފިޝަލަކު ވަނީ ނިހާދު ސަސްޕެންޑުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ނިހާދުގެ އެ ވާހަކަ ކުށްވެރިކޮށް އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައި ވަނީ އެއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނަވައިގެން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ތުހުމަތެއް ނޫން ކަމަށާއި ވެރިކަން ކުރާ ޕާޓީން ކުރާ އެފަދަ ތުހުމަތުތަކުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ރާއްޖޭގެ ޓޫރިޒަމަށް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

JazeeraHabaru

24 Dec, 05:15


Raajjey gai bidheysee anhenaku rape koh maraali kamah bunaa vaahaka akee India gai hingi kameh! https://haftha.mv/23394/

JazeeraHabaru

23 Dec, 19:14


▶️Foreign Ministry in rasmee koh havaalu nukoh huri magaameh liyekiyun thakuga beynunkoh, adhi Lanka Ambassador Masood Imad aa zuvaabu kurumah fahu meeting akun nikume, foreign ministry in huhdha nunagaa enburi Raajje ai massalaiga Lanka ah Raajje in kanda'alhaaifi huri First Secretary Ali Seezan magaamun vaki kohfi. @JazeeraHabaru.

JazeeraHabaru

23 Dec, 17:13


HDC In 5 Laptop Vagah Negi Meehaa Drug Massalaehggai Hayyarukohfi @JazeeraHabaru.
އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާލުވީ، އެ ކުންފުނިން ފަސް ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އޭގެ ފަހުން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މައްސަލަ ހުށަހެޅީ އެޗްޑީސީން، ފަރުކޮޅުގައި ހުރި، އެޗްޑީސީގެ އޮފީހުން ފަސް ލެޕްޓޮޕް ގެއްލިގެން ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ކަަމަށްވެސް ޝިފާން ވިދާޅުވިއެވެ.

JazeeraHabaru

23 Dec, 16:49


އެޗްޑީސީން ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގެއްލިއްޖެ!
@JazeeraHabaru
އެޗްޑީސީގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރ ސިސްޓަމްތަކެއް ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ގެއްލިފައިވަނީ 4 ކޮމްޕިއުޓަރ ސިސްޓަމް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޮމްޕިއުޓަރ ސިސްޓަމްތައް ގެއްލުނީ މިދިޔަ ހުކުރު ދުވަހުގެރޭ (ހޮނިހިރު ދުވަހު ފަތިހު) 5.30 ހާއިރުކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ގެއްލުނު ކޮމްޕިއުޓަރތައް ގެއްލިފައިވަނީ ހުޅުމާލެ ފޭސް2ގެ ފަރުކޮޅުފުށީ ސަރަހައްދުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުންނެވެ. ކޮމްޕިއުޓަރތައް ބޭރުކޮށްފައިވަނީ އެތާނގެ ކުޑަދޮރަކުން ވަދެގެން ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އެތަނަށް ވަނތް މީހުން ވަދެފައިވަނީ ކުޑަދޮރުގެ ތަންޑު ނާޅުވާ ހުއްޓާ ދޮރުފަތް ހުޅުވައިގެންނެވެ. ކުޑަދޮރު ތަންޑު ނާޅާހުރީ ކުރިޔާލާ ރޭވިގެން ކަމަށް ބައެއް މީހުން ދެކެއެވެ.

JazeeraHabaru

23 Dec, 14:45


Zakiyya ge maraa gulhigen hingi zuvaabeh hoonuve maaraamaaree eh, eynaage dharifulhu hayyaru koffi @JazeeraHabaru.
ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 30 އަހަރުގެ މޫސާ ރިމްޒީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ މާރާމާރީ ހިންގީ، ޒަކިއްޔާގެ މަރުގެ މައްސަލައިގައި، ތުހުމަތުކޮށް ވާހަކަދެއްކި މީހަކާ އެވެ.

JazeeraHabaru

23 Dec, 13:51


Somalia Pirate in kamah belevey bayaku Raajje ah aisfi https://cnm.mv/news/86338

JazeeraHabaru

23 Dec, 06:37


▶️Fenaka MD kamun Muaz Rasheed isthiufaa dheefi @JazeeraHabaru.

JazeeraHabaru

22 Dec, 12:05


Sangu Exclusive: Raeesuljumhoorihyaa Dr. Mohamed Muizzu ge haasa interview eh!
@JazeeraHabaru.

JazeeraHabaru

21 Dec, 20:10


Salaf in Ali Ramez vakivejje @JazeeraHabaru.
އެކަން ހާމަކޮށް އަލީ ރަމީޒް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޖަމުޢިއްޔާއިން އިސްތިޢުފާ ދީފައިވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ބަހެއް ހޯދާލުމަށް ގުޅާލުމުން އަލީ ރަމީޒް ބުނީ “ކޮމެންޓެއް ނެތް” ކަމަށެވެ.
ޖަމުޢިއްޔަތުއް ސަލަފުގައި އަލީ ރަމީޒް އެންމެ ފަހުން އަދާކުރަމުންދިޔައީ އެ ޖަމުޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމެވެ.

JazeeraHabaru

21 Dec, 09:34


HDC ge Estate departement huhnna Central Mall gai alifaan roa kohlan ulhey kamuge habaruthah mees media gai fethuren fashaifi. @JazeeraHabaru.

JazeeraHabaru

21 Dec, 04:17


ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނާތީ ވެލިބަސްތާ ޖަހައި ފެންހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން!
@JazeeraHabaru.

JazeeraHabaru

21 Dec, 03:10


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި މުޅި މާލެ ފެނު އަޑީގައި!
@JazeeraHabaru

JazeeraHabaru

20 Dec, 14:16


Akram kamaaludhdheen himeneyhen ithuru 4 meehegge passport hifahattaifi @JazeeraHabaru.
ކޯޓު އަމުރެއްގެ ދަށުން ފުރުން މަނާކޮށް ފުލުހުން ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެމިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން އާއި ކުރީ ސަރުކާރުގެ ސިޔާސީ މަގާމުގައި ތިއްބެވި ދެ ބޭފުޅެކެވެ. އަދި މިހާރުވެސް އެމިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ވިޝާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައި އެވެ.

JazeeraHabaru

20 Dec, 13:56


Addu aai Fuvahmulah Reendhoo Samaalugai! @JazeeraHabaru.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ފުވައްމުަލަކާއި އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ދަންމާލާފައިވަނީ މިރޭގެ 19:00 އިން ފެށިގެން 23:00 ގެ ނިޔަލަށެވެ.
އެމުއްދަތުގައި ގަޑިއަކު 25-30 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރާއިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެދުރާއްޖެތެރެއާއި ދެކުނަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލުވެސް ނެރެފައި އެވެ. އެގޮތުން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ހުވަދު އަތޮލާއި ހަމައަށް މިރޭގެ 00:00 ގެ ނިޔަލަށެވެ.

JazeeraHabaru

20 Dec, 12:56


Dhuhvaafai dhanikoh karugai oi fah jahaigenfi @JazeeraHabaru.
މަގުމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގެން ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި އެވެ.
މާލޭގެ އަލިކިލެގެފާނު މަގުގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހިންގި ފޭރުމުގެ މިއަމަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އ) އެވެ.
އޭނާ މި އަމަލު ހިންގީ ހެލްމެޓެއް އަޅައިގެން ސައިކަލްގައި ދުއްވާފައި ދަމުން އޭނާގެ ކުރީގައި އިން ސައިކަލް ދުއްވަން އިން އަންހެން މީހާގެ ކަރުގައި އަޅާފައި އޮތް ފަށް ޖަހައިގަނެގެންނެވެ.
ފަށް ޖަހައިގަތުމާ ގުޅިގެން އަންހެން މީހާ ސައިކަލް މަޑުކޮށް ދުއްވައިގަތުމާ ގުޅިގެން ފިރިހެން މީހާވެސް ވަނީ ސައިކަލް މަޑުކޮށް އަންހެން މީހާގެ ފަހަތުން ދުވެފައި ގޮސް އަންހެން މީހާގެ އަތުގައި އޮތް އަތްދަބަސްވެސް ޖަހައިގަތުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ވަގުތު އެ ސަރަހައްދަށް ބައެއް މީހުން އައުމާ ގުޅިގެން އޭނާ ވަނީ އަވަސް އަވަހަށް ސައިކަލަށް އަރައި ފިލައިގެން ގޮސްފަ އެވެ.

JazeeraHabaru

02 Dec, 13:26


▶️Hulhumale falhutherein maruvefa oi meehehge hashigandu fenijje. @JazeeraHabaru
ފުލުހުން ބުނީ ހަވީރު 4:30 ހާއިރު، ހުޅުމާލެ ފަޔަރ ސްޓޭޝަންއާއި ދިމާއިން ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

JazeeraHabaru

28 Nov, 18:24


▶️Immigration ge 5 muvahzafaku corruption hin'gaigen jinaaee thahugeegu fashaifi kan Home Minister Ihusaan iulaan kuravvaifi! @JazeeraHabaru.

JazeeraHabaru

27 Nov, 07:35


▶️IGMH kairi moodhu sarahahdhah eri ulhunu meeheh gaiga Launch akun jehi nurahkaatheri accident eh hin'gaifi @JazeeraHabaru.

JazeeraHabaru

25 Nov, 19:05


"މަރުވީއެއް ނޫން, މަރައިލީ": ހޮޅުދޫ ގުގުމާލީ ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވި އަޑުން!
@JazeeraHabaru.
މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު މުޅި ހޮޅުދޫ ސިއްސުވާލީ މި ރަށުގެ އަންހެނަކު އަނިޔާވެރި ގޮތަކަށް މަރުވެފައި/މަރައިލައިފައި އޮއްވާ ފެނުމުންނެވެ. އެއީ މި ރަށުގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޒަކިއްޔާ މޫސާ, 50ގެ މަރެވެ. އޭނާގެ ކުއްލި ވަކިވެދިއުމާއެކު ހޮޅުދޫގެ ގިނަ ބަޔަކަށް އެ ކަން ގަބޫލުކުރެވޭ ކަމަކަށް ވެސް ނުވިއެވެ.
ޒަކިއްޔާގެ މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފާހަގަކޮށްލެވޭ މުހިންމު ނުކުތާތަކަށް ބަލާއިރު, އެންމެ ފުރަތަމަ މީޑިއާގައި ވެސް ޚަބަރުތައް ފެތުރުނީ އޭނާއަކީ އަމިއްލައަށް މަރުވި މީހެއްގެ ގޮތުގައެވެ. އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތުގައެވެ. އެ ގޮތުގައި މީޑިއާގެ ތެރޭގައި އެ ވާހަކަތައް އެ ދުވަސްވަރު ހިނދިގެން ދިޔައީއެވެ.
މި ވާހަކަތަކުގައި އަލުން ނިރުޖަހާ, ހެދެން ފެށީ މީގެ ގާތްގަނޑަކަށް ދެތިން ދުވަހެއް ކުރިންނެވެ. ސޯޝަލްމީޑިއާގައި ވެސް މި ރަށުގެ ގިނަ ބަޔަކު މި ކަމުގައި އަޑުުއުފުލަން ފެށީ މި މަރަށް އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ވާން ފެށުމުންނެވެ. އެ އެންމެން ވެސް ބުނާ އެއް ވާހަކައެއް އެބައޮތެވެ.

JazeeraHabaru

25 Nov, 18:53


▶️Th. Guraidhoo mudhimaku eyna kairi ah quran class nagan dhaa kuda kuhjjakah jinsee goanaa kuri massala ehgai hayyaru kohfi @JazeeraHabaru.

JazeeraHabaru

25 Nov, 10:07


Raajjeyge irun 2 kolhigandeh, budha dhuvahun feshugen kuri ah oiy 5 dhuvahu moosun goasvaane @JazeeraHabaru.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ މި ކޮޅިގަނޑު ދަތުރު ކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގުއުތުރަށް އިންޑިއާގެ ޓެމިލްނާޑް- ސްރީލަންކާ އައްސޭރިފަށާ ދިމާލަށް ކަމަށެވެ.
މީގެއިތުރުން ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މި ދެ ކޮޅިގަނޑު ގުޅިގެން ނޮވެމްބަރު 27 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައިބާރުވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

JazeeraHabaru

24 Nov, 14:50


Raajjeygai Fulha Dhaairaa Ehggai Hashivikkamundhiya Bayaku Athulaigenfi @JazeeraHabaru.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ
އެގޮތުން ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ފަސް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
‏މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު، ޑީޕޯޓުކޮށްފައި ވާއިރު، ބާކީ ހަތަރު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.

JazeeraHabaru

24 Nov, 14:36


Bai ton ge drug bust ah Raees Muizzu ge thaureefu, vidhaalhuvee masthun Raajje salaamai kurumakee emme iskan dhevva eh'kanthah kamah! @JazeeraHabaru.

JazeeraHabaru

23 Nov, 17:17


Zakiyya Maruvi Goi Kandaneylhi 2 Mas, Holhudhoo Madumadun "Keki Aranee" https://vaguthu.mv/news/1149607/

JazeeraHabaru

23 Nov, 17:05


🔴Iskandharu Magaai Maaveyo Magu gulhunu kanmahchah vehicle ehga ufulamun dhiya kula faata thakeh bandun vehjje! @JazeeraHabaru.

JazeeraHabaru

18 Nov, 03:48


Boakoh vaareyvehi Male' gai fenboduvejje @JazeeraHabaru.
ރޭން ފެށިގެން ވެހެމުންދާ ވާރޭގައި މާލޭގައި ފެން ބޮޑުވެއްޖެ އެވެ.
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ލަފާކޮށްފަ އެވެ.
އެ ގޮތުން މާލެ ސަރަހައްދަށް ދަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. މިއާއެކު މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ.

JazeeraHabaru

17 Nov, 17:10


Doller maaru kuran jehey gavaaidhu badhaleh nukuraanan: Raees @JazeeraHabaru.
ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި އެ ގަވާއިދު އޮންނާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ.
ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައު ވާހަކަ ދައްކަވަމުންނެވެ.

JazeeraHabaru

16 Nov, 14:23


🔴MNDF Drone beynun kohgen hingi haasa operation eh ga Srilanka masboat eh athulaiganefi! @JazeeraHabaru.
އެމްއެންޑީއެފް އިން ބުނީ ބޯޓު ހޯދާފައިވަނީ، އެ ތަނުގެ އެއާ ކޯ ޑްރާން އާއި ކޯސްޓްގާޑުން ގުޅިގެން އުުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ޑްރޯންގެ އެހީގައި ބޯޓު އޮތް ސަރަހައްދު ދެނެގަނެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

JazeeraHabaru

16 Nov, 11:35


Hulhumale’ gai cafe’ akah vadhe meehakah hamalaa dhin meehaa court in dhookohllaifi @JazeeraHabaru.
ހުޅުމާލޭ ކެފޭއަކަށް ރޭ ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިކަން ހިނގާފައި ވަނީ ހުޅުމާލޭގައި ހުންނަ ރާކަނި ކެފޭ ތެރޭގައެވެ.
މި މާރާމާރީ ހިނގާތަން ފެންނަ ސީސީޓީވީ ފުޓޭޖު ވަނީ އާއްމުވެފައެވެ.
ސީސީޓީވީ ވީޑިއޯ އިން ފެންނަނީ ދެ މީހަކު ކެފޭއެއްގެ ތެރޭގައި އިށީނދެގެން ތިއްބައި ސައިކަލެއް އައިސް ކެފޭ ކުރިމައްޗަށް މަޑުކޮށް، އޭގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކެފޭގެ ތެރެއަށް ވަދެ، ހުސް ގޮނޑިއެއް ނަގައި، އިށީނދެގެން އިން މީހެެއްގެ ގައިގައި ޖަހާ މަންޒަރެވެ.

JazeeraHabaru

16 Nov, 11:33


Flat list iulaan kurun muhdhatheh neiy gothah fas koffi https://thepress.mv/157697

JazeeraHabaru

15 Nov, 10:30


▶️Maafushi Arena Dive Centre in Hulhumale beyruga onna Shark Tank dive point eh beyli China fathuruveriyehge boluga miyareh dhaiy alhaifi, mihaaru e fathuruveriyaa ah hospitalugai dhanee ithuru faruvaa dhemun. @JazeeraHabaru.

JazeeraHabaru

14 Nov, 08:00


Loabiveriyaa social media gai barahanaa kohlaane kamah bune inzaarudhin fuluhaku hahyarukohfi @JazeeraHabaru.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވާ ގޮތުން މި މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރެކްރޫޓް ފުލުހެއްކަމަށްވާ އއ.މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ އެރަށު، ފަޒާ، ޒައިދާން މުޙައްމަދު (19އ) އެވެ.
ފުލުހުން ބުނީ ޒައިދާން ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި ލޯބިވެރިޔާގެ މަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި، ވީޑިއޯ ސޯޝަލް މީޑިއާ ގައި ލީކް ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އިންޒާރުދީ، ބްލެކް މެއިލް ކުރި ކަމަށް ތުހުމަތުގައި ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

JazeeraHabaru

14 Nov, 05:04


Bill Thasdheegu koh, maadhama in feshigen vape ethere kurun manaakohfi @JazeeraHabaru.
މާދަމާ އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރަން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި، ބޭޏުންކުރުން މަނާވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ބިލް ތަސްދީގު ކުރެއްވުމާއެކު ރާއްޖެއަށް ވޭޕް އެތެރެކުރުން މާދަމާ އިން ފެށިގެން މަނާވާނެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ބިލު ފާސްކުރުމުގެ ސުންގަޑި މިމަހުގެ 23 ވަނަ ދުވަހަށް އިތުރު ކުރުމަށް ފަހުއެވެ.ބިލު ތަޅުމުން ފާސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން، އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 54 މެންބަރުންގެ ވޯޓުންނެވެ. އަށް މެންބަރުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

JazeeraHabaru

14 Nov, 04:01


Bunkering khidhumai dheyn MPL in 200 tonn ge barge eh bandhefi @JazeeraHabaru.
ތިލަފުށީގައި ހުންނަ އެމްޕީއެލްގެ ޑޮކްޔާޑުގައި ބަނދެފައިވާ ބާޖު އިއްޔެ ވަނީ މޫދަށް ބާލައިފަ އެވެ. މި ބާޖު ބޭލުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްގެ އެ ކުންފުނިން ދައުވަތު ދީގެން ބައެއް ނޫސްވެރިން ވެސް ގެންދިޔަ އެވެ.
ވަޖީހު ފޭސްބުކްގައި ވިދާޅުވެފައި ވަނީ ވޯޓާ ބަންކަރިންގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހު 19 ވަނަ ދުވަހު ފެށި ބަންކަރިންގެ ޚިދުމަތުގައި، ވޯޓާ ބަންކަރިން ޚިދުމަތަށް ފުރަތަމަ ބޭނުން ކޮށްފައި ވަނީ، ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެން ކަމަށެވެ. އޭގެ ފަހުން ދެމަސް ދުވަސް ނުވަނީސް، މިއަދު މިވަނީ ވޯޓަރ ބަންކަރިންގ އަށް ތައްޔާރު ކުރި “ފެން ބާޖު” ޚިދުމަތަށް ނެރެފައި ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

JazeeraHabaru

10 Nov, 17:28


Mihaaru mi gaumuga gaaimuve thibi eves sifainge meehaku nuhunnaane: Raees @JazeeraHabaru.

JazeeraHabaru

10 Nov, 17:24


Fuvahmulakun gehligen hoadhamundhia kuhjaa fenihje @JazeeraHabaru.
ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުންދިއަ މިސްކިތްމަގު، މާކޯނި، އިޒްޔާން ހުޝާމް މުޙައްމަދު (4އ) ފެނިއްޖެއެވެ.
ފުލުހުން ބުނީ އިޒްޔާން ފެށިފައިވާކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ ގެއްލުނީ އެކުއްޖާ ދިރިއުޅޭ ފްލެޓްވެސް ހުންނަ ދިގުވާޑު އަވަށު ފްލެޓްތައް ކައިރިންނެވެ.

JazeeraHabaru

10 Nov, 11:08


Body building mubaaraaiy mihaarun mihaarah huttuvumah Sarukaarah Ali Rameez govaalaifi @JazeeraHabaru.
އަލީ ރަމީޒްގެ އެ ޕޯސްޓްގައި ބުނެފައިވަނީ ބޮޑީބިލްޑިންގެ ނަމުގައި އައްޑޫ ސިޓީގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖްމަތީ މިވަގުތު ކުރިއަށްގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރާކަމަށެވެ.
“އެ ހަރަކާތްތައް ހަމަ މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން” އަލީ ރަމީޒް ބުނެފައިވެއެވެ.
އަލީ ރަމީޒް އިތުރަށް ބުނެފައިވަނީ އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށްގެންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ގޮވާލާކަމަށެވެ.

JazeeraHabaru

08 Nov, 18:18


އައްޑޫ ސިޓީ މަމަރަދޫ ލިންކް ރޯޑްގައި ހުންނަ "ޖަސްޓް ޓީ" ކެފޭ ކުރިމަތީ ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
-މި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވީ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ބޯ ތާރުގަނޑުގައި ޖެހި ބޯ ފަޅައިގެން ދިޔައިރު، ފައި ވެސް ވަނީ ބިނދިފައެވެ.
-އެކްސިޑެންޓުވި ޒުވާނާގެ އަނގަ މަތި ފަޅައިގެން ވަނީ ގޮސްފައެވެ.
އެ ދެ މީހުންނަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
@JazeeraHabaru.

JazeeraHabaru

08 Nov, 15:08


Hiyaanaathugr thuhumathu kurevey Corrections ge ACP Aasif suspend koffi @JazeeraHabaru.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާސިފް ސަސްޕެންޑްކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުކަމަށެވެ. އެއީ އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކަށް ވުމުން، އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޭނަ ވިދާޅުވިއެވެ.
ކަރެކްޝަންސްގެ އިމާރާތްތަކަށް އާސިފް ވަނުންވެސް މަނާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ޕްރިޒަންސް ކްލަބް އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ފައިސާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނެ އާސިފްގެ މައްޗަށް ކަރެކްޝަންސްގެ މުވައްޒަފުން ތުހުމަތުކުރެއެވެ. އެ ތުހުމަތުތައް ތިލަވެފައި ވަނީ މިއަހަރު ޖުލައި މަހު އެވެ.

JazeeraHabaru

08 Nov, 14:56


Dhoanyegge Burafatheegai Jehigen Kuda Kujjaku Niyaa Vehjje @JazeeraHabaru.
އދ. ދިގުރަށަށް ވޭލް ޝާކް ރިސާޗް ސްޓަޑީއެއްގައި ގޮސް އުޅުނު ޓީމްގެ (ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖަކު) ސްނޯކްލިން އަށް ގޮސް ދޯނިން މޫދަށް ފުންމާލިވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ހެލްތު ސެންޓަރަށް ގެންދިޔަކަމުގެ މައުލޫމާތު ހެނދުނު 09:55 ހާއިރު ލިބުނު ކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ކުއްޖާ މަރުވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

JazeeraHabaru

08 Nov, 09:48


ADh. Dhigurashugai guest eh moodhah funmaali vaguthu Launch ehge buraasfatheegai jehi bodethi zahamu thakeh vehjje! @JazeeraHabaru.

JazeeraHabaru

07 Nov, 18:19


11 Number Hiyaa flat ge apartment ehga hin'gamun dhiya drug Café eh therey meehaku raheenu kohfa huhtaa Fuluhun vadhe e meeha salaamaiy koh, 12 meehaku hayyaru kohfi. @JazeeraHabaru.

JazeeraHabaru

07 Nov, 06:48


ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލޭން އެފްއޭއެމަށް ދޫކުރި ބިން ހުސްކުރަން އެންމެ ފަހުގެ އިންޒާރު ދީފިއެވެ.
@JazeeraHabaru.
ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލޭން އެފްއޭއެމަށް ދޫކުރި ބިމުގެ ކުލި ނުދައްކާތީ އެތައް އަތުލަން ނިންމައި، ހުސްކުރަން ކުރިން އޮތީ އެފްއޭއެމަށް އަންގާފައެވެ.
"ގައުމީ ފުޓްބޯޅަ ސްކޫލްގެ ނަމުގައި" އެ ތަން ހިންގަން ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާ އެކު އެފްއޭއެމުން އެއްބަސްވުމެއް ވެސް ހެދި އެވެ. އެކަމަކު، ފުޓުބޯޅަ ސްކޫލާ ގުޅޭ އެއްވެސް ކަމެއް ނުކޮށް، ފަހުން ފެނުނީ އެ ބިމުގެ ބައެއް ތަންތަން ވިޔަފާރިތަކަށް ކުއްޔަށް ދޫކުރި ތަނެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ ހުރެ މިދިޔަ އަހަރުތަކުގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން، އެ އިދާރާގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާއިރު، އެފްއޭއެމްގެ ބެލުމުގެ ދަށުގައި އޮތް ބިން އަނބުރާ އެޗްޑީސީ އަށް ނެގި ކަން އެ ކުންފުނިންވަނީ އަންގާފައެވެ.
އެޗްޑީސީން އެފްއޭއެމަށް އެންމެ ފަހުގެ އިންޒާރުދީ ހަރުކޮށްފައިވާ ނޯޓިހުގައި ބުނެފައިވަނީ ހަފްތާއެއްގެ ތެރޭ ތަން ހުސްކުރަން ޖެހޭ ކަމަށެވެ. އެކަން އެ ގޮތަށް ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެފްއޭއެމަށް އެޗްޑީސީންވަނީ ދީފައެވެ.

JazeeraHabaru

07 Nov, 03:16


Hulhumale falhuthrey alhaafai oih safari eh roave andhaa huli vejje @JazeeraHabaru.

JazeeraHabaru

03 Nov, 17:07


Major general (retired) Moosa Ali Jaleel ah Nishan Askareege verikamuge izzai aruvaifi @JazeeraHabaru.
މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. މޫސާ އަލީ ޖަލީލަށް މި އިއްޒަތް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ. އަދި ހާއްސަކޮށް ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުންނެވެ.

JazeeraHabaru

03 Nov, 15:17


ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން މިއަދު ހަވީރު ބޭއްވި ހާއްސަ މިލިޓަރީ ޑީސްޕްލޭ އަށްފަހު ސިފައިންގެ އެއަރކޯގެ ޑްރޯން އެންބުރި މާފަރަށް ދިޔަ އިރު ރާއްޖޭގެ އިރުމަތީ ފަރާތުގައި ދިވެހި ދިދަ ރަމްޒުވާގޮތަށް ދުއްވާ މަންޒަރު ފްލައިޓް ރާޑާއިން ފެނިގެންގޮސްފިއެވެ. ސިފައިންގެ އަމިއްލަ ވައިގެ ބާރެއް އުފެދިފައިވާ ކަމުގެ އިހުސާސްވާކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
@JazeeraHabaru

JazeeraHabaru

03 Nov, 03:07


ރައީސުލްޖުމްހޫރިއްޔާ، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފި
@JazeeraHabaru.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

JazeeraHabaru

02 Nov, 15:45


ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
@JazeeraHabaru.
މި ޢިއްޒަތް މޫސާ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މި ޢިއްޒަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޫސާ ޢަލީ ޖަލީލަށް އެރުވުން އޮންނާނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާރޭ 8:30 ގައި ދަރުބާރުގޭގައެވެ.

JazeeraHabaru

31 Oct, 19:19


Ihavandhoogai nurakkaatheri accident eh - 2 meehakah aniyavi @JazeeraHabaru.
އެގޮތުން އިހަވަންދޫ ޑޮޓްކޮމްގައި މިރޭ ރިޕޯޓުކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގީ ހަވީރު 05:25 ހާއިރުގައެވެ. އެކްސިޑެންޓް ހިނގީ އެ ރަށު ވަށައިގެން އޮންނަ ރިންގް ރޯޑްގެ ހުޅަނގު ދެކުނު ސަރަހައްދުގައެވެ.
“މިއެކްސިޑެންޓްގައި 18 އަހަރުގެ ދެ މީހަކަށްވަނީ އަނިޔާވެފަ، އެއީ ސައިކަލް ދުއްވަންއިންމީހާ އަދި ސައިކަލްގެ ފަހަތުގައި އިންމީހާއެވެ. އެމީހުންނަށް މިހާރު އަންނަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރުވާ ދެމުންނެވެ. އިތުރުފަރުވާއަށްއެ ދެ މީހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. ދެ މީހުންގެ ގަށިގަނޑުގެ އެކިތަންތަން ޒަހަމްވެފައިވާއިރު ދެ މީހުންގެ ބޮލުގައިވެސް އެކިވަރުގެ ޒަހަމްތައް ހުރިކަމަށް މައުލޫމާތު ލިބެއެވެ.” އިހަވަންދޫ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވެއެވެ.

JazeeraHabaru

30 Oct, 17:26


Raees ge naseyhathaai irushaadhu: Firihenaku viyas, anhenaku viyas Maai Allah ruhivodigen nuvaa gothakah hashigandu haama kohgen kuraa massakathakun dheenaai gaumah libeyne reethi nameh neiy adhi ekamun ufalaa kaamiyaabeh nei! @JazeeraHabaru.

JazeeraHabaru

30 Oct, 07:44


Miss universe gai dhivehsaku baiverivun balaeh nugannan - Sarukaaru @JazeeraHabaru.
މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުން ބަލައި ނުގަންނަ ކަމަށާއި އެކަމަށް އެހީތެރިކަމެއް ވެސް ދީފައި ނޯންނާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަރާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާއްމު އަހްލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

JazeeraHabaru

29 Oct, 18:54


ދުނިޔޭގެ އެކި ގައުމުތަކުން ވާދަކޮށް، ރީތީގެ ރާނީ ހޮވުމަށް ބާއްވާ މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެއެވެ.
@JazeeraHabaru.
ދުނިޔޭގެ އެކި ގައުމުތަކުން ވާދަކޮށް، ރީތީގެ ރާނީ ހޮވުމަށް ބާއްވާ މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައެވެ. މުބާރާތް އަންނަ މަހުގެ 14ވަނަ ދުވަހު ފަށާއިރު ފައިނަލް ޝޯ ބާއްވަނީ އަންނަ މަހުގެ 16ވަނަ ދުވަހެވެ.
އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ވަނީ، މި މުބަރާތުގައި ބައިވެރިވެ، މެކްސިކޯއަށް ދިއުމަށް ޝައިނާއަށް ވިސާ ހަމަޖައްސައިދީފައި ވާކަމަށެވެ.
މެކްސިކޯއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިއޭގޯ ޕެރެޒް ވަނީ ޝައިނައާ ބައްދަލުކުރައްވައި، ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

JazeeraHabaru

28 Oct, 08:45


Bridge kairin Dingee eh dhiyave, eygai thibi dhemeehun salaamaikohfi @JazeeraHabaru.
އެ ޑިންގީއަކީ ސިނަމާލެ ބްރިޖު ސަރަޙައްދުން، ވާދޫ ކަނޑުގައި ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. އެ ޑިންގީ ދިޔަވެ، އަޑިއަށް ދާތީ، މެރިން ޕޮލިސްއިން ހަރަކާތްތެރިވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ ޑިންގީން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ތިން މީހުންނާ އެކު ބަންޑުންޖަހައިލި ޑިންގީއެއް ވެސް ތިން ގަޑިއިރެއްހާއިރު ފަހުން ހޯދައިފައެވެ. އަދި އޭގައި ތިބި ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުންޏެވެ.

JazeeraHabaru

25 Oct, 18:44


ކުޅުދުއްފުށި ސިޓީ ކަނބޯރަނި ހިނގުމުގައި ހުރި ބައިސްކަލެއް މިއަދު ވަގަށް ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ކެމެރާ ފުޓޭޖެއް ވައިރަލްވެއްޖެއެވެ.
@JazeeraHabaru.
އެ ވީޑިއޯއިން ފެންނަނީ އެ މަގުގައި ހުންނަ “ޑެޓްސަން” ކިޔާ ގެއެއްގެ ކުރިމަތީގައި ހުރި ބައިސްކަލަކަށް މިއަދު މެންދުރުފަހު 1:20 ހާއިރު މީހަކު އަރައިގެން ދާތަނެވެ.
އޭގެ 1 މިނެޓްކުރިން އެމީހާ އެހެން ބައިސްކަލެއްގައި އެ މަގުން އިރުމައްޗަށް ދާތަންފެނެއެވެ. އަދި ޑެޓްސަން ކުރިމަތީ ހުރި ބައިސްކަލަށް ވަރަށް ބެލިކަން ފާހަގަކުރެވެއެވެ. ދެން ފެންނަނީ އެ މީހާ ދުއްވި ބައިސަކަލް އެހެން މަގެއްގައި ބެހެއްޓުމަށްފަހު ހިނގާފައި އައިސް ޑެޓްސަން ކުރިމަތީ ހުރި ބައިސްކަލަށް އަރައިގެން ދާމަންޒަރެވެ. އެ ވަގުތުވެސް އެމަގުން ދެކޮޅަށް މީހުން ދަތުރުކުރެއެވެ.

JazeeraHabaru

25 Oct, 18:22


މާލޭ ފަޅުން މިއަދު ފެނުނު ވިހަގަދަ ކަނޑުހަރުފައެއް ހިފައިގެން ގޮސް ކަނޑަށް ދޫކޮށްލައިފިއެވެ.
@JazeeraHabaru.
ސޯޝަލް މީޑިއާގައި މިކަން ހާމަކޮށް މީހަކު މިއަދު ބުނެފައިވަނީ ހަވީރު ހަތަރެއްޖަހާއެހާކަންހާއިރު މި ކަނޑުހަރުފަ ފެނުނީ ސްވިމިން ޓްރެކް ކައިރީގައި އޮންނަ އޮޑިދޯނިފަހަރު އަޅާ ސަރަހައްދުން ކަމަށެވެ.

JazeeraHabaru

25 Oct, 18:16


މާލެ އަތޮޅު ކުރޭންޑް ޕާކް ކޮއްދިއްޕަރު ސްޓާފް ފެރީގައި ލޯންޗެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
@JazeeraHabaru.
އެލޯންޗުގައި ހުރި މީހަކު މަޢުލުމާތު ދެމުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ކުރިމަތިން އައި ލޯންޗު އަރާފައިވަނީ ސްޓާފް ފެރީގެ އަރިމައްޗަށް ކަމަށެވެ.
ފެރީ ލޯންޗުގައި ތިނބި ހަތަރު ވަރަކަށް މީހަކަށް އަނިޔާވެގެން މާލެ ގެންގޮސްފައިވާ ކަމަށާއި އެމީހުން މާލެެ ގެންދިއަޔީ ރިސޯޓުން ލޯންޗެއް ގެނެސްގެންކަމަށް އޭނާ މަޢުލޫމާތު ދިނެވެ. އެކްސިޑެންޓުވި ދެ ލޯންޗު މިހާރު އޮތީ ތިން ނަންބަރު ފާލަމުގަ އެވެ.

JazeeraHabaru

25 Oct, 11:19


ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ތިން މީހަކު ކަނޑުމަތީގައި ތިބޭތާ ތިން ގަޑިއިރު ފަހުން އެމީހުން ހޯދައި ސަލާމަތް ކޮށްފިއެވެ.
@JazeeraHabaru.
އެމްއެންޑީއެފުން ވިދާޅުވީ ޑިންގީއެއް ބަންޑުން ޖަހާލި ޚަބަރު މިއަދު ހެނދުނު 06:11 ހާއިރު ލިބުމާއެކު، އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރި މަސައްކަތުން ޑިންގީ މިއަދު ހެނދުނު 09:32 ހާއިރު ހޯދާފައިވާ ކަމަށް އެމްއެންޑިއެފުން ވިދާޅުވިއެވެ.

JazeeraHabaru

24 Oct, 16:52


އަޕްޑޭޓް: ފުލުހުން ބުނީ މީހަކު ނުގެއްލޭ ކަމަށް – މޫދަށް ވެރުނީ ޑިންގީގައި ހުރި ތަކެތި ކަމަށް
ފުލުހުން ފުރަތަމަ ބުނީ މިރޭ ހުޅުމާލެ ވެމްކޯ ޖެޓީއާއި ދިމާލުން ދެ ޑިންގީ ޖެހި އެކްސިޑެންޓްވެ މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ނަމަވެސް ފަހުން ބުނެފައިވަނީ މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށާއި މޫދަށް ވެރުނީ ޑިންގީގައި ހުރި ތަކެތި ކަމުގައިވާއިރު މިހާރު އެތަކެތި ނަގާފައިވާކަމަށެވެ.

JazeeraHabaru

24 Oct, 16:33


2 Dingee Jehi Accidentve, Moodhah Vettunu Meehaku Gelligen Hoadhanee @JazeeraHabaru.

JazeeraHabaru

23 Oct, 04:11


▶️Sri Lanka ge fathuverikamaa behey avasheh kamah vaa Arugam Bay ge eki sarahahdhuthakah terrorism hamalaa thakeh dheefaane kamuge varugadha intelligence mauloomaathu thakeh libifaivaa kamah Sri Lanka ga huhna US Embassy in bunefi! @JazeeraHabaru.

JazeeraHabaru

23 Oct, 03:29


Jazz Cafe Ge Furaalhu Mahchah Meehaku Vettigen Faruvaa Dhenee @JazeeraHabaru.
މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން ފަރުވާ ދޭންފަށައިފި އެވެ.
ފުލުހުން ބުނީ، މާފަންނު ޖޭޒް ކެފޭ ފުރާޅުމައްޗަ މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 23:14 ގައި ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެއީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދެމުން ބުނީ އެމީހާ ވެއްޓިފައިވަނީ ބިދޭސީން ދިރިއުޅޭ ގެއަކުން ކަމަށެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

JazeeraHabaru

22 Oct, 03:41


Dhunfathuge Viyafaari Kureveyne Enme Hagu Umurakee 21 Aharu kamah Kanda'alhan Raees Ninmavaifi @JazeeraHabaru.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް"ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި، ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖްލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
‏މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ އިސްލާހެއް ގާނޫނަށް ގެންނަން ސަރުކާރުން ނިންމާފައިވާއިރު, ރާއްޖޭގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓް މަނާކުރާ ތާރީހާ ޖެހެންދެން އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ މަޖްލީހަށް އިސްލާހެއް ހުށަހަޅާފައެވެ.

JazeeraHabaru

21 Oct, 05:56


މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
@JazeeraHabaru.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 19 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް، ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމެވެ.

JazeeraHabaru

20 Oct, 14:10


Germany gai maruvi Dhivehi meehaa ah thuhumathu vanee eyna ge anhenun maraali kamah https://mihaaru.com/news/139091

JazeeraHabaru

20 Oct, 13:59


Arafaathu bulhaa mas alhaigen kaa thakethi thayyaareh nukurey: Fuluhun @JazeeraHabaru.
މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކުރެވުނު އަރަފާތު ހޮސެއިން ބުޅާމަސް އަޅައިގެން ކާއެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެންނަން ނެތް ކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.
ބުޅާ މަރާ ކަމަށް ތުހުމަތުކޮށް އަރަފާތު ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެއަށްފަހު އެ މަހުގެ 21 ވަނަ ދުވަހު އޭނާ ބަންދުކުރީ ސިފަ ބަދަލު ކުރުމަށް ބޯކޮށަން ގޮސްހުޓައި އެތަނުގެ ތެރެއިންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައަާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައި ނުވާ ކަމަށެވެ.
އަދި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، ފުލުހުން ކުރަމުން ދިޔަ ތަހުގީގު ނިންމާލާފައިވާ ކަމަށް ވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

JazeeraHabaru

18 Oct, 13:11


ރ. އަލިފުށި ކައިރިއަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުއަޑިން ނަގައިފި އެވެ. އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ދެންމެ ބުނެފަ އެވެ.
@JazeeraHabaru.
ގެއްލިގެން ހޯދީ އެ ރަށު ކަޝްމީރުގެ، ނަބީހު ހަސަން އެވެ. އޭނާއާ އެކު އިތުރު ތިން މީހަކު އަލިފުށި ކައިރިއަށް ފީނަން ފޭބީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރުކަން ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވެފައިވާކަން ރ. އަލިފުށި ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

JazeeraHabaru

15 Oct, 07:40


އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ތަނެއްގައި ޖެހި، ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
@JazeeraHabaru.
މި ހާދިސާގައި ނިޔާވެފައި ވަނީ އެ އުޅަނދު ދުއްވަންއިން، 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ދުއްވާފައި ދަނިކޮށް، އެޕްރޮން އޭރިއާގައި، ލައިޓް އާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗަރ އެއްގެ ބުޑުގަނޑުގައިޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އަދި އެ އުޅަނދު ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔުމަށްފަހު، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 9:28 ކަންހާއިރު ލިބުފައިވާ ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ، ކްލިނިކަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށާ އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބެލިބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

JazeeraHabaru

14 Oct, 19:19


Dhaadhi dhemmeaku “Vape Flavor” ge namugai raajjeah ethere kuran massakai kuri masthuvaathaketheege baavathehkamahvaa Cannabis alhaafaivaa shipmenteh haasa operation ehga athulaiganefi! @JazeeraHabaru