Galandān ގަލަންދާނު @qalandhar Channel on Telegram

Galandān ގަލަންދާނު

@qalandhar


ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް
Notes by, ibn Fahmī Dīdī عفا الله عنه
Friends & family
🤖 Contact: @galandan_bot
🌐 English: @galandaan

Galandān ގަލަންދާނު (Dhivehi)

ގަލަންދާނު ޖަފެނު ކަލިތަރުން އިބްނުކޮންނަން. ބައަތު ނުވާނަންވާ އިބްނުކޮންނޭއަށްގެ އިބްނުކޮންނަން. ކިޔާނަލިތަރުކޮންނަން ޖަނަލަންދާއިފަށްނަކަ. އިބްނުކޮންނޭރައިބު މިދަރިވަރުނ޸ގެ ޖަފެނު އެފިަރު އަމަށް ޔޫފައިވެންމާލާނަ. ޖަފެނު ހުރެވަރުނުމުން އަގައުން މަސްފުފެޑުމުންލަ. ފެންކޮންޓިއިޑިފަސްމުނަލަންދާނުއި އިބްނުކޮންނޭތަԮޮރިވަރުންގަލަންދާއާ މިދަރިވަރުވާނެ. އަިބްނުކޮންނޭގަލަށން ގަނޑްވިނުނަށް ވަކައިކޮންސަފައިފަޅިދާނުއި ޖަނަލަންދާނުއާ އަަިނިޅްވިއިކޮންޓިޑިވިކަކެއާ. ގަލަންދާއަި ލޯބިކުރާ ދަރިވަރުންއަކައިންވާނަ. އަށް ޢިބްނުކޮންނޭއިތަޑަރިއާ ބަލާނާވެޑަކުން ޖަފެނުރައަލަބުއާ ކަނދުލަކުރާ ތިވާރާ. ދިއިތަންގަލަންދާނުކުރުމުލުމުންލަ. ޖަފެރޭޓަސަސްއިއޭޓިއިޑަށެންތުންލަ. އިބްނުކޮންނޭ އިބްނުކޮންނޭތަ މަސްފުއިފާވިކް ގަލަށުގަބުލާން ވިނަލު އަގާވިއިފަބުރުށެޒުންތަންލަ.

Galandān ގަލަންދާނު

28 Jan, 09:19


💎 The Ruling On Initiating The Greeting Of As-salām

❝ The matter of As-salām is weighty, its status is immense, and its reward is abundant.

Scholars differed on the ruling regarding initiating As-salām, while agreeing on the obligation of responding to it.

1️⃣ Most scholars consider it a Sunnah, and responding to it obligatory (wājib).

They cite the words of Allah —ʿAzza wa Jall— as evidence:

▶️وَإِذَا حُيِّيتُم بِتَحِيَّةٖ فَحَيُّواْ بِأَحۡسَنَ مِنۡهَآ أَوۡ رُدُّوهَآۗ◀️ (4:86)
[And when you are greeted, respond with a better greeting or at least similarly.]

They stated that His statement, {And when you are greeted,} indicates that initiating greetings is recommended, while responding to it is obligatory.

2️⃣ Some scholars, including Shaykh al-Islām Ibn Taymiyyah, considered it obligatory.


This second opinion is more likely to be correct and weightier, because the Messenger of Allah (peace and blessings be upon him) established it (i.e., initiating the salām) as a right of every Muslim over his fellow Muslim when they meet. He said:

«حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ:... إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ»
[The rights a Muslim has over another Muslim are six... When he meets him, he should greet him.]

Rather, he, peace and blessings be upon him, ordered the spread of Al-Salām. He said:

«لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا ‏.‏ أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ»
[You shall not enter Paradise so long as you do not affirm belief (in all those things which are the articles of faith) and you will not believe as long as you do not love one another. Shall I not guide you to something that, if you do it, will foster love amongst you? Spread Al-Salām among yourselves.]

He declared that entrance to Paradise depended on it; this, and the aforementioned evidence, all indicated an obligation. ❞


— Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Galandān ގަލަންދާނު

27 Jan, 05:28


ސަމާލުކަމަށް:

‏❞ ޙުރުމަތް ތެރި މައްސަރު ތަކުގެތެރެއިން ވުން ފިޔަވައި، ރަޖަބް މަހުގެ ފަޟުލު ވަންތަ ކަމާއި މެދު އެއްވެސް އެއްޗެއް ޞައްޙަ އެއް ނޫނެވެ. މިހެންކަމުން އެހެން މައްސަރުތަކަށް ނުވާ ޚާއްޞަ އަޅުކަންތަކުގެ ތެރެއިން އަޅުކަމެއް އެއަށް ޚާއްޞަވެފައި ނުވެއެވެ. އެއީ "ޞަލާތުއް ރަޣާއިބު" ފަދައެވެ. ފަހެ މިއީ އެއަކަށް އެއްވެސް އަޞްލެތް ނެތް އެއްޗެކެވެ. ❝

— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)

~ ގަލަންދާނު 🖋

Galandān ގަލަންދާނު

27 Jan, 05:26


#حديث_ضعيف

އިސްރާ އާއި މިޢުރާޖު ގެ ރެޔަކީ 27 ރަޖަބު ކަމުގެ މައްޗަށް، ޞައްޙަ އެއްވެސް ޚަބަރެއް ނުވެއެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)


~ ގަލަންދާނު 🖋

Galandān ގަލަންދާނު

25 Jan, 03:53


#حديث_ضعيف
Ḥadīth of ʿĀʾishah may Allah be pleased with her, that “the Prophet, may Allah bless him and grant him peace, used to perform ghusl for four reasons: sexual defilement, on Friday, after cupping and washing the dead.” Narrated by Abū Dāwūd, who classed it as weak.

It was classed as weak by a group of ḥadīth scholars, such as Aḥmad, Abū Zurʿah, al-Nasāʾī, and al-Dāraquṭnī. Those who classed it as “ṣaḥīḥ according to Muslim’s criteria” made erred.

Imām Aḥmad was asked about ghusl after washing the dead, and he said: “There is no authentic ḥadīth on this.”


— Fahd bin Al-Sunīd (text)
~ Galandān 🖋

Galandān ގަލަންދާނު

25 Jan, 03:22




⚠️ދެންފަހެ ގޮށްމުށުގެ ކުރިމަތިލުންތަކާއި މެދު ދަންނައެ، ބިމުން ވަކިވެ ނުގަނެވި ˺އެބަހީ: ކާފަރުން މުށްތެރޭ ހުންނަންޖެހި˹ ނުވަތަ ނުޞްރަތެއް އަދި ހިޖުރަކުރާނޭ ތަނެއް ނުލިބި ބަލިކަށި ކަމުގައިވާ މީހާ، ފަހެ މީނާ ބޯލެނބުންވަނީ ˺ޝަރުޢީ އުޞޫލުތަކުން˹ މަޞްލަޙަތާއި ފަސާދަ އަދި ބަލިކަށިކަމާއި ބާރުގެ ˺ޢަޙުކާމުތަކަށެވެ.˹ —އަދި މޮޅަށް ދެނިވޮޑިގެންވަނީ ﷲ އެވެ. އަދި އިސްވެ ދިޔަ ˺ސުވާލެއްގެ ޖަވާބުގައި˹ ⁽³⁾ އަހަރެމެން ވާނީ ބަލިކަށި ކަމުގެ ޙާލަތްތުގައި ކަންތައްކުރުމުގެ ބައެއް ޝަރުޢީ ޢަޙްކާމުތައް ޛިކުރުކޮށްފައެވެ.“


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 24 ގެ 2


~ ގަލަންދާނު 🖋


ـــــــــــــــــــــــــ
[1] الصحوة الاسلامية ، އިސްލާމީ ހޭލެއްވުމުގެ ނުވަތަ އިސްލާމީ ފިކުރު އިޙްޔާ ކުރުމުގެ ޙަރަކާތަކީ ސަޢޫދީ ޢަރަބިއްޔާ ތެރޭގައި 1960 ފެށިގެން އުފެދުނު ފިކުރީ އިންގިލާބީ ޙަރަކާތެކެވެ. އިސްލާމީ ބިންތަކުގައި ވާ ވެރިކަންތައްތަކުން ދީން ނަގަހައްޓައި ރައްޔިތުން ތެރޭ އެ ތަންފީޛު ކުރުމާއި، އިސްލާމީ ބިންތަކަށް ވެރިވެގަނެގަނެފައިވާ ޔަހޫދީންނާއި ހުޅަނގުގެ ޢުދުވާނީ ބާރުތައް ގަދަބާރުން ނެރުމުގެ ފިކުރު މިޙަރަކާތުން ވަނީ ދިރުވައިފައެވެ. ޙަރަކާތުގެ ތެރޭގައި ހުރި ބައެއް ޙިޔާލުތަފާތުވުމާއި އަދި ވެރިކަމާއި އެކު ހިނގަމުންދިޔަ ބައެއް ކޯޅުންތަކަށް ފަހު، މިޙަރަކާތް އެކީ އެއްކޮށް އުވައިލީ 2017 ވަނަ އަހަރު ސަޢޫދީ އަކީ މޮޑަރޭޓު ގައުމެއް ކަމުގެ ވަޢުދު އިއްވައި، މިޙަރަކާތަށް ނިސްބަތްވާ ގިނަ ޝެއިޚުންތަކެއް ހިފައި ހައްޔަރުކޮށް، މިހާރުގެ ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަޙުދު މުޙައްމަދު ބުނު ސަލްމާނެވެ.

[2] މިއާޔަތުގައި މިވާ، މުޝްރިކުންނާއި އެކީ އެއްކޮށް ދުރުވެ ހުރެ އަޅައި ނުލުމަށް އޮތް ޙުކުމާއި މެދު އާޔަތުގެ ތަރުޖަމާއަށް ފަހު، ބަކުރުބޭ رحمه الله ވިދާޅުވިއެވެ: ”މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم.“

[3] ބެލުމަށް: ޚުޟައިރިއްޔަ ސިލްސިލާ (12)

Galandān ގަލަންދާނު

25 Jan, 03:22


ޚުޟައިރިއްޔަ ސިލްސިލާ (13)

⬆️ހިޖުރަޔާއި ޖިހާދުގެ ރާސްތާއާއި ނުލައި އިސްލާމީ ދަޥްލަތެއް ޤާއިމުވާނެތޯއެވެ؟


ސުވާލު: ޙާލަތް ބަދަލުކުރުމަށްޓަކައި އޮތް މަންހަޖާއި މެދު (އެބަހީ: އެކަމުގެ ރާސްތާއާއިމެދު) ˺އުއްމަތް˹ ހޭޖެއްސެވުމުގެ ޙަރަކާތުގެ ⁽¹⁾ ބައިވެރިންގެ ތެރޭގައި އޮތް ކޯޅުންގަނޑާއި މެދު ޝެއިޚުގެ ރައުޔަކީ ކޮބައިތޯއެވެ؟ އެހެނީ އޭގެ ތެރެއިން ބައެއް ދެކެނީ ޙައްލު ވަނީ ޖިހާދުގައި ކަމެވެ. އަދި އަނެއް ބައިމީހުން ދެކެނީ ކެރިކުޅަދާނަ ޖީލެއް އުއްފެއްދުމުގެ ގޮތުން ތަރުބިއްޔަތު ދިނުމާއި ވެރިކަމުގެ ގޮބަޅިއާއި ނުތޮޅެ ދުރުހެލިވެތިބުން ލާޒިމުކަމުގައެވެ. އަދި މިއިން ކޮންމެ ބަޔަކު އަނެއްބަޔަކާއި އަރައިރުން ވަމުންދެއެވެ. ވީމާ އިއްޒަތްތެރި ޝެއިޚުގެ ރައުޔަކީ ކޮބައިތޯއެވެ.


ޖަވާބު: އެއްވެސް ޝައްކެތް ނެތް ގޮތުގައި، މިކަމުގައި ޙައްޤު ބުނުން އޮތީ ޙައްލަކީ ޖިހާދު ކަމުގައި ބުނި ފަރާތްތަކާއި އެކުގައެވެ. އަދި ނަބިއްޔު ﷺ އެކަލޭގެފާނުގެ ޢަމަލުފުޅުން ދަލީލު ދެއްކެވި އެއްޗަކީ މިއެވެ. އަދި އިސްލާމީ ދަޥްލަތް ޤާއިމު ކުރުމުގައި އެކަލޭގެފާނުގެ ސީރަތްޕުޅާއި މަގުދެއްކެވުން އެއެއްގައި އޮތް އެއްޗަކީވެސް މިއެވެ.

އަދި ހިޖުރަކޮށް ˺ކާފަރުންގެ ގޮބޮޅިގަނޑުން މުސްލިމުން ދިރުއުޅޭ˹ ބިން ވަކިކުރައްވައި އެތަނުގައި ﷲ ގެ ޝަރީޢަތް ޤާއިމު ކުރައްވައިގެން މެނުވީ އިސްލާމީ ދަޥްލަތެއް ޤާއިމު ކުރުމަށް ކުޅަދާނަކަން ލިބިވަޑައި ނުގަންނަވައެވެ. ދެން ޖިހާދު ފެއްޓެވިއެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ﴾ (الأحزاب 21)
[މާނައީ: ހަމަކަށަވަރުން رَسُوْلُ الله ﷺ ގެ ބަސްފުޅާއި ޢަމަލު ފުޅުގައި އެކަލޭގެ ފާނުންގެ ސީރަތުގައި ކަލޭމެންނަށް ރަނގަޅުވެގެންވާ ރިވެތި ނަމޫނާ ވެއެވެ.]

ފަހެ ތާރީޚުގައި އިސްލާމީ ދަޥްލަތެއް ޤާއިމު ކުރިބައެއް ޤާއިމުކޮށްފައިވާ ގޮތަކީ މިއެވެ. އެހެންކަމުން ހިޖުރަޔާއި، ނުޞްރަތާއި (އެބަހީ: ހިޖުރަކުރެވޭ ބިމުގައި ޤާއިމުވުމަށް ބާރާއި މަދަދުވެރިކަންދޭ ބައެއްގެ އެހީތެރިކަން) އަދި ދެބައި ވަކިވުމާއި އެއަށްފަހު ޖިހާދާއި ނުލަޔެއް، އިސްލާމީ ދަޥްލަތެއް ޤާއިމުވެފައި ނުވެއެވެ.

ދެންފަހެ ޝިރުކީ ޕާލަމެންޓުތަކުގެ ރާސްތާއިން އިސްލާމީ ވެރިކަން ޤާއިމުކުރުމީ ލާހިކު ކަމެއް ނޫނެވެ. (ޚުދު ތާރީޚުން ވެސް މީގެ ނާކާމިޔާބީ އަށް ހެކިލިބެއެވެ.)

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿فَٱصۡدَعۡ بِمَا تُؤۡمَرُ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ﴾ (الحجر 94)
[މާނައީ: ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!] ⁽²⁾

އަދި މި ˺އާޔަތުގައި މިވާ˹ ޙުކުމްތެރޭ ސިޔާސީ ބާރު ހޯދުމަށް އެވެރިންނާއި އެކު އެއްބަސްވުންތަކަށް އައުންވެސް ހިމެނެއެވެ. އަދިކިއެއްތަ އާޔަތުން ދޭހަކޮށްދެނީ ޝަރީޢަތާއި ޚިލާފަށް އެވެރިން ހޯދާ ދުނިޔެވީ ނަފާތަކަކުން މުސްލިމުންނަށް ލާބައެއް ލިބުނެއްކަމަކުވެސް، ޙައްޤު ބަސް ފާޅުކޮށް ބުނުމެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿ٱتَّبِعۡ مَآ أُوحِيَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ﴾(الأنعام 106)
[މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް وحى ކުރެއްވި ތަކެއްޗަށް تبع ވެވަޑައިގަންނަވާށެވެ! އެކަލާނގެމެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. އަދި ކަލޭގެފާނު مشرك ންނާ އެއްކިބާވެވަޑައި ގަންނަވާށެވެ!]

އަދި މިތާނގައި ˺އެއްކިބާވާށޭ˹ މިއޮތް ﴿وَأَعۡرِضۡ﴾— މިލަފުޒަކީ ˺ވަކި ޙާލަތަކަށް ޚާއްޞަ ކުރެވިފައި ނެތް˹ ޢާންމު ލަފުޒެކެވެ.

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ﴾(الكهف 29)
[މާނައީ: (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! "حقّ އެވަނީ ކަލޭމެންގެ ربّ ގެ حضرة ންނެވެ. (هداية ދެއްކެވުމާއި މަގުފުރެއްދެވުން ވަނީ ހަމަ އެކަލާނގެ حضرة ގައެވެ. ތިމަންކަލޭގެފާނަކަށް ނޫނެވެ.) ފަހެ އީމާންވާން އެދޭމީހަކު އެމީހަކު إيمان ވާށެވެ! އަދި ކާފަރުވާން އެދޭމީހަކު ފަހެ އެމީހަކު ކާފަރުވާށެވެ! (އެމީހަކު އެދޭގޮތެކެވެ.)]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿وَٱلۡفِتۡنَةُ أَكۡبَرُ مِنَ ٱلۡقَتۡلِۗ﴾(البقرة 217)
[މާނައީ: އަދި شِرْكُ ކުރުމުގެ ފާފަ މީހުން މެރުމުގެ ފާފައަށްވުރެ މާބޮޑެވެ.]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ﴾(البقرة 191)
[މާނައީ: އަދި އެމީހުން މަރާހެދުމަށްވުރެ شِرك ކުރުމުގެ ފާފަ މާބޮޑެވެ.]

އަދި ˺ސުވާލުގައި ނަންގަނެވުނު މީހުން˹ މިބުނާފަދަ ތަރުބިއްޔަތަކީ ނަބަވީ ދަޥްރުން ފެށިގެން މިއަދާއި ހަމަޔަށް ދުވަހަކުވެސް އެއަކުން އިސްލާމީ ދަޥްލަތެއް ޤާއިމު ކުރެވުނު އެއްޗެއް ނޫނެވެ.

=

Galandān ގަލަންދާނު

25 Jan, 03:21


•••

Galandān ގަލަންދާނު

24 Jan, 03:26


ޝަރީޢަތް ލަސްލަހުން ތަންފީޛު ކުރެވިދާނެ ހެއްޔެވެ.

Galandān ގަލަންދާނު

24 Jan, 03:26


📝 ޝަރީޢަތް ލަސްލަހުން ތަންފީޛު ކުރެވިދާނެހެއްޔެވެ؟
~ އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް (حـفظه اللـه)

📄 ދިވެހި ޕީޑީއެފް (ޑައުންލޯޑް)
📄 ދިވެހި މސވޯޑް (ޑައުންލޯޑު)
[English]
~ ގަލަންދާނު 🖋

Galandān ގަލަންދާނު

21 Jan, 10:17



💎ފާއިދާއެއް: ނުކިޔަމަންތެރިކަން ފާޅުކުރާ އަނބިމީހާ ހަޖުރު ކުރުމުގެ މައްޗަށް ބަލައިލުމެއް ⁽¹⁾

ހަޖުރު ކުރުމުގެ ކަންތަކުގައި، ﷲ ޛިކުރު ކުރެއްވީ އޭނާ އެނދުން ވަކިކުރުމަށެވެ. ވީމާ އޭނާ އާއި ދުރުހެލިވުން އޮތީ މުޅިގެއިން ވަކިވެގެންނެއް ނޫނެވެ. އަދި ގެއިން ބޭރުވެ އޭނާ އެއްލައިލުމެއްވެސް ނޫނެވެ. ނުވަތަ އެކަނބުލޭގެ ގެއިން ނެރެލުމެއް ވެސް ނޫނެވެ.

⚠️އޭނާ ވުން ވަނީ އެކަނބުލޭގެ ގާތު އެނދުގައެވެ. ފުރަގަސް ދޭ ޙާލުގައެވެ. މިފަދައިން ޢަލީ ބުނު އަބީ ޠާލިބު އާއި އިބްނު ޢައްބާސް އާއި އައްޝަޢްބީ އާއި އަލްޙަސަން އާއި ޤަތާދާ އަދި ސަލަފުންގެ ބޮޑު ބައިގަނޑު ވިދާޅުވިއެވެ.

💙އެއީ ޢަމަލުތަކާއި މެދު އަލުންވިސްނައި ނަފުސުތައް އަނބުރައި އައުމަށް އެގޮތް ގާތްކޮށްދޭތީއެވެ. އަދި އެކަހެރިކޮށް އޮތުމުގައިވާ ޝައިޠާނާގެ ވަސްވާސްތަކުން ދުރުކޮށްދިނުން ގާތް ގޮތަކީވެސް މިއީ ކަމުންނެވެ.

⚠️އަދި ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން ގާތުގައި މިތާނގައި މިއޮތް "ދުރުވެގަތުމަކީ":
⬆️ބަސް ބުނުމާއި
⬆️ވާހަކަ ދެއްކުމާއި
⬆️ގާތްކޮށް އުޅުމެވެ.
⬆️އެހެނަސް ޖިމާޢުވުމުން ދުރުހެލިވުމެއް ނޫނެވެ. 

އަދި އޭގެ ތެރެއިން އެނޫން ބައެއް ބޭކަލުން އެއީ އެކުއެކީގައި އުޅުމާއި ޖިމާޢުވުމާއި މިދެކަން ކަމުގައި ވިދާޅުވި ވެއެވެ.

ފުރަތަމަ ބުނެވުނު ޤަޥްލު، އިބްނު ޢައްބާސް އާއި ޢިކްރިމާ އާއި އައްޟައްޙާކު އަރިހުން ވެއެވެ.

އަދި ދެވަނައަށް އޮތް ޤަޥްލަކީ، އިބްނު ޢައްބާސް އަރިހުން އައިސްފައިވާ ދެވަނަ ރައުޔެވެ.


⚠️އަދި ހަޖުރު ކުރުން 3 ދުވަހަށް ވުރެ ގިނަވުން ނުވެއެވެ. އެއީ މިކަމުގެ މައްޗަށް އޮތް ޢާންމު ނަހީގެ ސަބަބުންނެވެ. އެއީ ދެޞަޙީޙުގައި އަނަސުގެފާނުގެ ޙަދީޘުތަކުން ވާރިދުވެފައިވާ ފަދައިންނެވެ. ރަސޫލު ﷺ ޙަދީޘް ކުރެއްވިޔޭ: (لا يَحِلُّ لِمُسْلِمٍ أنْ يَهْجُرَ أخاهُ فَوْقَ ثَلاثٍ) (މާނައީ: ތިން ދުވަހަށްވުރެ ގިނައިން މުސްލިމަކަށް އޭނާގެ އަޚް ހަޖުރުކޮށްފައި ބެހެއްޓުން ހުއްދަވެގެން ނުވެއެވެ.)

އޭނާއަށް އެކަނބުލޭގެ ހަޖުރުކޮށްފައި ދެން އަނެއްކާ ގުޅުން އާ ކޮށްފައި އަނެއްކާ ހަޖުރު ކުރެވިދާނެއެވެ. އެއީ ހަޖުރުކުރުން ދިގުކުރަން ޖެހިއްޖެ ހިނދުގައެވެ. އަދި ދިގުކޮށްގެން އެކަނބުލޭގެ އިޞްލާޙު ކުރެވިދާނޭ ކަމަށް ފެންނަނަމައެވެ.


🤚އަދި އާޔަތުގެ ބޭރުފުށަށް ފާޅުވާން އޮތް މާނައީ: މިތާނގައި މިވާ ހަޖުރު ކުރުމަކީ އޭގެން ޙައްޤުތައް ނެއްޓިނުދާ ހަޖުރު ކުރުމެއް ކަމެވެ. ވީމާ އެއަކުން އެކަނބުލޭގެއަށް ގާތްކަމާއި އެކުވެރިކަމާއި ހިތްހަމަޖެހުން އިހުސާސުވާ ވާހަކަދެއްކުމުން ވަނީ ދުރުވުމެވެ. އެހެނަސް ޟާރޫރަތްތަކާއި ޙާއްޖަތްތަކަށް ވާހަކަ ދެއްކުން އޮތުމެވެ. އެކީއެއްކޮށް ހަޖުރު ކުރުމެއް ނޫނެވެ. އަދި ހަޖުރު ކުރުން އެދުން ވަކިވެހުރުމުގެ މައްޗަށް ޚާއްޞަވެފައި އޮތީ އެހެންވެއެވެ. ﴿واهْجُرُوهُنَّ فِي المَضاجِعِ﴾ އެއީ ފިރިމީހާ އަނބިމީހާއިއެކު އެނދުމަތިން ނޫން ގޮތުގައި މާގިނަ ވަޤުތު މަސްހުނިވެ އުޅޭ ކަން އެނގެން އޮތް ޙާލުގައެވެ. އަދި މީގައި ގާތްކޮށްއުޅުމުން ދުރުހެލިވުމަށް އިޝާރާތެއް ވެއެވެ. އަދި ޖިމާޢު ވުމުންވެސް ހަޖުރުވެހުރުމަށް ޙާޖަތެއް އޮވެއްޖެނަމަ (އިމެބަހީ: އިޞްލާޙަށް ގާތްކޮށްދޭނަމަ) އެކަމުންވެސް ދުރުހެލިވުމުގެ ހުއްދަވެއެވެ.


~ ގަލަންދާނު 🖋


ــــــــــــــــــ
[1] މިފައިދާ އެކުލަވާލާފައިވަނީ އައްޠަރީފީގެ التفسير والبيان لأحكام القرآن އިން.

Galandān ގަލަންދާނު

21 Jan, 10:02



⬆️ނުޝޫޒު ކަމަށް ނުބެލެވޭ ކަންކަމުގެ ބައެއް މިޘާލުތައް

1️⃣ﷲ އަށް އުރެދުމެއްގައި ފިރިމީހާއަށް އެކަނބުލޭގެ ނުކިޔަމަންތެރިވުން.

2️⃣އެކަމަކަށް ކިޔަމަން ގަނެއްޖެ ނަމަ އޭނާގެ ނަފްސަށް ނޫނީ ދީނަށް ގެއްލުމެއް ފޯރަފާނެ ކަންކަން. ނުވަތަ އެކަމަކީ އެކަނބުލޭގެއަށް ދަތި އުނދުގުލާއި ކުރިމަތިލާން ޖެހޭ ކަމަކަށްވުން. (މިގޮތުން ކުފުރުގެ ބިމަކަށް ދާން އޭނާއަށް އަމުރުކޮށްފިނަމަ އެކަމަށް އިންކާރު ކުރެވިދާނެއެވެ. އަދި އެއީ ނުކިޔަމަންތެރިވުން ކަމުގައި ނުބެލެވޭނެއެވެ.)

3️⃣ފަރުޟު ވެގެންވާ ޙައްޖު ނުވަތަ ހިޖުރަ ކުރުމަށްޓަކައި އޭނާ ދަތުރު ކުރުން. އަދި ފިރިމީހާ މިކަމުން މަނައު ކުރާ ހިނދު އެކަނބުލޭގެ އެކަމުގައި ކުރިޔަށް ދިޔަޔަސް ރާޖިޙު ޤަޥްލަކީ ނުކިޔަމަންތެރިކަމުގެ ޙުކުމުގެ ތެރެއަށް ނުވެއްޓޭނޭ ކަމެވެ. އަދި އެހެނަސް އެދެވިގެންވަނީ އިޛުނަހޯދައި އޭނާއަށް މަޑުމޮޅިވުމެވެ.

4️⃣ޝަރުޢީ ޢުޛުރަކާއި ލައިގެން ނުވަތަ ޖިސުމުގެ ޢުޛުރަކާއި ލައިގެން، އެއްދާން ކުރުމަށް އިޖާބަ ނުދިނުން. މިޘާލަކަށް އެތަނަކީ ނިވާކަން ކުޑަ ނޫނީ އާދަކާދާގައި އަޢިބު ތަނަކަށް ވުން. ނޯޓް: އެހެނަސް ޙައިޟުވެރިޔާ ހަމައެކަނި އެކަމުގެ ސަބަބުން އިޖާބަ ނުދީ ނުހުރެވޭނެއެވެ. އެހެނީ ނިވަލަކާއި އެކު ޖިމާޢު ވުމާއި ނުލައި ފިރިމީހާއަށް އޭނާއާއި ގާތްވުން ނައްޞުން ޙުއްދަކޮށްފައި ވުމުންނެވެ. އައްރަޥްޟާ ގައި އައްނަވަވީ މިކަމަށް އިޝާރާތް ކުރެއްވިއެވެެ.

5️⃣އޭނާގެ އަމިއްލަ ގާތްތިމާގެ މީހުންނާއި ނޫނީ ފިރިމީހާގެ ގާތްތިމާގެ މީހުންނާއި މެދު، އެބައިމީހުންގެ ދީނުގެ ފަސާދައަށްޓަކައި ނޫނީ އެކަނބުލޭގެ ނުވަތަ އޭނާގެ ދަރިންނަށް ގެއްލުންފޯރާތީ ގުޅުން ކެނޑުން

1️⃣އޭނާއަށް ބުރަކަން ބޮޑު ނުވަތަ ނުކުޅަދާނަ ކަމެއް ކުރުމަށް އެންގުމުން ކިޔަމަން ނުވުން. (ﷲ މީހަކަށް ކުޅަދާނަ ވަރަކަށް ނޫނީ ބުރައެއް ނުޖައްސަވަތެވެ.)

7️⃣ފިރިމީހާގެ ދެވަނަ އަންބަކާއި އެކު، އެއް ގޭބިސީއެއްގައި އުޅުމަށް އޭނާ ކުރާ އިންކާރު. އެހެނީ އެދިއްޖެނަމަ އޭނާއަށް ވަކިން ދިރިއުޅުމުގެ އިންތިޒާމް ހަމަޖެއްސައިދިނުމަކީ ފިރިމީހާ ބޮލުގައިވާ ޙައްޤެއްކަމުންނެވެ.

📌ޚުލާސާ އަކީ ދީނީ ނުވަތަ ދުނިޔެވީ އެއްވެސް ގެއްލުމެއް އަންހެން މީހާ އަށް ފޯރާ ކަމެއް ނުވަތަ އެކަން ކުރުމަކީ ސާފު ބުރަބޮޑު ދަތިކަމެއްނަމަ އެކަމެއްގައި އޭނާ ފިރިމީހާގެ އެންގުމަށް ތަބަޢަ ވުން ލާޒިމެއް ނޫން ކަމެވެ. އަދި އޭނާ އެކަން ދޫކުޅައުމަކީ ނުޝޫޒު ކަމުގައި ނުބެލެވެއެވެ.

(މިނުކުތާއަށް އިތުރަށް ބަލައިހޯދުމަށް، މަސްދަރު)

Galandān ގަލަންދާނު

21 Jan, 09:49



📝 އަހަރެން ބުނަމެވެ:
އަދި ނަބިއްޔު ﷺ ވަނީ ޞަރީޙަކޮށް މިޖެހުމަކީ غَيْر مُبَرِّح ޖެހުމެއް ކަމަށް ޙަދީޘު ކުރައްވާފައެވެ.

ޖާބިރުގެފާނު އަރިހުން ރިވާވެގެން ވެއެވެ: ރަސޫލު ﷲ ﷺ ޙައްޖަތުލް ވަދާޢު ޚުޠުބާ ގައި ޙަދީޘް ކުރެއްވިއެވެ: «...فَاتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَلَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ ‏.‏ فَإِنْ فَعَلْنَ ذَلِكَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ»

[މާނައަކީ: "ތިޔަބައިމީހުން އަނބިންނާއިމެދު ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންނާއި ޙަވާލުވެފައިވާ ﷲ ގެ އަމާނާތެކެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކޮށްފައިވަނީ ﷲ ގެ ޝަރީޢަތާއި އެއްގޮތަށެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤަކީ ތިޔަބައިމީހުންގެ ގެއަށް ތިޔަބައިމީހުން ނުރުހޭ މީހަކު ނުވެއްދުމެވެ. އެކަނބަލުން އެގޮތަށް ކަންތައް ކޮށްފިނަމަ (އެބަހީ ނުކިޔަމަންތެރިކަން ދައްކައިފިނަމަ)، ފަހެ مبرح ނޫން ކޮށް [އަނިޔާ ނުވާ ވަރަށް] ޖަހާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްގަކީ އެކަނބަލުންގެ ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމެވެ".

އަދި މިގޮތުން އަލްވާޙިދީ (ت 468هـ) މިއާޔަތާއިމެދު މިމާނައިގެ މައްޗަށް އިޖުމާޢު ވެޔޭވެސް ތަފްސީރުގައި ވިދާޅުވިއެވެ.

އަދި އައްޠަބަރީ (ت 310هـ) އިހުބަޔާން ވެވުނު ފަދައިން އިބްނު ޢައްބާސާއި ތާބިޢީންގެ ޖަމާޢަތެއް އަރިހުން ޖެހުމުގެ މާނައަކީ غَيْرَ مُبَرِّح ޖެހުން ގޮތުގައި ނަޤުދުކުރެއްވިއެވެ.

އޭގެ ތެރޭގައި: ސަޢީދު ބުނު ޖުބައިރާއި އައްޝަޢްބީ އާއި، ޤަތާދާ އާއި، ޢަޠާއު އާއި، ޢިކްރިމާ އާއި، އައްސުއްދީ އާއި މުޙައްމަދު ބުނު ކަޢްބު އާއި އަލްޙަސަނުލް ބަޞްރީ ހިމެނިލައްވައެވެެ.

އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ: ”އޭގެ މާނައީ: އަޘަރެއް ނުކުރާ ޖެހުމެކެވެ.“

ޤަތާދާ ވިދާޅުވިއެވެ: ”ތަޣަޔަރެއް ނުގެންނަ ޖެހުމެވެ.“

އަދި ޖުމްލަގޮތެއްގައި ”އައްތަފްސީރު ވަލްބަޔާން ލިއަޙްކާމިލް ޤުރުއާން“ ގައި ވެއެވެ:

”ޖެހުމޭ ބުނެވޭ ބަހުގެ މުރާދަކީ: އެއަކުން ވޭންއަޅާ، ޒަޚަމްވެ، ގުނަވަންތައް ބިނދި ގެއްލުންވާ ޖެހުމެއް ނޫނެވެ. އެހެނަސް އެކައުން ފިރިމީހާ ބެލެއްޓުމުގެ ދަށުގައިކަންހުރީ ހަނދުމަކޮށްދޭ އެއްޗެކެވެ. އިރާކުދަނޑި ކޮޅަކުން ކަހަލަ އެއްޗަކުން ޖަހާ ޖެހުމެވެ. މިހެން އިބްނު ޢައްބާސާއި ޢަޠާއު ވިދާޅުވިއެވެ.“


އަދި އަލްބުޚާރީ، އެކަލޭގެފާނުގެ ޞަޙީޙުގެ ކައިވެނީގެ ފޮތުގައޮ ނަންގެންނެވިއެވެ:

”ބާބު (94) : އަންހެނުން ގައިގައި ޖެހުމުގައި މަކުރޫހަ ވައްތަރު އަދި {‏وَاضْرِبُوهُنَّ‏}‏ —އެއުރެން ގައިގައި ޖަހާށޭ— غَيْر مُبَرِّح ޖެހުމެއް.“

ޢުމްދަތުލް ޤާރީގައި އަލްބުޚާރީގެ މި ބަސް ކޮޅާއިމެދު ވެއެވެ: ”އޭގެން އެވިދާޅުވަނީ ހާނީކަވާ ޖެހުމެވެ. އެކަމީ މަކުރޫހައިގެ ޙަރާމް ބާވަތުގެ ތެރެއިން ވާ އެއްްޗެކެވެ.“

އަދި އަލްޙާފިޡް އިބްނު ޙަޖަރު އަލްބުޚާރީގެ ބަސްކޮޅާއި ވިއްދައި ވިދާޅުވިއެވެ: ”މިބަސްފުޅުގައި އިޝާރާތެއް ވެޔޭ، އެކަނބަލުން ގައިގައި ޖެހުމަކީ އެއްވެސް އިސްތިޘްނާއެއް ނެތި (މުޠްލަޤުކޮށް) ހުއްދަކަމެއް ނޫން ކަން، އަދިކިއެއްހޭ، އެކަންތަކުގައި ފާފަވަނިވި މަކްރޫހަ ތަންޒީހީ ނުވަތަ ޙަރާމް ވައްތަރުތައްވެސް ހިމެނޭކަމެވެ.“ —فتح الباري 11/214


ޢާއިޝާ رضي الله عنها ވިދާޅުވިއެވެ:
«ما ضرب رسول الله صلى الله عليه وسلم شيئًا قط بيده، ولا امرأة، ولا خادما….»

”ރަސޫލު ﷲ ﷺ ދުވަހަކުވެސް އެއްވެސް އެއްޗެއްގައި ޖައްސަވާފައެއް ނުވެއެވެ. އަދި އެއްވެސް އަންހެނެއް ގައިގަވެސްމެއެވެ. އަދި ޚާދިމެއްގެ ގައިގައިވެސްމެއެވެ“ — مسلم 2328.


ދެންފަހެ ހާނީކަވާވަރުގެ ޖެހުން، މިކަން ޝަރީޢަތް ވަނީ ޙަރާމް ކޮށްފައެވެ. އެއީ އޭގެ ސަބަބުން އެކަނބުލޭގެ އިޞްލާޙުވާނޭކަން އެނގުނަސް އެވެ.

⬆️އައްނަވަވީ ވިދާޅުވިއެވެ: ”ހާނީކަވާ އެތިފަހަރެއް ޖެހުން ހަމަ ހިލާ ހުއްދަ ނޫނެވެ. އެއީ އެހެން ހަދައިގެން ނޫނީ އެކަނބުލޭގެ ނުކިޔަމަންތެރިކަން ދޫނުކުރާނޭކަން އޭނާ އަށް އެނގުނަސް އެވެ. އެހެން ކަންތައް ކޮށްފިނަމަ، އެކަނބުލޭގެއަށް ވަރިވުމުގެ ޙައްޤާއި ޤިޞާޞް ހިފުމުގެ ޙައްޤު ވެސް ލިބިގެންވެއެވެ.“ (روضة الطالبين)

⬆️މާލިކީންގެ އަލްޙައްޠާބީ ވިދާޅުވިއެވެ: ”(ލުއިކޮށް) ޖަހައިގެންވެސް ފައިދާ އެއް ނުކުރާނެކަން ނުލާހިކު ބޮޑަށް ލަފާކުރެވޭނަމަ، އެހިނދުގައި ޖެހުން އެއްގޮތަކަށްްވެސް ހުއްދަވެގެން ނުވެއެވެ.“ (مواهب الجليل: ٤/ ١٥- ١٦).

⬆️އަދި (الجواهر) ގައި ވެއެވެ: ”ވަރުގަދަ އެތިފަހަރެއް ޖަހައިގެން މެނުވީ އެކަނބުލޭގެ ނުކިޔަމަންގަތުން ދޫނުކުރާނޭ ކަމަށް ނުލާހިކު ބޮޑަށް ހީވެއްޖެ ހިނދެއްގައި، ދަންނައެ، އޭނާއަށް އަދަބުދިނުން އޭގެ ފެށުމުގައިވެސް (އެބަހީ: އާދައިގެ ކޮށް ޖެހުންވެސް) ހުއްދަވެގެން ނުވެއެވެ.“

Galandān ގަލަންދާނު

21 Jan, 09:33



⬆️ސުވާލު: ނުކިޔަމަންތެރި އަންބެތް ވަރި ކުރުމުގެ ކުރިން ފިރިމީހާ އަށް އޮތް ޙައްލުތަކަކީ އަދި މަގުތަކަކީ ކޮބައިތޯއެވެ؟

ޖަވާބު: މިފަދަ ކަންތަކުގައި ﷲ تعالى މަރުޙަލާތަކަށް ބައްސަވާފައެވެ. ވަޙީކުރެއްވިއެވެ:

﴿وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِى ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ﴾ (النساء 34)
[މާނައީ: (އެކަމުގެ ޢިލްމެއް ނޫނީ ނިޝާނެއްގެ ސަބަބުން) ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ ފަހެ، ކަލޭމެން ފުރަތަމަ އެކަނބަލުންނަށް وعظ އާއި نصيحة ދޭށެވެ! (އެވަރުން ނުވިނަމަ) އެކަނބަލުންނާ ނިދާ ތަނުން ދުރުވެގެންނާށެވެ! (އެއްތާ ނުނިދާށެވެ!) (އަދި އެވަރުން ނުވިނަމަ) ކަލޭމެން އެކަނބަލުން ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ!]

ވީމާ
⬆️˺ފުރަތަމަ˹ ނަޞޭޙަތާއި ވަޢުޡެވެ.
⬆️ދެން ނިދާތަނުން ދުރުވެގަތުމެވެ.
⬆️ދެން ޖެހުމެވެ.

⚠️ދެންފަހެ ޖެހުމުގެ ވައްޓަފާޅި އާއިމެދު ދަންނައެ، މުފައްޞިރުން ގެ ޝެއިޚު، އައްޠަބަރީ رحمه الله ވިދާޅުވިއެވެ: ”މާނަ ކުރައްވާ ބޭކަލުން ވިދާޅުވިއެވެ: الناشز (އެބަހީ، ނުކިޔަމަންތެރިކަން ދައްކާ) އަނބިމީހާ ގައިގައި ޖެހުމަށް ﷲ ހުއްދަ ދެއްވި ޖެހުމުގެ ވައްތަރަކީ، مبرح ނޫން ޖެހުމެވެ.

(އިބްނު ޢަރަބީ ވިދާޅުވިއެވެ: غير مبرح އެބަހީ: އޭގެ އަޘަރު ފެންނަން ނުހުންނަ އެވެ. އެހެންޏާ ހާނީކައެއް ނޫނީ ބިންދައިގެން ދިޔުމެއްވެސް ނެތި ވުމެވެ.)

އަދި ޢަޠާއު رحمه الله އަރިހުން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ: ”އިބްނު ޢައްބާސް رضى الله عنهما އަރިހު އަހަރެން ދެންނެވީމެވެ. ”مبرح ނޫން“ ޖެހުމަކީ ކޮބައި ތޯއެވެ؟ ވިދާޅުވިއެވެ: ”އިރާކުދަނޑި ކޮޅެއް އަދި އެފަދަ އެއްޗަކުންނެވެ.“

🤚މިބުނެވުނީ ހުއްދަވެއޮތް އަދި މަނަޢުނެތް މާނައިގެ ދަށުންނެވެ. އެހެނަސް ނަބިއްޔު صلى الله عليه وآله وسلم މިކަންްތައް، ޖެހުމުގެ ހުއްދަ ބަޔާން ކުރެއްވިހިނދު، ހަމައެޔާއިއެކު ޙަދީޘް ކުރެއްވިއެވެ: «لن يضرب خياركم» ”ކަލޭމެންތެރެއިން އެންމެހެޔޮލަފާ މީހުން ދުވަހަކުވެސް ނުޖަހާނެތެވެ.“

(އެގޮތުން މިކަމުގައި އޮތް މޮޅު އިތުރުގޮތް ބަޔާން ކުރެއްވިއެވެ. ޝާފިޢީގެފާނު ވިދާޅުވިއެވެ: ”އަދި ނުޖެހުން އަހަރެންނަށް މާލޮބުވެތިއެވެ. އެއީ ނަބިއްޔު ﷺ ގެ މިޙަދީޘުފުޅުގެ މައްޗަށެވެ.“)

އަލްޤާސިމް ވިދާޅުވިއެވެ: ”އަދި އެބޭކަލުން ތެރޭ ހުންނެވި އެންމެ ހެޔޮ ބޭފުޅަކީ ރަސޫލު ﷲ ﷺ އެވެ. އެކަލޭގެފާނު ނުޖައްސަވައެވެ.“—ރިވާކުރެއްވީ އިބްނު އަބީ ޝައިބާ.

އެކަމުގައި އަރައިހުންނެވި ބޭފުޅެއް ވިދާޅުވިފަދައިންނެވެ:
رأيت رجالا يضربون نساءهم…
ދެކުނީމެ ފިރިން، އަތްއުފުލި އެވެރިންގެ އަނބިތަކަށް
فشُلّت يميني يوم تضرب زينب
އަތްވާށި މަގޭ ވައު އެއުފުލި ދުވަހަކުން ޒައިނަބަށް
(މިޅެމާއި ބެހޭ ތަފްޞީލް)

☁️ ފިރިމީހާ މި ފިޔަވަޅުތައް ނެގުމަށް ފަހުވެސް، ނަތީޖާއެއް ނުނިކުމެއްޖެ ނަމަ، ދެމަފިރިންގެ ބޭރުން އެކަމުގެ މަޞްލަޙަތު އޮތް ފަރާތް ތަކުން އެމައްސަލައިގެ ތެރެއަށް (ޙައްލުކުޅައުމަށް) ތަދައްޚުލް ވުން ޝަރުޢު ވެގެން ވެއެވެ.

﴿وَإِنۡ خِفۡتُمۡ شِقَاقَ بَيۡنِهِمَا فَٱبۡعَثُواْ حَكَمًا مِّنۡ أَهۡلِهِۦ وَحَكَمًا مِّنۡ أَهۡلِهَآ إِن يُرِيدَآ إِصۡلَٰحًا يُوَفِّقِ ٱللَّهُ بَيۡنَهُمَآۗ﴾ (النساء 35)
[ (އޭ މީސްތަކުންނޭވެ!) އެދެމީހުންގެ ދެމެދު އެބަހީ: ދެމަފިރިންގެދެމެދު އަރައިރުމާ ދެކޮޅުވެރިކަމާމެދު ކަލޭމެން ބިރުވެތިވެއްޖެއްޔާ ފިރިހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި އަންހެންމީހާގެ أهل ވެރިންކުރެ حكم ކުރާނެމީހަކާއި ދެމީހުން ފޮނުވާށެވެ! (އެދެމީހުން ގޮތެއްނިންމާށެވެ!) އެދެމީހުން (އެދެ حَاكِم ން) ދެމަފިރިން ދެމެދު إصلاح ކުރަން އެދެންޏާ ﷲ تعالى އެދެމީހުންނަށް އެކަމުގެ توفيق ދެއްވައިފާނެއެވެ. (ދެމީހުންނަކީ عدل ވެރި ދެމީހުންކަމުގައި ވާންވާނެއެވެ. އަދި އެދެމީހުން އެއްބަސްވާ ގޮތެއްގެމަތިން حكم ކުރެވޭނެއެވެ. ދެމީހުންނަށް نصيحة ދޭން ފެންނަންޏާ އެގޮތް ނުވަތަ ދެމީހުން ދުރުކުރަން ފެންނަންޏާ އެގޮތްވެސް އެދެމީހުންނަށް ނިންމޭނެއެވެ.)]

🔨 މިހުރިހާ މަރުޙަލާއަކަށްފަހުވެސް ޙާލަތު އިޞްލާޙު ނުވެއްޖެނަމަ، އެކަން އޮތީ ﷲ ވަޙީ تعالى ވަޙީ ކުރެއްވި ފަދައިން ނެވެ:

﴿أَوۡ سَرِّحُوهُنَّ بِمَعۡرُوفٍۚ وَلَا تُمۡسِكُوهُنَّ ضِرَارًا لِّتَعۡتَدُواْۚ وَمَن يَفۡعَلۡ ذَٰلِكَ فَقَدۡ ظَلَمَ نَفۡسَهُۥۚ﴾ (البقرة 231)
[އަނެއްގޮތަކީ ރަނގަޅުގޮތުގައި ވަރިކޮށް ދޫކޮށްލުމެވެ. (ރަނގަޅުގޮތެކޭ މިބުނީ އޭނާޔާ جماع ނުވެ طُهر ގައި ވަރިކުރުމެވެ.) އަދި އަންހެންމީހާއަށް އުނދަގޫކުރުމުގެ ގޮތުން ކަލޭމެން އެކަނބަލުން ނުހިފައްޓާށެވެ! (އުނދަގޫ ކުރުމޭ މިބުނީ عِدّة ހަމަވާން ގާތްވީމާ ކައިވެނި رُجُوع ކޮށްފާ އަލުންވެސް ވަރިކުރުމެވެ. އޭރުން އަލުންވެސް އަންހެންމީހާ ޖެހޭނީ އަލުން ފަށައިގެން عدد ހަމަކުރާށެވެ!) ފަހެ އެފަދަ ގޮތަށް ކަންތައް ކުރާ ފިރިހެނުންނަކީ އޭނާ އޭނާގެ نفس އަށް އަނިޔާވެރިވީ މީހެކެވެ.] والله الموفق.

(އައްޝެއިޚް ތުރުކީ އަލްބިންޢަލީ رحمه الله ގެ ބަސްކޮޅު ނިމުނީ)

Galandān ގަލަންދާނު

20 Jan, 15:29


💬Transcript for the lecture:

“CAN THE SHARĪʿAH BE IMPLEMENTED GRADUALLY?”

by Shaykh Aḥmad Mūsā Jibrīl حفظه الله

https://justpaste.it/Gradualism
(Transcript by Legacyofamj)

🗂 [Archived here]
▶️ [Video here]
🎤 [Audio/Mp3 here]


~ Galandān 🖋

Galandān ގަލަންދާނު

17 Jan, 04:18




⬆️އަދި ސަލަފުންގެ ތެރެއިން އެއްބޭކަލަކަށްވުރެ ގިނަ ބޭކަލުން ވަނީ އެންމެހާ ބިދުޢަތަކާއި އަހްވާއު ތަކަށްވުރެ މި އުއްމަތުގެ މައްޗަށް އިރުޖާއު ގެ ނުރައްކާ ބޮޑު ކަމަށް ކަނޑައަޅުއްވާފައެވެ. މިހެން ކަނޑައެޅުއްވި ބޭކަލުންގެ ތެރޭގައި އައްޒުހުރީ އާއި، ޔަޙްޔާ ބުނު އަބޫ ކަޘީރާއި، ޤަތާދާ ފަދަ ބޭކަލުން ހިމެނިލައްވައެވެ. އެހެނީ އޭގެ މަގުފުރެދުމުގެ އާޚިރު ނަތީޖާތައް އެހެން ބިދުޢަތަކުގެ އާޚިރު ނަތީޖާއަށްވުރެ ނުބައިކަން ބޮޑުކަމުންނެވެ. އެއީ އޭގެ ފޭށޭ ތަން އެހެން ބިދުޢަތަކަށްވުރެ އާދައިގެ ކޮށް އޮތަސް މެއެވެ.

⬆️އަދި ޚަވާރިޖުންނާއި މުރުޖިއާއިން - ދެބައިގަނޑުގެ ފުށުންވެސް - ދުނިޔެއާއި ދީނަށް ގެއްލުން އޮތްކަން ގައިމެވެ. އެހެނަސް މުރުޖިއާއިންގެ ފުށުން ދީނަށް އޮތް ގެއްލުން ޚަވާރިޖުންނަށް ވުރެ ބޮޑެވެ. އަދި ޚަވާރިޖުން ފުށުން ދުނިޔެއަށް އޮތް ގެއްލުން މުރުޖިއާއިންނަށް ވުރެ ބޮޑެވެ. ❝


— ޢަބްދުލް ޢަޒީޒް އައްޠަރީފީ
[ 📜 "الخُراسانيّة في شرح عقيدة الرّازيّين" - ص ٥٣٨-

~ ގަލަންދާނު 🖋


ـــــــــــــــــــــــ
🔗[ނޯޓް] އަހަރެން ބުނަނެވެ: އަހަރެމެން ވާނީ ކުރިން، އިރުޖާއު އާއި ބެހޭ ތަފްޞީލު ލިޔުމެއް ހުށަހަޅާފައެވެ. (ބަލައިހޯދަން އެދޭނަމަ - ލިންކު) އަދި އަދި ހަމަ އައްޠަރީފީގެ ޚުރާސާނިއްޔަ ފޮތުން ޚަވާރިޖުންނާއި ބެހޭ ތަފްޞީލެއް ވެސް ނަޤުދުކޮށްފައެވެ. (ބަލައިހޯދަން އެދޭނަމަ - ލިންކު)

Galandān ގަލަންދާނު

17 Jan, 04:18


🔴އަލްއިރުޖާއު މަޛުހަބު އަދި ދީނުގެ މައްޗަށް އެއިން އޮތް ނުރައްކާ



❞ އަލްއިރުޖާއު: އަކީ ޒިންދީޤު ކަމާއި ކުފުރަށް ދޮރާޝި ހުޅުވައިދޭ މަޛުހަބެކެވެ. އޭގެ ބިދުޢަ ޚަވާރިޖުންގެ ބިދުޢަތަށްވުރެ ˺ގޯސްކަން˹ ބޮޑެވެ. މިސަބަބަށްޓަކައި ސަލަފުންގެ ތެރެއިން އެއްބޭކަލަކަށްވުރެ ގިނަ ބޭކަލެއް، المرجئة ގެ ބިދުޢަ ޚަވާރިޖުންގެ ބިދުޢަތަށްވުރެ ބޮޑުވެފައި ˺ނުރައްކާކަން˹ ވަރުގަދަ ކަމުގައި ކަނޑައެޅުއްވިއެވެ. (މިފަދައިން ކަނޑައެޅުއްވި ސަލަފުން ތެރޭ) އައްނަޚަޢީ އާއި އެނޫން އެފަދަ ބޭކަލުން ހިމެނިލައްވައެވެ. އެއީ އެތައް ސަބަބަކާއި ހުރެއެވެ:

⬆️އޭގެ ތެރޭގައި: ޚަވާރިޖުންގެ ބިދުޢަ ހިފެހެއްޓިފައިވަނީ އެމަގުފުރެދުމުގެ ތެރޭގައި ކަމެވެ. އެހެނަސް އިރުޖާއު، އެވެރިންގެ ˺ފިކުރުގެ އަސާސީ ބާބު˹ ތެރެއިން އެކަނި ނިމުނަކަށް ނާދެއެވެ. އަދި ދީނުގެ ގޮތްޕަކަށް ފަހު ގޮތްޕެއް އެއިން ކައި ހުސްކުރެއެވެ. އެއީ އޭގެ އެއްވެސް ގޮތްޕެއް ބާކީ ނުއޮވެ ނެތި ދިޔުމާއި ހަމައަށެވެ. އަދި ދީން ކައި ހުސްވުމުން، ފިތުރަތުގައި ވަކިހިއްޕައެވެ. އެހެންކަމުން ސަލާމަތް ފިތުރަތްވެސް ބާކީ ނުއޮވެއެވެ. ނުވީތާކު އެފިކުރު އަމިއްލަޔަށް މިތަޣައްޔަރުތައް ނުކުރެވޭނަމަ، އެނޫން ތަކެއްޗަށް (ބިދުޢަތަކަށް) އެއިން ދޮރާށި ހުޅުވައެވެ.

⬆️އޭގެ ތެރޭގައި: السلطان (ވެރިމީހާ) ޚަވާރިޖުންނާއި ޢަދާވާތްތެރިވެ ހުރެއެވެ. އަދި އެވެރިންނާއި ހަނގުރާމަ ކުރެއެވެ. އެއީ އޭނާގެ ދުނިޔެވީ ˺މަޞްލަޙަތު˹ ރައްކައުތެރި ކުރުމަށްޓަކައެވެ. (އެބަހީ: ދީނަށްޓަކައި ނޫން ނަމަ ވެރިކަމަށްޓަކައިވެސް އެވެރިންނާއި ކުރިމަތިލައޭ އެވެ.) މުރުޖިޢާއިންނާއި މެދު ކަން އޮތީ މިއާ ޚިލާފަށެވެ: އެހެނީ ސުލްޠާނު އެވެރިންނާއި ހަނގުރާމައެއް ނުކުރެއެވެ. އަދި ފަހަރެއްގައި އޭނާގެ ދުނިޔެ (އެބަހީ: ވެރިކަން) ރައްކައުތެރި ކުރުމަށް އެވެރިން އަރިސްވެސް ކޮށްފާނެއެވެ. އަދި އެވެރިންގެ ފުށުން މީސްތަކުންގެ ދީން ފަސާދަކުރެއެވެ. މިގޮތުން ބުނެވެއެވެ: ‹إنَّ الإرجاء دينُ الملوكِ› (މާނައީ: އިރުޖާއު އަކީ ރަސްރަސްކަލުންގެ ދީނެވެ.) އަދި ޢިލްމުވެރިޔާ އާއި ވެރިމީހާ ވެސް ބުނެފައިވާނީ މިގޮތަށެވެ. ⁽*⁾

[ * މިތާނގައި އިޝާރާތްކުރައްވަނީ އައްނަޟްރު ބުނު ޝުމައިލު ގެ ބަސްފުޅަށެވެ. ވިދާޅުވިއެވެ: ”މައުމޫނު ˺ޚަލީފާ˹ ގާތަށް އިރެއްގައި އަހަރެން ދިޔައީމެވެ... އެހިނދު އައްސަވައިފިއެވެ: ”އަލްއިރްޖާއު އަކީ ކޮބައިތޯއެވެ؟“ އަހަރެން ދެންނެވީމެވެ: ”އެއީ ރަސްރަސްކަލުންނަށް އެއްބަސްވާ ދީނެކެވެ.. އޭގެން އެވެރިން ދުނިޔެ އިތުރުކުރެއެވެ... އަދި ދީން މަދުކުރެއެވެ.“ ˺މައުމޫނު˹ ވިދާޅުވިއެވެ: ”ތިބާ ތެދުބުނެއްޖެއެވެ!!“ ]


⬆️އޭގެ ތެރޭގައި: މުރުޖިއާއިން އެނޫން ބިދުޢަވެރިންނަށް ބިދުޢަތާއި މަގުފުރެދުމުގެ ދޮރާށި ހުޅުވުން ހިމެނެއެވެ. އެއީ އެވެރިން އަމިއްލަޔަށް އެބިދުޢަތަށް ނުފެތުރިއެއް ކަމަކުއެވެ. އެހެންކަމުން، ޖަހުމީންނަށް އެންމެ ފުރަތަމަ ˺މިއުއްމަތުގެ މައްޗަށް˹ ދޮރާށި ހުޅުވައިދިން ބަޔަކީ މުރުޖިއާއިންނެވެ. މިއީ ވަކީޢު ވިދާޅުވި ފަދައިންނެވެ. އަދި ހަމަކަށަވަރުން މިޔަދު، ލިބެރަލިސްޓުންނަށް ދޮރާށި ހުޅުވައިދިން ބަޔަކީވެސް މިއީއެވެ.


⬆️އޭގެ ތެރޭގައި: ނައްޞުތައް (އޭގެ ޙަޤީޤީ މާނަތަކުން) އަނބުރައި އޮޅުވުމުގައި މުރުޖިޢާއިންގެ ފުޅާކަން މާބޮޑުވުން ވެއެވެ. އަދި ނައްޞު (އޮޅުވައިލުމަކުން) އެކަންޏެއް ފުއްދައި ނުލައެވެ. އަދި މަގުފުރެދުމުގެ ޙައްދުގައި އެކަންޏެއް ނުހުއްޓެއެވެ. ނުވީތާކު އެވެރިންގެ ޤަޥްލުން ދީނުގެ ބޭރުފުށް ނަފީކުރުމަށް ނިޔާކަނޑައަޅައެވެ. ދެން އޭގެ އެތެރެފުށްވެސް މެއެވެ. މިސަބަބަށްޓަކައި ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން އެވެރިންނަށް ނަންދެއްވީ: ‹يهودَ القِبلة› (ޤިބުލައިގެ ޔަހޫދީންނޭ) އެވެ. މިހެން ވިދާޅުވި ބޭކަލުންތެރޭގައި ސަޢީދު ބުނު ޖުބައިރު ފަދަ ބޭކަލުން ހިމެނިލައްވައެވެ. އެހެނީ އެވެރިން ކޮންމެ އަނިޔާވެރި ފާސިޤަކަށް ނަރަކައިން ސަލާމަތް ވުމާއި ޖަންނަތަށް ވެއްދެވުމުގެ ވަޢުދުދެއެވެ. އެގޮތުން ވަޢީދުތައް ލުއިކޮށްލައެވެ. ވީމާ އެވެރިން ވައްތަރުވެގެންވަނީ ﷲ ގެ ޢަޛާބު ލުއިއެއްޗަކަށް ހަދައިލި ޔަހޫދީންނާއި އެވެ. އެއީ (ޤުރުއާނުގައި ވާ ފަދައިން) އެވެރިން މިހެން ބުނިހިނދެވެ: ﴿ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعۡدُودَةًۚ ﴾ (البقرة 80) [މާނައީ: عدد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ.]

=

Galandān ގަލަންދާނު

16 Jan, 19:28


~ قريباً إن شاء الله...

Galandān ގަލަންދާނު

16 Jan, 02:19


” ނާހައި ނުވީމާ އަހައި ލެވުނީ އޭ “
~ ގަލަންދާނު 🖋

Galandān ގަލަންދާނު

15 Jan, 18:29



[މާނައީ: ހަމަކަށަވަރުން އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال (مشرك ންކަމުގައިވާ حال) މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާ މީހުންނަށް މަލާއިކަތްބޭކަލުން ވިދާޅުވާނެއެވެ. ދީނުގެގޮތުން ކަލޭމެންވީ ކޮންފަދައަކުން ކިހިނަކުންހެއްޔެވެ؟ އެމީހުން ދަންނަވާނެއެވެ. އަހުރެމެންވީ ބިމުގައި ބަލިކަށި ދެރަ ضَعِيْفُ ބަޔަކުކަމުގައެވެ. (مُشْرك ން ގަދަފަދަކަމުން شرك ދޫކޮށް އިސްލާމްދީން ފާޅުކޮށް އިސްލާމްވެގެން އުޅެވޭވަރު ނުވީއެވެ.) އެބޭކަލުން ވިދާޅުވާނެއެވެ. އަޅެފަހެ ކަލޭމެން هجرةކުރުމަށްޓަކައި ﷲގެ ބިންގަނޑު ތަނަވަސްވެގެން ނުވޭހެއްޔެވެ؟ (ތަނަވަސްވެގެންވާނެއެވެ. هجرة ނުކުރީ ކީއްވެގެންހެއްޔެވެ؟) ފަހެ އެފަދަމީހުން (ދަންނައެވެ!) އެމީހުންގެ قيامة ދުވަހުގެ މަރުކަޒަކީ ނަރަކައެވެ. އެއީ ގޮސްތިބުން ނުބައިވެގެންވާ ތަނެކެވެ.]

އަދި އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ ފޮތް الصارم المسلول ގައި، ބަލިކަށިކަމުގެ ޙާލުގައި ކަންތައް ކުރަންވީގޮތް ޛިކުރު ކުރައްވާފައިވެއެވެ. އަދި ޙަމަދް ބުނު ޢަތީޤު އެކަލޭގެފާނުގެ ފޮތް الفكاك في مجموعة التوحيد ގައިވެސް މި މަޥްޟޫޢު ޛިކުރުކުރެއްވިއެވެ. އެމީހެއްގެ މައްޗަށް ވަނީ ވީވަރަކުން ޖިހާދުކޮށް (އެބަހީ: ގަދައަޅައި މަސައްކަތްކޮށް) ހެވަށް އަމުރުކޮށް މުންކަރާތް ނަހީ ކުޅައުމެވެ. އަދި މިނިކަމެތިކަމުން އަރައިގަތުމަށްޓަކައި ވީވަރަކުން ތައްޔާރުވެ ބާރުވެރިވުން މުސްލިމުތަކުންގެ މައްޗަށް ވާޖިބެވެ. އަދި އެމީހަކަށް ބައިވެރިންނާއި، މަދަދާއި ހިޖުރަ އާއި ބާރު ހޯދިއްޖެނަމަ، އެބާރާއިއެކު އޭނާގެ މައްޗަށްވަނީ އެ ˺ހިޖުރަޔާއި ބާރުގެ˹ ބިންމަތީ ﷲގެ ޙުކުމްފުޅު ޤާއިމު ކުޅައުމަށް ހަނގުރާމަ ކުރުމެވެ. ދެން އެތަނުން ހަތިޔާރާއިއެކު އެންމެ ގާތަށް އޮތް ތަނަކަށް ފަހު އެޔާއި ގާތަށްއޮތް ތަނަކަށް މުޖާހިދުން ފޯރުވުމެވެ. “ — ނިމުނި.

#ޣާޒާ #ޝާމް #ފަލަސްތީން


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 23 ގެ 1

~ ގަލަންދާނު 🖋

Galandān ގަލަންދާނު

15 Jan, 18:29


ޚުޟައިރިއްޔަ ސިލްސިލާ (12)

⬆️ސުވާލު: ﷲ ގެ ޢަދުއްވުން ގެ މުށުތެރޭ އަހަރެމެންނަށް ކުރިމަތިވެފައި މިވާ ބަލިކަށި ކަމާއި މެދު ކުރެވޭނީ ކީއްތޯއެވެ؟

ޖަވާބު؛ ބަލިކަށިކަމުގެ ޙުކުމްތައް ވަނީ އަންނަނިވި ގޮތުގައެވެ:
ތަޥްޙީދާއި لا إله إلا الله ކަލިމަފުޅަށް ޢަމަލު ކުރުމާއި އޭގެ ޝަރުޠުތަކާއި އެނަފީކުރާ ކަންކަމުން ދުރުހެލިވުމާއި، ވާގިވެރިވުމާއި ބަރީޢަވުމުގެ ކަންތަކާއި، ޠާޣޫތައް ކާފިރުވުމާއި މެދު ދަންނައެ، މިކަންތައްތަކީ ބަލިކަށި ޙާލުގައި އާއި އެނޫން ޙާލަތުގައިވެސް ލާޒިމު ކަންކަމެވެ. އަދި މިތަކެތީގައި ހިތުގެ ތެރެއާއި ގުޅިފައިވާ މިންވަރަކީ އެންމެހާ ޙާލަތެއްގައިވެސް ފަރުޟު ޢައިނެކެވެ. އެއީ ވާގިވެރިވުމާއި ބަރީޢަވުމާއި ޠާޣޫތައް ކާފިރުވުމާއި، ނަފުރަތާއި ޢަދާވާތުގެ ތެރެއިންނެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:
﴿يَا أَيُّهَا الْمُدَّثِّرُ (1) قُمْ فَأَنذِرْ (2) وَرَبَّكَ فَكَبِّرْ (3) وَثِيَابَكَ فَطَهِّرْ (4) وَالرُّجْزَ فَاهْجُرْ (5)﴾ (المدثر 1 - 5)
[މާނައީ: (1) އޭ ފޮތި ތަކުން ނިވައިވެގެންވާ ކަލޭގެފާނެވެ. (އޭ محمد ގެފާނެވެ.) (2) ތެދުވެވަޑައިގެން إنذار ކުރައްވާށެވެ. (مكة ގެ މީހުން إسلام ނުވިނަމަ ހުރި عذاب ގެ ވާހަކައިން އެމީހުން ބިރުގަންނަވައި އިންޒާރުކުރައްވާށެވެ.) (3) އަދި ކަލޭގެފާނުންގެ ربّ ގެ މާތްކަމާއި كِبْرِيَا ވަންތަކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެކަލާނގެ މާތްކުރައްވާ شرك ން طاهر ވެ ވޮޑިގެންވާކަން ބަޔާންކުރައްވާށެވެ. (4) އަދި ކަލޭގެފާނުންގެ ފޭރާންކޮޅު ރަނގަޅަށް طاهر ކުރައްވާށެވެ. (5) އަދި ބުދަށް އަޅުކަން ކުރެއްވުމުން ދުރުވެވަޑައިގަންނަވާށެވެ. (ބުދުތަކާ ގާތްވެވަޑައިނުގަންނަވާށެވެ. ނުވަތަ ފާފަތަކާއި މުޅިން ދުރުވެވަޑައިގަންނަވާށެވެ.)]

އެހެނަސް މިކަންތައްތައް ޞަރީޙަކޮށް އިއްވުމާއި ފާޅުކުޅައުމަކީ ކުޅަދާނަކަން ހުރި މިންވަރަކުން އޮތް ކަމެވެ.

މިގޮތުން ކުޅަދާނަކަން ހުރެއްޖެ މީހާ އެއަށް ޢަމަލުކުރުން ވެއެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ (2) لَآ أَعۡبُدُ مَا تَعۡبُدُونَ (2)﴾ (الكافرون 1-2)
[މާނައީ: (1) ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ! (2) ކަލޭމެން (ﷲ ފިޔަވައި އަޅުކަންކުރާ ބުދާއި އެހެނިހެންވެސް ތަކެއްޗަށް) އަހުރެން އަޅުކަން ނުކުރާ ހުށީމެވެ.]

އަދި ބަލިކަށި މީހާއަށް، އެކަން ކުރަން ނުކުޅެދިގެންވާނަމަ، އެމީހެއްގެ މައްޗަށް ވަނީ އޭނާ އަށް ކުޅަދާނަވީ ވަރަކަށެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ﴾ (التغابن 16)
[މާނައީ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ﴾ (البقرة 286)
[މާނައީ: ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ.]

އަދި (އުދަގުލަށް) ކެތްތެރިވެ އެކަންތައް ފާޅުކޮށްފިނަމަ، އެއީ ބޮޑަށް ފުރިހަމަ ގޮތެވެ. އަދި ޖިހާދުގައި މަތިވެރި ގޮތެވެ.

އެގޮތުން އެކަންތައްތައް ފާޅުކުޅަ މީސްތަކުންނަށް ތަޢުރީފު ކުރައްވައި އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿...إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ﴾ (الممتحنة 4)
[މާނައީ: ...(އެއީ) އެއުރެން، އެއުރެންގެ قوم އަށް ބުނިހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންނަށް ތިމަންމެން ކާފަރުވަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަ ޯންފވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ اللَّه އަށް ތިޔަބައިމީހުން إيمان ވެއްޖައުމަށް ދާނދެނެވެ.]

⚠️އަދި އެކަން ކުރުމަށް ނުކުޅެދި ހުރެ، ﷲ ގެ ޢަދުއްވުން ތިމާގެ ނަފްސުގެ މައްޗަށް ވެރިވެދާނޭ ކަމުގެ ބިރުއޮވެއްޖެނަމަ، ފަހެ ކުޅަދާނަވެގެންވާ ނަމަ ހިޖުރަކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ދެއެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّ ٱلَّذِينَ تَوَفَّىٰهُمُ ٱلۡمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمۡ قَالُواْ فِيمَ كُنتُمۡۖ قَالُواْ كُنَّا مُسۡتَضۡعَفِينَ فِى ٱلۡأَرۡضِۚ قَالُوٓاْ أَلَمۡ تَكُنۡ أَرۡضُ ٱللَّهِ وَٰسِعَةً فَتُهَاجِرُواْ فِيهَاۚ— މިއާޔަތް އޭގެ ނިޔަލަށް﴾ (النساء 97)
=

Galandān ގަލަންދާނު

15 Jan, 16:26


🔗
* މުލްކު ސޫރަތުގެ މާތްކަން *

~ ގަލަންދާނު 🖋

Galandān ގަލަންދާނު

14 Jan, 05:34


ޚުޟައިރިއްޔަ ސިލްސިލާ (11)

⬆️ޝިރުކުއްޠާޢާ އާއި ފާފަޔާއި އޮތް ފަރަޤު ދެނެގަތުމުގެ ތަޅުދަނޑިތައް

1️⃣ސުވާލު: "ކިޔަމަންގަތުމުގެ ޝިރުކު" (شرك الطاعة) އެކުލެވެނީ މިޘާލަކަށް ތަޙްލީލާއި ތަޙްރީމާއި، އަދި މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް އެހީތެރިކަން ދިނުން ފަދަ ކުފުރިއްޔަ ކަންކަމުގައި އެކަނިތޯއެވެ؟ ނުވަތަ މިޘާލަކަށް ބައްޕަޔަކު އޭނާގެ ދަރިފުޅު ގާތުގައި ސިނގިރޭޓު ގަތުމަށް ބުނާބުނުން ފަދަ (އޭގެ ޒާތުގައި ކުފުރަށްނުވާ) އެހެނިހެން ކަންކަމުގައި ވެސް އެކަން ހިމެނޭ ތޯއެވެ؟

ޖަވާބު: ދެންފަހެ އުރެދުމެއްގައި ދަރިއަކު އޭނާގެ ބައްޕަޔަށް ގަންނަ ކިޔަމަންގަތުމާއި މެދު ދަންނައެ، މިއީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކިޔަމަންގަތުމެވެ. އެހެނަސް ޝިރުކުވަންތަ ކިޔަމަންގަތުމެއް ނޫނެވެ. އެހެނީ ޝިރުކުވަންތަ ކިޔަމަންގަތުން ހިމެނެނީ، [ވަކި ފަރުދަކާއި ޚިލާފަށް] ޢަމުރާއި ނަހީ [އެމީހެއްގެ މަޤާމާއި ދަރަޖައިގެ ސަބަުން އެތައް ބަޔެއް މައްޗަށް] ފެތުރިގެންވާ ފަރާތަކުން އެންގޭ އެނގުމުަގައެވެ. އެއީ އެބަޔަކަށް މީސްތަކުންނާއި ރައްޔިތުން ކިޔަމަންގަންނަ ވެރިޔެއް ނޫނީ ރަސްކަލެއް ނޫނީ ޢާލިމެއް ނޫނީ ޤަބަލީ ރައީސެއް ފަދަ ފަރާތެކެވެ. މިއާ ޚިލާފަށް އެކަހެރިކޮށް އޮންނަ ކިޔަމަންގަތުމެއް އޮންނަ މީހާ، އެއީ މިޘާލަކަށް އަނބިމީހާ ފުށުން ފިރިމީހާއަށް، އަދި ދަރިފުޅު ފުށުން ބައްޕައަށް، އަޅެއްގެ ފުށުން އޭނާގެ ސައްޔިދަށް ގަންނަ ކިޔަމަން ގަތުން، ފަހެ މިއީ އުރެދުމުގެ ބާބުގެ ތެރެއިން ވާއެއްޗެކެވެ. ޝިރުކުގެ ތެރެއިންނެއް ނޫނެވެ.

[ސުވާލު ނަމްބަރު 136 ގެ 1]


2️⃣ސުވާލު: މިއީ شرك الطاعة ގުޅިފައިވާ ސުވާލެކެވެ: ގިނަ އިސްލާމުންނީ މިޒަމާނުގައި ﷲ ގެ ޝަރީޢަތް ނޫން އެއްޗަކަށް ޙުކުމް ހޯދުމުގެ ތެރޭގައި އުޅޭ ބައެކެވެ. އެހެނީ އެވެރިން ޙުކުމް ހޯދުމަށް ގޮސްއުޅެނީ ފަރަންޖީންނާއި އެނޫން ހުޅަނގުގެ ޤާނޫނު ތަކުން ޙުކުމް ކުރާ ކޯޓުތަކަށް ކަމުގައި ވާތީއެވެ. އެއާއި އެކު އެކޯޓުތަކުގައި އިސްލާމީ ބައެއް ޢަޙުކާމުތައް ވެސް ގާއިމު ކުރެވެއެވެ. އެއީ މިޘާލަކަށް ވަރީގެ މައްސަލަތަކާއި ތަރިކަ މުދާ ފަދަ ކަންކަމުގައެވެ... ˺ސުވާލަކީ˹ شرك الطاعة އޭ ބުނެވެވީ މިކަންތަކުގައި ތޯއޭ އެވެ؟

ޖަވާބު: ނޫނެކެވެ. މިއީ ﷲ އާއި އެއިލާހުގެ ރަސޫލު ނޫން ފަރާތަކަށް ތަޙާކުމް ކުރުމުގެ ޝިރުކެވެ. އެހެނީ މިއީ ދެބަސްވުމެއް އުފެދި ދެފަރުދެއް ދެމެދު އޮތް އަރައިރުމުގައި ޙުކުމެއް ކުރުމެވެ. މިއާ ޚިލާފަށް، شرك الطاعة އަކީ، ޢަމުރާއި ނަހީ ގައި [ކިޔަމަންގަތުމުގެ ބާރު] ޢާންމުކޮށް ފެތުރިގެންވާ ފަރާތަކަށް ، ބޭރުފުށަށް ހާމަވާހެން، އެކަމަށް އިޖުމާއު އޮތް ކަމެއްގައި، ޝަރީޢަތާއި ޚިލާފަށް، އެފަރާތަށް ތަބަޢަ ވުމެވެ.

[ސުވާލު ނަމްބަރު 131 ގެ 2]


3️⃣ސުވާލު: شرك الطاعة އަށް އަރައިގަނެވުން ހަމައެކަނި ޢަމަލުގެ މައްޗަށް ވޭތޯއެވެ؟ ނުވަތަ އެކަން ވަނީ އިސްތިޙްލާލުގެ ސަބަބުން ˺އެކަނި˹ ތޯއެވެ؟

ޖަވާބު: شرك الطاعة (ކިޔަމަންގަތުމުގެ ޝިރުކު) އާއި މެދު ދަންނައެ، ފަހެ ހަމައެކަނި ޢަމަލުގެ މައްޗަށް އެކަން ވުން އޮވެއެވެ. އެއީ އިޢުތިޤާދު ނުވަތަ އިސްތިޙްލާލަށް ބެލުމެއް ނެތި ގަންނަ ކިޔަމަން ގަތުމަށް އެކަންޏެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[މާނައީ: އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىۙ ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ * ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِى بَعۡضِ ٱلۡأَمۡرِۖ﴾ (محمد 25 ، 26)
[މާނައީ: ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް (އެބަހީ: މުރުތައްދު ވީ މީހުންނަށް) شيطان އާ އެކަން زينة ތެރިކޮށްދެއްކިއެވެ. އަދި أجل ތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ.]

﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ﴾ [التوبة:31]
[މާނައީ: އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.]

އަދި އެއީ ތަޙްލީލާއި ތަޙްރީމުގައި ކިޔަމަންގަތުން ކަމުހައި ނަބިއްޔު ﷺ ތަފްސީރު ކުށްދެއްވާފައި ވެއެވެ.

ދެންފަހެ شرك الطاعة ފޯދުމަށްޓަކައި އެކަން އިޢްތިޤާދާއި އިސްތިޙްލާލަށް އެކަނި ގޮށްޖެހުމާއިމެދު ދަންނައެ، ފަހެ މިއީ މުރުޖިޢާއިންނާއި، ޖަހުމީންގެ މަންހަޖެވެ.

[ސުވާލު ނަމްބަރު 25 ގެ 3]

— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު

~ ގަލަންދާނު 🖋

Galandān ގަލަންދާނު

14 Jan, 05:23


ޚުޟައިރިއްޔަ ސިލްސިލާ (9)

⬆️މިޒަމާނުގައި ޒުވާނުންނަށް އޮތް ރާސްތާ

ސުވާލު: ޢިއްޒަތްތެރި ޝެއިޚު އަރިހުން އަހަރެމެން އެދެނީ، ˺އުއްމަތަށް˹ މިކުރިމަތިވެފައިވާ މުޞީބާތުގައި މުސްލިމު ޒުވާނުންނަށް އޮތް ދައުރަކީ ކޮބައިތޯ ބަޔާންކޮށްދެއްވުމެވެ.

ޖަވާބު: އޭނާގެ ދައުރަކީ ޤުރުއާނާއި ސުންނަތުގައި ބާރަށް ހިފަހައްޓައިގެން ހުރުމެވެ. އަދި ތިބާމެންގެ ގާތުގައި ވާނަމަ، ސުންނަތް ޖަމާޢަތުގެ އަހުލުންގެ ބައިގަނޑާއި އެއްބައިވުމެވެ. އަދި إن شاء الله އެބައިގަނޑު ކޮންމެ ތާކުމެ އޮވެއެވެ. އެއީ މިޙަދީޘުގެ މައްޗަށެވެ: «لا تزال طائفة من أمتي على الحق منصورة» ⁽¹⁾ [މާނައީ: ތިމަންކަލޭގެފާނުގެ އުންމަތުގައި ޙައްޤުގެ މަތީ ނަޞްރުލިބިގެންވާ ބަޔަކު ފިލައިނުދާހުއްޓެވެ.]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(ދުވިއްސަތަ ސުވާލުގެ ސުވާލު ނަމްބަރު 20)
ـــــــــــــــــــــــــــــــ
[1] مسلم : 3/170، - (1523). މިއީ މުތަވާތިރު ޙަދީޘެކެވެ.



ޚުޟައިރިއްޔަ ސިލްސިލާ (10)

⬆️الطائفة المنصورة އަކީ ޞައްޙަ ޢަޤީދާ އާއިއެކު ޞައްޙަ މަންހަޖުގެ މަތީ ތިބި ބައިގަނޑެވެ.

ސުވާލު: ﷲ ޝެޚަށް ޘަވާބު ދެއްވާށި — އަހަރެންގެ އެންމެ ފަހު ސުވާލަކީ، ޝެއިޚުގެ އަރިހުން ނަޞޭޙަތަކަށެވެ. އެއީ މިޒަމާނުގައި "ނަޞްރުވެރި ބައިގަނޑު" (الطائفة المنصورة) ތެރެއިން ވުމަށް އެދޭ މީހުންނަށެވެ. އަދި އެޝެއިޚެއް ފުށުން އަހަރެމެންނަށް ފަތުވާއެއް ނެގޭނޭވަރު އިތުބާތު ހުރި ޝެއިޚަކަށް މަގުދައްކަވައި ދެއްވުމެވެ. އެއީ ބިރުގަނެފައިވާ ޢާލިމަކާއި މަގުގެއްލިފައިވާ ޢާލިމެއްގެ ދެމެދަށް އަހަރެމެން ގިނިކަންޏާ ދޫކޮށްލެއްވުމުގެ ބަދަލުގައެވެ.

ޖަވާބު: الطائفة المنصورة ގެ ތެރެއިން ވުމަށް އެދިއްޖެ މީހާ، ފަހެ ތަޥްޙީދާއި އޭގެ އެންމެހާ ބައިތަކެއްގައި، ސުންނަތް ޖަމާޢަތުގެ އަހުލުންގެ ޢަޤީދާއާއި އުޞޫލުގައި ގަދަޔަށް ހިފާހުށިކަމެވެ. އަދި ދެންވެސް ހުރި ޢަޤީދާގެ ބައިތަކާއި އަދި މަންހަޖާއި ޢަމަލުގައިވެސް ހިފުމެވެ. އަދި އޭނާގެ ދުލާއި ދުނިތިލައިން ޖިހާދު ކުރުމެވެ. (އެބަހީ ދައުވަތާއި ކަނޑިންނޭ އެވެ.) އަދި އެޝެއިޚެއް ފުށުން ފަތުވާ ހިފުން ތިބާއަށް ވާ ޝެއިޚަކީ، އެމީހެއްގެ ދީނާއި ޢިލްމުގައި އިތުބާރުހުރި ފަރާތެވެ. އެބޭފުޅުން އެބަތިއްބެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.

އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَسۡئَلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ﴾ (النحل 43)

[މާނައީ: ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ!]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 28 ގެ 2

~ ގަލަންދާނު 🖋

Galandān ގަލަންދާނު

13 Jan, 15:17


⬆️ What is CFD [in online trading and forex] , why is it ḥarām in general?

Video: https://www.youtube.com/watch?v=3gpFxHOBc7w

More:
⬆️Fatwā: CFD contracts are ḥarām, Islamqa, Islamic Fiqh Council (see: Fatwā no. 310956)
⬆️Fatwā: CFD contracts and it's types and rulings (Islamweb Fatwā no. 376897)

~ Galandān 🖋

Galandān ގަލަންދާނު

12 Jan, 11:37


ޚުޟައިރިއްޔަ ސިލްސިލާ (8)

⬆️ޢަޤީދާގެ ކަންތައްތަކުގައި ވަކިފަރުދަކަށް ތަބަޢަވެ ބަރޯސާ ވުމުގެ ޙުކުމް

ސުވާލު: ޢަޤީދާގެ ބާބުގައި ތަޤްލީދު ކުރުން ހުއްދަ ވެގެންވޭތޯއެވެ؟ އަދި މިބުނުން: "ތިމަންނާ މިވަނީ މިވެނި މީހެއްގެ ޢަޤީދާގެ މަތީގަޔޭ" — ޞައްޙަވެގެން ވޭ ތޯއެވެ؟

ޖަވާބު: އާއެކެވެ. އިޖުމާޢުގެ މަތިން އެކަން (އެބަހީ: ޢަޤީދާގެ ބާބުގައި ތަޤްލީދު ކުރުން) ހުއްދަވެގެން ވެއެވެ. އެކަމުގައި އިޖުމާޢު ނެރުއްވީ އައްސަފަރާނީ އެކަލޭގެފާނުގެ ޢަޤީދާ ˺ފޮތުގައެވެ.˹ އަދި އައްނަވަވީ ވެސް މެއެވެ. އެހެނަސް ޢަޤީދާގައި ކޮންމެހެންވެސް ކަށަވަރުވުން ލާޒިމެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿فَسۡئَلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ﴾ (النحل 43)
[މާނައީ: ކަލޭމެންނަށް ނޭނގެންޏާ ذِكْر ގެ أهل ވެރިންކުރެން ކަލޭމެން ނިކަންއަހައި ބަލާށެވެ!]

އެހެންކަމުން ސުވާލު ކޮށް އެއުރެންނަށް އޭގައި ތަޤްލީދު ކުރުމަށް (އެބަހީ: އިތުބާރާއިއެކު ބަރޯސާވުމަށް) މެނުވީ ލާޒިމު ނުކުރައްވައެވެ. އެހެނީ، އާދައިގެ ފަރުދުންނަށް (އެބަހީ: ޢިލްމީ ދަރިވަރުން ނޫން މީހުންނަށް) ދަލީލު މަޢުރީފާ ނުކޮށްގަނެވެއެވެ. އަދި އެހަނދުމަ ބެހެއްޓުމީ އޭނާގެ ޤާބިލުކަމަށްވުރެ މަތީގައިވާ ކަމެކެވެ.

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ﴾ (التغابن 16)
[މާނައީ: ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!]

﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ﴾ (البقرة 286)
[މާނައީ: ﷲ تعالى އެއްވެސް نفس އަކަށް އެ نفس އަށް އުފުލޭފަދަ تكليف އެއްނޫނީ ނުޖައްސަވައެވެ.]

އަދި "ތިމަންނާ މިވަނީ މިވެނި މީހެއްގެ ޢަޤީދާގެ މަތީގަޔޭ" — މިބުނުމާއި މެދު ދަންނައެ، އޭނާ އެއިން ނިސްބަތް ކުރަނީ ރަސޫލު ﷺ އަދި އަޞްޙާބުންގެ ތެރެއަށް ކަމުގައި ވާ ނަމަ، އޭގައި މަނަޢެއް ނުވެއެވެ. އަދި އޭނާ އެބަސް ނިސްބަތްކުރަނީ އެނޫން ފަރާތަކަށް ނަމަ، އެއީ ކާކުތޯ ބެލުން ވެއެވެ. ދެން އެރައްދުވާ މީހެއްގެ ޢަޤީދާ އަކީ ސުންނަތުގެ އަހުލުންގެ ޢަޤީދާ ނަމަ، އެއީ މީޘާލަކަށް އިމާމް އަޙްމަދު ނަމަ ނޫނީ މާލިކު ފަދަ ބޭކަލަކަށް ނަމަ، އެ ބުނުމުގައި މަނަޢެއް ނެތެވެ. މިއީ ތަޤްލީދު ހުއްދަވުމުގެ މައްޗަށެވެ. އަދި އެއަށްވުރެ ހެޔޮތާހިރީ އޭނާ މިހުރީ ސަލަފުންގެ ނޫނީ އަޞްޙާބުބޭކަލުންގެ ނޫނީ މިފަދަ ބޭފުޅުންތަކެއްގެ ޢަޤީދާގެ މަތީގައި ކަމަށް ނިސްބަތްވުމެވެ.


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 18

~ ގަލަންދާނު 🖋

Galandān ގަލަންދާނު

12 Jan, 11:29


ޚުޟައިރިއްޔަ ސިލްސިލާ (7)

⬆️މުސްލިމު ކޮންމެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް މިޙަޔާތުގައި އޮތް ވާޖިބަކީ ކޮބައިތޯއެވެ..؟

ޖަވާބު: އޭނާ އަކީ މުސްލިމަކު ކަމުގައި ވާހާހިނދެއްގައި، އޭނާގެ މައްޗަށް ވަނީ އީމާން ކަން ވަރުގަދަކޮށް، ކުފުރާއި ޝިރުކާއި ބިދުޢަ އާއި އުރެދުންތަކުގެ ސަބަބުތަކުން ދުރުހެލިވެ ހުރުމެވެ. އަދި ˺ދީނަށް˹ ދަޢުވަތު ދިނުމާއި، ˺ހެޔޮކަންކަމަށް˹ އަމުރުކޮށް ˺މުންކަރާތްތައް˹ ނަހީކުރުމެވެ. އެހެނީ، ހަމަކަށަވަރުން ކޮންމެ މުކައްލަފެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ، ﷲ އާއި އެއިލާހުގެ ދީނާއި އެއިލާހިގެ ރަސޫލު މަޢުރިފާކޮށް ދެނެގަތުމެވެ. އަދި އޭގެ މައްޗަށް ޢަމަލުކުޅައުމެވެ. އަދި އެއަށް ދަޢުވަތު ދިނުމެވެ. އަދި އެކަމުގައި ކުރިމަތިވާ ކެކުޅުންތަކަށް ކެތްތެރިވުމެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿وَٱلۡعَصۡرِ (1) إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ (2) إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ (3)﴾ (سورة العصر)
[ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.]


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 12

~ ގަލަންދާނު 🖋

Galandān ގަލަންދާނު

11 Jan, 12:30


ޚުޟައިރިއްޔަ ސިލްސިލާ (5)

ސުވާލު: އެންމެހާ ތާކުވާ މުސްލިމު އަސީރުންނާއިމެދު އުއްމަތުގެ މައްޗަށް އޮތް ވާޖިބަކީ ކޮބައިތޯއެވެ؟

ޖަވާބު؛: ކެރިކުޅަދާނަވީ މިންވަރަކުން އެވެރިން މިންޖުކުރުމެވެ. އެހެނީ ހަމަކަށަވަރުން އަސީރުން މިނިވަން ކުރުމީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ވާޖިބެކެވެ. އަދި ޢައިނިއްޔަ ފަރުޟެކެވެ. އަރަހުށި އިލާހު ވަޙީ ކުރެއްވިއެވެ:

﴿إِنَّمَا ٱلصَّدَقَٰتُ...﴾ މިއާޔަތް މިހެން ވަޙީ ކުރެއްވުމާ ހަމައަށޭ ﴿وَفِى ٱلرِّقَابِ﴾ (التوبة 60)
[މާނައީ: ހަމަކަށަވަރުން، صدقات ގެ ތަކެތި (އެބަހީ: ފަރުޟުވެގެންވާ ޒަކާތް) ވަނީ... އަދި الرِّقَابِ (އަޅުން) މިނިވަންކުރުމުގައިއެވެ.]

ބައެއް ޢިލްމިވެރިން ވިދާޅުވެފައިވާ ގޮތުގައި، الرِّقَابِ ގެ މާނައިގެ ތެރޭގައި އަސީރުން މިނިވަން ކުރުން ވެސް ހިމެނެއެވެ.

އަދިވެސް އަރަހުށި އިލާހު ވަޙީ ކުރެއްވިޔޭ:
﴿فَكُّ رَقَبَةٍ﴾ (البلد 13)
[މާނައީ: އެއީ އަޅުން މިނިވަންކުރުމެވެ.]

އަދި އޭގެ ތެރޭގައި އަސީރުން ހިމެނޭ ކަމުގައި އަލްޤުރުޠުބީ ވިދާޅުވިއެވެ.

އަދި ޞައްޙަވެގެންވާ ޙަދީޘެއްގައި⁽¹⁾ ވެއެވެ: «فُكُّوا الْعَانِيَ» [الْعَانِيَ މިނިވަންކުރާށެވެ.] — ˺الْعَانِيَ˹ އެބަހީ އަސީރެވެ. އަދި އަލްޤުރުޠުބީ އާއި ޢިލްމުވެރިން ކުރެ ބައިގަނޑެއް ވަނީ، އަސީރުން މިނިވަން ކުރުމުގެ ވާޖިބު ކަމުގެ މައްޗަށް އިޖުމާޢު ނަޤުލު ކުރައްވާފައެވެ. އަދި އެވެރިންގެ މައްޗަށް ވަކި މުއްދަތަކަށް ޤުނޫތު ކިޔުންވެސް ވެއެވެ. އެއީ ނަބިއްޔު ﷺ ގެ ޢަމަލުފުޅުގެ މައްޗަށެވެ. —އެއީ މައްކާގައި ނިކަމެތިވެފައިވާ ބޭކަލުންގެ މައްޗަށް ޢަމަލު ކުރެއްވިގޮތެވެ. ފަހެ އެބޭކަލުންނަށްޓަކައި ޤުނޫތު ކުރައްވައި މިންޖު ކުރެއްވުމަށް އެކަލޭގެފާނު ދުޢާކުރެއްވިއެވެ. — މިއީ އައްޞަޙީޙުގައި⁽²⁾ ވާރިދުވެފައިވާ ފަދައިންނެވެ.


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 8

~ ގަލަންދާނު 🖋

ــــــــــــــــــــــــــــــ
[1] ޞަޙީޙް އަލްބުޚާރީ (5373)
[2] އަލްބުޚާރީ (2932) އަދި މުސްލިމް (675)

Galandān ގަލަންދާނު

09 Jan, 10:25


ޚުޟައިރިއްޔަ ސިލްސިލާ (4)

⬆️ފަލަސްތީނުގައި ތިބި އަހަރެމެންގެ އަޚުންނަށް އަހަރެމެން ވެފައިވާ ބޭވަފާގެ ފާފައިން މިންޖުވުމުގެ މަގަކީ ކޮބައިތޯއެވެ؟

ޖަވާބު: ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ. އަދި އަހަރެމެންނަށް ކެރިކުޅަދާނަވީ ވަރަކުން އަހަރެމެންގެ ނަފްސުތަކުންނާއި މުދަލުންނާއި އަތްތަކުންނާއި ދޫތަކުންނާއި ގަލަންތަކުންނާއި އަދި އެނޫން އެންމެހާ ގޮތްތަކަކުން އެވެރިންނަށް މަދަދުވެރި ވެގެންނެވެ. އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރެއްވިއެވެ:

«جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ»

[ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.]⁽¹⁾

ރިވާކުރެއްވީ ސުނަން ފޮތްތަކުގެ ބޭފުޅުންނެވެ.❝


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 39

~ ގަލަންދާނު 🖋


ـــــــــــــــــــــــــــــ
[1] ސުނަން އަބޫ ދާވޫދުގެ ޝަރަޙް "ޢަޥްން އަލްމަޢުބޫދު" ގައި ވެއެވެ: ”މިޙަދީޘަކީ ޖާނުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ނިކުމެ ސީދާ ކާފަރުންނާއި ކުރިމަތިލުމެވެ. އަދި މުދަލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ޖިހާދާއި ހަތިޔާރާއި އެފަދަ އެންމެހާ އެއްޗަކަށް ހޭދަކުރުން ފަދަ، އެއަކުން އެވާޖިބު ކޮޅަށް ޖެހޭނޭ އެންމެހާ ކަމެއްގައެވެ. އަދި ދުލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ އެއުރެން މައްޗަށް ޙުއްޖަތް ޤާއިމުކުރުމާއި، ﷲ تعالى ގެ މަގަށް އެއުރެންނަށް ދަޢުވަތު ދިނުމާއި، އެއްޗެހިގޮވުމާއި މިފަދަ އެއަކުން ޢަދުއްވުންގެ ނިމުން ގެނުވޭނޭ އެންމެހާ ކަމެކެވެ. {وَلَا يَنَالُونَ مِنۡ عَدُوٍّ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَٰلِحٌۚ} [9:120] (...އަދި ޢަދުއްވަކަށް އެވެރިންދޭ ކޮންމެ ގެއްލުމެއްވިޔަސް، އެއިން ކޮންމެ ކަމަކީ އެވެރިންނަށް ޞާލިޙު ޢަމަލެއް ކަމުގައި ލިޔެވިގެންމެނުވީ ނުވާ އެއްޗެކެވެ.) —اهــ.

Galandān ގަލަންދާނު

09 Jan, 01:39


ޚުޟައިރިއްޔަ ސިލްސިލާ (3)

⬆️"ކުފުރު ޢަމަލީ" ގެ ތެރޭގައި މިއްލަތުން ބޭރުވާ ބޮޑު ކުފުރު ވެސް ހިމެނެއެވެ.

ސުވާލު: ފަހެ الكُفْر العَمَلِي ⁽¹⁾ (ޢަމަލުގެ ކުފުރޭ ބުނެވޭ ކަންތަކުގެ) ތެރޭގައި މިއްލަތުން ބޭރުވާ ތަކެއްޗާއި މިއްލަތުން ބޭރުނުވާ ތަކެތި ވޭތޯއެވެ؟ ނުވަތަ الكُفْر العَمَلِي ގެ އެންމެހާ އެއްޗަކީ كُفْر دُونَ كُفْر (ދީނުން ބޭރުވާ ކުފުރު ފިޔަވައިވާ ކުޑަ ކުފްރު) ތޯއެވެ؟ އަދި ހަމައެކަނި އިޢްތިޤާދު (މިޘާލަކަށް އިސްތިޙްލާލު ނުވަތާ ޖުޙޫދު) އާއި ލައިގެން މެނުވީ މިއްލަތުން ބޭރުނުވާ ތަކެތިތޯއެވެ؟

ޖަވާބު: الكُفْر العَمَلِي ގެ ދެވައްތަރެއް ވެއެވެ. އޭގެ ތެރޭގައި މިއްލަތުން ބޭރުވެދާ ތަކެތި ވެއެވެ. އެއީ ބުދަކަށް ސަޖިދަކުޅައުމާއި، ﷲ ނޫން ފަރާތަކަށް އެއްްޗެއް ގުރުބާން ކުރުމާއި، މުޞްޙަފް އިރައިލުމާއި، މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް މަދަދުވެރިވެ ވާގިވެރިވެ އެހީތެރިވެ ދިނުމާއި، ˺ވަޟަޢީ˹ ޤާނޫނުތައް تَشْرِيع ކުރުމާއި، އޭގެ ވަޤުތު ފާއިތުވެ ދިޔުމާއި ހަމަޔަށް ދަނެހުރެ އަދި ކަންނެތްކަމާއިއެކު ˺ވިޔަސް˹ ނަމާދު އެޅުން، އަދި މިފަދަ މިބާވަތުގެ ކަންކަމެވެ. ފަހެ މިހުރިހާ އެއްޗަކީވެސް އިޢުތިޤާދަށް ބެލުމެއް ނެތި އޭގެ ޢަމަލު ގެ މައްޗަށް ތަކްފީރު ކުރެވުމުގެ ސަބަބުތަކެވެ. އަދި الكُفْر العَمَلِي ގެ ތެރޭގައި ދުލާއި ގުޅިފައިވާ ކަންތައްތަކެއް ވެސް ހިމެނެއެވެ. މިޘާލަކަށް ﷲ އާއި އެއިލާހުގެ ރަސޫލަށް ބަދުބަސް ބުނުމާއި، ދީނަށް ނުވަތަ ދީނުގެ ޝިޢާރަކަށް މަލާމާތް ކުރުން ފަދަ ކަންކަމެވެ. ފަހެ މިއީ ވެސް ˺ނިޔަތަކަށް ބެލުމެއް ނެތި˹ ދުލުގެ ބަހުގެ މައްޗަށް އެކަނި ހުރި ކުފުރެވެ. އަދި ﷲ تعالى ވަޙީކުރެއްވިއޭ: ﴿وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ﴾ (التوبة 74) [އަދި ހަމަކަށަވަރުން އެމީހުން كُفْرُ ގެ كلمة ބުންޏެވެ. އެމީހުންގެ إسلام ކަމަށްފަހު އެމީހުން ކާފަރުވީއެވެ.]

ދެވަނައީ: މިއްލަތުން ބޭރުނުވާ كفر عملي އެވެ. މިޘާލަކަށް އެމީހެއްގެ ބައްޕަ ނޫން ފަރާތަކަށް ނަސަބު ކަނޑައެޅުމާއި، އަދި މުޞީބާތުގައި ހެދުންތައް އިރައި ކޯތަކުގައިތަޅައި ހޭރުމާއި، އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކުރުން ފަދަ ކަންކަމެވެ... އަދި ޙަދީޘުގައި ވެެޔޭ: «اثْنَتَانِ بِالنَّاسِ هُمَا بِهِمْ كُفْرٌ الطَّعْنُ فِي النَّسَبِ وَالنِّيَاحَةُ عَلَى الْمَيِّتِ» [ކުފުރުގެ ތެރެއިންވާ ދެކަމެއް މީސްތަކުންގެ ކިބައިގައި ވެއެވެ. އެއީ މީހުންގެ ނަސަބަށް ދެރަކުރުމުގެ ގޮތުން މަލާމާތްކުރުމާއި، އަޑު އުފުލައި މައްޔިތާގެ މައްޗަށް ރުއިމެވެ.]

☝️ދެންފަހެ الكُفْر العَمَلِي އަކީ އެކީއެއްކޮށް كفر دون كفر އޭ އަދި ޖުޙޫދު (އެބަހީ: އިންކާރަކޮށް ދެކޮޅުހެދުމާއި) އިސްތިޙްލާލު ކުރުން އެޔާއި ގުޅިގެން މެނުވީ، އެކީއެއްކޮށް މިއްލަތުން ބޭރު ނުވާނޭ ކަންކަމޭ — ބުނާ ބުނުމާއި މެދު ދަންނައެ، މިއީ ˺މަގުފުރެދިގެންވާ˹ މުރުޖިޢާއިންގެ ބުނުމުގެ ތެރެއިން، އަދި އެވެރިންގެ އިޢްތިޤާދުގެ ތެރެއިންވާ ކަމެކެވެ.“


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 38

~ ގަލަންދާނު 🖋

ــــــــــــ
[1] الكُفْر العَمَلِي : ޝަރީޢަތުން ކުފުރެއް ގޮތުގައި ނަންދެވިފައިވާ ބޭރުފުށަށް ކުރެވޭ ކޮންމެ ޢަމަލަކަށް ކުފުރު ޢަމަލީ އޭ ބުނެވެއެވެ. ބައެއް ޢިލްމުވެރިން މިބަސް ކުޑަ ކުފުރުގެ ޢަމަލުތަކަށް އެކަނި ބޭނުން ކުރައްވައެވެ. އެހެނަސް އޭގެ މުރާދަކީ ޢަމަލުން ކުރެވޭ ކޮންމެ ކުފުރަކީ ކުޑަކުފުރު ކަމުގައެއް ނޫނެވެ. އެގޮތުން މުޙައްޤިޤުން މިމާނަ ތަފްސީލު ކުރައްވަވައި މުރުޖިޢާއިންގެ އޮޅުވުންތަކަށް ރައްދު ދެއްވާފައިވެއެވެ. (ބަލައިހޯދުމަށް: އަލްޙާފިޡް އަލްޙަކަމީގެ أعلام السنة المنشورة ޞ. 99 ، 100)

Galandān ގަލަންދާނު

08 Jan, 03:11


ޚުޟައިރިއްޔަ ސިލްސިލާ (2)

ބަޔާންވެވުނު [ ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމުގެ ] ކަންތަކުގައި، كفرا دون كفر (ކުޑަ ކުފްރު) އަށް ވާ ކަންކަމާއި كفرا اكبر (ބޮޑު ކުފްރު) އަށް ވާ ކަންކަމަކީ ކޮބައިތޯއެވެ؟

[ޖަވާބު] ﷲ ބާއްވައިލެއްވި ޙުކުމް ފިޔަވައި އެއްޗަކުން ޙުކުމް ކުރުމުގެ ކަންތަކުގައި ތަފްޞީލު ވެއެވެ. ބައެއް ފަހަރު އިމާން ކަމާއި މިއްލަތުން ބޭރުވެދާ ބޮޑު ކުފުރު އޭގައި ވެއެވެ. އެއީ [އިސްލާމީ] ޝަރީޢަތާއި ޚިލާފު ޤަނޫނަކުން ނުވަތަ ޘަޤާފަތަކުން ނުވަތަ އާދަކާދައަކުން ނުވަތަ ޝަރުޢުތަކަކުން އެކަން ކުރާހިނދުގައެވެ. އެހެނަސް އޭނާ ޙުކުމް ކުރަނީ [ވަކި ނިޔާއެއް ކަނޑައެޅުމުގެ ތެރޭ] އޭނާގެ ހަވާނަފުސަށް ނޫނީ ޝަހުވަތަކަށް ނަމަ، މިއީ ވާޖިބު އީމާން ⁽¹⁾ ނަފީ ވެގެންދާ ކުޑަ ކުފުރެވެ. އެއީ {ޤާޟީން ވަނީ ތިނެކޭ، ˺އެއިންް˹ ދެޤާޟީން ވަނީ ނަރަކައިގަޔޭ} އޮތް ޙަދީޘުގެ މައްޗަށެވެ. ދެން ˺އޭގެ ތެރޭގައި˹ ޖާހިލު ޤާޟީއާއި ހަވާނަފްސުގެ މައްޗަށް ޙުކުމް ކުރާ ޤާޟީ ޛިކުރުކުރެއްވިއެވެ. އަދި މިކަމުގައި ހެކިލިބޭ އެއްޗަކީ މިއެވެ. — އެޙަދީޘު ރިވާކުރެއްވީ ސުނަން ފޮތްތަކުގެ ބޭފުޅުންނެވެ. ދެންފަހެ ޝަރީޢަތާއި ޚިލާފަށް التشريع ކުރުން (އެބަހީ: ވަޟަޢީ ޤާނޫނު ހެދުން) ދަންނައެ، މިއީ އިތުރު ތަފްޞީލެއް ނެތި ބޮޑު ކުފުރެވެ.“


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 36

~ ގަލަންދާނު 🖋


ــــــــــــــــــــــ
[1] الإيمان الواجب އަކީ އެކަމެއް ކުރުން ނޫނީ ނުކޮށް ދޫކުޅައުން ކަމުގައިވިޔަސް، އެކަމުގެ މައްޗަށް ވަޢީދު އައިސްފައިވާ އެހެނަސް ކުފުރު ނުވާ ކަންކަމެވެ. ވީމާ الإيمان الواجب ދޫކުޅައުމަކީ މިޘާލަކަށް ޒިނޭ ކުރުމާއި، ރިބާ ކެއުމާއި، ވައްކަން ކުރުމާއި، ރާބުއިން ފަދަ ކަންކަމެވެ. އެކަމުގައި (ކުފުރު ނުވުމަށް) އޮންނަ ޝަރުޠަކީ އެކަން ޙަލާލު ނުކުޅައުމާއި އެއަށް (އޭގެ ޝަރުއީ ޙުކުމަށް) އިންކާރު ނުކުޅައުމެވެ. އެބަހީ ޙަރާމް ކަންތައް ޙަލާލު ނުކުރުމެވެ. އަދި ވާޖިބަށް އިންކާރު ނުކުރުމެވެ. މިއާ ޚިލާފަށް أصل الإيمان އަކީ އެއެއް ނެތިއްޖެނަމަ، އީމާކަން އެއްކޮށް ނަފީވެގެންދާ ކަންކަމެވެ. އަދި ކުފުރުން ސަލާމަތްވެ އީމާން ކަމުގެ ތަރަހައަށް ވަދެވެނީ އެޔާއި އެކުގައެވެ. އޭގެތެރޭގައި ހިމެނެނީ: (ހ) އެޢަމަލެއް ދޫކުޅައުމީ ކުފުރަކަށްވާ އެންމެހާ ކަންކަމެވެ. އެހެންކަމުން އެ ޢަމަލު ކުރުމީ أصل الإيمان އެވެ. މިޘާލަކަށް (ކަލިމަޔަށް) ދުލުން އިޤުރާރު ވުމާއި، ތަޞްދީޤާއި ހިތުގެ އިންޤިޔާދު ފަދައެވެ. އަދި (ށ) އެޢަމަލެއް ކުޅައުމީ ކުފުރަކަށްވާ ކަންކަމެވެ. ވީމާ އެ ޢަމަލު ނުކުރުމީ أصل الإيمان އީމާނެވެ. މިޘާލަކަށް ދީނަށް ޖޯކުޖެހުން، ވާޖިބަކަށް އިންކާރު ކުރުން، ﷲ ނޫން ފަރާތަކަށް ދުޢާ ކުރުން ނޫނީ ވާތްގަށް އެދުން ފަދަ ކަންކަމެވެ.

Galandān ގަލަންދާނު

07 Jan, 17:00



ދެންފަހެ އޭޭނާ ޙުކުމް ކުރަނީ ˺އިސްލާމީ˹ ޝަރީޢަތާއި ފުށުއަރާ ގޮތަށް އޮތް ޝަރީޢަތެއް ނޫނީ ޤާނޫނު އަސާސީއެއް ނޫނީ މާއްދާއެއް، ނޫނީ ބިލެއް ނޫނީ ސާކިއުލަރއެއް ނޫނީ ޘަޤާފަތަށް ނޫނީ އާދަކާދަޔަށް އަދި މިބާވަތުން ކުރެ އެއްޗަކަށް ނަމަ، މިއީ ˺ކުޑަ ކުފުރުގެ ޙާލަތަށް ނުވަންނަ˹ ބޮޑު ކުފުރެވެ.

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ﴾ (المائدة 44)
[އަދި ﷲ ބާވައިލެއްވި حكم ން حكم ނުކުރާމީހުން (ދަންނައެވެ!) ފަހެ ކަނޑައެޅިގެން އެމީހުން އެއީ ކާފަރުންނެވެ.]

ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿أَلَمۡ تَرَ إِلَى ٱلَّذِينَ يَزۡعُمُونَ أَنَّهُمۡ ءَامَنُواْ بِمَآ أُنزِلَ إِلَيۡكَ وَمَآ أُنزِلَ مِن قَبۡلِكَ يُرِيدُونَ أَن يَتَحَاكَمُوٓاْ إِلَى ٱلطَّٰغُوتِ وَقَدۡ أُمِرُوٓاْ أَن يَكۡفُرُواْ بِهِۦ﴾ (النساء 60)
[ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެމީހުން އެ އެދެނީ طاغوت ގެ ފަރާތުން حكم ހޯދުމަށެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް أَمْرُ ވެވިގެންވަނީ طاغوت އަށް ކާފަރުވާށެވެ.]

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابًا مِّن دُونِ ٱللَّهِ﴾ (التوبة 31)
[އެމީހުންނަކީ އެމީހުންގެ علم ވެރިންނާއި رَاهِبُ ން (يعني: އަޅުވެރިން) އެއީ ﷲ ފިޔަވައި ربّ ންތަކެއްކަމުގައި ހެދި ބައެކެވެ.]

އަދި މިއީ ކަންކަން ޙަލާލު ކުރުމާއި ޙަރާމް ކުރުމުގައި އެއުރެންނަށް ބޯލެނބުން ކަމުގައި ނަބިއްޔު ﷺ ވަނީ ތަފްސީރު ކުރައްވާފައެވެ.

އަދިވެސް ﷲ تعالى ވަޙީ ކުރެއްވި އެވެ:
﴿وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ﴾ (الأنعام 121)
[އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، مشرك ންކަން ކަށަވަރެވެ.]
(ނިމުނީ)


— އައްޝެއިޚް އަލްޢައްލާމާ ޢަލީ ބުނު ޚުޟައިރުލް ޚުޟައިރު (فك الله اسره)
(އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް ގެ "އައްސަލަފިއްޔޫން ފޯރަމް" ގައި ބޭއްވުނު "ހުޅުވާލެވިފައިވާ މަޖިލިސް" ގެ 200 ސުވާލާއި ޖަވާބު އިން.) ސުވާލު ނަމްބަރު 35

~ ގަލަންދާނު 🖋

Galandān ގަލަންދާނު

05 Jan, 05:15


⬆️ އިސްލާމްދީނާ ފުށުއަރާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ތެރެއިން: ސަމޯއާގެ މުޢާހަދާ (Samoa Agreement)

https://dhisalafiyyah.net/article/47562

Galandān ގަލަންދާނު

04 Jan, 10:01


”ދަރިޔަކު އުފަންވެގެން ތަހުނިޔާ ކިޔުމާއި މެދު އޮތް ޙަދީޘު «باركَ لكَ في الموهوب لك، و شكرتَ الواهبَ..»
#حديث_ضعيف

ނަބިއްޔު ﷺ އަރިހުން ޘާބިތެއް ނޫނެވެ.
އެއީ ޙަސަނުލް ބަޞްރީގެ ބަސްފުޅުތަކުގެ ތެރެއިން ވާ އެއްޗެކެވެ.
އެ ދުޢާ ކިޔުމުގެ މައްސަލައެއް ނުވެއެވެ.“

— އައްޝެއިޚް އަލްމުޙައްދިޘް ޚާލިދުލް ޙާޔިކް (ބަސްކޮޅު)


🔸އައްޞާދިޤު އަލްޙާޝިމީ ވިދާޅުވިއެވެ:

”މިމައްސަލާާގައި މިބަސްކޮޅެއްވެސް އަދި މިނޫން ބަސްކޮޅެއްވެސް، އެހެންޏާ މަރުފޫޢުކޮށް ނަބިއްޔު ﷺ އަރިހުން ނޫނީ މަޥްޤޫފުކޮށް އަޞްޙާބުބޭކަލުންގެ ގާތުންވިޔަސް ޞައްޙަވެފައި ނުވެއެވެ. އައިސްފައިވަނީ ޙަސަނުލް ބަޞްރީ رحمه الله ގެ އަރިހުންނެވެ. والله أعلم.“


🔸އައްޠަރީފީ ވިދާޅުވިއެވެ:

”އަލަށް އުފަންވާ ދަރިއަކަށް އުފަންވުމާއި ވިދިގެން ކިޔުމަށް ޚާއްޞަ ދުޢާއެއް ސުންނަތުން ޘާބިތުވެފައި ނުވެއެވެ. އަދި މިކަމުގައި އަޞްޙާބު ބޭކަލުންގެ އަރިހުންވެސް ޞައްޙަ ބަސްފުޅެއް ވާރިދުވެގެން ނުވެއެވެ. މިކަމުގައި އެންމެ ގާތް ވެގެންވާ އެއްޗަކަށްވެސް އޮތީ ޙަސަނުލް ބަޞްރީ ތަހްނިޔާ ކިޔުމަށް އުނގަންނަވައިދެއްވައި މީހަކަށް ކިޔައިދެއްވި ބަސްފުޅެކެވެ: «ކިޔާށޭ: بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ»⁽¹⁾ —ރިވާކުރެއްވީ އިބްނުލް މުންޛިރު އާއި އިބްނު ޢަސާކިރެވެ.“


📝 އަހަރެން ބުނަމެވެ: އަލްޙަސަނުލް ބަޞްރީގެ އަރިހުން ވާރިދުވެފައިވާ މިބަސްކޮޅު ދެ ސަނަދަކުން އައިސްފައިވެއެވެ. އަދި އެދޭތީގައިވެސް ބަލިކަށިކަމެއް ވެއެވެ. އެހެނަސް އަޅުކަންތަކުން ބޭރުގައި ކިޔެވޭ ދުޢާގެ އަޞްލަކީ އެތަކެތި ވަކި ޚާއްޞަ ކަލިމަތަކަކަށް ހިފެހެއްޓިގެން ނުވުމެވެ. އަދި އިޚްތިޔާރު އޮތުމެވެ. ވީމާ ތިބާގެ ދުލަށް ފަސޭހަ ކޮންމެ ދުޢާއެއް ވިޔަސް އެފަދަ ޙާލެއްގައި ކިޔުން ހުއްދައެވެ. އަދި ކިއެއްތަ، މިޙާލަތުގައި އެކަން މުސްތަޙައްބު ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ ނަވަވީއިމާމު المجموع (8/443) ގައި، އަދި الأذكار (ص/289) ގައި ނަންގެންނެވި ފަދައިންނެވެ. އަދި އިބްނު ޤުދާމާ المغني (9/464) ގައިވެސް އެހެން ޛިކުރު ކުރެއްވިއެވެ.


⬆️ ފައިދާއެއް:

އަލްއުޞައިމީ ވިދާޅުވިއެވެ: ”ތާބިޢީން ގެ އަރިހުން ދަރިޔަކު އުފަންވުމާއި ވިދިގެން ތަހުނިޔާ ކިޔުމަށް ”جعله الله مباركا عليك وعلى أمة محمد ﷺ “ — މިބަސްކޮޅު ޘާބިތެވެ. ދެންފަހެ އަލްޙަސަން އަރިހުން އޮތް ބަސްކޮޅު ”بورك لك في الموهوب وشكرت الواهب....“ އެކަލޭގެފާނު އަރިހުން އެބަސްކޮޅު ޘާބިތެއް ނޫނެވެ. “


📝 އަހަރެން ބުނަމެވެ: މި ބަސްކޮޅު ”جَعَلَهُ اللهُ مُبَارَكًا عَلَيْكَ وَعَلَى أُمَّةِ مُحَمَّدٍ ، صَلَّى اللهُ عَلَيْهِ وَسَلَّمَ “⁽²⁾ އައިސްފައިވަނީ ތާބިޢީންގެ ތެރެއިން އައްޔޫބުއް ސަޚްތިޔާނީ އަދި ޚުދު އަލްޙަސަނުލް ބަޞްރީގެ އަރިހުންނެވެ. އަދި މި ރިވާޔަތްތަކާއި މި މައްސަލާގައި އިތުރަށް ބަލައިހޯދުމަށް އިސްލާމް-ސުވާލުޖަވާބު 205068 އަށް ބަލާށެވެ.

~ ގަލަންދާނު 🖋


ــــــــــــــــــ
[1] މާނައީ: "ﷲ ތިބާއަށް ބަރަކާތް ލައްވާށިޔޭ އެއިލާހު ތިބާއަށް ދެއްވި ހަދިޔާގައި، އަދި އެދެއްވި ފަރާތަށް ތިބާ ޝުކުރުވެރިވާށިއެވެ. އަދި (އެކުއްޖާ) ފުރާފުރިހަމަ ކުރައްވާށިއެވެ. އަދި އޭނާގެ ކަމޭހިތުން ތިބާއަށް ރިޒްޤު ކުރައްވާށިއެވެ."
[2] މާނައީ: ”ތިބާއަށާއި މުޙައްމަދު ﷺ ގެ އުއްމަތަށް އޭނާ އަކީ ބަރަކާތެއް ކަމުގައި ލައްވާށިއެވެ.“

Galandān ގަލަންދާނު

03 Jan, 13:06


3️⃣އަދި މިގޮތަށް ބުރައިގެންދާ ކުޑަ އެތި ކޮޅުތައް ޢަފޫވުން ދަލީލު ކޮށްދެނީ، މުސްލިމް (403) ގައި ރިވާކުރެއްވި ޙަދީޘުންނެވެ. އެއީ އަބޫ ވާއިލު އަރިހުން ވިދާޅުވިޔޭ: ކުޑަކަމުދާ ތަކެތީގެ ކަންތަކުގައި އަބޫ މޫސާ ވަރަށް ހަރުކައްޓެވެ. އަދި ކުޑަކަމު ވަޑައިގަންނަވަނީ ބޯތައްޓަކަށެވެ. (އެއީ އެއިން އެއްޗެއް ބުރައިގެން އައިސްދާނޭކަމުގެ ބިރަށްޓަކައެވެ.) އަދި އެކަލޭގެފާނު ވިދާޅުވެޔޭ: ފަހެ ބަނީ އިސްރާއީލުގެ މީސްތަކުންގެ ހަންގަޑުގެ (އެބަހީ ހެދުމުގެ) ތަންކޮޅަކަށް ކުޑަކަމުދާ ތަކެތި ބުރައިފިނަމަ، ކަތުރަކުން އެތަންކޮޅު ބުރިކޮށްލައެވެ.“

˺މިވާހަކަތައް އަޑުއައްސަވާފައި˹ ޙުޛައިފަތުގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުންގެ އެކުވެރިޔާ (އަބޫ މޫސާ) މިކަމުގައި މިހަރުކަށިކަން ނުގެންގުޅުމަށް އަހަރެން އެދެމުއެވެ. ފަހެ ރާސޫލު ﷲ ﷺ އާއިއެކު އަހަރެން އެއްފަހަރަކު ހިނގާފައި ދިޔަ ދުވަހެއް މަތީން އަހަރެން ހަނދުމަ އެބަހުއްޓެވެ.

އަދި ފާރެއްގެ ބިއްދޮށަށް އޮތް ކުނިބުނި އަޅާތަނަކަށް ވަޑައިގެންނެވުމުން، ތިޔަބައިމީހުންގެ ތެރެއިން މީހެއް ހަމަ ކޮޅަށް ހުންނަ ފަދައިން ކޮޅަށް ހުންނަވައި، ކުޑަކަމު ވަޑައިގެންނެވިއެވެ. އަހަރެން ދުރަށް ދާން ގަސްތުކުރީމެވެ. އެހެނަސް އެކަލޭގެފާނު އަހަރެންނަށް އިޝާރާތް ކުރެއްވުމުން އެކަލޭގޭފާނުގެ ފައިންޕުޅު ގާތު ފަހަތުގައި އަހަރެން އައިސް ހުރީމެވެ.⁽³⁾ އެކަލޭގެފާނު އަވަދިވެވަޑައިގެންނެވުމާއި ހަމައަށެވެ.“

އައްނަވަވީ ވިދާޅުވިއެވެ: ޙުޛައިފަތުގެފާނުންގެ މިވާހަކަފުޅުގެ މަޤުޞަދަކީ ˺ކުޑަކަމުދާތަކެތިން ސަލާމަތް ވުމަށް އަބޫ މޫސާ ކަންތައް ކުރެއްވި˹ ފަދައިން ހަރުކަށިވުމަކީ، ސުންނަތާ ޚިލާފުކަމެއް ގޮތުގައި ވިދާޅުވުމެވެ. އެހެނީ ނަބިއްޔު ﷺ ކުޑަކަމުވަޑައިގެންނެވީ ކޮޅަށް ހުންނަވައިގެނެވެ. އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި ކޮޅަށް ހުރެއްޖެ މީހާ ވަނީ، ތިކި ބުރުމަށް ހާމަވެފައެވެ. އެހެނަސް ނަބިއްޔު ﷺ މި އިޙްތިމާލަށް (އެބަހީ: އަންދާސާ އަށް) ފަރުވަލެއް ނުބަހައްޓަވައެވެ. އަދި އަބޫ މޫސާ رَضِيَ اللَّه عَنْهُ ކަންތައް ކުރެއްވިފަދައިން ބޯތައްޓަކަށް ކުޑަކަމު ދިޔުމުގެ ބުރައެއް ނުއުފުލައްވައެވެ. “ — ނަވަވީގެ ބަސްކޮޅު “شرح صحيح مسلم” (3/167) އިން މިހިސާބަށް.

📝 އަހަރެން ބުނަމެވެ: އަދި މީގައި ޝައްކުބައްޔަށް އަރައިގަތުމަށް މަގުފަހިވާ ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު އެއްސަބަބަށް އަލިގަދަ ސާފު ޝިފާއެއް ވެއެވެ. އެއީ ސުންނަތް ގޮތީ މިކަމުގައި ހަރުކަށިނުވުން ކަމުގައެވެ.


4️⃣ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ”ނަޖިހުގެ ކުޑަ މިންވަރަޒް ފަރުވާލެއް ދެވުން ނުވެއެވެ. އަދި އެއީ ކާއެއްޗަކަށް ވެއްޓިއްޖެ މީދާ ގުއިކޮޅެއް އަދި އެޒާތުގެ އެއްޗެއް ވިޔަސްއެވެ. އަދި މިއީ އަޙްމަދުގެ މަޛުހަބުގައި (އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ) އެއްޤަޥްލެވެ. އަދި މަގެއްގެ ވެލިގަނޑުގައި ނަޖިސް ހުރެއްޖެކަން ކަށަވަރުވިޔަސް، ހޭކޭ އެތީގެ ކުޑަމިންވަރުގެ ސަބަބުން އެއަށް ފަރުވާލެއް ދެވުން ނުވެއެވެ. (އެވަނީ މަޢާފުވެގެންނެވެ.) އެއީ އެއިން ވީއްލި ހުރުމަށް އޮތް ބުރަކަމުގެ ސަބަބުންނެވެ. (އެބަހީ: އެބުރަ އުފުލުން ދީން ލާޒިމު ނުކުރެއެވެ.) ... އަދި ވަޔަށް އަރައިގެން އަންނަ ހިކި ކުނޑިޔަށްވެފައިވާ ގެރީގެ ގުއި އަދި އެފަދަ ތަކެތިވެސް ވަނީ މިފަދައިންނެވެ. އެއަކުން މިންޖުވުން ކުޅަދާނަ ނޫން ނަމަ: އެއަށް ބެލުމެއް ނުވެއެވެ. (ވަނީ ޢަފޫ ވެގެންނެއެވެ.) — އިބްނު ތައިމިއްޔާ ގެ ބަސްކޮޅު މިހިސާބަށް “الفتاوى الكبرى” (5/ 313) އިން.


5️⃣އިބްނު ޢުޘައިމީން ވިދާޅުވިއެވެ: ”ޞައްޙަ ބުނުމަކީ: އަބޫ ޙަނީފާ އާއި ޝެއިޚުލް އިސްލާމް ކަނޑައެޅުއްވި ރައުޔެވެ. ... އަދި އެއިން މިންޖުވެހުރުމުގެ ދަތި އުދަގޫ ކަމުގެ ސަބަބުން އެއަަށް ބެލެވުން ނުވާ ކުޑަ މިންވަރުގެ ނަޖިސް ތަކުގެ ތެރޭ ހިމެނޭ އެކައްޗަކީ: އެއިން ސަލާމަތްވެ ހުރުމަށް އޭނާއަށް ވީވަރަކުން ފަރުވާތެރިވާ ޙާލުވެސް ކުޑަކަމުދާ ތަކެތި ހިފެހެއްޓުމުގައި ދަތިކަން ހުންނަ މީހާއަށް ލައިގަންނަ ހީސްތިއްކެވެ.“ ޢުޘައިމީންގެ ބަސްކޮޅު މިހިސާބަށް “الشرح الممتع” (1/ 447) އިން.

(ފަހުން މިގެނެވުނު ޤަޥްލުތަކުގެ އަޞްލުތައް ބަލައިހޯދުމަށް، އިސްލާމް ސުވާލުޖަވާބުގެ 221756 އަށް ރުޖޫޢަވާށެވެ.)


~ ގަލަންދާނު 🖋


ــــــــــــــــــ
[3] އެބަހީ ދުރަށް ޖެހި ހުންނެވީ އިޝާރާތް ކުރުމުން ފެންނަ ހިސާބުގައިކަމެވެ. އަދި ގާތަށް ޖެހުމަށް އެންގެވީ އެހެންޏާ ރަސޫލު ﷲ ފަރުދާ ކުރެއްވުމަށެވެ. އަދި އައްޠަބަރާނީގެ ރިވާޔަތުގައި މިކަން މިހެން ޞަރީޙަކޮށް ވެއެވެ. އަދި އެއީ ފަހަރެއްގައި އެކަމުގެ ހުއްދަ ހާމާކުރެއްވުމަށްޓަކައެވެ. އަދި މިއީ ބޮޑުކަމުދިޔުމުގެ އާދަކާދަޔާއި ޚިލާފަށެވެ. އަދި އެހެން ނޫނީ އެއީ ފާރުން ނިވާފައިވާ ޙާލު އެކަލޭގޭފާނާއި ގާތަށެވެ. އަދި ޙުޛައިފާ އެނބުރި ހުންނަވައިގެން އެކަލޭގެފާނު ހާމާނުވާނޭ ހެން ހުންނެވުމަށެވެ. (ޚުލާސާކޮށް އިބްނު ޙަޖަރުގެ ފަތުޙުލް ބާރީއިން)

Galandān ގަލަންދާނު

30 Dec, 04:57


📝 Reading from the Muṣḥaf in Obligatory Prayers

❝ Shaykh ˹Sulaymān˺ Al-ʿAlwān was asked about reading the Qurʾān by carrying the Muṣḥaf during obligatory prayer?

He replied: There are three juristical views on this:

1️⃣ It is forbidden [ḥarām] to pray with the Muṣḥaf during obligatory prayer; due to the excessive movement, and [the status of] the reciter is not given priority in this case.

2️⃣ It is disliked [makrūh], due to the lack of evidence to declare it prohibited [ḥarām], and as for the [objection to] movement, it is valid if it is for a need [ḥājah].

3️⃣ It is permissible [jāʾiz] with two conditions:
⬆️That he is not a ḥāfiẓ [one who has memorized the Qurʾān]
⬆️That there is no one [praying] behind him who is a ḥāfiẓ

Their evidence is what came in Al-Bukhārī⁽¹⁾ in Muʿallaq form⁽²⁾ , with an authentic chain of transmission, on the authority of ʿĀʾishah, [praying] with her freed slave. ❞



— Shaykh Sulaymān Al-ʿAlwān (text)
~ Galandān 🖋


-----------------------
[1] Al-Bukhārī stated in his ṣaḥīḥ: “Chapter on the imāmah of a slave and freed slave.” Then he quoted “ʿĀʾishah’s slave Dhakwan would lead her in prayer from the Muṣḥaf”
[2] Meaning, Al-Bukhārī documented it without an isnād (chain of transmission). Ḥāfiẓ Ibn Ḥajar attached an isnād to it in Taghlīq al-Taʿlīq (2/290) and declared, “It is an authentic narration.”

Note: We have already posted a detailed article on the issue of reading from the Muṣḥaf in Sunnah prayers. [In Dhivehi, here]

Galandān ގަލަންދާނު

29 Dec, 18:05


Shaykh ˹Sulaymān˺ Al-ʿAlwān was asked about the most beneficial times for ḥijāmah (cupping), and if anything was established with regards to it?

He replied, “The aḥādīth reported regarding the specific timing of cupping are questionable, and none are authentic. As for the most beneficial times for cupping, they are, as Imām Aḥmad—may Allah have mercy upon him—said, ‘when the blood is agitated (pumping strongly).’”

— Sulaymān Al-ʿAlwān (text)
~ Galandān 🖋

Galandān ގަލަންދާނު

28 Dec, 13:49




އަދި ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ވިދާޅުވިޔޭ: ”ތިމަންކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގަންނަވަނިކޮށް ނަބިއްޔު ﷺ ދެކެވަޑައިގެންނެވިއެވެ. އެހެންކަމުން ޙަދީޘް ކުރެއްވިޔޭ «يا عمر لا تبل قائماً» ”އޭ ޢުމަރޭ، ކޮޅަށް ހުރެ ކުޑަކަމު ނުދާށެވެ.“ ވީނާ އެއަށްފަހު ތިމަންކަލޭގެފާނު ކޮޅަށްހުރެ ކުޑަކަމު ނުދަމެވެ.“ — މިރިވާޔަތަކީ އޭގެ ޟަޢީފު ކަމާއި މެދު އިއްތިފާޤުވެވިފައިވާ ރިވާޔަތެކެވެ.

📌އަދި ކޮޅަށްހުރެ ކުޑަކަމު ދިޔުން ނަހީވެގެންވާ އެއްވެސް ޙަދީޘެއް، މަރުފޫޢަ ގޮތުގައި ޞައްޙަވެފައި ނުވެއެވެ.

މިއާ ޚިލާފަށް ޞައްޙަ ވެފައިވަނީ އެކަން ޙުއްދަ ކަމުގެ މައްޗަށެވެ. ފަހެ ނަބިއްޔު ﷺ އެކަން ޢަމަލުން ކުރެއްވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން ބައިގަނޑެއް އެއަށް ޢަމަލުކުރެއްވިއެވެ.

🤚މިއާއި އެކުވެސް، އިށީނދެ އިނދެ ކުޑަކަމުދިޔުމަކީ، މޮޅުއިތުރު ގޮތެވެ. އެހެނީ އެއީ ނަބިއްޔު ﷺ ގިނައިން ކަންތައް ކުރެއްވިގޮތެވެ. އަދި ކުޑަކަމުދާތަކެތި ބުރައިގެން ދިޔުމުން ބޮޑަށް ރައްކައުތެރި ގޮތެވެ. والله أعلم.


ލިޔުނީ
ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ރިސާލާ)

- ނިމުނީ -

~ ގަލަންދާނު 🖋

Galandān ގަލަންދާނު

28 Dec, 13:49


📝 ކޮޅަށްހުރެ ކުޑަކަމު ދިޔުމުގެ ޙުކުމް

ފަޟީލަތުއް ޝެއިޚް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން حفظه الله تعالى އަށް. ޝަރުޢީ ގޮތުން ކޮޅަށް ހުރެ ކުޑަކަމު ދިޔުން ހުއްދަހެތޯއެވެ؟ އަހަރެމެން ގެ އެއްވުމެއްގެ ތެރެއިން ބައެއްގެ ތެރޭ މިމައްސަލާގައި އަރައިރުމެއް ވަނީ އުފެދިފައެވެ. އެއްބަޔަކު އެކަން ހުއްދައޭ ބުނާއިރު އަނެއް ބަޔަކު އެކަން މަނަޢު ކަމަށް ބުނެއެވެ. އެހެންކަމުން މި ސުވާލު ފަޟީލަތްތެރި ޝެއިޚް އަށް އެރުވުމަށް އެއްމެންވެސް ވަނީ އެއްބަސްވެފައެވެ. އެއީ މިކަމުގައި އޮތް ރަނގަޅު ބުނުމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައެވެ.


بسم الله الرحمن الرحيم

މިމައްސަލާގައި ވާ ޤަޥްލުތަކުގެ ތެރެއިން ޞައްޙަކަން އެންމެ ބޮޑު ޤަޥްލަކީ، ކޮޅަށް ހުރެ ކުޑަކަމު ދިޔުން ހުއްދަކަމެވެ. އަދި އެކަމުގައި މަކުރޫހަކަމެއް ނެތުމެވެ.

ޙުޛައިފާ رضي الله عنه ވިދާޅުވިއެވެ: ”ބަޔަކުމީސްތަކުންގެ ކުނިބުނި އުކާ ތަނެއްގެ ގާތަށް ނަބިއްޔު ﷺ ވަޑައިގެންނެވުމުން، އެކަލޭގެފާނު ކޮޅަށް ހުންނަވައި ކުޑަކަމު ވަޑައިގެންނެވިއެވެ. ދެން ފެން ކަންވާރެއް ގެންނެވުމަށް ތިމަންކަލޭގެފާނު އަރިހު ޙަދީޘުކުރެއްވިއެވެ. އަދި ފެން ގެންނެވުމުން، ވުޟޫއު ކުރެއްވިއެވެ.“ މިޙަދީޘް ރިވާކުރެއްވީ ޢަލްބުޚާރީ (224 ގައި) އެވެ. އެއީ ޝުޢުބާ ގެ މަގުން އަލްއަޢްމަޝްގެ އަރިހުން އަބޫ ވާއިލުގެ އަރިހުން ޚުޛައިފަތުގެފާނު ގާތުންނެވެ. އަދި މުސްލިމް (273 ގައި) ވެސް ރިވާކުރެއްވިއެވެ. އެއީ އަބޫ ޚައިޘަމާގެ މަގުން، އަލްއަޢްމަޝްގެ ގާތުންނެވެ. އަދި އަލްބުޚާރީ މިޙަދީޘު ބާބު ކުރެއްވީ: ”ބާބު: ކޮޅަށް އަދި ތެދުވެ ހުރެ ކުޑަކަމު ދިޔުން“ މިހެންނެވެ.

މިއީ އިހުގެ ޢަރަބިންގެ އާދައެވެ. އެއުރެން ކޮޅަށް ތިބެ ކުޑަކަމުދެއެވެ. އަދި އިސްލާމްދީން އައުމަށްފަހު މިކަމަށް ˺މިބީދައިން˹ ރުހުން ދެވުނެވެ. އެހެންކަމުން ނަބިއްޔު ﷺ ކޮޅަށް ހުންނަވައި ކުޑަކަމު ވަޑައިގެންނެވިއެވެ. އެއީ އެކަން ޖާއިޒުކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބައިގަނޑަކާއި، ތާބިޢީންގެ ތެރެއިން އިބްނު ސީރީނާއި ޢުރުވަތު ބުނުއް ޒުބައިރު މިކަމުގައި ހުއްދަ ކަނޑައެޅުއްވިއެވެ.

ޢިލްމުވެރިން ގެ ތެރެއިން ބޭކަލުންތަކެއް ޚުޛައިފަތުގެފާނުންގެ ޙަދީޘު މައްޗަށް ޢަމަލުކުރުން މަންސޫޚަ ކަމަށް ވިދާޅުވެ ޢުޛުރުދެއްކެވިއެވެ. އެހެނަސް މިއީ ކުށެކެވެ.

އަދި އެއްބަޔަކު ވިދާޅުވީ އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވީ ކަކުލުހުޅުގައި ހުރި ޒަޚަމަކާއި ވިދިގެންކަމެވެ. މިބީދައިންވާ ޙަދީޘެއް ވެއެވެ. އެހެނަސް އެޔެއްް ޞައްޙައެއް ނޫނެވެ.

އަނެއް ބަޔަކު ވިދާޅުވީ އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވީ، އިށީނދެވަޑައިގަތުމަށް ޖާގައެއް ނެތުމުން ކަމުގައެވެ.

ޢައިޝާ رضي الله عنها ވިދާޅުވިއެވެ: ”ނަބިއްޔު ﷺ ކޮޅަށް ހުންނަވައިގެން ކުޑަކަމު ވަޑައިގެންނެވި ކަމަށް ބުނެއްޖެ މީހެއްގެ ވާހަކަ ތެދު ނުކުރާށެވެ. އެކަލޭގެފާނު އިށީނދެ އިންނަވައިގެން މެނުވީ ކުޑަކަމު ވަޑައިނުގަންނަވައެވެ.“

މިޙަދީޘު ރިވާކުރެއްވީ އައްތިރުމިޛީ (ނ. 12) ގައި، ޝަރީކު ގެ މަގުން އަލްމިޤްދާމް ބުނު ޝުރައިޙު އަރިހުން އެކަލޭގެފާނުގެ ބައްޕާގެ ގާތުން، ޢާއިޝަތުގެފާނުންގެ އަރިހުންނެވެ. އަދި އެސަނަދުގައިވާ ޝަރީކު، މިއީ ހަނދުމައިގައި ކުށްޖެހިވަޑައިގަންނަވާ ބޭކަލެކެވެ. އަދި އެއަށް ތަބަޢަވާ ރިވާޔަތެއް ސުފްޔާން ގެ އަރިހުން އަޙްމަދާއި އެނޫން ބޭކަލުން ރިވާކުރެއްވިއެވެ.⁽¹⁾

އަދި މިޙަދީޘުގައި ކޮޅަށް ހުރެ ކުޑަކަމު ދިޔުމަށް ނުރުހުމެއް ވުމުގެ މައްޗަށް ދަލީލު ކުރެވުމެއް ނުވެއެވެ. އެހެނީ ޢާއިޝަތުގެފާނު ޚަބަރު އެދެއްވަނީ އެކަމަނާއަށް ފެނިދެނެވި ޢިލްމުގެ މައްޗަށެވެ. އަދި އެކަމަނާއަށް ނުއެނގި ފޮރުވިފައިވާ އެއްޗެއް އެހެން ބޭކަލުން އަރިހުން އެވަނީ ހެކިވެ ނަޤުލުވެވިފައެވެ.

=

ـــــــــــــــــــــــ
[1] ސުފްޔާންގެ އަރިހުން އަލްމިޤްދާމް ބުނު ޝުރައިޙު ގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާގެ އަރިހުން ޢާއިޝަތުގެފާނު އަރިހުން، އެކަމަނާ ވިދާޅުވިޔޭ: ”ޤުރުޢާން އެކަލޭގެފާނަށް ބާއްވައިލެވޭން ފެށުނީއްސުރެން، ރަސޫލު ﷲ ﷺ ކޮޅަށް އިންނަވައިގެން ކުޑަކަމުވަޑައިގެންފައި ނުވެއެވެ.“ މިއެވެ. މިއީ ހަމަ ޝަރީކު ރިވާކުރެއްވި ސަނަދުންނެވެ. އެހެނަސް މީގައިވާ ބަސްކޮޅު ތަފާތެވެ. އަދި މިއާއި އެކު، ޙުޛައިފާ އިތުރުއެކަލޭގެފާނުން ގެ ޚާދިމަކަށް ހުންނެވީ ރިސާލަތުގެ ފަހުން ކަމުގައި ވުން ްބަޔާންވެގެންވެއެވެ.

Galandān ގަލަންދާނު

27 Dec, 12:03


⬆️ ކުޑަކުދިންނަށް ޚާއްޞަ އިސްލާމީ ޢަޤީދާގެ ބައެއް ފޮތްތައް ، [ދިވެހިބަހުން]

🔗ދިސަލަފިއްޔާ ކުޑަކުދިންގެ މަކްތަބާ

~ ގަލަންދާނު 🖋

Galandān ގަލަންދާނު

24 Dec, 10:20


⚠️The Religion Being Supported By A Person Is Not Proof For Him Being Upon Haqq

On the authority of Abū Bakrah, who said, that the Prophet ﷺ said:

«إِنَّ اللَّهَ تَبَارَكَ وَتَعَالَى سَيُؤَيِّدُ هَذَا الدِّينَ بِأَقْوَامٍ لَا خَلَاقَ لَهُمْ»

"Verily Allah — glorified and exalted be He — will support this Religion, with people who have no share." ⁽¹⁾


⬆️Details

The basis of this ḥadīth has been proven in the two Ṣaḥīḥs with the wording:

«إِنَّ اللَّهَ لَيُؤَيِّدُ هَذَا الدِّينَ بِالرَّجُلِ الْفَاجِرِ»
“Verily Allah helps this Religion even by a sinful person [fājir].” ⁽²⁾

⬆️The word “Yuʾayyid” means to give support or victory.

⬆️The word “fājir” includes both the one who is an unbeliever [kāfir] and the one who is immoral.

It is not contradicted by the saying of the Prophet, ﷺ:

«إِنَّا لاَ نَسْتَعِينُ بِمُشْرِكٍ»
“We do not want any help from a polytheist” ⁽³⁾ —because this was attributed to the one who was showing kufr, or this was abrogated by what was proven about seeking help from Ṣafwān ibn ʾUmayyah in [the battle of] Ḥunayn⁽⁴⁾, as Ibn Ḥajar said in Al-Fatḥ, and Al-Manāwī followed him in this view in Al-Fayḍ.

The reason for the statement clarifies its meaning, as it was mentioned in the story of the man who fought [in battle], and the Prophet ﷺ, said: “He is one of the people of Hellfire”, and it later became clear that he killed himself [not to endure his wounds.] —See, Fatwa no. 209151 (islamweb)


⬆️The word “have no share” means having no share or fortune in the religion. So it means while they perform these actions, they are like disbelievers or sinners [who are not rewarded for the actions due to a corruption it consists.] It is like the other ḥadīth mentioned under this chapter,
إن اللَّه يؤيد الدين بالرجل الفاجر
“Verily Allah aids this religion, even with a Fājir” and
إن اللَّه يؤيد الدين برجال ما هم من أهله
“Verily Allah aids this religion, even by men who are not its people.”
This meaning was also explicitly mention in another narration...
"ليؤيدن اللَّه هذا الدين بقوم لا خلاق لهم في الآخرة"
“Allah will support this religion even with people who will have no portion in the Hereafter
See: “Al-Mudāwī” of Al-Munāwī (p. 1108)


📝I say: This meaning of the ḥadīth is understood by Sharʿī principles, historical occurrences and logical deductions.

Shaykhul Islām Ibn Taymiyyah said:

“Just as a fājir (i.e., an evil-doer) may perform Jihād against the Kuffār and the Muslims benefit from this Jihād of his, a fājir may argue with Kuffār and the Muslims benefit from his arguments as well.” —Darʾ Taʿāruḍ al-ʿAql wal-Naql (8/891)


Benefit:
ʿĀṣim al-Barqāwī [Al-Maqdisī] said: “We know that Allah may support the religion through an immoral man (fājir), or even an kāfir; whether with his tongue, money, or bayonet; but as long as he clings to his disbelief; his support for the religion does not remove the description of kufr from him; nor does this support transform him into Islam; nor does his fighting for his own benefit turns it into jihād; nor does his death turn into martyrdom! Many of the Ṭawāghīt (tyrants) of our time; and groups of innovators have interests and intertwined benefits in supporting some of the causes of the Muslims; And it is obvious that these actions do not transform the Ṭāghūt into Ṭālūt!”


~ Galandān 🖋

-----------------------------
[1] Aḥmad in his Musnad (5/45 no. 19941) Shaykh Al-Muḥaddith Abū Muḥammad Al-Alfī cited its takhrīj [here] and Muqbil bin Al-Wādiʿī in his work “Al-Jāmiʿ Al-Ṣaḥīḥ Mimmā Laysa Fī Al-Ṣaḥīḥayn” (3/231) #1984 stated: “This ḥadīth is Ṣaḥīḥ”.
[2] Narrated by Aḥmad (2/309) 8076 and Al-Bukhārī (2897) and Muslim (111) from Abū Hurayrah.
[3] Narrated by Abū Dāwūd (2732)
[4] Narrated by Mālik in Muwattaʿ (1139)

Galandān ގަލަންދާނު

23 Dec, 15:12


⚠️⚠️

❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އޭގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله


— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)


~ ގަލަންދާނު


ــــــــــــــــ
[1] ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.

Galandān ގަލަންދާނު

08 Dec, 17:51


~ ގަލަންދާނު 🖋

Galandān ގަލަންދާނު

08 Dec, 08:34


Allahu Akbar! Walhamdulillahil lathee bi ni'matihi tatimmus saalihaat!

Every Muslim feels immense joy upon the overthrow of any Tāghūt, even if the change is led by another Tāghūt.

Ibn Kathīr stated that Allah deals with the oppressors by allowing some to dominate others, bringing about the destruction of some through others, and taking vengeance upon them through each other, as recompense for their injustice and transgressions.

This joy is particularly pronounced when witnessing the release of innocent Muslim prisoners, especially our sisters, and the restoration of rights to individuals, including their homes, lands, and cities. However, our deepest joy is found only when the pure Sharī’ah of Allah is fully implemented across the territories.

The retreat of the enemy from a town and the fall of its Tāghūt is not considered a Shar’ī “liberation” until the country is governed by the Laws of Allah and the secular laws that have hindered the implementation of these Divine Laws are eliminated.

Replacing a rusted Tāghūt with a polished Tāghūt who doesn't implement the pure Sharī’ah of Allah cannot be considered “liberation” or “freedom”. Rather, it's merely a repetition of oppression and a reproduction of Tughyān.

Liberating territories in the name of "freedom" may lead to some vanishing worldly benefits, whereas liberating lands to establish Sharī’ah is the goal that will grant one a Jannah more expansive than both heaven and earth.

Today, we express our gratitude to Allah for allowing us to witness the decline of one of the most prominent oppressors of our time. We pray that Allah fills our hearts with joy as we observe the demise of the remaining tyrants, enabling us to live under the shade of Tawheed in those areas, under the governance of the pure righteous Muwahideen.

_______________

Ahmad Musa Jibril
Jmd. II 6, 1446 AH

Galandān ގަލަންދާނު

07 Dec, 12:40



⚠️ އަހަރެން ބުނަމެވެ: މިކަމުގައި މުހިއްމު ދެކަމެއް އެބަ އެކުލެވެއެވެ:

އެކައްޗަކީ: ރިވާޔަތްތަކާއި ނައްޞުތައް ޖަމަޢަކުރުމުގެ މުޙިއްމުކަމެވެ. (އެންމެ ބަސްކޮޅަކަށް އެކަނި ބަލައި އޭގެ ބޭރުފުަށަށް ޙުކުމް ކަނޑަނޭޅުމެވެ.) އެއީ އެ މައްސަލަ ރަނގަޅަށް ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ.

ދެވަނަ އެއްޗަކީ: ޢިލްމިވެރިންގެ ބަސްތަކަށް ރުޖޫޢަވުމުގެ މުޙިއްމު ކަމެވެ.

އަދި މިގޮތުން އަހަރެމެންނަށް ހައްދުފަހަނަ އެޅި ދެބައިގަނޑުގެ މަގުފުރެދުމުންވެސް ސަލާމަތްވެ ތިބެވެއެވެ. އެއީ ސަލަފުންގެ ބަސްތައް ޖާހިލު ކަމާއި އަމިއްލަ ހަވާނަފުސާއި އެއްގޮތަށް މާނަކުރުމުންނެވެ.


🔘ނިންމާލުން:

މިމައްސަލައި ލިބޭ ފައިދާއެއް: ބިދުޢަތަކާއި ފާޖިރުކަން ފެތުރި ޢާންމުވެފައިވާ ޒަމާނެއްގައި އެމީހެއްގެ ދީންވެރިކަމުގައި އިތުބާރު ހުރި ފަރާތެއްގެ ފަހަތުގައި ނަމާދު ކުރުމަށް ހުށިޔާރު ވުމަކީ ހުއްދަ އަދި މުސްތަޙައްބު ކަމެއް ކަމެވެ. މިހެންވިޔަސް، މިއީ އެފަދަ ޒަމާނެއްގައި ނަމާދު ޞައްޙަވުމަށް އޮތް ޝަރުޠެއް ނޫން ކަމެވެ. އަދި އިޖުމާޢުއިން އެމީހެއްގެ ޙާލަތް ނޭނގޭ މީހާގެ ފަހަތުގައި ނަމާދު ޞައްޙަ ވެގެންވާ ކަމެއެވެ. އަދި ފާޖިރުންނާއި (ޝައްކެތް އޮތަސް) ކުފުރު ޘާބިތުނޫން އިމާމުން ފަހަތުގައި ކުރެވޭ ނަމާދު ޞައްޙަކަމެވެ. އަދި އިޚްތިޔާރެއް ނެތް ޙާލަތުގައި މިފަދަ ބައެއްގެ ފަހަތުގައި ނަމާދު ކުރުމީ އަދި ޖަމާޢަތް ދޫކޮށްނުލުމީ އަޞްޙާބު ބޭކަލުންނާއި ސަލަފުންގެ މަންހަޖު ކަމެވެ. والله أعلم.


~ ގަލަންދާނު 🖋

Galandān ގަލަންދާނު

07 Dec, 12:40



🟡އެމީހެއްގެ ޙާލަތު ނޭނގޭ މީހެއް ފަހަތުގައި ކުރެވޭ ނަމާދު ޞައްޙަ ވެގެންވާ ކަމުގެ މައްޗަށް އޮތް އިޖުމާޢު:

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

❞ ސުންނަތް ޖަމާޢަތުގެ އަސާސުތަކުގެ ތެރޭގައި، އެއުރެން ހުކުރާއި ޢީދާއި ޖަމާޢަތުގެ ފަސްނަމާދު ނެގެހެއްޓުން ހިމެނެއެވެ. ރާފިޟީންނާއި އެނޫން އެފަދަ ބިދުޢަވެރިން ފަދައިން، ˺ސުންނަތް ޖަމާޢަތުގެ މީސްތަކުން˹ ހުކުރާއި ޖަމާޢަތުގެ ނަމާދުތަކެއް ދޫނުކުރަތެވެ. އަދި އިމާމު މީހާގެ ބޭރުފުށުން ބިދުޢައެއް ނޫނީ ފާފާވެރިކަމެއް ހާމަވާން ނެތްނަމަ، އަދި އޭނާގެ (ޢަޤީދާއާއި ދީންވެރިކަމުގެ) ޙާލަތް ފަރުދާވެފައިވިޔަސް، ހަތަރު އިމާމުންމާއި އެނޫން އިސްލާމީ އިމާމުންތަކުގެ އިއްތިފާޤުގެ މަތީން؛ އެފަދަ މީހާ ފަހަތުގައި ހުކުރާއި ޖަމާޢަތުގެ ނަމާދު ކުރެތެވެ. އަދި މީހެއްގެ އެތެރެފުށުގައި (ހާމަނޫވެ ހުރި) ޙާލަތް އެނގިގެން މެނުވީ އޭނާ ފަހަތުގައި ނަމާދު ޞައްޙަ ނުވާނޭ ކަމަށް އިމާމުންގެ ތެރެއިން އެއްވެސް ބޭކަލެއް ވިދާޅުވެފައި ނުވެއެވެ. އަދިކިއެއްހޭ ކާކުކަންނޭނގޭ މީހުންގެ ފަހަތުގައި މުސްލިމުން ނަމާދު ކުރަމުންދާތާ މެދުކެނޑިފައި ނުވެޔޭ ނަބިއްޔު ﷺ ހަޔާތްޕުޅަށްފަހުން އަދާއި ހަމަޔަށްވެސް.

އެހެނަސް ބިދުޢަތެއް ނޫނީ ފާޖިރުކަމެއް ފާޅުވެގެންވާ މީހެއް ފަހަތުގައި ނަމާދެއް ކޮށްފި މީހާއާއި މެދު، އަދި އެކަން ކުރީ އެހެން މީހެއް ފަހަތުގައި ނަމާދު ކުރުމަށް އޭނާއަށް ކުޅަދާނަވެގެންވާ ޙާލަތުގައި ނަމަ، [ޙާލަތް ނޭނގޭ މީހާގެ ޙާލަތުގައި އިއްތިފާގު އޮތް ފަދައިން ނެތަސް] ޢިލްްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންގެ ގާތުގައި މިފަދަ މައުމޫމު މީހާގެ ނަމާދު ވެސް ޞައްޙަވެގެން ވެއެވެ. މިއީ ޝާފިޢީގެފާނާއި އަބޫ ޙާނީފާގެފާނު ދެކެވަޑައިގެންނެވިގޮތެވެ. ﷲ އެދެބޭފުޅުންނަށް ރަޙުމަތް ލައްވާށިއެވެ. އަދި މިއީ މާލިކުގެފާނާއި އަޙްމަދުގެފާނު އަރިހުން އައިސްފައިވާ ދެރައުޔުތެރެއިން އެއްރައުޔެވެ. ﷲ އެދެބޭފުޅުންނަށް ރަޙުމަތް ލައްވާށިއެވެ.

ދެންފަހެ ބިދުޢަވެރިޔެއް ނޫނީ ފާޖިރެއް ފަހަތުގައި ނޫން ގޮތެއްގައި ˺ޖަމާޢަތު˹ ނަމާދު ކުރެވެން ނެތިއްޖެނަމަ، އެއީ މިޘާލަކަށް ހުކުރު ނަމާދު ފަދައޭ އޭގެ އިމާމު ބިދުޢަވެރިޔެއް ނޫނީ ފާޖިރެއްކަމުގައިވާ، އަދި އެއީ އެނޫން ހުކުރު ނަމާދު ޖަމާޢަތެއް ˺އެއަވަށަކު˹ ނުވާހިނދު، ފަހެ މިޙާލަތު ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ ތެރެއިން ބޮޑު ބައިގަނޑުގެ ގާތުގައި އޭނާއަށް ވަނީ ބިދުޢަވެރިޔާ ނުވަތަ ފާޖިރުގެ ފަހަތުގައި ނަމާދު ކުރުމެވެ. އަދި މިއީ ޝާފިޢީގެފާނާއި އަބޫ ޙަނީފާއާއި އަޙްމަދު ބުނު ޙަންބަލް އާއި އެނޫން އަހުލުއް ސުންނަތުގެ އިމާމުންގެ ގާތު ޚިލާފެއް ނެތި އޮތް ރައުޔެވެ...

...ވީމާ، ގޮތް ނޭގޭ މީހާ ފަހަތުގައި ނަމާދު ކުރުން؛ މުސްލިމު އިލްމުވެރިންގެ އިޠްތިފާގުން ޖާއިޒު ވެގެން ވެއެވެ. އަދި އެމީހެއްގެ ޙާލަތު ނޭގޭ މީހެއް ފަހަތު ނަމާދުކުރުން ޙަރާމް ކަމަށް ނޫނީ ބާޠިލު ކަމަށް ބުނެއްޖެ މީހަކީ، ސުންނަތް ޖަމާޢަތުގެ އިޖުމާޢު އާއި ދެކޮޅު ވެއްޖެ މީހެކެވެ...

ފަހެ އަޞްޙާބު ބޭކަލުން — ﷲ އެބޭކަލުންނަށް ރުއްސުންލައްވާށި— އެބައެއްގެ ފާޖިރުކަން އެނގިވަޑައިގެން ތިއްބެވި މީހުންގެ ފަހަތުގައިވެސް ނަމާދު ކުރެއްވިއެވެ. އެއީ ޢަބްދު ﷲ ބުނު މަސްޢޫދާއި އަޞްޙާބުބޭކަލުން ތެރެއިން އެނޫންވެސް ބޭކަލުން، އަލްވަލީދު ބުނު ޢުޤްބާ ބުނު އަބީ މުޢީޠު ފަހަތުގައި ނަމާދު ކުރެއްވިފަދައިންނެވެ. އޭނާއަކީ ރާބޮއެ އުޅުނު މީހެކެވެ. އަދި އެއްފަހަރެއްގައި ފަތިސް ނަމާދުގައި ˺މަސްތުވެފައި ހުރުމުގެ ސަބަބުން˹ ހަތަރު ރަކުޢަތް އޭނާ ˺އިމާމުވެ˹ ކުރިއެވެ. އެކަމުގައި އޭނާއަށް ޢުޘްމާން ބުނު ޢައްފާން ހައްމުށިން ޙައްދު ޖެއްސެވިއެވެ.

އަދި ޢަބްދު ﷲ ބުނު ޢުމަރު އާއި އަޞްޙާބުބޭކަލުން ތެރެއިން އެނޫންވެސް ބޭކަލުން، ޙައްޖާޖު ބުނު ޔޫސުފުގެ ފަހަތުގައި ނަމާދު ކުރެއްވިތެވެ. އަދި އަޞްޙާބުބޭކަލުންނާއި ތާބިޢީ ބޭކަލުން، އިބްނު އަބީ ޢުބައިދު ފަހަތުގައިވެސް ނަމާދު ކުރެއްވޫއެވެ. އެއީ އޭނާއަށް މުލްޙިދުކަމުގެ ތުހުމަތު ކުރެވިފައިވާ ޙާލުގައެވެ. އަދި އޭނާއަކީ މަގުފުރެދުމަށް ގޮވާލާ މީހެއްކަމުގައިވީ ހިނދުގައެވެ. ❝ اه‍ـ.

—”މަޖްމޫޢުލް ފަތާާވާ“ (ޖ. 3، ޞަފްޙާ 175 ، 176)

Galandān ގަލަންދާނު

01 Dec, 14:52


▫️
Question: Is it permissible to combine tasbīḥ, taḥmīd and takbīr in one sentence or is it separated?
Answer: “The apparent meaning of the aḥadīth suggest separation, but if it is combined ˹there is no objection˺, the matter is unrestricted.”


— Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Galandān ގަލަންދާނު

29 Nov, 14:14


•••
ސުވާލު: ނަމާދުކުރުން ނަހީ ވަޤުތު ތަކުގައި ޝުކުރުަގެ ސަޖިދަ ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު:

❞ ފުރަތަމަ ކަމަކަށް: ޝުކުރުގެ ސަޖިދަ އަކީ ނަމާދެއް ނޫނެވެ. އަދި ނަމާދަށް ޝަރުޠުވާ ތަކެއްޗެއް އެއަކަށް ޝަރުޠުވެގެން ނުވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަކަން އެންމެ ބޮޑީ މިޤަޥްލެއެވެ.

ދެވަނަ ކަމަކަށް: ސަބަބެއް އޮވެއްޖެ ނަމާދެއް، ނަހީ ވަޤުތުތަކުގައި ވިޔަސް ކުރެވެއެވެ. އަދި މިއީ އައްޝާފިޢީ ކަނޑައެޅުއްވި ގޮތެވެ. އަދި އަޙްމަދުގެ އަރިހުން އެއް ރިވާޔަތުގައި ވެސް އޮތް ގޮތެވެ. އަދި ރަނގަޅު ރައުޔަކީ މިއެވެ. އަދި މީގެ މައްޗަށް ފަނަރަވަރަކަށް ދަލީލުވެއެވެ. ❝


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)

~ ގަލަންދާނު 🖋

Galandān ގަލަންދާނު

27 Nov, 18:03


ޤިބްލަ ކަނަކަށް ހުރެ، ޖާގައިގެ ދަތިކަމުން އިމާމް މީހާ އެއްފަރާތު ކަނުގައި ހުރެ، އޭނާގެ ފަހަތަށް އެއްފަޅިޔަށް މައުމޫމުން ތިބުމާއި މެދު

ސ. ބައެއް މަދަރުސާ ތަކުގައި ، ނަމާދު ކުރުމަށް ވަކި ޖަގަހަޔެއް ހަދާފައި ހުރެއެވެ. އަދި އިމާމް މީހާއަށް ވަކި ޖާގަޔެއް މައުމޫމުން ފަހަތުގައި ތިބޭހެން ހެދިފައި ނުހުރެއެވެ. އެހެންކަމުން އޭނާ ނަމާދު ކުރަނީ ކޮޓަރީގެ އެއް ކަނުގައެވެ. މިސާލަކަށް އެއީ ފުރަތަމަ ޞަފުގެ ވާތް ފަޅީގައެވެ. ވީމާ އޭނާ އާއި ޖެހިގެން ވާތަށް އިންނަނީ ފާރެކެވެ. އަދި (މައުމޫމުންގެ) ޞަފު އޮންނަނީ (ފަހަތަށް ނުވަތަ ވަކިން) އޭނާގެ ކަނާއަތަށެވެ. މީގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު: އެކަމުގައި މައްސަލައެއް ނެތެވެ. އެވެރިން އޭނާގެ ކަނާއަތުގައި ނަމާދު ކުރިޔަސް، ނޫނީ ކަނާއަތާއި ވާތުގައި ނަމާދު ކުރިޔަސް، ފަހެ އޭގައި މައްސަލައެއް ނުވެއެވެ. އަދި ފަސޭހަނަމަ އޭނާ ވަނީ ˺މައުމޫމުންގެ ޞަފަށްވުރެ ކުރީގައި˹ ވަކިން ހުރުމެވެ. އެންމެ މޮޅުއިތުރު ގޮތަކީ މިއެވެ. އެހެނަސް ޖާގަ ދަތިވެެއްޖެނަމަ، އޭނާގެ ކަނާތާއި، އޭނާގެ ވާތާއި، އޭނާގެ ފަހަތުގައުވެސް ނަމާދު ކުރާށެވެ. އެހެނަސް އޭނައަށްވުރެ ކުރީގައި ނުތިބޭށެވެ.

ސ: އެހެނަސް އޭނާ ނަމާދުކުރާނީ ވާތްފަރާތު ފާރު ދޮށުގައެވެ. އަދި (މައުމޫމުންގެ ) ޞަފު ވަނީ އޭނާގެ ކަނާއަތުގައެވެ؟

ޖަވާބު: އެކަމުގައި މައްސަލައެއް ނެތެވެ.

— ޖާވާބު ދެެއްވީ: އިބްނު ބާޒް (މަޞްދަރު)


އަދި އިސްލާމް ސުވާލު-ޖަވާބު ގެ ފަތުވާ މަޖިލިހުން މިއާއި އެއްގޮތް ސުވާލެއްގެ ތަފްޞީލު ޖަވާބެއް ދެއްވަމުން އޭގެ ތިންވަނަ ނުކުތާގައި ބަޔާން ކުރެއްވިއެވެ:

❞ ތިންވަނަކަމަކަށް: އެވެރިން އޭނާގެ ކަނާއަތުގައި ނަމާދު ކުރާނަމަ، އަދި އެހިނދުގައި އިމާމު މީހާއަށް —ކުޑަ ތަންކޮޅަކަށް ވިޔަސް — ކުރިޔަށް ޖެހެވެން އޮވެއްޖެނަމަ، ސުންނަތް ގޮތީ މިއެވެ. އެއީ އިމާމަކީ ކާކުކަން އަންގައިދިނުމަށާއި އޭނައަށްވުރެ ކުރިޔަށް އެހެން އެއްވެސް މީހަކަށް އެރެވިޔަދިނުމުން ހުސިޔާރުވުމަށްޓަކައެވެ. އަދި މިކަމުގެ މައްޗަށްވާ ދަލީލުތައް އިހުބަޔާންވެ ހިނގައްޖެއެވެ.❝

ނޯޓް: ޖާގަ ނެތުމުގެ ސަބަބުން އިމާމް މީހާ އާއި އެއްޞަފެއްގައި ނަމާދު ކުރުމުާއިމެދު ޚުލާޞާއެއް އަހަރެމެން ވާނީ ކުރިން ގެނެސްދީފައެވެ. (ކިޔާލުމަށް)


~ ގަލަންދާނު 🖋

Galandān ގަލަންދާނު

27 Nov, 15:20


އަލްއިމާމް އަލްޚަޠީބުއް ޝިރްބީނީ އައްޝާފިޢީ رحمه الله تعالى [مغني المحتاج 1/ 314] ގައި ވިދާޅުވިއެވެ: ”އެނގިހުރެ ˺އެއްޗެއް ބޭނުން ކުރުމުގެ ސަބަބުން˹ މަސްތުވެއްޖެ ނޫނީ މޮޔަވެއްޖެ ނޫނީ ހޭނެތިއްޖެ މީހާ، ހޭވެރިކަން އައިސްފިނަމަ އޭނާގެ މައްޗަށް އެމުއްދަތުގައި ފާއިތުވި ނަމާދުތައް ޤަޟާއު ކުރުން ވާޖިބުވެގެން ވެއެވެ. އެއީ އޭނާ އުރެދުމުގެ ސަބަބުންނެވެ. ފަހެ އޭނާއަށް އެއީ މަސްތުވާއެއްޗެއް ކަން ˺ބޭނުން ކުރިއިރު˹ ނޭނގޭނަމަ، ނޫނީ އޭނާއަށް އެކަން ކުރާން މަޖުބޫރު ކުރެވުނީނަމަ، އޭނާއަށް އޮތް ޢުޛުރުގެ ސަބަބުން ޤަޟާއުކުރުމެއް އޭނާގެ މައްޗަށްނުވެއެވެ.“

މީގެ މައްޗަށް ބިނާކޮށް ބުނަމެވެ: މީހަކު މަސްތުވާތަކެތި ބޭނުން ކޮށް، އޭނާގެ ބުއްދިއަށް ހޭވެރިކަން ގެއްލިދިޔުން ނުއަންނަ ނަމަ، ފަހެ އޭނާގެ އެނަމާދު ޞައްޙަވެގެން ވެއެވެ. އެހެނަސް އޭނާގެ ބުއްދިއާއި ހޭވެރިކަން މަސްތުވާތަކެތީގެ ސަަބަބުން ފިލައިގެން ގޮސްފައި ވަނިކޮށް އޭނާ ނަމާދު ކޮށްފި ނަމަ، އޭނާގެ އެނަމާދު ޞައްޙަ ވެގެން ނުވެއެވެ. އަދި އެ އިޢާދަ ކުރުން ނޫނީ ޤަޟާއު ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. —والله تعالى أعلم.❝


އިސްލާމްވެބް ގެ ފަތުވާ މަޖިލިހުން ވިދާޅުވިއެވެ:

❞...˺މަސްތުވާ އެއްޗެއްގެ ސަބަބުން˹ އޭނާގެ ބުއްދި ފަނޑުވެ، ކުރެވޭ ނުކުރެވޭ އެއް ނޭނގޭ ޙާލު ނަމާދު ކުރާ މީހާ، ފަހެ އޭނާ ގެ އެ ނަމާދު ވަނީ ބާޠިލުވެގެންނެވެ. އޭނާ ހަމަހޭ ޖެހިއްޖެނަމަ އެނަމާދު ކޮންމެހެންވެސް އިޢާދަ ކުރަަންޖެހޭނެއެވެ. އެހެނަސް މަސްތުގެ އަޘަރާއިއެކު އޭނާއަށް ވާނުވާ އެނގޭ ޙާލު ނަމާދުކޮށްފި މީހާ، ފަހެ އޭނާގެ އެނަމާދު ޖާއިޒެވެ. އަދި އިޢާދަކުރުން ލާޒިމެއް ނޫނެވެ.

އަލްއިމާމް އައްޝާފިޢީ ـ رحمه الله تعالى ـ ”އަލްއުއްމު“ ގައި ވިދާޅުވިއެވެ: ”ވީމާ މަސްތުގެ ޙާލަތުގައި ނަމާދުކޮށްފި މީހާގެ ނަމާދު ހެޔޮވެގެން ނުވެއެވެ. އެހެނީ ﷲ عز وجل ވަނީ އޭނާ އަށް ކިޔޭ ނުކިޔޭ އެނގުމަށް ދާންދެން ނަމާދު ކުރުން ނަހީ ކުރައްވާފައެވެ. ...މީގެ މައްޗަށް ބަލައި: މަސްތުވެފައިވާ މީހާ ނަމާދު ކޮށްފިނަމަ، ހޭވެރިކަން އޭނާއަށް އަންނަހިނދު، އެނަމާދު އިޢާދަ ކުރަން ޖެހޭނެއެވެ. އަދި ˺މަސްތުގެ˹ ޙަރާމް އެއްޗެއް ބޮއެފި މީހާ މަސްތެއްނެތި ނަމާދު ކޮށްފިނަމަ، އޭނާ އެހެރީ ޙަރާމް އެއްޗެއް ބުއިމުގެ މައްޗަށް ފާފަވެރިވެފައެވެ. އެހެނަސް އޭނާގެ މައްޗަށް އެ ނަމާދު އިޢާދަ ކުރުމެއް ނުވެއެވެ. އެހެނީ އޭނާ އަކީ ކިޔޭނުކިޔޭ އެނގޭ މީހެކެވެ. އެއާ ޚިލާފަށް (السكران) މަސްތުވެފައިހުރި މީހަކީ، އޭނާއަށް ކިޔޭ ނުކިޔޭ ނޭނގޭ މީހާއެވެ.“ — اه‍ــ. ❝


~ ގަލަންދާނު 🖋

ـــــــــــــــــــ
[1] ހަނަފީންގެ ފިޤުވެރީން ވިދާޅުވެއެވެ: ”މިކަމުގައި އޮތް އިސްލާމީ ޙުކުމަކީ، މީހަކު މަސްތުވާތަކެތި ބޭނުން ކޮށް އެހެނަސް މަސްތުގެ ޙާލަތެއްގައި ނުވާނަމަ އަދި ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް އަދި އޭނާގެ ވަށައިގެން ހިނގާ ކަންކަމުގެ ވާނުވާ އެނގުމެއް ހުރެއްޖެނަމަ، އޭނާގެ ވުޟޫއު ދެމިހުންނާނޭ ކަމެވެ. އެހެނަސް އޭނާ މަސްތުވެ ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއްވެސް ނެތި އަދި އޭނާގެ ވަށައިގެންވާ ކަންކަމުގެ ފަހުމެއްވެސް ނެތިއްޖެނަމަ، އޭނާގެ ވުޟޫއު ކެނޑިދެއެވެ. މިހެން ކަމުން އޭގެ ދަށުން ކުރެވޭ ނަމާދު ޤަބޫލުވެވިގެން ނުވެއެވެ.“ (ބެލުމަށް)

Galandān ގަލަންދާނު

26 Nov, 00:57


އިބްނުލް ޢުޘައިމީން ވިދާޅުވިއެވެ: ”އެހެނީ ނަބިއްޔު ﷺ އިބްނު ޢައްބާސް ގެ ފުއްކިބައިން ހިއްޕަވައި އެކަލޭގެފާނުގެ ކަނާތްޕުޅުގައި ބެހެއްޓެވިއެވެ. އަދި އެކަލޭގެފާނު ބެހެއްޓެވީ ކުޑާކޮށް ފަހަތުގައި ކަމެއް ނަޤުލުވެފައި ނުވެއެވެ. ދެންފަހެ އިމާމާއި މައުމޫމު ˺މިޙާލަތުގައި˹ ބެލެވެނީ އެއްޞަފެއް ކަމުގައެވެ. އެހެންކަމުން އެދެވެރިންނީ އެއްޞަފެއް ކަމުގައި ބެލެވޭނަމަ، ޞަފު އެއްހަމަކުރުން ޝަރުޢުވެގެން ވެއެވެ. އަދި ޞަފު އެއްހަމަ ކުރުމަކީ ސީދާ ކުރުމެވެ. އެއީ އެކަކަށްވުރެ އަނެކާ ކުރިޔަށް ޖެހިފައި ނުވުމެވެ.“ — اه‍ـ. (الشرح الممتع لابن عثيمين ج/3 ص/10-12)

އިތުރަށް ބެލުމަށް: އިސްލާމް ސުވާލުޖަވާބު (13678)


އިބްނު ޢައްބާސް އަރިހުން އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރެއްވިއެވެ: ”ރޭގަނޑުގެ ފަހުކޮޅު ރަސޫލު ﷲ ﷺ އަރިހަށް ތިމަންކަލޭގެފާނު ވަޑައިގެންނެވީމެވެ. އެހެންކަމުން އެކަލޭގެފާނުގެ ފަހަތްޕުޅު ނަމާދު ކުރެއްވީމެވެ. އަދި ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައި އެކަލޭގެފާނާއި އެއްހަމަޔަކަށް ތިމަންކަލޭގެފާނު ގެންނެވިއެވެ. ދެން ރަސޫލު ﷲ ﷺ ނަމާދަށް އިސްތިޤްބާލު ކުރެއްވުމުން ތިމަންކަލޭގެފާނު ފަހަތަށް ˺ފިޔަވަޅެއް˹ ޖެހިވަޑައިގަތީމެވެ.

ރަސޫލު ﷲ ﷺ ނަމާދުކޮށް އެއަށްފަހު އަވަދިވެވަޑައިގެން ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ: ( مَا شَأْنِي أَجْعَلُكَ حِذَائِي فَتَخْنِسُ ؟) ”އެކޮއިގެ މައްސަލަޔަކީ ކޮބައިހެއްޔެވެ؟ ތިމަންކަލޭގެފާނާއި އެއްހަމައިގައި ބެހެއްޓުމުން ދެން ފަހަތަށް ޖެހުނީ ކީއްވެހެއްޔެވެ؟“ ތިމަންކަލޭގެފާނު ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނާއި އެއްހަމަޔެއްގައި ނަމާދު ކުރުމީ އެއްވެސް މީހަކަށް އެކަށީގެންވާ ކަމެއްތޯއޭ، ކަލޭގެފާނީ ﷲ ގެ ރަސޫލާ ކަމުގައި ވެފައި ﷲ ކަލޭގެފާނަށް ދެއްވިޔޭ...“ މިޙަދީޘް.

📝 އަހަރެން ބުނަމެވެ: މުޤްބިލް ބިން ހާދީ އަލްވާދިޢީ ”الصحيح المسند مما ليس في الصحيحين“ ނަންބަރު 601 ގައި ވިދާޅުވިއެވެ: ”މިޙަދީޘު ޞަޢްޙައެވެ. އޭގެ ރާވީންނަކީ އައްޞަޙީޙުގައި ހިމެނޭ ރާވީންނެވެ.“



~ ގަލަންދާނު 🖋

Galandān ގަލަންދާނު

26 Nov, 00:57


4⃣ ޞަފުގައި ތިބެންވީ އިމާމު މީހާއާއި އެއްހަމައިގައިތޯ ނޫނީ ކުޑަކޮށް ފަހަތުގައިތޯ؟

ދެންފަހެ ˺އިމާމު މީހާގެ އެއްފަރާތުގައި ހުންނަން ޖެހިއްޖެ މައުމޫމު˹ އޭނާ ހުންނަންވީ އިމާމު މީހާ އާއި އެއްވަރަށް، އޭނާއަށް ވުރެ ކުރިޔަށް ވެސް ނުޖެހި ފަހަތަށްވެސް ނުޖެހިތޯ، ނުވަތަ ކުޑަކޮށް ފަހަތުގައިތޯ އާއިމެދު ދަންނައެ، ޢިލްމުވެރިން ގެ ޖުމްހޫރުންގެ ޤަޥްލަކީ އޭނާ ހުންނަޖެހޭނީ ކަނާތުގައި އަދި ކުޑަކޮށް ފަހަތުގައި ކަމެވެ. އެއީ އިމާމު މީހާގެ ފުންނާބާއި އެއް ހަމަޔެއްގައޭ އެވެ.

"އަލްމުބްދިޢު" ގައި ވެއެވެ: ”އޭނާއަށް އެދެވިގެންވަނީ ކުޑަކޮށް ފަހަތުގައި ހުރުމެވެ. އެއީ ˺އިމާމަށްވުރެ˹ ކުރިޔަށް ޖެހެވިދާނޭކަމުގެ ބިރަށެވެ.“ އަދި އަބޫ ޙަނީފާގެ ޞާޙިބު މުޙައްމަދު ވިދާޅުވިޔޭ: ”އޭނާގެ ފައިގެ އިނގިލިތަށް ހުންނަން ޖެހޭނީ އިމާމު މީހާގެ ފުންނާބާއި އެއްހަމައިގައެވެ.“ އަދި އިބްނު ޙަޖަރު "އަލްފަތުޙް" ގައި ވިދާޅުވިއެވެ: ”އަހަރެމެންގެ ˺ޝާފިޢީންގެ˹ އަޞްޙާބުން ވިދާޅުވަނީ: މައުމޫމަށް މުސްތަޙައްބު ވެގެން ވަނީ ކުޑާކޮށް ފަހަތުގައި ހުރުމޭ އެވެ.“

އަދި މިބުނުމުގެ މައްޗަށްވާ ދަލީލަކީ، އިމާމު މީހާގެ މަޤާމަކީ މައުމޫމު މީހާއަށް ވުރެ ކުރީގައިވާ އެއްޗެއް ކަމުގައި ވުމެވެ.

☝️މިއާއިއެކު ޞައްޙަވެގެންވަނީ ˺އެކަކުގެ ޙާލަތުގައި˹ ކަނާތުގައި އަދި އިމާމު މީހާއާއި އެއްހަމައިގައި ހުރުމެވެ. އޭނާއަށްވުރެ ކުރިޔަށް އަދި ފަހަތަށްވެސް ނުޖެހިއެވެ. 

އަދި މިކަމުގައި އޮތް ދަލީލަކީ: މާލިކު "މުވައްޠައު" ގައި އަދި އަލްބައިހަޤީ "ސުނަން" ގައި ޢަބްދު ﷲ ބުނު ޢުތުބާ ބުނު މަސްޢޫދު އަރިހުން ގެންނެވި ރިވާޔަތެވެ. ވިދާޅުވިޔޭ: ”ޢުމަރު ބުނުލް ޚައްޠާބު އަރިހަށް މެންދުރުވުމުގެ އިރުގަނޑެއް ކުރިން ތިމަންކަލޭގެފާނު ވަޑައިގެންނެވީމޭ، އަދި އެހިނދު އެކަލޭގޭފާނު (ސުންނަތް) ނަމާދަށް ހުންނަވަނިކޮށް ދެކެވަޑައިގެން އެކަލޭގެފާނުގެ ފަހަތުގައި ˺ނަމާދުގައި ބައިވެރިވެ˹ ހުއްޓިވަޑައިގެންފީމެވެ. އެހެނަސް އެކަލޭގެފާނު އަހަރެން ދަންމަވައި އެކަލޭގެފާނާއި އެއްހަމަޔަކަށް އެކަލޭގެފާނުގެ ކަނާތަށް ގެންނެވިއެވެ. ދެން ޔަރްފައު އެތަނަށް ވަޑައިގެންނެވުމުން އަހަރެން ފަހަތަށް ޖެހި މިކަލޭގެފާނާއިއެކު ˺ޢުމަރުގެފާނުގެ ފަހަތުގައި˹ ދެވެރިން ޞަފެއް ހެދީމެވެ.“

އަދި އިބްނު ޖުރައިޙުގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިޔޭ: ”ޢަޠާއު އަށް އަހަރެން ދެންނެވީމޭ: މީހަކު އެހެން މީހަކާއި އެކު ނަމާދު ކުރާނަމަ އޭނާ ހުންނަން ޖެހޭނީ ކޮންތާކުހެއްޔެވެ؟ ވިދާޅުވިއެވެ: "އޭނާގެ ކަނާއަތުގައެވެ." އަހަރެން ދެންނެވީމޭ: އޭނާ ހުންނަންވީ އެއްހަމައެއްގައިހެއްޔޭ އެއީ އެކަކަށްވުރެ އަނެކާ އިސް ނުވާހެން؟ ވިދާޅުވިއެވެ: "އާއެކެވެ." އަހަރެން ދެންނެވީމެވެ: ކަލޭގެފާނު ލޯބިކުރައްވަނީ އޭނާއާއި ދެމެދު ހުސްޖާގައެއް ނުވާހެން ޖެހިގެން ހުރުމަށް ހެއްޔެވެ؟ ވިދާޅުވިއެވެ: "އާއެކެވެ." — ރިވާކުރެއްވީ ޢަބްދުއް ރައްޒާޤެވެ.

އަދި އަލްބުޚާރީ رحمه الله ˺އެކަލޭގެފާނުގެ ޞަޙީޙުގައި˹ ބާބެއް ކަނޑައަޅުއްވައި ނަންދެއްވިޔޭ: ބާބު: ދެމީހެއް ˺އެކަނި ނަމާދުކުރާ˹ ނަމަ، އިމާމަކަށް ވާ މީހާގެ ކަނާއަތުގައި އެއްހަމަޔެއްގައި އެއްވަރަށް ހުރުން.
والله أعلم.

އިތުރަށް ބެލުމަށް: އިސްލާމްވެބް (7010)


=

Galandān ގަލަންދާނު

18 Nov, 06:56


.
تصحيح: توفي الأخ ليلة الثلاثاء — الله يرحمه

Galandān ގަލަންދާނު

11 Nov, 10:57


🔗ނޯޓް: މިޅެމުގެ މައިގަނޑު ކަޑި އަދި އޭގެން ބަޔެށް ވަޒަންތައް ބިނާ ކޮށްފައިވަނީ، ގަލަންދާނުގެ މުއައްސިސުގެ މިޅެމުން ކަމުގައި ވިޔަސް، އޭގެ ބޮޑުތަރުތީބެއް ކޮށްފައިވަނީ މުސާފިރް އެވެ.

جزاهم الله خيراً وزادهم توفيقاً

~ ގަލަންދާން

Galandān ގަލަންދާނު

11 Nov, 06:28


ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: https://t.me/musafir_officials

Galandān ގަލަންދާނު

11 Nov, 06:28


ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: https://t.me/musafir_officials

Galandān ގަލަންދާނު

04 Nov, 20:01


----------------------------
[1] Shaykh Ibn ‘Uthaymīn said: “The correct view is that the divorced woman, if it is a revocable divorce, is like a wife who has not been divorced, i.e., she may go out to visit her neighbours or relatives, or to go to the mosque to listen to exhortation and the like. She is not like the one whose husband has died. With regard to the words, “And turn them not out of their (husband’s) homes”, what is meant by turning them out is leaving, i.e., they should not leave the house and go and live in another house.”
— End quote from Fatāwā Nūr ʿalā al-Darb

Galandān ގަލަންދާނު

31 Oct, 18:43




އަދި (އޭނާގެ) މި ޙަދީޘް ބެލެވެނީ ޖައްޔިދު ޙަދީޘްތަކުގެ ތެރޭގައެވެ. އަދި ޙަސަން ސަނަދު ތަކުގެ ތެރެއިންނެވެ. މިހެންކަމުން، މީގައި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އެކުލެވެއެވެ. އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމަކީ ފާފަ އާއި ކުށްތައް ފުއްސެވުމުގެ އަދި ދަރަޖަ އުފުއްލެވުމުގެ ސަބަބެއް ކަމާއި، އަދި ކަންބޮޑުވުންތައް ފިއްލެވުމުގެ ސަބަބެއް ކަމެވެ.

އެއީ މިބަސްފުޅުގެ މައްޗަށެވެ: (تُكْفَى هَمَّكَ) "ތިބާގެ ކަންބޮޑުވުންތަކަށް ފުދެއެވެ." އެބަހީ: ތިބާ އެކަމަކާއިގެން ކަންބޮޑުވާ ކަންކަން އަދި ބުރަކުރުވާ ކަންކަން ފިލައިދެއެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު ﷺ އަށް ޞަލަވާތް ގިނަގުނަ ކުރުމުގެ ސަބަބުން ﷲ جل وعلا އެކަންކަން ތިބާއަށް ފުއްދަވައިދެއްވައެވެ.

އަދި މިޙަދީޘަކީ ޢާންމު އަދި މުޠްލަޤު ޙަދީޘެކެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއްގައިވިޔަސް، ކޮންމެ ވަޤުތެއްގައި ވިޔަސް ނުވަތަ ރޭގަނޑުގެ ކޮންމެ ވަޤުތަކަސް ނޫނީ ދުވާލުގެ ވިޔަސް، އޭގެ އަޖުރު ހޯދައިގަނެވި އޭގެ ޘަވާބު ލިއްބައިދެއެވެ.

— الشيخ سليمان العلوان


މަޞްދަރު: ”އަށްވަނަ ހުޅުވާލެވިފައިވާ ބައްދަލުވުން“ (اللقاء المفتوح الثامن) ގެ ސުވާލު ތަކުގެ ތެރެއިން.

~ ގަލަންދާން

Galandān ގަލަންދާނު

31 Oct, 18:43




📌 ހުކުރު ވިލޭރެޔާއި ހުކުރު ދުވަހު ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުން ޚާއްޞަ ވުން

ސުވާލު: ﷲ ތިބާއަށް ޢަފޫ ކުރައްވާށިއެވެ. ޝައިޚެވެ! ނަބިއްޔު ﷺ އަރިހުން ހުކުރު ވިލޭރެޔާއި ހުކުރު ދުވަހުގައި އެކަލޭގެފާނަށް ޞަލަވާތް ކިޔުމުގެ މާތްކަމާއި މެދު ވާރިދުވެފައިވޭ ހެއްޔެވެ؟

ޖަވާބު: އާއެކެވެ. މިކަމުގެ މައްޗަށް ގިނަ ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ފަނަރަ ޙަދީޘް އާއި ގާތްކުރެއެވެ. އެހެނަސް އެއިން އެއްވެސް އެއްޗެއް ޞައްޙައެއް ނޫނެވެ. އަދި އެހުރިހާ އެއްޗެއްވެސް މަޢްލޫލެވެ. (ޞައްޙަ ނޫންކަމުގެ ޢައިބު އެކުލެވެއެވެ.)

އަދި އެކަތި ކޮށްގެން އެ (ރިވާޔަތްތައް) ވަރުގަދަވެއެވެ. އެހެނީ (ސަނަދު ތަކުގެ) ބައެއް މަގުތައް ވަރުގަދައެވެ. އަދި ބައެއް ޢިލްމުވެރިން އޭގެ ތެރެއިން ބައެއް ރިވާޔަތްތައް ޞައްޙަ ކަމަށް ކަނޑައެޅުއްވި އެވެ. އަދި ހުކުރު ދުވަހާއި އޭގެ ވިލޭރޭ ނަބިއްޔު ﷺ ގެ މައްޗަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ޙަދީޘްތައް އެކުލަވާލުމުގައި އެންމެ މޮޅުއިތުރު ފޮތުގެ ތެރޭގައިވަނީ އަލްއިމާމް އިބްނުލް ޤައްޔިމް -رحمه الله- ގެ «جلاء الأفهام في فضل الصلاة على سيد الأنام»

އަދި ހަމައެފަދައިން މިކަމުގެ މައްޗަށް ވާ ޙަދީޘްތައް އައްސަޚާވީ ވެސް ހަމަ ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގެ ފަޟުލު އާއިމެދުވާ ފޮތުގައި އެކުލަވާލެއްވި އެވެ.

އަދި އަލްޙާފިޡް އިބްނު ކަޘީރު، ﷲ جل وعلا ގެ ބަސް ވަޙީ ﴿إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] — މިއާޔަތުގެ ތަފްސީރުގެ ދަށުންވެސް މީގެ ތެރެއިން ބައެއް (ރިވާޔަތްތައް) ޛިކުރުކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޖުމްލަގޮތެއްގައި ޞަލަވާތް ކިޔުމަކީ ކަށަވަރުކޮށް ޝަރުޢުވެގެންވާ ކަމެކެވެ. އަދި އޭގައި މަތިވެރިވެގެންވާ ފަޟުލަކާއި ބޮޑު ޘަވާބެއް ވެއެވެ. އަދި ނަބިއްޔު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: «مَنْ صَلَّى عَلَيَّ صَلاَةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا» ”ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔައިފި މީހަކަށް، ﷲ އޭނާގެ މައްޗަށް އެއިން ދިހަ ފަހަރު ޞަލަވާތް ލައްވަތެވެ.“ (ރިވާކުރެއްވީ) މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" ގައެވެ. އަދި އަބޫ ހުރައިރާ ގެ ޙަދީޘް ތަކުންނާއި ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ ޙަދީޘްތަކުން މުސްލިމް މި ރިވާކުރެއްވިއެވެ.

އަދި ނަބިއްޔު ﷺ އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރީ އިބްރާހިމިއްޔަ ޞަލަވާތެވެ. އަދި އޭގެ ވައްޓަފާޅިއަކީ: (اللّهُـمَّ صَلِّ عَلـى مُحمَّـد، وَعَلـى آلِ مُحمَّد، كَمـا صَلَّيـتَ عَلـى إبْراهـيمَ وَعَلـى آلِ إبْراهـيم، إِنَّكَ حَمـيدٌ مَجـيد ، اللّهُـمَّ بارِكْ عَلـى مُحمَّـد...) އޭގެ ނިޔަލަށެވެ.

އަދި ތިބާއަށް اللَّهُمَّ صَلِّ وَ سَلِّمْ عَلَى مُحَمَّدٍ ކިޔުންވެސް އެބައޮތެވެ. އެއީ ﷲ جل وعلا ގެ މި ވަޙީ ބަސްފުޅުގެ މައްޗަށެވެ: ﴿صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56] (...އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!“)

އަދި ނަބިއްޔު ﷺ ގެ މައްޗަށް ގިނަގުނައިން ޞަލަވާތް ކިޔުން މުސްތަޙައްބު ވެގެންވެއެވެ. އެއީ އުބައްޔު ގެ ޙަދީޘްގެ ދަލީލުގެ މައްޗަށެވެ. އެކަލޭގެފާނުގެ ނަބިއްޔު ﷺ އަށް ދެންނެވި ކަމަށެވެ: އަހަރެންގެ ދުޢާ ގައި ކަލޭގެފާނަށް ޞަލަވާތް އެކުލަވާލަންވީ ކިހާވަރަކަށްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ހަތަރުބައި ކުޅަ އެއްބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ދެންނެވީމެވެ: އޭގެ ދެބައިކުޅަ އެއްބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: ތިންބައިކުޅަ ދެބައި ގައި އެކުލަވާލަންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (ما شئت) ”ތިބާ އެދޭ މިންވަރަކަށެވެ.“ ދެންނެވީމެވެ: މުޅި ދުޢާ ގައި ކަލޭގެފާނަށް (ޞަލަވާތް) އެކުލަވާލަން ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: (إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ) ”އެހެންވެއްޖެނަމަ ތިބާގެ ކަންބޮޑުވުންތައް ފުދި ތިބާގެ ފާފަތައް ތިބާއަށް ފުއްސެވޭނެތެވެ.“ އަދި މިރިވާޔަތަކީ އައްތިރުމިޛީ ގެ ރިވާޔަތެކެވެ. އަދި އޭގެ ސަނަދުގައި ޢަބްދު ﷲ ބުނު މުޙައްމަދު ބުނު ޢުޤައިލް ހިމެނެއެވެ. އޭނާއަކީ ހިތުންކިޔައިދިނުމުގައި ކުށްޖެހޭ އެހެނަސް (صدوق) ތެދުވެރިޔެކެވެ. އަދި (އެހެން ރިވާޔަތަކާއި) ޚިލާފުނުވާހިނދު، އަދި (ޙަދީޘްގެ) އަޞްލުގައި އޭނާ އެކަހެރިނުވާނަމަ، އެހިނދު އޭނާގެ ޙަދީޘްތަކަކީ ޖައްޔިދު (ބަރާބަރު) ޙަދީޘެވެ.

=

Galandān ގަލަންދާނު

24 Oct, 14:39


ޝައިޚް ބަކުރު އަބޫ ޒައިދުގެ ރިސާލާ، حَدُّ الثَّوْبِ وَالْأُزْرَةِ ގެ މައްޗަށް "އިޒާރުގެ ޙާލަތްތައް" ~ ގަލަންދާނު

Galandān ގަލަންދާނު

22 Oct, 04:58


🗯Narrators According to the Authenticity of Their Ḥadīth

❝ Narrators can be divided into three categories according to the authenticity of their ḥadīth:

First: His ḥadīth is authentic in both his early and later days; the ḥadīth of such a person is authentic without exception (of age, time or place)

Second: His ḥadīth is authentic at the beginning, but then weakens afterward. This includes the narrator ʿAbd al-Razzāq, who changed in the latter part of his life, and Hishām ibn ʿUrwah, who is an absolute authority, but whose earlier ḥadīth is more authentic than his later ones. This also applies to Saʿīd ibn Abī ʿUrwah, who became confused in the later years of his life.

Third: His later ḥadīth is more authentic than his earlier ḥadīth, like Hammām bin Yaḥyā Al-Awdhī. ❞


— Shaykh Al-Muḥaddith ʿAbdullah Al-Saʿd (text)

~ Galandān 🖋

Galandān ގަލަންދާނު

22 Oct, 04:04


Question: What is the ruling on transferring money via mobile phone in the mosque? Does it fall under the category of buying and selling, which is prohibited in the mosque?

Answer:

❝ There is no problem in merely transferring money without making a business deal.

When two men ˹inside the Prophet's mosque˺ were speaking to solve a debt and their voices rose, the Prophet ﷺ told one of them to pay a share from the debt⁽¹⁾.

The Prophet ﷺ approved of them collecting debts in the mosque. This indicates that there is leniency in this matter. What is prohibited is making commercial deals: buying and selling, advertising, and marketing. Such activities should not be conducted in the mosque. Similarly, seeking lost property should not be done in the mosque, because mosques were built for prayer, remembrance, and worship, and were not built for making commercial deals, advertising and announcements, and the like. ❞

— Saʿd Al-Khathlān (fatwa)
~ Galandān 🖋


------------------------
[1] Narrated by Al-Bukhārī: 457, and Muslim: 1558

Galandān ގަލަންދާނު

20 Oct, 02:11


~ ގަލަންދާނު 🖋

Galandān ގަލަންދާނު

17 Oct, 15:55


"صَلَّى عَلَيْكَ اللهُ مَا لَفَظَ الوَرَى
حَرفًا مِنَ الأذكَارِ والقُرآنِ". ﷺ ♥️

Galandān ގަލަންދާނު

16 Oct, 13:22


📖 سورة العصر އިން ހަނދުމަކޮށްދިނުން

ސ: ރަސޫލު ﷲ ﷺ ގެ އަޞްޙާބު ބޭކަލުން އަރިހުން ވާރިދުވެފައިވާ ބަސްފުޅު، އެބޭކަލުން އިޖުތިމާޢު ވެލައްވަނީނަމަ، ވަކިވެވަޑައިނުގަންނަވަމޭ އެހެނަސް އަލްޢަޞްރު ސޫރަތް ކިޔަވާ ވިދާޅުވާ ގޮތުގައި މެނުވީ — މީގެ ޞަޢްޙަކަމާކީ ކޮބައިތޯއެވެ؟

ޖ: މިޙަދީޘް ރިވާކުރެއްވީ އައްޠަބަރާނީ އާއި އަލްބައިހަޤީއެވެ. އަދި އޭގެ ސަނަދު ޞާލިޙެވެ. އެހާ ވަރުގަދައެއް ނޫނެވެ. އެހެނަސް ސަނަދު ޞާލިޙެވެ.

(ޞާލިޙު: އެބަހީ ޙަސަނު ދަރަޖައާއި އެއްކަހަލައެވެ. އެހެނަސް އެއަށްވުރެ ދަށެވެ. އެހެނީ އެއީ އެއަށް ބުރަދަނެއް ދެވިދާނެ އެހެނަސް ޙުއްޖަތް ގޮތުގައި ނުބެލެވޭ މިންވަރެވެ.)

އެހެންކަމުން ބައެއް ފަހަރު މީހަކު އެ ކިޔަވައިފިނަމަ، އެއީ ހަދުމައެއް ގޮތުން އަދި އެއާޔަތްތަކުގައިވާ ފުންވެގެންވާ މާނަ ޛިކުރު ކުރުމުގެ ވަޖުހުން ކަމުގައިވާނަމަ، އަދި އޭގައި ބަޔާންވެފައިވާ ބުރަތައް ޛިކުރުކޮށް އޭނާގެ އަޚުންނަށް ހަނދުމަކޮށްދިނުމުގެ ގޮތުންނަމަ، މިއީ ހެޔޮކަމެކެވެ.


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (އޯޑިއޯ)
~ ގަލަންދާނު 🖋

Galandān ގަލަންދާނު

13 Oct, 08:00


އިބްރާހީމް ބުނު އަދްހަމް رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:

مَا صَدَقَ اللَّهَ عَبْدٌ أَحَبَّ الشُّهْرَةَ
”މަޝްހޫރުކަމަށް ލޯބިކުރާ މީހާ، ތެދުވެރިކަމެއް ﷲ އަށް ނުވެއެވެ.“

— ސިޔަރުއް ސަލަފިއް ޞާލިޙީން (ޞ. 973)
~ ގަލަންދާނު

Galandān ގަލަންދާނު

12 Oct, 09:44


Ibrāhīm bin Ad'ham (163 H.) stated: “Excessive viewing of falsehood dulls the heart's ability to perceive the truth.”

وَقَالَ إِبْرَاهِيمُ بْنُ أَدْهَمَ: كَثْرَةُ النَّظَرِ إِلَى الْبَاطِلِ يَذْهِبُ بِمَعْرِفَةِ الْحَقِّ مِنَ الْقَلْبِ


—Siyar Al-Salaf Al-Ṣāliḥīn (p. 973)
~ Galandān 🖋

Galandān ގަލަންދާނު

10 Oct, 04:20


💎 ބައެއް ފަތްފުށްތަކުގައި ވެއެވެ:

އިންސާނާގެ ފުށުގައި ތިނެއްޗެއް ވެއެވެ: ބަދުފާލާއި، ޝައްކާއި ޙަސަދައެވެ.

⬆️ބަދުފާލުން ސަލާމަތްވުމުގެ މަގަކީ: ނުއެނބުރުމެވެ.
⬆️ހީ އިން ސަލާމަތްވުމުގެ މަގަކީ: ނުފުއްދުމެވެ.
⬆️ޙަސަދައިން ސަލާމަތްވުމުގެ މަގަކީ: އަނިޔާވެރި ނުވުމުންނެވެ.

ޝަރަޙަ:

⬆️ނުއެނބުރުން، އެބަހީ: އޭނާގެ މަގުޞަދުންނެވެ. އަދިކިއެއްތަ؟ އެމަޤުޞަދުގައި ކުރިޔަށް ދިޔުމަށް ޢަޒުމު ކަނޑައަޅައި ރައްބަށް ތަވައްކަލް ކުރާނީއެވެ.

⬆️ނުފުއްދުން، އެބަހީ: އޭނާގެ ހީގެ މައްޗަށް އޭނާ ޢަމަލުނުކުރުމެވެ. އަދިކިއެއްތަ؟ އެއީ ކަށަވަރު އެއްޗެއް ގޮތުގައި ދެކުމުންނާއި އެހިޔަށް ޢަމަލުކުރުމުން ވީއްލިގަތުމެވެ.

⬆️އަނިޔާވެރި ނުވުން، އެބަހީ: ޙަސަދަލެވުނު ފަރާތަށެވެ. އޭނާއަށް ގެއްލުމެއް ދިނުމުންނާއި އޭނާގެ ނިޢުމަތް ނެތިދިިޔުމަށް އުއްމީދު ލުމުންނެވެ.


— ބަސްކޮޅު ، އަޞްލު: އަލްމަނާވީ "فيض القدير" (3 / 402) (4 / 595)

~ ގަލަންދާނު 🖋


ـــــــــــــ
ނޯޓް: މި ބަސްކޮޅު މަރުފޫޢު ކޮށް ރަސޫލު ﷲ ﷺ އަރިހުން ސަނަދާއިއެކު ތަފާތު މަގުތަކަކުން ރިވާވެފައިވެއެވެ. އެހެނަސް އެއެންމެހާ ސަނަދުތަކެއްވެސް ޟަޢީފެވެ. (ތަފްޞީލް)