އަނިޔާ ކުރުމަށް 20 އަހަރު ވަންދެން ވަގަށް ނަގައިގެން އެމެރިކާއިން ގުއަންޓަނާމޯ ބޭގެ ޖަލުގައި ގެންގުޅުމަށްފަހު، 11 މުސްލިމުން އޮމާނާ އެމެރިކާއިން ހަވާލުކޮށްފިއެވެ. މިމީހުންގެ މައްޗަށް ކުށެއް ސާބިތެއް ނުވެއެވެ. އަދި މިހާތަނަށް ދުވަހަކުވެސް ދައުވާ ކޮއްފައެއް ނުވެއެވެ.
ގުއަންޓަނާމޯގައި މުސްލިމުންނަށް އަނިޔާ ކުރުމަށް ގާއިމް ކުރި ޖަލަކީ، ދުނިޔޭގެ އެންމެ އަނިޔާވެރި ޖަލެވެ. މިއީ މެދުއިރުމަތި ކޮންޓްރޯލު ކުރުމަށް ޓެރަރިސްޓު އެމެރިކާއިން ފެށި ހަނގުރާމައިގައި މުސްލިމު ޤައުމުތަކުން ވަގަށް ނަގައިގެން ގެންދިޔަ މުސްލިމުންނަށް އަނިޔާ ކުރުމަށް މީހުން ގެންގުޅު ޖަލެވެ. މިކަމުގެ މުގުލުގައި ހުރީ އިރާގު ނޫސްވެރިއަކު އެމީހެއްގެ ބޮލަށް ކުނި ބޫޓު ކިބައެއް ހެޔޮވަރު ކުރި، އެމެރިކާގެ ކުރީގެ ރައީސް ބުޝްއެވެ.
އޮމާނަށް ފޮނުވާލި މީހުންގެ ތެރޭގައި، 21 އަހަރު ވަންދެން އެމެރިކާއިން އަނިޔާކުރި ޝަރުޤާވީ އަލްހާއްޖު ހިމެނެއެވެ. އޭނާ ވަނީ އޭނާއަށް ކުރި އަނިޔާތަކާ ދެކޮޅަށް ތަކުރާރުކޮށް ބަނޑުހައިހޫނުކަމުގެ ތަޅުތާލުކޮށް ހަދާފައެވެ.
ގުއަންޓަނާމޯ ޖަލަކީ އެމެރިކާއިން ވަގަށް ނެގި، މުސްލިމުންގެ 800 މީހުނަށް އަނިޔާ ކުރުމަށް ބޭނުން ކުރި ޖަލެކެވެ.
ބައިޑެންގެ ސަރުކާރު ނިމޭ އެންމެ ފަހު ހަފްތާތަކުގެ ތެރޭގައި ވަގަށް ނެގި މުސްލިމުންގެ ތެރޭން ބަޔަކު އޮމާނާ ހަވާލު ކުރިނަމަވެސް، އަދިވެސް 6 މުސްލިމަކު ގުއަންޓަނާމޯގައި އަނިޔާ ލިބިލިބި ތިބޭނެއެވެ. އެމީޙުންނަކީވެސް ދުވަހަކުވެސް އެމީހުންނާ ދެކޮޅަށް ދައުވާއެއް ކޮށްފައިވާ އަދި ކުށެއް ސާބިތުވެފައިވާ ބަޔެއް ނޫނެވެ.
https://t.me/Akhbaralumma