Tazkirat Nufoos @tazkirat_nufoos Channel on Telegram

Tazkirat Nufoos

@tazkirat_nufoos


وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥

Tazkirat Nufoos (Arabic)

تعتبر قناة 'تذكيرات النفوس' على تطبيق تيليجرام واحدة من أفضل المصادر للحصول على الدعم الروحي والعبر الدينية في اللغة العربية. تهدف القناة إلى تذكير المؤمنين بأهمية الذكر وتأثيره الإيجابي على الحياة اليومية. بالاعتماد على آية 'وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ'، تسعى القناة لنشر رسائل تعزز الإيمان وتلهم النفوس.

بغض النظر عن الظروف اليومية التي نواجهها، يعتبر الذكر مفتاحاً لتحقيق السعادة والسلام الداخلي. من خلال تلقي الرسائل والتأمل فيها، يمكن للمشتركين في القناة أن يستفيدوا من الدروس والتوجيهات الروحية التي تقدمها.

إذا كنت تبحث عن مكان لتجد فيه الهدوء والتأمل، فإن قناة 'تذكيرات النفوس' هي المكان المناسب لك. انضم إلينا اليوم واستمتع بمحتوى ملهم يعزز الروح ويثري القلب. الذاريات: ٥٥

Tazkirat Nufoos

10 Jan, 10:02


• قال الحسن البصري رحمه الله :

އަލް ޙަސަނުލް ބަޞަރީ رحمه الله ވިދާޅުވިއެވެ :

" لأن أقضي لمسلم حاجة أحب إليّ من أن أصلي ألف ركعة ".

އެއްހާސް ރަކުޢަތުގެ ނަމާދެއް ކުރުމަށްވުރެ، މުސްލިމަކަށް ހާޖަތެއް ފުރިހަމަކޮށްދިނުން ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވެއެވެ.

قضاء الحوائج لابن أبي الدنيا ٤٨/١

#Aseer
#Rusafa
#FreeTheAseer
#ReleaseRusafaPrisonSisters

@Tazkirat_Nufoos

Tazkirat Nufoos

10 Jan, 10:02


އިބްނުލް ޢަރަބީ އަލް މާލިކީގެ ޒަމާނުގައި އަސީރުންނާދޭތެރޭ ކޮންމެވެސް ވަރަކަށް އިހުމާލު ވެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ.

فإِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ على ما حل بالخلق في تركهم إخوانهم في أسر العدو وفي أيديهم خزائن أموال وفضول الأحوال والقدرة والعدد والقوة والجلد

އަހަރެމެން މިލްކުވެގެންވަނީ ﷲއަށެވެ. އަދި އެނބުރި ދިޔުންވަނީ އެ އިލާހުގެ ހަޟްރަތަށެވެ. އަދި މިއަދުގެ މީހުންނަށް މިވަނީ ކިހިނެއް ވެފާ ހެއްޔެވެ؟ އެމީހުން އަތުގައި ޚަޒާނާތަކާއި މުދާ އެބަހުއްޓެވެ. އެމީހުން އަތުގައި އާރާއި ބާރާއި ކުޅަދާނަކަމާއި އަދަދާއި ސިފައިން އެބަހުއްޓެވެ. އެހެންނަމަވެސް އެމީހުން ވަނީ ދުޝްމަނުންގެ އަތްދަށުގައިތިބި އަސީރުވެފައިވާ އަޚުންނަށް އެހީވުމަށް ނުކުޅެދުންތެރިވެފައެވެ.

- ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

#Aseer
#Rusafa
#FreeTheAseer
#ReleaseRusafaPrisonSisters

@Tazkirat_Nufoos

Tazkirat Nufoos

10 Jan, 09:55


📣Join us tonight in our call to bring an end to unjust imprisonments!


Location: Artificial Beach
Time: 20:30
Date: 10/01/2024 (Friday)

#EndVaanuvaa

Tazkirat Nufoos

08 Jan, 16:58


އިމާމް އަޙްމަދު އާއި ޖަލު ފާރަވެރިޔާ

އިމާމް އަޙްމަދު ޖަލަށް ލެވުނު ހިނދު، ޖަލު ފާރަވެރިއެއް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި ބުންޏެވެ. "އޭ އަބޫ އަބްދުލް ﷲ! އަނިޔާވެރިންނާއި އަދި އެވެރީންނަށް އެހީތެރިވުމާއި ބެހޭގޮތުން ރިވާވެގެންވާ ހަދީޘް ސައްޙަ ހެއްޔެވެ؟

އެކަލޭގެފާނު ވިދާޅުވިއެވެ: "އާއެކެވެ."

ޖަލު ފާރަވެރިޔާ ބުންޏެވެ: " އެހެންވިއްޔާ، އަހަރެން ވަނީ އަނިޔާވެރިންނަށް އެހީތެރިވާ މީހުންގެ ތެރެއިން ހެއްޔެވެ؟

އިމާމް އަޙްމަދު ވިދާޅުވިއެވެ: "ނޫނެކެވެ! އަނިޔާވެރިންނަށް އެހީތެރިވާ މީހުންނަކީ ތިބާގެ ބޮލުގައި ފުނާ އަޅާ ދޭ، ތިބާގެ ހެނދުންތައް ދޮވެ ދޭ، ތިބާއަށް ކާއެއްޗެހި ތައްޔާރު ކޮށް ދޭ އަދި ތިބާއާއި އެކު ގަނެ ވިއްކާ ހަދާ މީހުންނެވެ.
ތިބާޔަށް ބަލާނަމަ، ތިބާ އަކީ އަނިޔާވެރިންގެ ތެރެއިންވާ މީހެކެވެ"

[އިބްނުލް ޖައުޒީގެ "މަނާޤިބް އަލް-އިމާމް އަޙްމަދު" ޞަފްޙާ 397]

#PrisonGuard #ImamAhmed
@Tazkirat_Nufoos

Tazkirat Nufoos

08 Jan, 01:50



ދެންފަހެ އޭޭނާ ޙުކުމް ކުރަނީ ˺އިސްލާމީ˹ ޝަރީޢަތާއި ފުށުއަރާ ގޮތަށް އޮތް ޝަރީޢަތެއް ނޫނީ ޤާނޫނު އަސާސީއެއް ނޫނީ މާއްދާއެއް، ނޫނީ ބިލެއް ނޫނީ ސާކިއުލަރއެއް ނޫނީ ޘަޤާފަތަށް ނޫނީ އާދަކާދަޔަށް އަދި މިބާވަތުން ކުރެ އެއްޗަކަށް ނަމަ، މިއީ ˺ކުޑަ ކުފުރުގެ ޙާލަތަށް ނުވަންނަ˹ ބޮޑު ކުފުރެވެ.

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ﴾ (المائدة 44)
[އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.]

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦ﴾ (النساء 60)
[ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ.]

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ﴾ (التوبة 31)
[އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.]

އަދި މިއީ ކަންކަން ޙަލާލު ކުރުމާއި ޙަރާމް ކުރުމުގައި އެއުރެންނަށް ބޯލެނބުން ކަމުގައި ނަބިއްޔު ﷺ ވަނީ ތަފްސީރު ކުރައްވާފައެވެ.

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]
(ނިމުނީ)


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.)

~ ގަލަންދާނު 🖋

Tazkirat Nufoos

08 Jan, 01:50


~ ގަލަންދާނު 🖋

Tazkirat Nufoos

04 Jan, 04:17


އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:

لو نفع العلم بلا عمل لَمَا ذمّ الله أحبار أهل الكتاب ، ولو نفع العمل بلا إخلاص لما ذمّ الله المنافقين

ޢަމަލާއި ނުލާ ޢިލްމުން ފައިދާ ކުރަނީ ނަމަ، އަހުލު ކިތާބީީންގެ ޢިލްމުވެރިންނަށް ﷲ ތަޢާލާ ނުރުހުމުގެ ބަސް ވަޙީނުކުރެއްވީހެވެ. އަދި އިޚްލާޞްތެރިކަމާއި ނުލާ ޢަމަލުން އެއްވެސް މީހަކަށް ފައިދާ ކުރަނީ ނަމަ، މުނާފިޤުންނަށް ﷲ ތަޢާލާ ބަދުބަސް ބުނެ ނުރުހުމުގެ ބަސް ވަޙީނުކުރެއްވީހެވެ.

الفوائد لابن القيم: (ص: 31)
#Knowledge
@Tazkirat_Nufoos

Tazkirat Nufoos

04 Jan, 00:14



● ޢަދުއްވުންގެ ދެފުއްކެހެރިކަން

އެއިން މީހެއްގެ ދަރިއެއް ގައިގައި ލަކުނެއް ހުރެގެން ނުވަތަ އެއިން ކުއްޖެއް ގައިގައި ޖެހިކަމުގެ ކުޑަ އަޑެއް ފެތުރޭއިރަށް، ކުޑަކުދިން ރައްކާތެރިކޮށްދޭ ޚިދުމަތްތަކުން ޢަމަލު ކުރާގޮތް ތިބާއަށްވެސް އެނގޭނެއެވެ. އެހެނެއްކަމަކު އަހަރުމެން މުސްލިމުންގެ 5000 ދަރިން އަންދާ އަނގުރަށް ހެދުން، އެއީ ވަރިހަމަ ކަމެކެވެ! ހަމަހޭގައި ހުރި މީހެއް މޮޔަކޮށްލާ ވަރުގެ، 5000 ކުޑަކުދިން އަންދާ އަނގުރަށް ހަދާފައިވާ މަންޒަރުތަކެކެވެ. އެ މަންޒަރުތަކަކީ އެމީހެއްގެ ޙަޔާތުގެ ބާކީ އޮތް ބަޔާއި ހަމައަށް ހިތް ވިރިގެން ގޮސް އަދި ނަފްސާނީ ގޮތުން އަސަރުކުރުވާނެފަދަ މަންޒަރުތަކެކެވެ.

އެހެނަސް އަހަރުމެންގެ ދަރިންނާއި އައިސް ޖެހުމުން، އެމީހުންގެ ހިތުގައި އެއްވެސް ރަޙުމެއް ނުވެއެވެ. އަހަރުމެން ކިބައިގައި ކާފިރުންނަށް ބަރާއު އޮންނަންޖެހޭ އިރު، ހަމަ އެފަދައިން އަހަރުމެން އެމީހުންނަށް އަނިޔާވެރިވެ އަދި ނާއިންސާފުން އެމީހުންނަށް ކަންތައް ކޮށްގެން ނުވާނެކަން އަހަރުމެން ދަންނަމެވެ. އެމީހުންނާއި ޚިލާފަށް، އަހަރުމެންގެ ބަރާއުވެރިކަމުގައި ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ވެއެވެ. އެމީހުންގެ ހުޅަނގުގެ ޑިމޮކްރަސީ، ޚާއްޞަކޮށް ޔުނައިޓެޑް ސުޓޭޓްސް، އަދި އެމީހުންގެ ޤިޔަމުތަކާއި އެކުގައި އެމީހުންގެ “މިނިވަންކަމަކީ” އެމީހުންގެ ކުއްތާތަކަށް ވާ ކުޑަކަމުދާ ތަކެތި ކަމުގައި މެނުވީ ނުވެއެވެ! އަހަރެން ތިބާ ގާތު އަހާލަމެވެ. الله ގަންދީ ބުނެބަލާށެވެ. — 5000 ކުދިން ކިއެއްތަ — އެމެރިކާގެ 5000 ކުއްތާ، ތިބާގެ ގޭގެ ބިށްދޮށަށް ގެންގޮސް ދިރިހުއްޓާ އެ ކުއްތާތައް އަންދާލައިފިނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ސަރުކާރުންނާއި މީޑިއާއިން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެމެރިކާގެ ޢާންމުން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟

މީޑިއާ ކަވަރޭޖްތަކުން އެކަން ގެނެސްދިނުމަށްޓަކައި ޣައްޒާގެ ޤަތުލުޢާންމު އެއްކޮށް ފަނޑުކޮށްލަފާނެއެވެ. “އެމެރިކާ ކުއްތާތަކެއް އަންދާލަން ކަލޭއަށް ކެރުނީ ކިހިނަކުން ހެއްޔެވެ؟” لا إله إلا الله محمد رسول الله ގެ ވިންދު ޖަހާ ޠާހިރު މައުސޫމު ހިތްތަކަށް ވުރެ އެމެރިކާގެ ކުއްތާތައް އެމީހުންނަށް މާ އަގުހުރިއެވެ. (އެއީ) މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަން ހިނގާ ގޮތެވެ. ހަމައެކަނި ޣައްޒާގައެއް ނޫނެވެ. އެމީހުންގެ ނަފްސުތައް މި އުއްމަތަށް ނިސްބަތްކޮށް އަދި ޑިމޮކްރަސީއަށް ލޯބިކޮށް އެއަށް ގޮވާލާ ފަރާތްތައް، — ދަންނާށެވެ. ޑިމޮކްރަސީގެ ޤަރުނަކީ މުސްލިމުންގެ ނަސްލު ނައްތާލުންތަކުން ފުރިގެންވާ ޤަރުނެކެވެ. ޔޫ.އެސް، ޔޫރަޕް، ޔުނައިޓެޑް ނޭޝަންސް، ޔޫރަޕިއަށް ޔޫނިއަން، ޢަރަބި ދަޥްލަތް، ނޫނީ ޤަލްފު ލީގު ފަދަ ޢަދުއްވުންގެ ކިބައިން މަދަދާއި ނާޞްރު ހޯދުމަކީ ޤަދަރު ކުޑަވުމެއް އަދި ނާކާމިޔާބީއެކެވެ. އެމީހުން ކައިރިއަށް މަދަދު ހޯދަން ދިޔުމަކީ، ގެނބިގެންދާ މީހަކު ހުއިތަކެއްގައި ހިފަހައްޓައިގެން އޮތުމާ އެއްފަދަ ކަމެކެވެ. މުސްލިމުން ފިޔަވައި ކޮންމެ ބަޔަކަށްވެސް އެބައެއްގެ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާ ކަހަލައެވެ.

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله
ޙަޤީޤީ މާނައިގައި ޖިހާދު

Tazkirat Nufoos

03 Jan, 16:55


Cigarette ge hukum | Hidhaayath E08

[ ޝެއިޚް ފަޟްލޫން ބިން މުޙައްމަދު حفظه الله ]

Tazkirat Nufoos

03 Jan, 00:43


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

03 Jan, 00:43


❞ ﷲ ދުވަހެއް މާތްކުރައްވަވާ ހިނދުގައި، އެދުވަހެއްގެ ޞާލިޙު ޢަމަލުތައް މާތްރުކުރައްވަތެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: (އެދުވަހެއްގެ މައްޗަށް އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ)¹. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ ޞަޙީޙް މުސްލިމު 854

#Jumuah #Friday
@Tazkirat_Nufoos

Tazkirat Nufoos

03 Jan, 00:43


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

03 Jan, 00:43


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

01 Jan, 06:51


🚫 ކާފަރުންނަށްވަނީ އާ އަހަރުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަމެވެ.
މުސްލިމުންނަށްވަނީ ރަމަޟާންމަހުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަމެވެ.

❞ މުސްލިމުންނާއި ޚިލާފަށް ޣައިރު މުސްލިމުންގެ ވަނީ، އެއަކަށް އެމީހުން މާބޮޑު ފަރުވާލެއް ނުބަހައްޓާ ބޭކާރު ނިއު އިއަރ ރިޒޮލިއުޝަންސް (new year resolutions - އެ އަހަރެއްގައި ޙާޞިލްކުރަން ބޭނުންވާ ކަންތައް) ތަކެވެ. އަދި އެމީހުން އެހަދާ ނިއު އިއަރ ރިޒޮލިއުޝަންސް ގައި ހިމަނާ ކަންކަން އެމީހުން ފުރިހަމަވެސް ނުކުރެއެވެ.

އެހެނެއްކަމަކު އަހަރެމެންނަށްވަނީ ރަމަޟާންމަހުގައި الله سبحانه وتعالى އާއި އަހަރެމެންނާއި ދެމެދުވާ، މަތިވެރި ޢަހުދުތަކާއި ވަޢުދުތަކެވެ. ❝

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

ރަމަޟާންމަސް ޖެހެން ބާކީ އެންމެ 2 މަސްދުވަސް ވަރު
މިހާރު ތައްޔާރުވާން ފަށަމާ!
اللهم بلغنا الرمضان

Tazkirat Nufoos

01 Jan, 00:11


މިއީ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ދެއްވާފައިވާ އުޞޫލުއް ޘަލާޘާގެ ޝަރަޙައިގެ 8 ވަނަ ކްލާހުގެ ދިވެހި ތަރުޖަމާއެވެ.

الحمد لله الذي بنعمته تتم الصالحات
މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮދުޢާ ދަންނަވަމެވެ.
جزاهم الله خيرا

Tazkirat Nufoos

31 Dec, 18:46


🤚⛔️"އައު އަހަރު" ގެ ޙަފްލާއަކީ ކާފަރުންގެ ޙަފްލާއެކެވެ. މުސްލިމުންގެ ޢީދެއް ނޫނެވެ.⬆️

▫️ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ: وَالَّذِينَ لَا يَشْهَدُونَ الزُّورَ

މާނައީ: "އަދި އެމީހުން (رحمان ވަންތަ ﷲ ގެ އަޅުތަކުން) زُوْرُ އަކަށް حاضر ނުވާނެއެވެ." [الفُرقَان:٧٢]

މުޖާހިދު އަދި އެކަލޭގެފާނު ފިޔަވައި ސަލަފުންގެ އެހެން ބޭކަލުންވެސް ވިދާޅުވެފައިވަނީ الزُّورَ (ބާޠިލްކަންތައް) އިޝާރަތްކުރަނީ ކާފަރުންގެ ޙަފްލާތަކަށް ކަމަށެވެ.

▫️ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "من تشبه بقوم فهو منهم." މާނައީ: "ބަޔަކާ އެއްގޮތްވާ މީހާ ވަނީ އެބަޔެއްގެ ތެރެއިންނެވެ."

● [رواه أبو داود]

▫️ޢުމަރު ބިން އަލް-ޚައްޠާބު رضي الله عنه ވިދާޅުވިއެވެ: "اجتنبوا أعداء الله في عيدهم." މާނައީ: " ﷲ ގެ ޢަދާވާތްތެރިންގެ ޢީދުތަކުގައި އެބައިމީހުންނާއި ދުރުހެލިވާށެވެ." އަދި އެހެން ރިވާޔަތެއްގައި އިތުރުކުރެވިގެން އައިސްފައިވެއެވެ. ".. އެހެނީ އޭގެތެރޭގައި (އެ ޢީދުތަކުގައި) އެބައިމީހުންގެ މައްޗަށް ﷲ ގެ ކޯފާ ބާވައިލެއްވިގެންދެއެވެ."

● [ތާރީޚުލް ކަބީރު- އަލްބުޚާރީ]

▫️ޢަބްދު ﷲ ބިން ޢަމްރު رضي الله عنه ވިދާޅުވިއެވެ: "من مر ببلاد الاعاجم فصنع نيروزهم و مهرجانهم و تشبه بهم حتى يموت و هو كذلك حشر معهم يوم القيامة." މާނައީ: "ޢަޖަމީންގެ ބިމުގައި ދިރިއުޅެ، އެބައިމީހުންގެ ނެއިރޫޒާއި (މަޖޫސީންގެ އައު އަހަރު) އާއީ މަޙްރަޖާން (ޙަފްލާތައް) ފާހަގަކޮށް، އެބައިމީހުންނާއި އެއްގޮތްވެ، އަދި އޭނާ އެގޮތުގައި މަރުވެއްޖެއުމަށް ދާންދެން ހުރެއްޖެ މީހާ، ފަހެ ޤިޔާމަތް ދުވަހު އޭނާ މަޙްޝަރުކުރެވިގެންދާނީ އެބައިމީހުންނާ އެކުގައެވެ."

● [ރިވާކުރެއްވީ: އަލްކުބުރާގައި ބައިޙަޤީ]

▫️އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "މުސްލިމުން، ކާފަރުންގެ އެއްވެސް ޙަފްލާއެއް ފާހަގަކޮށްގެން ނުވާނެއެވެ."

● [މުޚްތަޞަރު އިޤްތިޟާއު އައްޞިރާޠިލް މުސްތަޤީމް 17-18]

▫️ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:

"އަދި މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިންގެ ދީނީ ޙަފްލާތައް ފާހަގަކުރާ މީހާގެ ހިތުން އިސްލާމީ ޢީދުގެ ޙުރުމަތްތެރިކަން، ހަމަ ޔަޤީނުންވެސް ކުޑަވެގެންދާނެއެވެ."

● [މުޚްތަޞަރު އިޤްތިޟާއު އައްޞިރާޠިލް މުސްތަޤީމް ١/٤٨٣]

ނެގިފައިވަނީ
#NewYear #Festival
✦ @Tazkirat_Nufoos

Tazkirat Nufoos

31 Dec, 18:30


މުސްލިމުންގެ ބޮލަށް މިސެއިލްތައް އަޅަމުންދާހިނދު، ބައެއް ޢަރަބި ވެރިރަށްތަކުން އުޅެނީ ކާފަރުންގެ ޢީދުތައް ފާހަގަކުރުމުށް ހަވާއެރުވުމުގައެވެ.

| އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)

މަސްދަރު

Tazkirat Nufoos

30 Dec, 09:43


މީ ޢުދްވާން ހިންގާ ކާފަރު ޤައުމަކާއި ދެކޮޅަށް ކާފަރު ވެރިއެއް ވާ މުސްލިމް ޤައުމަކަށް މަދަދުވެރި ވުމާއި ގުޅޭ ގޮތުން އައްޝައިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (فك الله أسره) ދެއްވާފައިވާ ފަތުވާއެކެވެ. މީ ގަލަންދާނުގައި ޕަބްލިޝް ކޮށްފައިވާ އިނގިރޭސި ތަރުޖަމާއެއްގެ ދިވެހި ތަރުޖަމާއެކެވެ.
#NewBook
@Tazkirat_Nufoos

Tazkirat Nufoos

30 Dec, 08:28


ނުރަނގަޅު ބަޔަކާ އެކުގައި ވަގުތު ހޭދަކުރުމުގެ ނުރައްކާ!

صيد الخاطر ގައި އިބުނު އަލް ޖައުޒީ ވިދާޅުވިއެވެ.

ނުރަނގަޅު ބަޔަކާއި އެކުގައި ވަގުތު ހޭދަކުރުމަށް ވުރެން مؤمن މީހާއަށް ނުރައްކާތެރިވެގެންވާ އިތުރު ކަމެއް އަހަރެންނަށް ނުފެނެއެވެ. އެއުރެންގެ ޠަބީއަތަކީ ދަމައިގަތުމެއްވާ އެއް ޗެކެވެ. އެ ތިބާ ޖަހައިގަންނާނެއެވެ. އެކަލޭގެފާނު އެ ވިދާޅުވަނީ، އެކަންތައް ތިބާގެ ފައިތިލައިން ތިބާ ކައްސުވާލާނެވެ. ތިބާއަށް ރޭކާވެސް ނުލާ ހުއްޓާ އެއުރެންގެ ނުބައަށް ތިބާ ދަމައިގަންނުވާނެވެ. އަދި އެއުރެންނާއި އެއްގޮތަށް ޢަމަލުކުރަން ނުފައްޓާނަމަ، އިބްނު އަލް ޖައުޒީ ވިދާޅުވިއެވެ. އެންމެ ކުޑަމިނުން އެފަދަ ރަޙްމަތްތެރި ކަމެއްގެ ސަބަބުން ހެޔޮ އަމަލުކުރުމުން އެ މީހާމަޑުޖައްސުވާނެއެވެ. ހެޔޮލަފާ ޞާލިޙުންނާއި ރަޙްމަތްތެރި ވުމުން ތިބާގެ ހިތަށް ތިބާ ޠާހިރުކަން އަޅުވައެވެ.

އަދި ތިބާ ދިރިއުޅޭ ސަރަހައްދުގައި ހެޔޮލަފާ މީހުން ނެތްނަމަ، ދެން ތިބާގެ ޠާހިރުކަން އައުންވަނީ ތިބާ الله سبحانه وتعالى އެކުގައި އެކަހެރިވެ ގަތުމުންނެވެ. މީސްމީހުންނާއި އެއްވެ އުޅެން ޖެހޭނެކަމަށް ދަޢުވާކޮށް ހަޤީޤީ موحّد އެއް ނުވަތަ موحّدة އެއް އެވެރިންގެ އަގުހުރި ވަގުތުކޮޅު ކާފަރެއް، ނޫނީ ފާސިޤެއް ނޫނީ މޮޑާރނިސްޓެއް ނޫނީ މުރުޖިޢާ އެކާއިއެކު ބޭކާރުކޮށްލައިގެން
ނުވާނެވެ.

ޝައިޚް ވަލީދު އައް ސިންއާނީ فك الله أسره އާއި އެކު ޖަލުގައި ކުރެވުނު އިންޓަރވިއު އެއްގައި އެކަލޭގެފާނު އެކަހެރިވުމަށް ލޯބިކުރާކަމަށް ވިދާޅުވިއެވެ.

ޖަލުތައް ނޭނގޭ ގިނަ މީހުންނަށް، (الله سبحانه وتعالى ތިޔަ ހުރިހާ ބޭފުޅުން އެތަނުން ސަލާމަތްކުރައްވާށި) ތިބާ ދުވާލެއްގެ 24 ގަޑީއިރު ގޮޅިއެއްގައި ހުންނަ އިރު، އެމީހުން ތިބާގާތު ތައްޔާރުވާން ބުނުމުން، ތައްޔާރުވުމަށް ލިބޭނީ ކުޑަ ވަގުތު ކޮޅެކެވެ. މިސާލަކަށް ތިބާ ދަނީ މެޑިކަލް ކުލިނިކަށް ނޫނީ ކަސްރަތަށް ނަމަ -އެތަނަށް ދާން ތިބާ ލޯބިކުރާނެވެ. ތިބާ އެ ދަނީ ސިމެންތި ޖަހާފައި ހުރި އަޅިކުލައިގެ ފާރުތަކަކުން، ސިމެންތި ޖަހާފައިހުރި އެހެން އަޅިކުލައިގެ ފާރުތަކަކަށް ވިޔަސް ނިކުމެލާ މާހައުލު ބަދަލުކޮށްލަން ތިބާ ލޯބި ކުރާނެއެވެ.

ނަމަވެސް ޝައިޚް ވަލީދު އައް ސިންއާނީ އެކަހެރިކުރެވިފައި އޮންނަ އޮތުމަށް ލޯބިކުރާކަމަށް ވިދާޅުވިއެވެ. އިންޓަރވިއު ކުރާ ފަރާތް އެކަލޭގެފާނަށް މަޖުބޫރު ކުރެވުނު ތޯ އެއްސެވުމުން، އެކަލޭގެފާނު ވިދާޅުވީ އިންޓަރވިއު ވުމަށް ބޭނުންފުޅު ނުވާކަމަށެވެ. އެކަލޭގެފާނު ގޮޅި ދޫކޮށްލަން ބޭނުންފުޅު ނުވާކަމަށެވެ.އެކަލޭގެފާނު ބޭނުންފުޅުވަނީ އެކަލޭގެފާނުގެ ގޮޅީގައި ވުމަށެވެ. އަދި އެކަލޭގެފާނު (މިކަން ނޭނގޭ މީހުންނަށް)، ޝައިޚް ވަލީދު ޖަލުގެ އާންމުން ތެރޭގައި ގޮޅީގައި ވުމުގެ ބަދަލުގައި އެކަހެރިވުން ޚިޔާރުކުރެއްވިއެވެ.


އެކަލޭގެފާނު (ޖަލު ތެރޭގައި) އާންމުންގެ ތެރޭގައި ވުމަށް ބޭނުން ފުޅުވެ ވަޑައިނުގަންނަވައެވެ. އެހެނަސް ގިނަ މީހުން ގަދައަޅާ މަސައްކަތް ކުރަނީ އެކަހެރިކަމުން ވީއްލި (ޖަލުގެ) އާންމު އާބާދީގެ ތެރެއަށް ލެވޭތޯ އެވެ.

އެ އިންޓަރވިއު އިން އަހަރެންނަށް އެންމެ ހައިރާންކުރުވަނި ކަމަކީ، އެކަލޭގެފާނު އިންޓަރވިއު ކުރާ ފަރާތަށް މިހެން ބުނި ހިނދެވެ. (އެކަލޭގެފާނު ކިޔާދިނެއެވެ.) އެމީހުން ބައްދަލުވުންތަކަށް އަހަރެން ނެރުމުން -އެކަލޭގެފާނު ވިދާޅުވާ އެއްޗެއްގެ މިސާލަކީ- (އެކަލޭގެފާނު ކުރިއަށް ގެންދަމުންދާ އިންޓަރވިއު، ނޫނީ ތަހުޤީޤަށް ނެރޭ އިރު، ނޫނީ ޖަލުގައި އެއަކަށް
މުނާސަހާ އޭ ކިޔޭ (ނަސޭހަތުގެ ޕްރޮގްރާމް) އަށް ނެރުން ފަދަ ކަންކަން) އެކަލޭގެފާނު ވިދާޅުވީ: "އަހަރެން އެނބުރި އަހަރެންގެ ގޮޅިއަށް އަންނަ ހިނދު، އެތައް ދުވަސްތަކެއް ވަންދެން ބޯގުޑައި ހިތް ނުތަނަވަސް ކަމެއްގައި ވަމެވެ."

އެ ކީއްވެކަން އިނގޭހެއްޔެވެ؟ އެކަލޭގެފާނު އިންތިހާއަށް ޠާހިރެވެ. އެކަހެރިވާ ވަގުތު އެކަލޭގެފާނު ވަނީ ޠާހިރުކަމުގައިއެވެ. އެ މުނާފިޤުންތައް ބުނެލާ ކުޑަ ބަހަކުން ނުވަތަ ފެނިލާ ފެނިލުމަކުން އެކަނިވެސް އެ ޠާހިރުކަމަށް އަސަރުކުރެއެވެ. އެކަހެރިވުމުގައި އެކަލޭގެފާނަށް ޙާޞިލްވީ ޠާހިރުކަމެކެވެ.

އެ ހޭކުނު އެއްޗަކުން ރުޖޫޢަ ވުމަށް އެކަލޭގެފާނަށް އެތައް ދުވަހެއް ބޭނުންވެއެވެ. ތިބާއަށް ރަޙްމަތްތެރިއަކު ނުލިބިއްޖެނަމަ، އެކަހެރިކަމުގައި ހިފަހައްޓާށެވެ. ނޫނީ މަރުވެގޮސްފައިވާ މީހުންނާއި ރަޙްމަތްތެރިވާށެވެ. އެއީ އެވެރިންގެ ސީރަތު ކިޔާ އެވެރިން އެ އުޅުނުގޮތަށް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ.


— އައްޝައިޚް އަލް-އިމާމު އަހްމަދު މޫސާ ޖިބްރީލް 《حفظه ﷲ》

〘ކާފަރެއް، ފާސިޤެއް ނުވަތަ ބިދުޢަވެރިއަކާ ރަޙްމަތްތެރިވުމުގެ ހުކުމް〙↤ފޮތް

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

Tazkirat Nufoos

29 Dec, 17:35


ތައުޙީދާއި ބެހޭ ދަރުސްތަކާއި މުހިންމު މަޢުލޫމާތު އެއް ޗެނެލްއަކުން!!

ލިންކު ޝެއަރ ކޮށްދެއްވާ:
https://t.me/IsalamungeBingaa

Tazkirat Nufoos

27 Dec, 16:47


••

މިއީ ﷲ ގެ ނަބިއްޔާ ޔޫސުފް عليه السلام އެވެ. އަދި އެކަލޭގެފާނު ޖަލުގައި ވީ ހިނދު، ﷲ عز وجل ގެ މަގަށް ދަޢުވަތު ދިނުން ހުއްޓައެއް ނުލައްވައެެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި ވީ ބަޔަކަށް އެކަލޭގެފާނު ދެއްވި ދަޢުވަތު ﷲ ވަނީ ޛިކުރުކުރައްވާފައިއެވެ. އެއީ އެއިލާހުގެ މި ބަސްފުޅެވެ: ﴿ يَٰصَٰحِبَيِ السِّجْنِ ءَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ ﴾ (މާނައީ: އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ އިލާހުންތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ގައްހާރުވަންތަ ﷲހެއްޔެވެ؟)¹ އަދި އެނގިގެންވާ ފަދައިން ޖަލުގައި (މީހަކު ވާނީ) ދަތި ނުތަނަވަސް ޙާލެއްގައެވެ. ދެންފަހެ ތަނަވަސް (ހެޔޮ) ޙާލެއްގައިވާ މިހާވަނީ (ދަޢުވަތުގެ ޒިންމާގައި) އަދި ކޮންފަދަޔަކުން ހެއްޔެވެ؟!

އަދި އިހުގެއާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ޔޫސުފް عليه السلام ގެ ނަމޫނާއަށް ތަބަޢުވެލެއްވިއެވެ.

••┈┈┈┈┈┈┈┈┈┈┈••
¹ يُوسُف: ٣٩

✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)

#Dawath
@Tazkirat_Nufoos

Tazkirat Nufoos

27 Dec, 16:03


⬆️ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ޢަޤީދާގެ ބައެއް ފޮތްތައް ، [ދިވެހިބަހުން]

🔗ދިސަލަފިއްޔާ ކުޑަކުދިންގެ މަކްތަބާ

~ ގަލަންދާނު 🖋

Tazkirat Nufoos

26 Dec, 15:38


❞ ﷲ ދުވަހެއް މާތްކުރައްވަވާ ހިނދުގައި، އެދުވަހެއްގެ ޞާލިޙު ޢަމަލުތައް މާތްރުކުރައްވަތެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: (އެދުވަހެއްގެ މައްޗަށް އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ)¹. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ ޞަޙީޙް މުސްލިމު 854

#Jumuah #Friday
@Tazkirat_Nufoos

Tazkirat Nufoos

26 Dec, 15:38


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

26 Dec, 15:38


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

26 Dec, 15:38


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

26 Dec, 15:37


ކްރިސްމަސް ހުއްދަ ކަމަށް ބުނާ ޝެއިޚުންނާއި މެދު ސަމާލުވާންޖެހެއެވެ. މިއީ ޢިލްމުވެރިން މީގެ ޝިރުކު ސާފުކޮށް ބަޔާންކޮށްފައިވާ ކަމެކެވެ.

އަދި ކޮންމެ ކޮންމެ ޝެއިޚެއްގެ ފަރާތުން ޢިލްމު ނެގުމާ މެދު ސާމާލުވާން ޖެހެއެވެ. އަދި ނުބައި ޢިލްމުވެރިންނާއި ބެހޭގޮތުން ނައްސުންނާއި (ޤުރުއާނާއި ސުންނަތުން) ޢިލްމުވެރިންގެ ބަސްތައް މިކަމުގައި ގިނަ ވެގެންވެއެވެ.

އިމާމް މާލިކު رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:

❞ހަމަކަށަވަރުން މިޢިލްމަކީ ތިބާގެ މަހާއި ލެޔެވެ. އަދި މިޢިލްމާއި މެދު ޤިޔާމަތްދުވަހު ތިބާއާއި ސުވާލުކުރެވޭނެތެވެ. އެހެންކަމުން ތިބާ ޢިލްމުނަގަނީ ކާކުގެ ކައިރިންތޯ ބަލާހުށިކަމެވެ.❝

المحدث الفاصل: 416/1

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

Tazkirat Nufoos

25 Dec, 17:14


🔻🔻

❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އޭގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله


— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)


~ ގަލަންދާނު


------------------
[1]
ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.

Tazkirat Nufoos

25 Dec, 05:35


❞ދަންނާށެވެ! މީސްތަކުންކުރެ އެކަކަަށްވެސް އަޅުތަކުންގެ މައްޗަށް ﷲ އާއި އެއިލާހުގެ ރަސޫލާ ވާޖިބު ކުރެއްވި ކަމެއް ފިޔަވައި، ކަމެއް ވާޖިބުކުރުން ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާ ޙަރާމްކުރެއްވި ކަމެއް ފިޔަވައި، ކަމެއް ޙަރާމްކުރުން ހުއްދަވެގެން ނުވެއެވެ.❝

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

#Hukum #Democracy #Shirk
✦ @Tazkirat_Nufoos

Tazkirat Nufoos

20 Dec, 00:37


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

20 Dec, 00:37


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

20 Dec, 00:37


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

17 Dec, 16:14


ތިބާގެ އަޚުންގެ ޙައްޤުޤައި އެއްވެސް މިންވަރަކަށް ނިދި ގެއްލިގެންދޭ ހެއްޔެވެ؟ އެވެރިންނަށް ގެއްލުމެއް ލިބޭ ހިނދު ތިބާއަށް އެއްވެސް ތަދެއް އިޙުސާސް ވޭ ހެއްޔެވެ؟ ޖަވާބަކީ ނޫން ނަމަ، ދެން ތިބާގެ އީމާންކަމާމެދު ސުވާލު އުފައްދަން ޖެހެއެވެ. ތިބާއަށް އެއްވެސް އިޙްސާސެއް ނުވާ ނަމަ، ދެން ތިބާގެ އަމިއްލަ ނަފްސަށް ސުވާލެއް ކޮށްލަން ޖެހެއެވެ. ހަޤީޤަތުގައިވެސް ތިބާ ތީ މުޙައްމަދު ﷺ ގެ އުއްމަތުގެ މެމްބަރެއް ހެއްޔެވެ؟
ތިބާގެ އަމިއްލަ އަދި ތިބާގެ ގާތްތިމާގެ މީހުންގެ (ތިބާގެ އާއިލާ) ރައްކަލަށް އެކަނި ތިބާ ކަންބޮޑުވަނީނަމަ، އެއީ ޞަޙާބީން رضي الله عنهم އީމާންވި އިސްލާމް ދީނެއް ނޫނެވެ.

- އަލް އިމާމް އަންވަރު އަލް އައުލާކީ
#Aseerun
@Tazkirat_Nufoos

Tazkirat Nufoos

17 Dec, 12:54


🚨 URGENT: A Muslim family faces deportation to France, where our brothers and sisters are persecuted. We cannot stay silent!

Storm X at 21:00 tonight, with the below captions to demand Asylum Now and protect them from oppression!

For the sake of One Ummah, let’s act today. Their safety depends on us!

#OneUmmah
#AsylumNow

Tazkirat Nufoos

16 Dec, 17:01


● ފަރަންސޭސި ވިލާތުގެ ލޮބުވެތި ޢާއިލާއަށް ހިމާޔަތްދީ ރަށްވެހިކަންދޭންވީ އަހަރެމެންނީ ދިވެހިންނަށްވީތީއެއް ނޫން، އެ ޢާއިލާއަށް ރަށްވެހިކަންދޭންވީ އެއީ މުސްލިމުންނަށްވީތީ.
އަހަރެމެން މިއީ މުސްލިމުންނަށް ވީތީ!

އެނގިހުރެ ނިރުބަވެރި ކާފަރުންގެ އަތްދަށަށް އެ މުސްލިމް ޢާއިލާ ދޫކޮށްނުލާ!
#OneUmmah

Tazkirat Nufoos

22 Nov, 15:17


ބޮއިކޮޓުގެ ސަބަބުން ކަސްޓަމަރުން ނުލިބޭތީ ހުޅުމާލޭގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދުކޮށްފި

ޓްވިޓަރގައި ޚިޔާލު ފާޅު ކުރައްވާ

Tazkirat Nufoos

21 Nov, 01:50


އަލް-ޙާފިޡް އިބްނު ޙަޖަރު رحمه الله:

❞ الله تعالى، އެ އިލާހުގެ އަޥްލިޔާއިން އިމްތިޙާނު ކުރެވޭ ވަޤުތުގައި އެބައިމީހުންނަށް މަގެއް ތަނަވަސްކޮށްދެއްވައެވެ. ނަމަވެސް، ބައެއް ފަހަރު އޭގެން ބަޔަކު (ފާފަތަކުން) ޠާހިރުކުރައްވާ އެބައިމީހުންނަށް އަޖުރު އިތުރުކޮށްދެއްވުމަށް، އެ ދޮރު ބައެއް މީހުންގެ މައްޗަށް އެ އިލާހު ލަސްކޮށްލައްވައެވެ. ❝

[ފަތްޙުލް ބާރީ 6/483]
#Trial #Tazkiyah
✦ @Tazkirat_Nufoos

Tazkirat Nufoos

19 Nov, 02:04


⬆️ ﷲ ތަޢާލާ އެއްޗެއް ގެންދަވަނީ އޭގެ ބަދަލުގައި އެއަށްވުރެ ރަނގަޅު އެއްޗެއް ދެއްވުމަށެވެ!

ތިބާގެ ދިރިއުޅުމުން ކަމެއް ބީވެގެންދިޔަ ކަމުގެ އިޙުސާސް ތިބާއަށް ކުރެވިފައިވޭ ހެއްޔެވެ؟

އަހަރެންނަށް ޔަޤީންވާ އެއްކަމަކީ، އެ އެއްޗެއްގެ ބަދަލުގައި މާ ރަނގަޅު އަދި ހެޔޮ އެއްޗެއް ދެއްވުމަށް އިރާދަކުރައްވައިގެން މެނުވީ ﷲ ތަޢާލާ އެ އެއްޗެއް ނުގެންދަވާނެ ކަމެވެ. އެއީ އެއިލާހުގެ ސުންނަތެކެވެ.

އެކަމާމެދު ވިސްނި ކަންބޮޑުވިޔަސް، ތިބާ ހިތާމަނުކުރާށެވެ! ގެއްލުނު އެއްޗެއްގެ ބަދަލު ދެއްވައި، އެންމެ ރަނގަޅު ވަޤުތުގައި، ރަނގަޅު ފުރުސަތުތަކަށް ދޮރުތައް އެއިލާހު ހުޅުވައިދެއްވާނެއެވެ.

އާއެކެވެ! ބައެއްފަހަރު ކަންކަން އުނދަގޫވެ، ޔަޤީންކަން ގެއްލިދާނެއެވެ. "އަހަރެންނަށް މިޔަށްވުރެ ރަނގަޅު އެއްޗެއް ﷲ ތަޢާލާ ދެއްވާނެ" ކަމަށް ޤަބޫލުކުރުމަކީ، ވަރަށް ބޮޑު އީމާންކަމެއް ބޭނުންވާނެ ކަމެކެވެ. ނަމަވެސް، ބައެއްފަހަރު ކުޑަކޮށް މަޑުޖެހިލާފަ، މާޒީގައި އެއިލާހު ކޮށްދެއްވާފައިވާ ކަންތައްތައް ހަނދުމައަށް ގެނެސްލަން ޖެހެއެވެ.

އެއިލާހު މާޒީގައި އެކަންތައް ކޮށްދެއްވިނަމަ، ދެންވެސް އެކަން ކޮއްދެއްވުމަށް އެއިލާހު ކުޅަދުންވަންތައެވެ. ޔަޤީންކޮށް، ތަވައްކަލްކޮށް، އަދި ކެތްތެރިވާށެވެ.

ކީރިތި ޤުރުއާނުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅު މަތިން ހަނދާންކުރާށެވެ:

▶️وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ◀️ ﴿البَقَرَة:٢١٦﴾

"އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެއެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ."

އެއިލާހުގެ ޙިކުމަތްފުޅަށް އިތުބާރުކުރާށެވެ. ގެއްލުމެއް ކަމަށް ފެންނަ އެއްޗަކީ ގިނަފަހަރަށް ރިވެތި ނިޢުމަތެއްގެ ފެށުމެވެ.

↩️ނެގިފައިވަނީ
#Hope #Tawakkul
✦ @Tazkirat_Nufoos

Tazkirat Nufoos

16 Nov, 06:34


⚠️ ❞ މިހާރު ހިނގަމުންދާ މި ޙާދިޘާތަކުން މިހުރިހާ އެންމެން ފަޟީހަތްވުމުން ހުޅަނގުގައި އުޅޭ މުސްލިމުން، ޚާއްޞަކޮށް އެއުރެންގެ ތެރޭގައި ތިބި ޒުވާނުން ލޯހުޅުވާލަން އެބަ ޖެހެއެވެ. މިހާރު ހިނގަމުންދާ މިކަންކަމަކީ މުސްލިމުންގެ ލޯތައް ހުޅުވި، ޖިހާދުގެ ޙަޤީޤީ މާނަ އާންމުކޮށް ބޭނުންކުރަން ފަށާ އަދި އެވެރިންގެ ރަދީފަށް އެބަސް އަނބުރާ، ލާންޖެހޭ ވަޤުތެވެ. ދޫތަކަށާއި، މީސް މީޑިއާގައާއި، މިސްކިތްތަކުގައާއި އެނޫން ތަންތަނުގައި އާންމު އަދި އާދައިގެ ބަހެއްގެ ގޮތުގައި [ޖިހާދު] ވާންޖެހެއެވެ. މިވަޤުތަކީ ޖިހާދާއި ގުޅޭ ޤަވާޢިދުތަކާއި ޙުކުމްތަކުގެ ފިލާވަޅުތައް ހުރިހާ ފިޤުހީ ފޮތްތަކުން ލިބިގަންނަންޖެހޭ ވަޤުތެވެ. މިއީ ސީރަތުގެ ފޮތްތަކުން ޖިހާދުގެ ޝަރަފުވެރިކަމާއި ޢިއްޒަތް ދަސްކުރަންވި ވަޤުތެވެ. މިއީ ޖިހާދަށް ލޯބި އުފެއްދުމާއި އެކު މައިމީހާ އޭނާގެ ދަރިފުޅު މުޖާހިދެއްކަމުގައްޔާއި، ޝަހީދެއްކަމުގައި ވުމުގެ ޢަޒުމާއި އެކުގައި ދަރިފުޅަށް ކިރުދޭންވީ ވަޤުތެވެ. މިއީ ޤުރްއާނާއި ސުންނަތާއި އަދި ސީރަތުގައިވާ ޖިހާދުގެ ފިލާވަޅުތަކާއި މެދު ޒުވާނުން ފަޚުރުވެރިވާންވީ ވަޤުތެވެ. ❝

📝 އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ▫️📝 ޙަޤީޤީ މާނައިގައި ޖިހާދު
••┈┈┈┈┈┈┈┈┈┈┈••
✦ @Tazkirat_Nufoos

Tazkirat Nufoos

15 Nov, 01:34


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

15 Nov, 01:34


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

15 Nov, 01:34


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

13 Nov, 14:49


بسم اللّه الرحمن الرحيم


الحمد للّه رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبيّنا محمد وعلى آله وصحبه أجمعين، ومن تبعهم بإحسان إلى يوم الدين.

މި ޗެނަލް އަކީ އިސްލާމީ އުއްމަތުގެ ޢިލްމްވެރިން ލިޔުއްވަފައިވާ ފޮތް ތަކުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ފޮތްތަކާއި އަދި ރާއްޖޭގެ ޝައިޚުންނާއި ޠުއްލާބުން ލިޔުއްވާފައިވާ ފޮތް ތަކާއި ލިޔުންތައް ޙިއްޞާ ކުރުމަށް ހެދިފައިވާ ޗެނަލް އެކެވެ. ދުޢާ އަކީ މި މަސައްކަތުން އެންމެހާ ލޮބުވެތި މުސްލިމް އަޙުންނާއި އުޚުތުންނަށް މަންފާ ލިބިގެން ދިޔުމެވެ.

وباللّه التوفيق

Tazkirat Nufoos

11 Nov, 15:11


މި ފޮތް ތައްޔާރު ކުރުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް މި ޗެނަލްގެ ފަރާތުން ވަރަށް ޝުކުރުވެރިވަމެވެ. جزاكم الله خيرا ، و تقبل الله منا ومنكم
✦ @Tazkirat_Nufoos

Tazkirat Nufoos

11 Nov, 15:07


📚މިއީ ޖިހާދުގެ މާނަތަކުންކުރެ އެއް މާނައެއް އުނިކޮށްލުމަށާއި އޮޅުވައިލުމަށް ބޭނުންކުރެވެމުންދާ ބަލިކަށި ޙަދީޘަކާއި މެދު ސުވާލުވެވުމުން، އައް-ޝައިޚް އަޙުމަދު މޫސާ ޖިބްރީލް [حفظه الله] ދެއްވި ޖަވާބެއްގެ ދިވެހި ތަރުޖަމާއެކެވެ. އަދި މީގެ އިތުރުން ޖިހާދުގެ ވައްތަރުތަކުގެ ތެރޭގައި ﷲ ގެ މަގުގައި ކާފިރުންްނާއި ދެކޮޅަށް ހަނގުރާމަކުރުން ހިމެނިގެންވާކަމަށާއި، އެމެރިކާގެ ސަޙްޔޫނީ އިސްލާމް ފަތުރަމުންދާ މީހުންނާއި ޤިބުލައިގެ ޔަހޫދީންނާއި އަދި ހުޅަނގުގެ ކާފިރުންގެ މުނާފިޤުކަމާއި، ޖިހާދުގެ މި މާނަކުރުން ނައްތާލުމަށް އެއުރެން ކުރަމުންދާ މަސައްކަތްތައް ބަޔާންކޮށްދީފައި ވެއެވެ. އަދި މިހާރު ފަލަސްޠީނުގައި ހިނގަމުންދާ ކަންތަކުން، ލޯތައް ހުޅުވާލާ ޖިހާދުގެ ޙަޤީޤީ މާނަ ދެނެގަތުމަށް ގޮވާލައްވާ އަދި އުއްމަތަށް ނަޞްރުހޯދައިގަނެވޭނެ މަގަކީ ތަޥްޙީދުގެ ޙަޤީޤީ ދިދައިގެ ދަށުން ﷲ تعالى ގެ ކަލިމަފުޅު އެންމެ މަތިވެރިކުރުމަށްޓަކައި ޖިހާދުކުރުން ކަމަށް ވިދާޅުވެލެއްވިއެވެ.

📄||ފޮތް: ޙަޤީޤީ މާނައިގައި ޖިހާދު
⬇️⬇️
#NewBook #Jihad
▫️@Tazkirat_Nufoos

Tazkirat Nufoos

11 Nov, 06:33


ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: https://t.me/musafir_officials

Tazkirat Nufoos

11 Nov, 00:49


އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ބޮޑުވެ އިތުރުވަމުންދާ ކިޔަމަންތެރިކަމުގެ މިޘާލު ވަނީ، ތިބާ އިންދާ އޮށެއް ފަދައިންނެވެ. އޭތި ގަހަކަށްވެ މޭވާ އެޅުމުން ތިބާ އެ މޭވާ ކައިފައި އޭގެ އޮށް އަނެއްކާވެސް އިންދައެވެ. އަދި ގަހުގައި މޭވާ އަޅާ ކޮންމެ ފަހަރަކު ތިބާ އެ ކައިފައި އޭގެ އޮށްތައް އިންދައެވެ. އަދި ފާފަތަކާއި އެ އިތުރުވެގެންދާ ގޮތަށްވެސް، ހަމަ މި މިޘާލު ބޭނުންކުރެވެއެވެ.

މުސްކުޅި ހަރުބަހެއްވެއެވެ. އަދި ޙިކުމަތްތެރިއަކަށް އެ ފަހުމްވާނެއެވެ:

”ހެޔޮ ޢަމަލުގެ ދަރުމައަކީ، އެޔާއި ވިދިގެން އެހެން ހެޔޮ ޢަމަލުތައް އައުމެވެ. އަދި ނުބައި ޢަމަލުގެ ޢަޛާބަކީ، އެޔާއި ވިދިގެން އެހެން ނުބައި ޢަމަލުތައް އައުމެވެ.“ ❝

[އަލް-ފަވާއިދު | ޞަފްޙާ: 60-61]

#Obedience #GoodDeeds
@Tazkirat_Nufoos

Tazkirat Nufoos

09 Nov, 01:41


🕌 عن عبد الله بن مسعود قال: أحق ما سعينا إليه الصلاة.
صحيح: أخرجه ابن أبي شيبة (2/ 358)

ޢަބްދު ﷲ ބިން މަޞްޢޫދު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ❞ އަހަރުމެން އެޔަކަށް އަވަސްވެގަންނަން އެންމެ ޙައްޤުކަން ބޮޑީ ނަމާދެވެ. ❝

ހަދީޘް: ޞަޙީޙް
📚 ނެގެފައިވަނީ: އިބްނު އަބީ ޝައިބާ (2/ 358)

#Namaadhu #Salaf
@Tazkirat_Nufoos

Tazkirat Nufoos

08 Nov, 01:30


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

08 Nov, 01:30


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

08 Nov, 01:30


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

07 Nov, 00:48


🤍 ޠަޤްވާވެރިކަމާއި ރިވެތި އަޚްލާޤު

💭 އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ﷲ އަށް ބިރުވެތިވުމާއި ރިވެތި އަޚްލާޤާއި ދެމެދު، ނަބިއްޔާ ﷺ ގުޅުމެއް ޤާއިމުކުރެއްވިއެވެ. ސަބަބަކީ، ﷲ އަށް ބިރުވެތިވުމުން، އަޅާއާއި ﷲ އާއި ދެމެދުގައިވާ ގުޅުން ވަރުގަދަކުރެއެވެ. އަދި ރިވެތި އަޚްލާޤު، މީހާއާއި އަނެކުންނާއި ދެމެދުގައިވާ ގުޅުން ވަރުގަދަކުރެއެވެ. އެހެންކަމުން ﷲ އަށް ބިރުވެތިވުމުން، އޭނާ ދެކެ ﷲ ލޯބިވެވޮޑިގަތުމަށް މަގުފަހިވެގެންދެއެވެ. އަދި ރިވެތި އަޚްލާޤު، އެމީހަކު ދެކެ މީސްތަކުން ލޯބިވުމަށް މަގުފަހި ކުރުވައެވެ. ❝

[އަލް-ފަވާއިދު]
#Taqwa #GoodCharacter
@Tazkirat_Nufoos

Tazkirat Nufoos

05 Nov, 01:31


📢 ވަރަށް އަވަހަށް ގެނެސްދެނީ إن شاء الله

މިއީ ޖިހާދުގެ މާނަތަކުންކުރެ އެއް މާނައެއް އުނިކޮށްލުމަށާއި އޮޅުވައިލުމަށް ބޭނުންކުރެވެމުންދާ ބަލިކަށި ޙަދީޘަކާއި މެދު ސުވާލުވެވުމުން، އައް-ޝައިޚް އަޙުމަދު މޫސާ ޖިބްރީލް حفظه الله ދެއްވި ޖަވާބެއްގެ ދިވެހި ތަރުޖަމާއެކެވެ. އަދި މީގެ އިތުރުން ޖިހާދުގެ ވައްތަރުތަކުގެ ތެރޭގައި ﷲ ގެ މަގުގައި ކާފިރުންްނާއި ދެކޮޅަށް ހަނގުރާމަކުރުން ހިމެނިގެންވާކަމަށާއި، އެމެރިކާގެ ސަޙްޔޫނީ އިސްލާމް ފަތުރަމުންދާ މީހުންނާއި ޤިބުލައިގެ ޔަހޫދީންނާއި އަދި ހުޅަނގުގެ ކާފިރުންގެ މުނާފިޤުކަމާއި، ޖިހާދުގެ މި މާނަކުރުން ނައްތާލުމަށް އެއުރެން ކުރަމުންދާ މަސައްކަތްތައް ބަޔާންކޮށްދީފައި ވެއެވެ. އަދި މިހާރު ފަލަސްޠީނުގައި ހިނގަމުންދާ ކަންތަކުން، ލޯތައް ހުޅުވާލާ ޖިހާދުގެ ޙަޤީޤީ މާނަ ދެނެގަތުމަށް ގޮވާލައްވާ އަދި އުއްމަތަށް ނަޞްރުހޯދައިގަނެވޭނެ މަގަކީ ތަޥްޙީދުގެ ޙަޤީޤީ ދިދައިގެ ދަށުން ﷲ تعالى ގެ ކަލިމަފުޅު އެންމެ މަތިވެރިކުރުމަށްޓަކައި ޖިހާދުކުރުން ކަމަށް ވިދާޅުވެލެއްވިއެވެ.
📖#NewBook #Jihad
▫️ @Tazkirat_Nufoos

Tazkirat Nufoos

04 Nov, 08:55


👮 ❞ (މަރަކީންގެ ފުލުހަކަށް ވުމުގައި ހިމެނޭ އިސްލާމްދީނާއި ފުށުއަރާ އެތަކެއް ކަމެއްގެ އިތުރުން) މަޖުބޫރުކުރެވުމެއް ނެތި އަމިއްލަ އިޚްތިޔާރުގައި، އެއެއްގައި އެމެރިކާގެ ޤާނޫނު ނަގަހައްޓައި ދިފާޢުކުރުމަށާއި އަދި ﷲގެ ޝަރީޢަތާއި ފުށުއަރާ ވަޟައީ ޤާނޫނުތައް ތަންފީޛުކުރުމަށް އެފުލުހުން ކުރާ [ވަޒީފާގެ ހުވަޔޭ ބުނެވޭ] ހުވާގެ ސަބަބުން، — އިކްރާހެއް ނެތި އެކަންކޮށްފި ނަމަ — އިސްލާމްކަން ނަފީކުރާ ކަމަކަށް އެމީހަކު އަރައިގަނެފިއެވެ. މިފަދަ ޙާލަތެއްގެ މަތީގައި މަރުވާ މީހާގެ ޖަނާޒާބޭއްވުމާއި ﷲގެ ރަޙްމަތްލެއްވުން އެދި ދުޢާ ކުރުމީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އަދި ކިއެއް، އެފަދަމީހުންގެ މަރުވެފައިއޮތް މަސްގަނޑު މިސްކިތުގެ ޙަރިންމައިގެ ތެރެއަށް ވެއްދުމަށްވެސް ހުއްދަ ދެވިގެން ނުވާނެއެވެ.

ﷲ ގެ މަގުގައި ޝަހީދުވާ މީހުންގެ މަތިވެރިކަން ބަޔާންކުރާ ޤުރުއާނުގެ އާޔަތްތަކާއި ﷲ ގެ މަގުގައި ރިބާޠުކުރުމުަގައި ރޭގަނޑު ހޭލާ ހުންނަ މީހާގެ ގައިގައި ނަރަކައިގެ އަލިފާން ނުޖެހޭނެ ކަން ބަޔާން ކުރާ ޙަދީޘްތައް — ޠާޣޫތީ ޤާނޫނުތައް ދިފާޢުކުރާނެ ކަމަށް ހުވާކޮށްގެން ހުރެ މަރުވާ ފުލުހުންނަށް ނިސްބަތްކޮށް "މަޝާޔިޚުން" ކިޔަމުން ދިޔުމާއި، އަދި މުޖުތަމަޢުގައިވާ ކަންބަޅިން (އެބަހީ: އެ ޝައިޚުނަށް ކަނުކޮށް ތަބަޢުވާ މީހުން) އެއަޑުދަށުން ހަނުތިބެ އެއްބަސް ވުމަށް އަޅާ ކަރުނައިން ހާމަކޮށްދެނީ ހަމައެކަނި އެއުރެންގެ ދަށުދަރަޖަ އެކަންޏެއް ނޫނެވެ. އަދި ﷲ ގެ އާޔަތްތަކާއި ނަބިއްޔާ عليه الصلاة والسلام ގެ ޙަދީޘް ބަސްފުޅުތަކަށް ކަނޑައެޅިގެން އެކުރާ ބޭއިޚުތިރާމް އެކަންޏެއްވެސް ނޫނެވެ. އަދި ކިއެއްތަ، މިއިން ފެނިހާމަވެގެން ދަނީ ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢުގައި ފެތުރިފައިވާ ޖާހިލުކަމާއި ތަޥްޙީދު އުނިވެފައިވާ ކަމުގެ މިންވަރެވެ.

މި ޒަމާނާއި ވަޤުތަކީ، އެއެއްގައި ﷲގެ ޙުކުމްފުޅު މަތިވެރިކޮށް ޤާއިމްކުރުމަށް ހަނގުރާމަ ކުރާ މުޖާހިދުންނަކީ ނުބައި ނުލަފާ މީހުން ކަމުގައި ޞިފަކޮށް، ޠާޣޫތީ ޙުކުމްތައް ނަގަހައްޓައި ޙިމާޔަތްކުރުމަށް ހަނގުރާމަ ކުރާ މީހުންނަކީ ބަޠަލުން ގޮތުގައި ޞިފަކުރެވޭ ޒަމާނެކެވެ. ❝

💬 އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ⤴️(ބަސްކޮޅު)
#Taghut #Police
✦ @Tazkirat_Nufoos

Tazkirat Nufoos

03 Nov, 01:49


⬆️އަބޫ އައް-ދަރުދާ رضي الله عنه ވިދާޅުވިއެވެ.

👍"ތިބާގެ އަޚުން ކުރެ މީހަކު ބަދަލުވެ ނުވަތަ ފާފައެއް ކޮށްފިނަމަ، އޭނަ ދޫކޮށް ނުވަތަ ބާކީވެސް ނުކޮށްލާށެވެ. އެހެނެއްކަމު އެންމެ ރިވެތިގޮތުގައި އޭނާއަށް ދަޢުވަތު ދޭށެވެ. އަދި އޭނާއާއި އެކުގައި ކެތްތެރިވާށެވެ. ފަހެ ހަމަކަށަވަރުން، ބައެއް ފަހަރު އަޚަކު ރަނގަޅުވެދާނެއެވެ. އަދި އަނެއްބައި ފަހަރު އޭނާ ކައްސާލައެވެ."

[ޙިލްޔަތުލް އަޥްލިޔާ 4/232]
#Brotherhood #Tazkiyah
✦ @Tazkirat_Nufoos

Tazkirat Nufoos

01 Nov, 10:01


قال ﷺ: [ألا أخبركم بنسائكم من أهل الجنة. الودود الولود العؤود، التي إذا ظلمت قالت لزوجها، هاذي يدي في يدك، لا أذوق غمضا، ولا أنام حتى ترضى]
وقال أيضا: [مبشرا الصادقات القانتات المطيعات، إن المرأة إذا صلت خمسها وصامت شهرها وحصنت فرجها وأطاعت زوجها دخلت من أي أبواب الجنة شائت]
فماذا تريدين!! فماذا تريدين!!!

@Tazkirat_Nufoos

Tazkirat Nufoos

01 Nov, 09:02


ޝަރީޢަތުގައި އަދި ފިތުރަތުގައި ޙިޖާބު އެޅުން

މުސްލިމް އަންހެނާއަށް އެކަނބުލޭގެ މޫނާއި ދެ އަތްތިލަ ފާޅުކުރުން، އައް-ނަވަވީ މަނަޢު ކުރެއްވިއެވެ. المنهاج ގައި އައް-ނަވަވީ އައް-ޝާފިޢީ ވިދާޅުވިއެވެ. (ބީރައްޓެހި ބޮޑު މިނިވަން އަންހެނެއްގެ ޢައުރައަށް ބެލުން ބާލިޣުވެފައިވާ ފިރިހެނާގެ މައްޗަށް ޙަރާމްވެގެން ވެއެވެ. އެކަނބުލޭގެ މޫނާއި ދެ އަތްތިލަ ވެސް ވަނީ އެފަދައިންނެވެ. އެއީ ފިތުނައިގެ ބިރުވެރިކަން ވާ ހިނދެއްގައި އެވެ. އަދި އަމާންކަމުގައި ވެސް ޞައްޙަ ރައުޔަކީ އެފަދައިންނެވެ. (އެއީ ޙަރާމްވާނެކަމަށެވެ.)).

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)

#Hijab #Fatwa
@Tazkirat_Nufoos

Tazkirat Nufoos

01 Nov, 01:30


KALAKUVEY BIRUVETHIVEY - ( Official video) I Madhaha I Islamic Nasheed
brought you by International Aid Campaign
Lhen: Mohamed Abdul Ghanee
Animation: LoopCraft
Recording mixdown: TONiC LiVE STUDiO

A production of Islamic Rhythm

‏ #KalakuveyBiruvethivey ​

✦ @Tazkirat_Nufoos

Tazkirat Nufoos

31 Oct, 16:59


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

31 Oct, 16:59


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

31 Oct, 16:59


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

26 Oct, 03:15


”އުންމަތް ފަލަސްތީނާއި އެކު“ ބޮޑު އެއްވުމުގައި
[ ޝެއިޚް ފަޟްލޫން ބިން މުޙައްމަދު حفظه الله ] ދެއްވި ޙާއްސަ ދަރުސްގެ އޯޑިއޯ ރެކޯޑިން

Tazkirat Nufoos

26 Oct, 03:13


☁️
🐎 ❞ ﷲ ގެ މަގުގައި ޖިހާދަކުރާ މުޖާހިދުންނަކީ އިސްލާމްދީނުގެ ހިތެވެ. އަދި މީސްތަކުންގެ ތެރެއިން ﷲ ގެ ދީނުގައި އެންމެ ބޮޑަށް ޤާއިމުވެތިބޭ މީހުންނެވެ. އަދި އެއުރެންގެ (މީސްތަކުންގެ) ތެރެއިން ޤުރުއާނާއި ސުންނަތުގައި އެންމެ ބޮޑަށް ހިފަހައްޓާ މީހުންނެވެ. އަދި އެއުރެންގެ ތެރެއިން ދަލީލުތަކަށް އެންމެ ބޮޑަށް ތަބަޢުވާ މީހުންނެވެ. އަދި އެއުރެންގެ ތެރެއިން އެބައެއްގެ އުސޫލުގައި އެންމެ ބޮޑަށް ޘާބިތުވާ މީހުންނެވެ. އަދި އެއުރެންގެ ތެރެއިން މުއުމިނުންނަށް ވަލާއު ވެރިކަން ބެހެއްޓުމާއި، ނަޞްރުވެރިވުމާއި އަދި ﷲ ގެ ޝަރީޢަތުން ބޭރުވާ އަނިޔާވެރިންނަށް ބަރާއު ބޭއްވުމުގައި އެންމެ ހެޔޮ މީހުންނެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ވަރުގަދައަށް ބަލާވެރިކަމާއި، މަރުވުމާއި، އަސީރުވުމާއި އަދި އަރުވާލެވުމާ ކުރިމަތިލާން ޖެހޭ މީހުންނެވެ. އަދި އެއުރެންގެ އަހުލުވެރިންނާއި ވަކިވެ އަދި އެކަނިވެރިވެއެވެ. އަދި ވަޠަންތައް ދޫކޮށް ރޫޙުތަކާއި މުދާތައް ހޭދަކޮށްލައެވެ. އަދި ގެއްލުންތަކާއި ޢުދުވާނުތައް ތަޙައްމަލު ކުރެއެވެ. އެ ހުރިހާ ކަމެއް ކުރަނީ ﷲ عز وجل ގެ އަމުރުފުޅަށްޓަކައެވެ. އަދި އެ އިލާހުގެ ދީނަށާއި އެއިލާހުގެ އަޥްލިޔާއިންނަށް ނަޞްރުވެރި ވުމަށްޓަކައިއެވެ. އަދި އެއިލާހުގެ ޝަރުޢުތައް އަލުންދިރުވާ ޤާއިމުކުރުމަށްޓަކައިއެވެ. އަދި އެއިލާހުގެ ޢަދުއްވުން ބަލިކަށި ކުރުމަށްޓަކައިއެވެ. ފަހެ އެއުރެންނަކީ މީސްތަކުންގެ ތެރެއިން މީސްތަކުންނަށް އެންމެ ހެޔޮ މީހުންނެވެ. އަދި އެމީހުންގެ ތެރެއިން ދީނަށް އެންމެ މަންފާކުރާ މީހުންނެވެ. އަދި ދުވަސްތަކެއް ފަހުން ވިޔަސް އެއުރެންނަށް ﷲ ކުޅަދާނަކަން ދެއްވާނެއެވެ. ﴿(އެއީ) ﷲ، އެ އިލާހުގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާ ގޮތެވެ.}¹ {ފަހެ ﷲ، ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަދި ﷲ، ކަންހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ.}² އަދި އެއުރެން އެކަހެރިކޮށް ދޫކޮށްލާ ބަޔެއް ކިބައިންވެސް ނުވަތަ އެއުރެންނާއި ޚިލާފުވެގަންނަ މީހުން ކިބައަކުންވެސް އެއުރެންނަކަށް ގެއްލުމެއް ނުލިބޭނެއެވެ. އަދި މުސްލިމުން ދެމިހުންނަ ހިނދަކު ޖިހާދު ޤާއިމުވެ ދެމިހުންނާނެވެ. އަދި އަނިޔާވެރިންނަކަށް އެއުރެންގެ މައްޗަށް ﷲ މަގެއް ނުދައްކަވާނެއެވެ. ފަހެ، އެއް ބޭކަލަކު އަވަހާރަވެ ނުވަތަ ޤަތުލުވެ ނުވަތަ އަސީރުވެއްޖެ ނަމަ، އެހެން ބޭކަލަކު އޭނާގެ މަޤާމުގައި ތެދުވެ އަދި އޭނާގެ ރައްބުގެ ރިސާލަތް ފޯރުކޮށްދޭނެވެ. އަދި ﷲ ތަޢާލާ އެކަނި އެއުރެންނަށް ފުދިގެންވެއެވެ. އަދި އެއިލާހު އެއުރެންނަށް ނަޞްރުވެރިވާނެއެވެ. އަދި މައްސަލަ އަކީ ހިނދުކޮޅެއްގެ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: ﴿ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ.﴾³ ❝

📃 އައްޝައިޚް އަލްމުޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ سورة الغافر ٨٥
² سورة فاطر ٤٣
³ سورة الطور ٣١
#Jihad #Mujahid
@Tazkirat_Nufoos

Tazkirat Nufoos

25 Oct, 12:36


Friday Virtues

🌿 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަވުން

🌿
ހުކުރު ދުވަހުގެ ދުޢާ ޢިޖާބަވަނިވި ވަޤުތަކީ ކޮބާ

🌿 ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމާއި ބެހޭ ރިވާޔަތްތަކާއި އޭގެ ތަފްޞީލް

Links for Du’a below

🟢 Supplications for Oneself
🟢 އަމިއްލަ ނަފްސަށްޓަކައި ދުޢާކުރުން

🟢 Supplications against Enemies
🟢 އަނިޔާވެރިންނާއި ދެކޮޅަށް ދުޢާކުރުން

🟢 Supplications for Ummah
🟢 އުންމަތަށްޓަކައި ދުޢާކުރުން

🌿 Du’a Fortress 🌿

Tazkirat Nufoos

25 Oct, 01:51


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

25 Oct, 01:51


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

25 Oct, 01:51


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

22 Oct, 06:44


ޖަންނަތު
ޅެން: މުޙައްމަދު ޢިޝާން
ރާގު: މުޙައްމަދު ޢިޝާން

Tazkirat Nufoos

22 Oct, 06:29


4⃣
🌍 ދަރަޖަތައް

ޖަންނަތުގެ އަހުލުވެރިން، —ﷲ ތަޢާލާ އަހަރުމެން އެތާގެ އަހުލުވެރިން ކަމުގައި ލައްވާށި— އެވެރިންގެ ޢަމަލުތަކާއި އެއްފަދައިން ތަފާތު ދަރަޖަތަކެއްގައި ވާނެއެވެ. ޢަބްދުލް ﷲ رَضِيَ اللَّهُ عَنْهُ ކިބައިން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ: "ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހުން އެތަނުން ނުކުންނާނެ ފަރާތް، އަދި ޖަންނަތުގެ އަހުލުވެރިންގެ ތެރެއަށް އެންމެ ފަހުން ވަންނާނެ ފަރާތް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. އެއީ އަނގަވަތަށް ވެއްޓެމުން ތެދުވަމުން ވެއްޓެމުން އަންނަ ޙާލުގައި ނަރަކައިން ނުކުންނާނެ މީހެކެވެ. ފަހެ ﷲ ވަޙީކުރައްވާނެއެވެ: ތިބާ ޖަންނަތަށް ވަންނާށެވެ. ދެންފަހެ އޭނާ ޖަންނަތް ކައިރިއަށް އަންނާނެއެވެ. އޭނާއަށް އެތަން ފުރިފައި ވަނިކޮށް ދެއްކެވޭނެއެވެ. އޭނާ އެނބުރި އައިސް ދަންނަވާނެއެވެ: އޭ އަޅުގެ ވެރި ރައްބެވެ! މިއަޅާ އަށް އެތަން ފެނުނީ ފުރިފައި ވަނިކޮށެވެ. ފަހެ އެއިލާހު ވަޙީކުރައްވާނެއެވެ: "ތިބާ ދާށެވެ. އަދި ޖަންނަތައް ވަންނާށެވެ. ފަހެ ހަމަކަށަވަރުން ދުނިޔެއާއި އެއްފަދަވެގެންވާ އަދި އެ ދުނިޔޭގެ ދިހަ ގުނަ ފަދަ (ނިޢުމަތް) ތިބާއަށް ދެއްވާހުށީމެވެ." ފަހެ އެހިނދު އޭނާ ބުނާނެއެވެ: "ތިޔަ އިލާހަކީ ރަސްވަންތަ އިލާހުކަމުގައިވާ ޙާލު މިއަޅާ އަށް މަލާމާތްކުރައްވަނީތޯއެވެ؟." ފަހެ އެކަލޭގެފާނު (ނަބިއްޔާ ﷺ) ގެ ކޮލުދަތްތައް ފާޅުވެއްޖެއުމަށް ދާންދެން ރަސޫލާ ﷺ ހިނިވަރުނަކުރައްވަނިކޮށް އަހުރެން ދެކުނީމެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެއީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިން (ދަރަޖައިގެ ގޮތުން) އެންމެ ދަށް މީހާގެ މަންޒިލެވެ." ¹³

⬅️ މިއީ އިސްލާމްވެބްގެ ފަތުވާއަކުން ނެގިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. މި ހިސާބަށް އެ ލިޔުންކޮޅު ނިމުނީއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ޖަންނަތެވެ. އެތަން ބޭނުންނުވާނީ ފަހެ ކާކުތޯއެވެ؟ ބޭނުންނަމަ، ﷲ އެއްކައުވަންތަ ކުރައްވާށެވެ! އެންމެހާ ހެޔޮ ޢަމަލްތައް ކުރައްވާށެވެ! އަދި މި އެންމެހާ ހެޔޮކަން ބާޠިލް ކުރުވަނިވި ޝިރްކާއި އެންމެހާ ނުބައި ޢަމަލްތަކުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! ތަވްޙީދުގެ ކަލިމައިގެ މަތީގައި މެނުވީ މަރުނުވާށެވެ! ﷲ ތަޢާލާ އަޅަމެން ޖަހަންނަމައިން މުއްތި ކުރައްވަވައި، ޖަންނަތުގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! آمين

ނިމުނީ

(13) صحيح البخاري : 6571

#Tazkiyah #Jannah
✦ @Tazkirat_Nufoos

Tazkirat Nufoos

22 Oct, 06:29


3⃣
💎ޖަންނަތުގެ އަހުލުވެރިންގެ ފުރިހަމަ ޞިއްޙަތާއި ރީތިކަން ދާއިމަށް ދެމިހުރުން

އަދި އެއުރެން ތާއަބަދަށް ދެމިތިބޭނެކަމާއި، ނިޢުމަތްތަކާއި ފުރިހަމަ ޞިއްޙަތާއި އަދި ރީތިކަން ދާއިމަށް ދެމިހުންނާނެ ކަމާއި ބެހޭގޮތުން ރިވާވެގެން އައިސްފައިވެއެވެ: ޞަޙީޙު މުސްލިމުގައި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި ބާޒާރެއް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު އެއުރެން އެތަނަށް އަންނާނެއެވެ. އުތުރުން ވައިރޯޅިއެއް ޖެހޭނެވެ. ފަހެ އެ ވައިރޯޅި އެއުރެންގެ މޫނުތަކާއި ފޭރާމުތަކުގައި ޖެހުމުން، އެއުރެންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެގެންދެއެވެ. ފަހެ އެއުރެންގެ އަހުލުންގެ ގާތަށް އެނބުރި ދިއުމުން އަހުލުން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެންނާއި ވަކިވެގެން ދިޔުމަށްފަހު ތިބާގެ ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." އަދި އެއުރެން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެން ވަކިވެގެން ދިޔުމަށްފަހުގައި ތިކަނބަލުންގެ ވެސް ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." ⁸

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަަމަށް މުސްލިމް ރިވާކުރެއްވިއެވެ: ގޮވާލާމީހަކު ގޮވާލާނެއެވެ: ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ދުޅަހެޔޮ ޞިއްޙަތެއްގައެވެ. ފަހެ ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތާއަބަދަށް ދިރިހުންނާނެއެވެ. ފަހެ ދުވަހަކުވެސް މަރެއްނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ޒުވާންކަން މަތީގައެވެ. ފަހެ ދުވަހަކުވެސް މުސްކުޅިއެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނިޢުމަތްތައް ލިބިލިބި ހުންނާނެއެވެ. ފަހެ ދުވަހަކުވެސް މާޔޫސްވުމެއް ނުވާނެއެވެ. އެއިލާހު عز وجل ވަޙީކުރައްވާފައި ވަނީ އެފަދައިންނެވެ: ▶️وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ◀️ މާނައީ: "ދެން އެ މީހުންނަށް ގޮވައި އަންގަވާނެއެވެ. އެހެރީ ޖަންނަތެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެ ތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ." [الأَعرَاف:٤٣] ⁹

🪷ޖަންނަތުގެ އަހުލުވެރިންގެ ވަސް

ދެ ޝައިޚުން (އިމާމް ބުޚާރީ އަދި މުސްލިމް) އަބޫ ހުރައިރާ - رضي الله عنه - ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އަދި މިއީ އަލް-ބުޚާރީގެ ރިވާޔަތުން ނެގިފައިވާ ލަފްޡުތަކެކެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތަށް އެންމެ ފުރަތަމަ ވަންނަ ޖަމާޢަތުގެ ޞޫރަ ވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ. އެއަށްފަހުގައި ވަންނަ މީހުން، އުޑުގައި އަލިކަން އެންމެގަދަ ވެގެންވާ ތަރި ފަދައެވެ. އެބައިމީހުން ކުޑަކަމުވެސް އަދި ބޮޑުކަމުވެސް ނުދާނެއެވެ. ކުޅެއްނުޖަހާނެއެވެ. ނޭފަތުން އަރިދަފުސް ބޭރެއްނުކުރާނެއެވެ. އެބައިމީހުންގެ ބޮލުފުނާތައްވަނީ ރަނުންނެވެ. އެބައިމީހުންގެ ގައިން އޮހޮރޭ ދަލަކީ ގޮމަކަސްތޫރިއެވެ. އެބައިމީހުންގެ މެދުގައި 'އަލް-އުލޫތު އަލް-އަލަންޖޫޖް' ކިޔޭ ވަސް މީރު ޢޫދެއް އެންދޭނެއެވެ. އެބައިމީހުންގެ އަނބީންނަކީ ޙޫރުލް ޢީނުންނެވެ. އެބައިމީހުންގެ އުފެއްދެވުން ވަނީ އެބައިމީހުންގެ ބައްޕަ އާދަމް عليه السلام ފަދައިން (ހަށިގަނޑުގައި) 60 މުށުގެ އިސްކޮޅެއްގައެވެ." ¹⁰

📝ފައިދާއެއް: އަލް-އަލަންޖޫޖް ގެ ޝަރަޙައިގައި އަލް-ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ: الألنجوج: همزة އަދި لام ގައި އަބަފިއްޔެެއް އަދި ن ގައި ސުކުނެކެވެ. ފުރަތަމަ ج ގައި އުބުފިއްޔެއް، و ގައި ސުކުނެކެވެ. އެއީ (މީރުވަސް ދުއްވުމަށްޓަކައި) އަންދަން ބޭނުންކުރާ ލަކުޑި އެކެވެ. އަދި 'އަލް-އަލަންޖޫޖް' ގެ މި ކަލިމައަކީ މިތާގައި 'އަލް-އުލޫތު' ގެ ތަފްސީރެވެ. އަދި ޢޫދަކީ އެ ތަފްސީރުގެ ތަފްސީރެވެ. — اه‍ـ ¹¹

🌙ޖަންނަތުގެ އަހުލުވެރިންގެ ނިދުން

އަދި ޖާބިރުގެފާނު ވިދާޅުވިކަމަށް ޞައްޙަ ސަނަދަކުން އަލް-ބައްޒާރު، އައް-ޠަބަރާނީ އަދި އަލް-ބައިހަޤީ ރިވާކުރެއްވިއެވެ: ބުނެވުނެވެ: އޭ ﷲ ގެ ރަސޫލާ އެވެ. ޖަންނަތުގެ އަހުލުވެރިން ނިދިކުރައްވާނެ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ނިންޖަކީ މަރުގެ އަޚެވެ. ޖަންނަތުގެ އަހުލުވެރިންނަށް މަރުވުމެއް ނުވެއެވެ. އަދި އެވެރިންނަށް ނިދުމެއްވެސް ނުވެއެވެ. " ¹²
🔽

(8) صحيح مسلم : 2833
(9) صحيح مسلم : 2837
(10) صحيح البخاري : 3327
(11) الفتح 6/458
(12) البدور السافرة : 475

Tazkirat Nufoos

22 Oct, 06:29


2⃣
އަދި އެއިލާހު تعالى ގެ ވަޙީބަސްފުޅު:

▶️مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ◀️މާނައީ: "ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ޖަންނަތުގެ މިސާލަކީ އެ ތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ޖަންނަތެވެ. އަދި އެ ތާނގައި އެ މީހުންނަށް ޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެ މީހުންގެ ރައްބުގެ ހަޟްރަތުން ފާފަ ފުއްސެވުން ހުއްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެ މީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެ މީހުންނަށް ބޯންދެއްވުމުން، އެ މީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟" [محمد:١٥]

🏆އެތާގެ ބިނާތައް

ސުނަނު އައް-ތިރްމީޛީގައި ވެއެވެ. ޖަންނަތާއި އެތާގެ ބިނާއާއި މެދު ނަބިއްޔާ ﷺ އާއި ސުވާލުކުރެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ: "ރަނުގެ ގަލަކުން އަދި ރިހީގެ ގަލަކުންނެވެ. އަދި އެ ދެ ގަލުގެ ދެމެދުގައިވާ އުވައަކީ އަޛްފަރުވެގެންވާ (އެބަހީ: ވަސްގަދަ) ގޮމަކަސްތޫރިއެވެ. އެތަނުގެ ކުދިގަލަކީ ރަންމުތާއި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ކުކުނެވެ. އެތަނަށް ވަދެއްޖެ މީހަކު ވާނީ ނިޢުމަތްތައް ލިބިލިބިއެވެ. މާޔޫސްވުމެއް ނުވާނެއެވެ. ތާއަބަދަށް ދެމިތިބޭ ޙާލުއެވެ. ދުވަހުކުވެސް މަރެއްނުވާނެއެވެ. އެއުރެންގެ ފޭރާންތައް ދުވަހަކުވެސް ބަލެއް ނުވާނެއެވެ. އަދި އެއުރެންގެ ޒުވާންކަން ދުވަހަކުވެސް ފިލައި ނުދާނެއެވެ." އަލް-އަލްބާނީ މި ރިވާޔަތް ޞައްޙަ ކުރެއްވިއެވެ. ⁴

އަދި އަބޫ މާލިކް އަލް-އަޝްޢަރީ - رضي الله عنه - ވިދާޅުވިކަމަށް އަލް-މުސްނަދުގައި އަޙްމަދު ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި، އެތެރެއިން ބޭރު ފެންނަ އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިތަކެއް ވެއެވެ. الله تعالى އެ ކޮޓަރިތައް ތައްޔާރު ކުރައްވާފައިވަނީ މީސްތަކުންނަށް ކާންދޭ، ބަސްމަގު މަޑުމައިތިރި، ރޯދަ ހިފާ، އަދި މީސްތަކުން ނިދާފައިވާ ޙާލު ރޭގަނޑުގައި ދަމުނަމާދު ކުރާ މީހުންނަށެވެ. އަދި ޢަލިއްޔު ކިބައިން އައް-ތިރްމީޛީ އެފަދައިން ރިވާކުރެއްވިއެވެ. އަދި އަލް-އަލްބާނީ އެ ޞައްޙަ ކުރެއްވިއެވެ." ⁵

އަދި އެކަލޭގެފާނުގެ ޞަޙީޙުގައި މުސްލިމް ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޖަންނަތުގައި ގޮނި ތަނަވަސް ރަންމުތްތަކަކުން ތައްޔާރުކުރެވިފައިވާ ފޭލިގެއެއް ވެއެވެ. (އެބަހީ: އޭގެ އެތެރޭގައިވާ ބައި ހުންނާނީ ހުސްކޮށް ހޮއި ހެދިފައެވެ. އަދި އޭގެ އެތެރެ ތަނަވަސްވެގެންވެއެވެ.) އެތާގެ ފުޅާމިނުގައި 60 މޭލު ވެއެވެ. އަދި އެތާގެ ކޮންމެ ކަނެއްގައި އަނެއް ކަނުގައި ތިބި ބަޔަކު ނުފެންނާނެހެން އަނބީން ތިބޭނެއެވެ. އަދި މުއުމިނު އަޅާ އެއުރެންގެ މެދުގައި ބުރުޖަހާނެއެވެ." ⁶

⬆️އެތާގެ ގަސްތައް

އެތާގެ ގަސްތަކާއި ބެހޭގޮތުން އައިސްފައިވެއެވެ. އަބޫ ހުރައިރާގެ - رضي الله عنه - ކިބައިން އައްތިރުމިޛީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އޭގެ ގަސްގަނޑު ރަނުން މެނުވީ ނުވާ ގަސްތަކެއް ޖަންނަތުގައި ވެއެވެ." މި ޙަދީޘް އަލް-އަލްބާނީ ޞައްޙަ ކުރައްވާފައިވެއެވެ. ⁷
🔽

(4) أخرجه الترمذي (2526)، وأحمد (8043)
(5) أخرجه أحمد (6615)
(6) صحيح الجامع : 2182 
(7) هداية الرواة : 5557

Tazkirat Nufoos

22 Oct, 06:28


ޖަންނަތުގެ ނިޢުމަތްތައް
1⃣
ފަހެ ހަމަކަށަވަރުން ހިތަށް ތަޞައްވަރުކޮށްލުމަށް ނުވަތަ ޚިޔާލަށް ގެނެސްލުމަށް ވުރެ ޖަންނަތުގައިވާ ނިޢުމަތްތައް ބޮޑުވެގެންވާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ދުނިޔޭގައި އެއާއި އެއްފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވެއެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސިއެއްގެ ހިތަށް ތަޞައްވަރު ވެފަ ވެސް ނުވާ ފަދައިން ތިމަންއިލާހުގެ ޞާލިޙު އަޅުތަކުންނަށްޓަކައި ތިމަން އިލާހު (ޖަންނަތް) ތައްޔާރުކުރެއްވީމެވެ." ތިޔަބައިމީހުން އެދޭނަމަ، (އަންނަނިވި އާޔަތް) ކިޔާށެވެ! ▶️فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ◀️ މާނައީ: ‎“ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ޖަންނަތުގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ.” ¹

ﷲ تعالى ވަޙީކުރެއްވިއެވެ:

▶️لَّهُمْ فِيهَا مَا يَشَاءُونَ خَالِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْئُولًا◀️މާނައީ: "އެ މީހުން އެދޭހާ ކަމެއް އެ ޖަންނަތުގައި އެ މީހުންނަށް ހުއްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ރައްބުގެ ހަޟްރަތުން (އެ މީހުންނަށް) ފުއްދަވާނޭ ވަޢުދެއް ކަމުގައި އެ ކަންތައް ވިއެވެ." [الفُرقَان:١٦]

އަދި އެއިލާހު جل وعلا ވަޙީކުރެއްވިއެވެ:

▶️وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ◀️މާނައީ: "ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެ ދުވަހުން، ތިޔަބައިމީހުންނަށް ޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ." [فُصِّلَت:٣١]
އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ: "لهم فيها ما يشاءون": ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކުން އިވިފައި ނުވާ އަދި އެކެއްގެ ހިތަށް ތަޞައްވަރުވެސް ނުވާ ފަދަ ލައްޒަތާއި، ކެއުމާއި، ބުއިމާއި، އަންނައުނާއި، ގޯތިގެދޮރާއި، ސަވާރީތަކާއި، މަންޒަރުތަކާއި އަދި އެނޫން އެފަދަ ތަކެތިންނެވެ.— اه‍ـ.²

އަދި ފަތުޙުލް ޤަދީރުގައި ވެއެވެ: 'لهم فيها ما يشاءون' އެބަހީ: އެބައިމީހުންނަށް ޖަންނަތުގައި އެބައިމީހުން ހިތް އެދޭހާ ކަމެއް އޭގެ އެންމެ ފުރިހަމަ އަދި އެންމެ މޮޅުވެގެންވާ ގޮތުގައި، ހިތަށް އެ ކަމެއް އައުމާއެކު ވަޤުތުން ޙާޞިލްވެގެންދާނެއެވެ.— اه‍ـ.³

🛣 އެތާގެ ފުޅާކަން

އެތާގެ ފުޅާކަމާއި މެދު އެއިލާހު ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

▶️وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ◀️މާނައީ: " އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ޖަންނަތަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ޖަންނަތް ތައްޔާރު ކުރައްވާފައިވަނީ، ތަޤުވާވެރިންނަށެވެ." [آل عمران:١٣٣]

🥣 އެތާގެ ކޯރުތަކާއި މޭވާތައް

ޖަންނަތުގެ ކޯރުތަކާއި އެތާގެ މޭވާތަކާއި މެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

▶️مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ◀️މާނައީ: "ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ޖަންނަތުގެ މިސާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަޤުވާވެރިވި މީހުންގެ ނިމުމެވެ. އަދި ކާފިރުވި މީހުންގެ ނިމުމަކީ ނަރަކައެވެ." [الرعد:٣٥]
🔽

(1) متفق عليه
(2) تفسير ابن كثير: شرح الآية 16 من سورة الفرقان
(3) فتحُ البيان في مقاصد القرآن/ ص. 236

Tazkirat Nufoos

22 Oct, 06:28


⬆️ޖަންނަތުގެ ނިޢުމަތްތައް

✒️މިއީ އިސްލާމްވެބްގެ ފަތުވާއަކުން ނެގިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.
⬆️⬆️⬆️
#Tazkiyah #Jannah
✦ @Tazkirat_Nufoos

Tazkirat Nufoos

21 Oct, 14:51


"Ummah with Palestine" event is back in full force and energized.

Join us this Friday, 25th October 2024

#UmmahWithPalestine
#FreePalestine

Tazkirat Nufoos

21 Oct, 01:09


▫️އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ މީހެއްގެ ބާރާއި ބަލިކަށިކަން ބިނާވަނީ އެމީހަކު (الله تعالى އާއި) ގާތްވުމުގެ މިންވަރަށެވެ. ހިތް އޭގެ ރައްބާއި ގާތްވި ވަރަކަށް އޭނާ ވަރުގަދަވެއެވެ. އަދި އޭނާ އެއިލާހު އާއި ދުރުވި ވަރަކަށް، އޭނާއާއި އެއިލާހާއި ދެމެދުގައިވާ ބީރައްޓެހިކަން އިތުރުވާނެއެވެ. ❝

📃 [މަދާރިޖުއް ސާލިކީން]

#Tazkiyah #BeingCloseToAllāh
@Tazkirat_Nufoos

Tazkirat Nufoos

20 Oct, 03:01


އިބްނުލް ޖަޥްޒީ رحمه الله ވިދާޅުވިއެވެ.

❞ ދުވަހަކަށް މަސައްކަތް ކުރާށެވެ. ތިބާ މަރުވާ ދުވަހަށެވެ. އޭގެ ސަބަބުން އެމީހުން ތިބާގެ މައްޗަށް ރޮމުންދާ ހިނދުގައި ތިބާ ވާނީ އުފަލުގައި ހޭށެވެ. ❝

[ޞައިދުލް ޚާޠިރު | ޞަފްޙާ 203]

#PreparingForDeath #GoodDeeds

@Tazkirat_Nufoos

Tazkirat Nufoos

19 Oct, 03:02


💎 الله تعالى ވަޙީކުރެއްވިއެވެ: {يا أيها الناس قد جاءتكم موعظة من ربكم وشفاء لما في الصدور وهدى ورحمة للمؤمنين} "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަހުމަތެއް އަތުވެއްޖެކަން ކަށަވަރެވެ." [يونس:57]

📖ފަހެ ޤުރުއާނަކީ، ހިތްތަކުގައިވާ ޖާހިލުކަމުގެ އަދި މަގުފުރެދުމުގެ ބައްޔަށް ވާ ޝިފާއެކެވެ. ފަހެ ޖާހިލުކަމަކީ ބައްޔެކެވެ. އޭގެ ޝިފާއަކީ ޢިލްމާއި ހިދާޔަތެވެ. އަދި މަގުފުރެދުމަކީ ބައްޔެކެވެ. އޭގެ ޝިފާއަކީ ތެދުމަގެވެ.

- އިބްނުލް ޤައްޔިމްގެ "إغاثة اللهفان"
📚 التفسير المحرر
https://dorar.net/tafseer/10/20#tt17
#Quran #Tazkiyah
✦ @Tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

17 Oct, 06:44


Project Guiding Light

Tazkirat Nufoos

17 Oct, 00:41


💬 އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ އަހަރެމެންގެ ހިތަށް ޓަނެއްހާ ބަރުމިން ގެނުވާ މި އިމްތިޙާނުތައް އެއްދުވަހެއްގައި އަހަރެމެންގެ ދަރަޖަތައް އުފުލުވާނެކަން މިއީ ކިހާ ޢަޖައިބު ކުރުވަނިވި ކަމެއް ހެއްޔެވެ. އެކަން އަހަރުމެންގެ ދަރަޖަތައް އުފުލި މިންވަރުގެ ސަބަބުން އަހަރުމެން ﷲ އަށް ޝުކުރުކުރާނެއެވެ. އަހަރެމެން އިމްތިޙާނު ކުރެއްވި ކަމާއި، އަހަރެމެން ދެކެ ލޯބިވެ ވޮޑިގެންނެވި ކަމާއި އަދި އެކަކަށްވެސް ޚިޔާލަށް ނުގެނެވޭނެ ފަދަ މިންވަރަކަށް އަހަރެމެންނަށް (ނިޢުމަތްތައް) ދެއްވީތީ އަހަރެމެން އެއިލާހަށް ޝުކުރުކުރާނެއެވެ. ❝

📖[އަލް-ފަވާއިދު | ޞަފްޙާ 119]

#TrialsAndTribulations #Patience
@Tazkirat_Nufoos

Tazkirat Nufoos

15 Oct, 01:38


💫ސުފްޔާން އައްޘައުރީ رحمه الله ކިބައިން ރިވާވެގެންވެއެވެ. ޖަޢުފަރު ބިން މުޙައްމަދު ވިދާޅުވިއެވެ.

ތިބާ ލޯބިކުރާ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ الحمد لله ކިޔުން ގިނަކުރާށެވެ.

އަދި ތިބާ ނުރުހޭ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ لا حول ولا قوة إلا بالله ކިޔުން ގިނަކުރާށެވެ.

އަދި ރިޒްޤު ހިފެހެއްޓިއްޖެ ނަމަ، ފަހެ އިސްތިޣްފާރު ގިނަކުރާށެވެ.

ސުފްޔާން رحمه الله ވިދާޅުވިއެވެ: ފަހެ މި ނަޞޭޙަތުން ތިބާއަށް މަންފާ ކުރާނެވެ.

📃 [ المجالسة وجواهر العلم]

#Naseyhath #Dhikr
@Tazkirat_Nufoos