Heyobas @heyobas Channel on Telegram

Heyobas

@heyobas


http://Aruoxam.blogspot.com
وقولوا للناس حسنا.
Allahge vahee basfulhuge maanaiga vey:
adhi meesthakunnah HEYOBAS bunaasheve.

Promotional Article for Heyobas Telegram Channel (English)

Are you looking for a channel that brings positivity and good vibes into your life? Look no further than Heyobas! With a name that translates to 'Say unto people kindly' in Arabic, this Telegram channel is dedicated to spreading messages of love, kindness, and positivity. Heyobas is more than just a channel - it's a community of like-minded individuals who believe in the power of spreading good energy. Whether you're looking for daily inspiration, motivational quotes, or simply a place to connect with others who share your values, Heyobas has it all. Join us on this journey of spreading positivity and kindness - together, we can make the world a better place, one message at a time.

Heyobas

27 Jan, 14:37


Soorathul faathiha
By Usthadh Riyaz

Heyobas

24 Jan, 16:50


Nabiyya sahlahllah alaihi wasahlama hadith kurahvaafavey:
((ليس منا من لم يرحم صغيرنا ويوقر كبيرنا)
maanai: "kuda kudinnah rahum nukura adhi bodethi meehunah ihuthiram nukura meehunakee aharemen muslimun ulhey gothah ulhey meeheh nooneve".
#hadith (Sunan thirmidi)

Heyobas

23 Jan, 10:41


މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
‏ https://fiyaonline.com/106462

Heyobas

22 Jan, 16:14


Live stream finished (20 minutes)

Heyobas

22 Jan, 15:53


Live stream started

Heyobas

19 Jan, 13:47


The sweetness of the Qur'an is experienced in proportion to the purity of the heart and the refinement of the soul; the more one purifies themselves, the more they taste its sweetness.

ذوقُ حلاوة القرآن على قدر طهارة القلب وزكاء النَّفس؛ فمن تطهَّر ذاق أكثر.

Heyobas

19 Jan, 12:40


Sheikhul islam Muhammad bin abdulwahhab GE Kithaabuh tauheedh Afghanistan GA mana kurumakee varah hithaamaveri kameh. Talibanunge rasmee ageedha akee maathuridi ageedha. Mee ashareen gothah varah Gina bidhua thakun furifava firuga eh.

Heyobas

18 Jan, 18:03


3 Qualities to Learn and Cultivate

Ibn Muhayriz said: I accompanied Fadalah ibn Ubayd رضي الله عنه, a companion of the Messenger of Allah ﷺ, and said: “Advise me, may Allah have mercy on you.” He replied:

“Memorise three traits from me, and Allah will benefit you through them:

If you are able to know without being known, then do so.
If you are able to listen without speaking, then do so.
If you are able to sit without having others sit with you, then do so.”

[Ref: Hayat as-Salaf Bayn al-Qawl wa al-'Amal, p. 247. Chapter on Concealing and Keeping Righteous Deeds Private]

Heyobas

18 Jan, 09:53


Healing with the Quran for physical and spiritual ailments is done by six methods:

1. Ar-Ruqya; Recitation of the Quran either by the sick themselves or by someone else upon them.

2. Reciting the Quran along with blowing with light spit, either for themselves or for others, then blowing after the recitation according to the correct opinion.

3. Recitation along with rubbing or placing hands on the afflicted area, where the reciter recites from the Qur’an placing their hands on themselves or by spitting lightly on the hand after the recitation and then placing it on the sick.

4. Reciting the Qur’an and mixing the saliva with the soil and then applying it to the wounds.

5. Reciting the Quran into the water, then making the sick drink it or bathe with it.

6. Reciting the Quran onto something with which it can be written then writing the verses with it. Then, the writing is erased with water, which the sick then drinks or uses for bathing. For example, saffron water - and one may recite whatever verses they choose into it or can recite later. Then write verses from the Quran, such as Al-Fatiha or the Muwwaidatan (Surah Falaq and Nas) with that water on paper, then erasing the writing with water placed in a container, then make the patient drink that water or use it for bathing.

The sixth method is typically used for those who are distant, where one writes verses from the Quran on a clean paper for the sick, then dissolves the writing in water, and the patient drinks it.


The two ways to know these six methods of healing with the Quran are:

Firstly, the Prophetic Sunnah as Allah says: "And whatever the Messenger gives you – take it; and what he forbids you - refrain from it." (59:7)

Secondly, the traditions from the Prophet ﷺ, the companions, and their followers as Allah says: "Those are the ones whom Allah has guided, so from their guidance take an example." (6:90) Although the context of the verse is about prophets, the generality of the wording is what matters, so whoever is rightly guided is a role model for the believers.

So these six methods, most of them are mentioned in authentic narrations from the Prophet ﷺ or in the narrations from the companions and their followers, and these methods have been practiced by the majority of Muslims until our present day.

📔 Taken from Explanation of Tafseer as- Se'di

Heyobas

15 Jan, 16:21


Live stream finished (26 minutes)

Heyobas

15 Jan, 15:54


Live stream started

Heyobas

15 Jan, 07:14


Arabic learning portal of Almadinah International University Malaysia. This website has the exercises & solutions for the curriculum taught at the Arabic institute of Islamic University of madina.

https://qalam.mediu.edu.my/

Heyobas

15 Jan, 06:56


Mirey thafseer class 8:45 GA ohnaane.
Kiyava dhehvanee usthad thorig hafidahuhllah.

Heyobas

15 Jan, 06:48


Never share confidential information like passwords, emails, or bank details with anyone online (even if they seem legit). If unsure, contact the official source directly. Stay safe out there!

Let's all work together to stay safe online. Share this post to spread awareness!

#CyberSecurity #StaySafeOnline #ProtectYourInfo #OnlineSafety

Heyobas

14 Jan, 12:42


Urgent: Igmh ga oiy Maabandu meehakah A+ ley beynunvehhjje. Contact: 9104843

Heyobas

11 Jan, 12:49


اللَّهُمَّ عَافِـني فِي بَدَنِي، اللَّهُمَّ عَافِـنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوذُبِكَ مِنَ الْكُفْر، وَالفَقْرِ، وَأَعُوذُبِكَ مِنْ عَذَابِ الْقَبْرِ ، لَا إلَهَ إلاَّ أَنْتَ. (ثلاثَ مرَّاتٍ)3x

Heyobas

11 Jan, 11:16


💎 ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައި ވެއެވެ:

“‏ إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ ‏”‏ 

📌 މާނައީ “ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާ، އަލިފާނުންވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުން، އޭނާގެ ސިކުނޑި ކެކެމުން ދާނެއެވެ.”

📚 صحيح المسلم : 211

Heyobas

11 Jan, 03:11


رضيت بالله ربا, وبالاسلام دينا وبمحمد صلى الله عليه وسلم نبيا.

Heyobas

11 Jan, 03:10


اللهـمَّ أَنتَ ربِّي, لا إلهَ إلا أنتَ, خَلَقْتَني, وأَنا عبدُكَ, وأَنا على عهدِكَ ووعدِكَ, ما استَطَعْتُ, أعـوذُ بـكَ مِن شرِّ ما صَنَعْتُ, أبوءُ لكَ بنِعْمَتِكَ عليِّ, وأَبوءُ لَكَ بذَنبي, فاغفِرْ لي, فإنَّه لا يَغفِرُ الذُّنوبَ إلا أَنتَ

Heyobas

11 Jan, 00:36


=== ނަމަވެސް ﷲ ގެ ދީނުގައި ޝަރުޢުކޮށް ޙަލާލުކޮށް ޙަރާމްކުރުމަކީ ރައްޔިތުންނަށް އޮތް ޙައްޤެއްކަމުގައި ޤަބޫލުކޮށްގެން ޕާރލަމެންޓަށް ކުރިމަތިލާ މީހާ ކާފަރުވެއެވެ.
އަދި ޑިމޮކްރަސީގައި އޮންނަ ކުފުރު ފަލްސަފާތައް ޤަބޫލުކޮށް، ރައްޔިތުން މެނުވީ ޙުކުމް ކަނޑައަޅާ ޝަރުޢުކުރާ ބަޔަކު ނުވާކަމަށް، އަދި ރައްޔިތުންގެ ބާރަށްވުރެ މަތީ ބާރެއްނުވާ ކަމަށް، ރައްޔިތުންގެ މައްޗަށް ޤުރްއާނެއް އަދި ސުންނަތެއްވެސް ބާރުގަދަ ނުވާކަމަށް ތެދުކޮށްގެން ޤަބޫލުކޮށްގެން މެންބަރުން ހޮވާދޭން އެމަޤްޞަދުގައި މަސައްކަތްކޮށް އެހީވާ މީހާއީ ކާފަރެކެވެ.

ދެންފަހެ އެތަނަށް ކުރިމަތިލާ މީހާ އަދި މީހަކު ހޮވާ މީހާ ޑިމޮކްރަސީއަށް ކާފަރުވެގެންވާނަމަ، އަދި ޙުކުމްކޮށް ޝަރުޢުކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަމަށް ޤަބޫލުކޮށް އީމާންވެގެންވާނަމަ؛ ދެން އޭނާ އެތަނަށް ވަނީ ކުފުރާއި ނުބައިކަން ލުއިކުރުމުގެ މަޤްޞަދުގައިނަމަ، އަދި މުސްލިމުންގެ މައްޗަށް، އަދި މުސްލިމުންނާއި ލެޔާއި މުދަލާއި އަބުރުގެ މައްޗަށް ހުރަސްއަޅާނޭ މީހަކު ނެތި ބާރުހިންގަން އިސްލާމްދީނުގެ ޢަދުއްވުންނަށް ފުރުސަތު ނުދޭންކަމުގައިވާނަމަ؛ ފަހެ މީނާ މިސާލަކަށް އެކަމުގައި ގޯހެއްހެދިޔަސް ކާފަރުވެގެންވާކަމަށް ޙުކުމްކުރާނީ ކިހިނަކުންހެއްޔެވެ!؟
އޭނާ ކާފަރުވުމަށް އަރައިގަތް އިސްލާމްކަން ގެއްލޭ ކަމަކީ ކޮބާހެއްޔެވެ!؟

ދެންފަހެ ދުނިޔަވީ ފައިދާއަކަށް، އަދި މާއްދީގޮތުން މަންފާއެއް މޮޅެއް ހޯދުމަށް އެކަންކުރިނަމަ އެކަންވާނީ ޙަރާމްކަމެއް ކަމުގައިއެވެ. ކުފުރަކަށް ނޫނެވެ!

ކާފަރުކުރުމުގައި ޙައްދުފަހަނައަޅާފައިވާ މީހުން އެމީހުންގެ މަޛްހަބު ބިނާކުރި ދެވަނަ މައްސަލައަކީ: ޢަލްމާނީ ސެކިއުލަރ ދައުލަތަކަށް ކޮންމެކަހަލަ އެހީއެއްވާ މީހަކު ކާފަރުވެގެންވާކަމަށް ޙުކުމްކުރުމެވެ.

އަނެއްބައި މީހުން އެޙުކުމް ޢާއްމުކޮށްލާ ދައުލަތުގެ ހުރިހާ މުއައްސަސާއެއް -މަދަނީވިޔަސް ޢަސްކަރީވިޔަސް ޤަޟާއީވިޔަސް- ކޮންމެ ބަޔަކަށް ޢާއްމުކޮށްލައެވެ.
އަނެއްބައި މީހުން މަދަނީ ސިވިލް ސަރވިސްގެ ވަޒީފާތައް އެއިން ބޭރުކޮށް އިސްތިޘްނާކުރެއެވެ.

މިވެރިންނަށް ޖެހުނު ބަލާވެރިކަމަކީ: ކުފުރަށް ރުހުމަކީ ކުފުރެއްކަމަށްވާ ޤަވާޢިދަކީ އެމީހުން އަމިއްލައަށް އުފެއްދި ޤަވާޢިދެއްކަމުގައިވާ: ކުފުރަށް އެހީވުމަކީ ކުފުރޭ ބުނާ ޢިބާރާތާ އެކައްޗެއްކަމުގައި ހީކުރުމެވެ.

ޝައްކެއްނެތް ގޮތުގައި މިއީ ޖާހިލުކަމެވެ. އިސްވެދިޔަ ގޮތަށް ބުރަދަންހުރި އެއްވެސް ޢިލްމުވެރިޔަކު މިހެން ނުބުނެއެވެ.

ރަނގަޅު ޙައްޤު ގޮތަކީ ސެކިއުލަރ ކާފަރު ބައެއް ނުވަތަ ދައުލަތެއްވިޔަސް، އެސެކިއުލަރ ކުފުރު ޙުކުމްތަކަށް ރުހި ޤަބޫލުވެ އެއަށް އީމާންވެގެން ދެން ޢަސްކަރީވިޔަސް މަދަނީވިޔަސް ވަޒީފާތަކުގައި ޚިދުމަތްކުރާ މީހުންގެ މައްޗަށް އެޙުކުމް އައުމެވެ.
އެއީ ޙުއްޖަތް ޤާއިމުކޮށް، އަދި ކާފަރުކުރުމުގެ ޝަރުޠުތައް ފުރިހަމަކޮށް، މަވާނިޢުތައް ނެތްކަން ބެލުމަށް ފަހުއެވެ.

ދެންފަހެ އެފަދައިން ކަންކަންކުރާ މީހުން އެގޮތަށް ޤަބޫލުކޮށް އީމާންވެގެން ނުވާނަމަ އެހިނދުން އެފަދަ ޢަމަލުކުރުންވާނީ ފާފައަކަށް އަދި އުރެދުމަކަށް ނުވަތަ ކުފުރަކަށް އެހީވުންކަމުގައިއެވެ. އަދި އެއީ ޙަރާމްކަމެކެވެ. އޭގެ ޒާތުގައި ކުފުރެއް ނޫނެވެ.

މިގޮތަށް ފަރަޤުކުރުމަށް އަހަރުމެންނަށްވާ ދަލީލަކީ: ފިޤްހީ މަޛްހަބުތަކުގެ ކުރިއާއި ފަހުގެ ހުރިހާ ޢިލްމުވެރިންވެސް، ޝިރުކުގެ ފައްޅިތައް ބިނާކޮށް އެޅުމަށް އެހީވާ މުސްލިމްމީހާގެ މައްޗަށް އޭގެ ޒާތުގައި އެކަމުން ކުފުރުގެ ޙުކުމް ނުޖަހާކަމެވެ.

އަދި ޞަލީބު ވިއްކުމާއި، ކުފުރު އެކުލެވޭ ފޮތްތައް ވިއްކުމާއި، ޒިންދީޤު ވާހަކަތަކާއި ސިހުރުހާހޫރައާއި މަގުފުރެދުމުގެ ފޮތްތައް ވިއްކާހެދުމުގެ ވާހަކަ ދެއްކެވިއިރު އެބޭކަލުން މިކަންކަން ހިމެނުއްވީ ޙަރާމްވެގެންވާ ކަންކަމުގެ ތެރެއިންނެވެ.
ކުފުރުވާ ކަންކަމުގައިއެއް ނޫނެވެ. އެއީ އެކަންކުރާ މީހާ އޭގައިވާ ކުފުރާއި އިލްޙާދަށް ރުހިގެންވާނަމަ މެނުވީއެވެ.

މިތަނުގައި އެކަމުގައި އައިސްފައިވާ ޢިލްމުވެރިންގެ ނައްޞުތަކުން ބައެއް ބަޔާންކޮށްލާނަމެވެ:

▪️އިމާމް އައްޝާފިޢީގެ «އަލްއުންމު» ފޮތުގައި، ކަނީސާ ފައްޅިތައް ބިނާކުރުމުގެ ވާހަކާގައި އައިސްފައިވެއެވެ. ވިދާޅުވިއެވެ:

"އެނަޞާރާއިން އަޅުކަންކޮށް ނަމާދުކުރުމަށް ހަދާފައި ހުންނަ ފައްޅިތަކުގައި ބިނާކުރަން ނުވަތަ ވަޑާންކުރަން ނުވަތަ އެނޫންވެސް ކަމެއްގައި މުސްލިމް މީހާ މަސައްކަތްކުރުމަށް އަހަރެން ނުރުހުންވަމެވެ."

📖 އަލްއުންމު ލިއްޝާފިޢީ 📖

ފަހެ މި ޢިމާރާތްކޮށް ބިނާކުރާ މީހާ ނުވަތަ ވަޑާންކުރާ މީހާ، އެއްވެސް ޝައްކެއް ނެތްގޮތުގައި އެމީހުންގެ ބިނާކުރުމާއި ވަޑާންކުރުމުގެ މަސައްކަތުގައި އެކާފަރުން ކުފުރުވެގެން ތިބުމަށް އެހީވުންވެއެވެ.
އެއާއެކު ޝާފިޢީ އޭނާ ކާފަރެއް ނުކުރައްވައެވެ. ކިއެއްތަ އެކަލޭގެފާނު އެކަމަށް ނުރުއްސެވީއެވެ. އެބަހީ އެކަން ޙަރާމްކަމުގައި ބެއްލެވިއެވެ.===

2️⃣

Heyobas

11 Jan, 00:36


🔥”ކުފުރަށް ހުސްއެކަނި އެހީވުމަކީ ދީނުން ބޭރުވާ ބޮޑު ކުފުރެއްހެއްޔެވެ؟

މިސުވާލަށް ޖަވާބުދިނުމުގައި ހަދާ ގޯހަކީ އޭގެ ސަބަބުން ލޭ އޮހޮރުވާލެވި، ޙުރުމަތްތައް ނަގައިލެވި، ރަށްތައް ސުންނާފަތިވެ، މީސްތަކުން ނުކިޔަމަންތެރިވެ، ކާރިޘާތައް އައި ސުވާލެއްކަމުގައި އަހަރެން ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ.

އެގޮތުން ޙައްދުފަހަނައެޅުމުގެ އަހުލުވެރި ޒުވާނުންގެ ތެރޭގައި، ކަނޑައެޅި ޘާބިތުވެގެންވާ އެއްޗެއްގެ ގޮތުގައި ޖުމްލައެއް ފެތުރިފައިވެއެވެ.
އެއީ: "ކުފުރަށް އެހީވުމަކީ ކުފުރެކެވެ."

މިއީ އިތުބާރުހިފޭ އެއްވެސް ޢިލްމުވެރިޔަކު ބުނެފައިވާ ބަހެއް ނޫނެވެ! އަދި އިސްވެދިޔަ ޤަރުނުތަކުގައި އުޅުނު ހަރުދަނާ ފިޤުހުވެރިންގެ ބޭފުޅެއްވެސް ބުނި އެއްޗެއް ނޫނެވެ!

މި ޖުމްލައިގެ މައްޗަށް ބިނާކޮށް އެޒުވާނުން، މުޅި މުޖްތަމަޢުތައް ކާފަރު ކޮށްލައެވެ. އެމީހުންދެކޭ ގޮތާއި ޢަޤީދާގެ މަތީގައި ތިބި މީހަކު މެނުވީއެވެ.

އެގޮތުން ސަރުކާރުތައް ކާފަރުވެގެންވީމާ، އެސަރުކާރަށް އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ މީހަކު މިވަނީ ކުފުރަށް އެހީވާ މީހެއްކަމުގައިއެވެ.
ދެން އޭނާވެސްވަނީ ކާފަރެއް ކަމުގައިއެވެ.

މިޒުވާނުންގެ ތެރެއިން ބަޔަކު މިހަދައިގެން އުޅޭ ޤަވާޢިދު ޢާއްމުކޮށްލާ ސަރުކާރު ވަޒީފާއެއްގައި އުޅޭ އެންމެން ޝާމިލުކޮށްލައެވެ.
އަނެއްބަޔަކު ކުފުރުވުން ހަމައެކަނި ދައުލަތުގެ ސިފައިންނާއި ޢަސްކަރިއްޔާއަށް ހަނިކޮށްލައެވެ. މިހެން ފަރަޤުކުރާ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

އަދި އެވަރަކުން އެމީހުން ފުއްދާ ނުލައެވެ. ކިއެއްތަ، އެމީހުން ކާފަރުކޮށްގެން އުޅޭ މީހުން ކާފަރުކުރޭތޯ އެހެން މީހުން އިމްތިޙާނުކުރެއެވެ. އަދި އެމީހުން ކުފުރުގެ ޙުކުމްޖެހި ބަޔަކު ކާފަރު ނުކުރާ މީހެއްވިއްޔާ އެމީހަކީވެސް ކާފަރެއް ކަމުގައި ނިންމައެވެ!

ދެން އެއަށްފަހުގައި ޕާރލަމެންޓުތަކާއި އެފަދަ މަޖްލިސްތައް އެއީ ޠާޣޫތީ ކުފުރުގެ މަޖްލިސްތަކެއްކަމުގައި ބުނެ، އެތަނަށް ކުރިމަތިލާހާ ބަޔަކު ވަޤުތުން ކާފަރުކޮށްލައެވެ.

އަދި ކުރިމަތިލާ މީހުންނަށް ވޯޓުދީ އިންތިޚާބުކޮށްދޭ މީހުންވެސް އެއީ ޠާޣޫތަށް އަޅުކަންކުރާ، ކާފަރުވެގެންވާ ބައެއްކަމުގައިއެވެ.
އަދި މެންބަރުން ކާފަރު ނުކުރާ ކޮންމެ މީހަކާއި، އިންތިޚާބުކުރާ މީހުންނަކީވެސް ކާފަރުން ކަމުގައިއެވެ.

މިގޮތަށްގޮސް މުޅި އިސްލާމީ އުއްމަތަށް އެމީހުން ކުފުރުގެ ޙުކުމްޖަހާ ޢާއްމުކޮށްލައެވެ. ޢާއްމުންނާއި ޢިލްމުވެރިންނަށް ދާންދެނެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ހުކުރު ނަމާދާއި ޖަމާޢަތްތައް ދޫކޮށްލާ، ލެޔާއި މުދާ ހުއްދަކުރެއެވެ.

ޙަޤީޤަތަކީ މިޒުވާނުންނަށް މިކަން ދިމާވީ އެމީހުންގެ ޖާހިލުކަމާއި، އެއްޗެއް އެނގިގެން އުޅޭކަމަށް ހެދުމުގެ ސަބަބުންނެވެ.

އެހެނީ "ކުފުރަށް އެހީވުމަކީ ކުފުރެއް" ކަމަށްވާ ޢިބާރާތަކީ: އިތުބާރުހުރި އެއްވެސް ޢިލްމުވެރިން މުޠުލަޤުކޮށް މިހެން ވިދާޅުވިކަމަށް އެނގިގެންވާ ޢިބާރާތެއް ނޫނެވެ.
ކިއެއްތަ، އެއާއެކު ކުފުރަށް ރުހުމާއި، ކުފުރަށް ލޯބިކޮށް ކުފުރު ރަނގަޅުކުރުމާއި، އެ ފެތުރުމަށް ބޭނުންވުމާއި އެނޫންވެސް ހިތުގެ ޢަމަލުތައްވަނީ އެބޭފުޅުން އެއާއެކު ޝަރުޠުކުރައްވާފައިއެވެ.

މުސްލިމުން ކާފަރުކުރުމަށް މިމީހުން ނެގި ޙައްދުފަހަނައެޅި މަޛްހަބު ބިނާކުރީ ދެމައްސަލައެއްގެ މައްޗަށެވެ:

ފުރަތަމައީ: ޢަލްމާނީ ސެކިޔުލަރ ދައުލަތްތަކުގައިވާ ޕާރލަމެންޓު މަޖްލީސްތަކަކީ ޠާޣޫތީ ކުފުރީ މަޖްލިސްތަކެކެވެ. އެހެނީ ޙުކުމްކުރުމާއި ތަޝްރީޢުގައި އެމީހުން ﷲ އަށް ގޮންޖަހައެވެ.
އެހެންވީމާ މިފަދަ މަޖްލިސްތަކަށް ކުރިމަތިލާ މީހުން -އެމީހުންގެ ޤަޞްދެއް އަދި ނިޔަތެއްވެސް ބެލުމެއްނެތި- އެ އެންމެންނީ ކާފަރުންނެވެ. އެއީ ﷲ ފިޔަވައި ރައްބުންތަކެއްގެ ގޮތުގައި އެމީހުންގެ ނަފްސުތައް ހެދީމަކަމަށެވެ.

އަދި އެމީހުން އިންތިޚާބުކޮށްދީ ވޯޓް އަޅާ މީހުންނީވެސް ކާފަރުންނެވެ. އެހެނީ އެމީހުންނީ އެވެރިންނަށް ކުފުރަށް އެހީވާ ބައެކެވެ. އަދި ކުފުރަށް އެހީވުމަކީ ކުފުރުވުމެވެ.

އަދި މެންބަރުންނާއި، އެމީހުންނަށް ވޯޓުލާ، ހޮވާދޭ މީހުން ކާފަރުނުކުރާ މީހާއީވެސް ކާފަރެކެވެ. އެހެނީ ކާފަރަކު ކާފަރުނުކުރާ މީހާއީ ކާފަރެކެވެ. މިގޮތަށް މުޅި މުޖްތަމަޢުއަށް ކުފުރުގެ ޙުކުމްޖަހައެވެ.

ޙަޤީޤަތަކީ: ދެމައްސަލާގައިވެސް ތަފްޞީލުވެއެވެ. އެމީހަކަށް ކުފުރުގެ ޙުކުމް ޖަހަން ޝަރުޠުތައް ފުރިހަމަވެ، މަނާވާ ކަންތައް ނަފީވެގެންވާ މީހާއާއި، އެފަދައިން ޙުކުމްޖަހަން ޞައްޙަނުވާ މީހާއާ ދެމެދު ތަފްޞީލުކުރަންޖެހެއެވެ.

މިގޮތަށް އިޖްމާލީކޮށް ޖުމްލަކޮށް މައްސަލަ ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެގޮތުން ބުނެވޭނެއެވެ: މިސާލަކަށް ޕާރލަމެންޓު މަޖްލިސްތަކަކީ ޠާޣޫތީ މަޖްލިސްތަކެއްކަމަށް ވިޔަސް އެތަނަށް ކުރިމަތިލާ ކޮންމެ މީހަކު ކާފަރެއް ނުވާނެއެވެ. އަދި މެންބަރު ހޮވައިދޭ ކޮންމެ މީހަކުވެސް ކާފަރެއްކަމުގައި ނުވާނެއެވެ. ===

1️⃣

Heyobas

11 Jan, 00:36


=== ޞަލީބުވިއްކާ މީހާއަށް މުސްލިމެއްގެ ނަންދެވި، އަދި އެކަން ޙަރާމްވެގެންވާކަމަށް ގެންނަވާ ، އަނެއްކޮޅުން އެކަންކުރުން އޭގެ ޒާތުގައި ކުފުރެއްކަމަށް ގެނެސްފައިނުވެއެވެ..

▪️ފައްޅިއެއް ބިނާކުރުމުގެ މަސައްކަތުގައި ކުއްޔަށް ބައިވެރިވުމާމެދު އިމާމް މާލިކު ވިދާޅުވިއެވެ:

"ﷲ ޙަރާމްކުރެއްވި ކަމެއްގައި އޭނާގެ ނަފްސު އުޖޫރައަށް ބައިވެރިނުވާހުށިކަމެވެ. އަދި ފައްޅިއެއްގެ ގޮތުގައި ނަގާނެ މީހަކަށް އޭނާގެ ގެ ކުއްޔަށް ދީގެން ނުވާނެއެވެ. އަދި ވިއްކައިގެންވެސް ނުވާނެއެވެ."

📖 އަލްމުދައްވަނާ 📖

ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންވެވޭ ފައްޅިތައް ބިނާކުރަން އެހީވުން ހިމެނިފައިވާ ގޮތަށް އޭނާ އުޖޫރައަށް މަސައްކަތްކުރުމާއި، އެފަދަ ތަނެއް ހެދުމަށް ގެ ވިއްކުމާއި ކުއްޔަށް ދިނުން އެކަލޭގެފާނު ހިމަނުއްވާފައި އެވަނީ ޙަރާމްކަމެއްގެ ގޮތުގައިއެވެ. އެއްވެސް ބޭކަލަކު އޭގެ ޒާތުގައި އެއީ ދީނުން ބޭރުވެ މުރުތައްދުވާ ކުފުރުގެ ތެރޭގައި ނުހިމަނުއްވައެވެ.

▪️އަދިވެސް އަލްމައުސޫޢަތުލް ފިޤްހިއްޔާގައި މުސްލިމް މީހާ ފައްޅިއެއްގައި މަސައްކަތްކުރުމާމެދު އައިސްފައިވެއެވެ:

"ފައްޅީގައި ޛިއްމީންނަށް މުސްލިމް މީހާ މަސައްކަތްކޮށްދިނުން ހުއްދަނުވާނޭކަމަށް ޖުމްހޫރު ފިޤުހުވެރިން ދެކެއެވެ. ވަޑިއެއްގެ ގޮތުގައިވިޔަސް ބިނާކުރަންވިޔަސް ނުވަތަ އެނޫންކަމެއްގައިވިޔަސްމެއެވެ.

އެހެނީ އެއީ އުރެދުމަށް ވެވޭ އެހީއެކެވެ. އަދި އެމީހުންގެ ބާޠިލު ދީނުގެ ޚާއްޞަ ކަންކަމަށްވާ އެހީއެކެވެ. އަދި އެހެނީ އެއީ އެމީހުންގެ ދީނާއި ޝިޢާރުތައް މަތިކޮށް މާތްކުރުން އެކުލެވޭގޮތަށްވާ ކުލީ މަސައްކަތެކެވެ.

އަދި މާލިކީން އިތުރަށްވަނީ އެފަދައިން ކަންކުރާ މީހާއަށް އަދަބުދެވޭނެކަމަށް ބުނެފައިއެވެ. ޖާހިލުކަމުގެ ޢުޛުރު ދައްކައިފިއްޔާ މެނުވީއެވެ.

ޙަނަފީން ދެކުނީ މުސްލިމަކު ފައްޅިއެއްގައި ލާރިއަށް މަސައްކަތްކޮށްދީ އާރާސްތުކުރުމަކީ އޭގައި މައްސަލައެއްނެތް ކަމެއްކަމަށެވެ!
އެހެނީ އެކުރާ މަސައްކަތުގައި އޭގެ ޒާތުގައި އުރެދުމެއް ނުވެއެވެ."

📖 އަލްމައުސޫޢަތުލް ފިޤްހިއްޔާ 📖

ފަހެ ޙަނަފީ މަޛްހަބުގެ މީހުން އެވަނީ ފައްޅިއާއި އެނޫން ޝިރުކީ ތަންތަނުގައި މަސައްކަތްކުރުން ޙަރާމްވެގެންވުންވެސް ނަފީކޮށްފައިއެވެ!

މިގޮތަށްމެ، ކާފަރުކަމަށް ލޯބިވެ އެކަމަށް ރުހި ރަނގަޅުކުރުމެއްނެތި، ކުފުރަށް އެހީވާ މީހާ ޢިލްމުވެރިން ކާފަރު ނުކުރުންވެސްވަނީ އިހުގެއާއި ފަހުގެ ފިޤުހު ފޮތްތަކުގައި ވަރަށް ގިނައިން އައިސްފައިއެވެ.

އަދި ކުފުރާއި އޭގެ ވަސީލަތްތަކަށް އެހީވާ މީހާ މުޠުލަޤުކޮށް ކާފަރުކުރާ ބުރަދަންހުރި ޢިލްމުވެރިއެއް ފެނިގެންނުވެއެވެ.
ކިއެއްތަ، ޖުމްހޫރު ޢިލްމުވެރިން ދެކެނީ މިކަން ޙަރާމްވެގެންވާކަމަށެވެ. އަދި ބައެއް މީހުން އެކަން ހުއްދަވެސް ކުރިއެވެ. އެއީ އެ މަސައްކަތްކުރާ މީހާ އެނަގަނީ އޭނާގެ ޙަލާލު މަސައްކަތެއްގެ އުޖޫރައެއްގެ ގޮތުގައި ބަލައިގެން، އަދި ކާފަރުންގެ ކާފަރުކަމާ އޭނާއާ ގުޅުމެއްނެތްކަމަށް ބަލައިގެންނެވެ.
އެއާއެކު ރަނގަޅު ޙައްޤުބަހަކީ ޝައްކެއް ނެތްގޮތުގައި ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ.

ނަމަވެސް މިތަނުގައި މަޤްޞަދަކީ: އެއްވެސް ތަފްޞީލެއްނެތި ކުފުރަށް އެހީއެއްކަމުގައި ބަލާ ކޮންމެ ކަމަކާ ވިއްދައިގެން ޖެހުނުގޮތަކަށް ކާފަރުކުރާ މީހުންނާ އަނެއްކޮޅުން ފިޤުހުވެރި ޢިލްމުވެރިންގެ ބަސްފުޅުތަކާ އަޅާކިޔާ ބެލުމެވެ.

▪️އިސްލާމްވެބް ފަތުވާގައި ކުފުރަށް ހުސްއެކަނި އެހީވުމަކީ ކުފުރެއްކަމަށްވާ ސުވާލެއްގެ ޖަވާބުގައިވެއެވެ:

”އިތުބާރުހުރި މުޢުތަބަރު ޢިލްމުވެރިންގެ ތެރެއިން އެކަކުވެސް މިފަދައިން، ކުފުރަށް އެހީވުމަކީ ކުފުރެއްކަމަށް މުޠުލަޤުކޮށް ވިދާޅުވިކަމަށް އަހަރުމެންނަށް އެނގިގެން ނުވެއެވެ!
އެކަމަކު ކުފުރަށްވާނީ ކުފުރަށް ރުހި، ލޯބިކޮށް، ރަނގަޅުކޮށް، ކުފުރު ފެތުރެން އެދިގަޔާވެ އަދި އެނޫންވެސް ހިތުގެ ޢަމަލުތައް ލައިގެންނެވެ...

ދެންފަހެ ކުފުރަށް ލޯބިކުރުމެއް އަދި ރުހުމެއްނެތި، ނުވަތަ ކުފުރު ރަނގަޅުކޮށް ފެތުރިގެން ދިޔުމަށް އެދި ގަޔާވުމެއް ނެތި މުޖައްރަދުކޮށް ހުސްއެކަނި ގުނަވަނުންވާ އެހީއަކީ ބޮޑުވެގެންވާ ނުބައި ފާފައެއްކަމުގައިވިޔަސް އެއީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ!

މިސާލަކަށް ފައްޅިއެއް ނުވަތަ ބުދުކޯލެއް އެޅުމުގައި މަސައްކަތްކުރާ މީހެއް،
ނުވަތަ ޞަލީބާއި ކުފުރުގެ ޝިޢާރުތައް ވިއްކާ މީހެއް،
ނުވަތަ ކުފުރުގެ ޢަޤީދާ ޕުރޮމޯޓުކޮށްފައި ހުންނަ ފޮތްތަކާއި އެފަދަ ތަކެތި، މުދަލާއި ފައިސާ ހޯދަން ދަހިވެތިވެގެން ވިއްކާ މީހާ ގޮތަށެވެ. އެއީ ކުފުރަށް ލޯބިކުރުމެއް، އަދި ކުފުރަށް ރުހުމެއްނެތިއެވެ.“

🌐 އިސްލާމްވެބް ފަތުވާ ނަންބަރ: 354319
==

4️⃣

Heyobas

11 Jan, 00:36


=== ▪️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:

”ފައްޅިތަކަކީ ﷲ ގެ ގެކޮޅުތައް ކަމުގައި، ނުވަތަ އެތަނުގައި އަޅުކަންކުރެވެނީ އެކަލާނގެއަށް ކަމުގައި، ނުވަތަ ޔަހޫދީންނާއި ނަޞާރާއިން ކުރާ ކަންކަމަކީ ﷲ އަށް ކުރެވޭ އަޅުކަމެއްކަމުގައި އަދި އެކަލާނގެއާއި އެކަލާނގެ ރަސޫލާއަށް ވެވޭ ކިޔަމަންވުމެއްކަމުގައި، ނުވަތަ އެކަލާނގެ އެކަމަށް ލޯބިވެވޮޑިގެންވާކަމަށް ނުވަތަ ރުއްސަވައިގެންވާކަމަށް ޤަބޫލުކޮށް އިޢުތިޤާދުކޮށްފި މީހާއީ ފަހެ ކާފަރެކެވެ.

އެހެނީ އެކަމުގައި ހިމެނެނީ އެމީހުންގެ ދީން ޞައްޙަވެ ރަނގަޅުވެގެންވާކަމަށް އިޢުތިޤާދުކުރުމެވެ. އަދި އެއީ ކުފުރެކެވެ.

ނުވަތަ ފައްޅިތައް ހުޅުވުމަށާއި އެމީހުންގެ ދީން ޤާއިމުކުރުމަށް އެހީވެ، އެއާއެކު އެކަމަކީ ހެޔޮކަމެއް ކަމުގައި ނުވަތަ ﷲ އާ ކުއްތަންވެވޭ ކަމެއް ކަމުގައި އިޢުތިޤާދުކޮށްފި މީހާއީ ފަހެ ކާފަރެކެވެ.“

📖 އަލްއިޤްނާޢު ލިލްޙައްޖާވީ 📖

ސީދާ ކުފުރަށް އެހީވުން އެކުލެވޭ ކަމެއްގައި ކުފުރުވުމަށްޓަކައި އެކަލޭގެފާނު އިޢުތިޤާދު ޝަރުޠުކުރައްވާފައިވާ ގޮތް ދެކެބަލާށެވެ!

އަނެއްކަމަކީ ކާފަރުކުރުމުގައި ޙައްދުފަހަނައަޅާފައިވާ މިވެރިންނަށް ލާޒިމްވަނީ އެމީހުންގެ ރައުޔުގެ މައްޗަށް އަމިއްލަ ނަފްސުތައްވެސް ކާފަރުކުރުމެވެ.
އެހެނީ އޭގެ ތެރެއިން ކޮންމެ މީހަކުވެސް ކޮންމެވެސް ޞޫރައެއްގައި ސެކިއުލަރ ސަރުކާރަށް މުދަލާއި ފައިސާ ދައްކައެވެ.
އެއީ އެދައުލަތުގެ ކުފުރަށް އެއިން އެހީހޯދާ އެއްޗެކެވެ.

މިސާލަކަށް: ކާރާއި އުޅަނދުފަހަރުގެ ފީތަކާއި، ބިމު ކުއްޔާއި، ޕާސްޕޯޓާއި އައިޑީ ކާރޑާއި އެނޫންވެސް ލިޔެކިޔުންތައް ހޯދުމަށް ދައްކާ ފައިސާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގައި ޚިދުމަތްހޯދަން ދައްކާ ފައިސާއާއި، ކަސްޓަމްސްއާއި ޑިޔުޓީއަށް ދައްކާ ލާރިއާއި އެނޫންވެސް ދައުލަތަށް އާމްދަނީ ހޯދޭ އެތައް ބައެކެވެ.

ދެންފަހެ އެމީހުން މިކަންކަމަކީ ޟަރޫރީގޮތުން މަޖުބޫރުވެގެންވާ ކަންކަމޭ ބުނެފިނަމަ އަހަރުމެން ބުނާހުށީ ޟަރޫރީ މަޖުބޫރުވުމަކީ މަރު ނުވަތަ ދިރިހުރުންވާ ކަންތަކެވެ. މަޖުބޫރުވެގެންވާ މީހަކީ އެމީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންވާ މީހާއެވެ. އެހެންވީމާ އުޅަނދުފަހަރެއް ނުވެސް ގެންގުޅެ އެލާރި ނުދައްކައިގެން ފުރާނައަށްވާނެ ނުރައްކަލަކީ ކޮބާހެއްޔެވެ؟ އަދި މުއައްސަސާތަކަށް ޚިދުމަތް ހޯދަން ނުގޮސް ހުރެގެން ފުރާނައަށް ނުރައްކާވުމެއް ކޮބާހެއްޔެވެ؟

އެހެންކަމުން، ޙައްދުފަހަނައަޅާ ގޮސް، އިސްލާމްދީނުގެ ވޭތުވެދިޔަހާ ޤަރުނުތަކުގައިވި ޢިލްމުވެރިންގެ ބަސްތައް ފޮޅާލާ އިޖްމާޢު ގެއްލުވާލި ބަޔަކު ދީފައިވާ ފަތުވާތަކުގެ މަޅީގައި ޖެހިގެން ހެއްލުންތެރިވެފައިވާ މިމީހުން ﷲ އަށް ތަޤުވާވެރިވާހުށިކަމެވެ!

އަދި ދަންނަންވީކަމަކީ: ޔަޤީންކަމާއެކު އެމީހެއްގެ އިސްލާމްކަން ޘާބިތުވެގެންވާ މީހަކު، ޔަޤީންކަމެއްގެ ސަބަބުން މެނުވީ ކާފަރުކުރުން ހުއްދަނުވާނޭކަމެވެ.

ވަހުމުތަކާއި ޚިޔާލުތަކާއި، ޣުލާތުންގެ ފަތުވާތަކުން އެކަމެއް ނުކުރެވޭނެއެވެ. މުސްލިމަކު ކާފަރުކުރުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ. އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ:
"މުސްލިމަކު ކާފަރުކުރުމަކީ އޭނާ ޤަތުލުކޮށްލުންފަދަ ކަމެކެވެ."

އެންމެ ނުބައި ޙާލަތެއްގައި ބުނާކަމުގައިވިޔަސް ބުނެވޭނީ: ކާފަރުކުރެވޭހުށީ އެކަންތަކެއްގެ މައްޗަށް އިޖްމާޢުވެގެންވާ ޤަޠަޢީ ކަންކަމުންނެވެ.
ހުސްއެކަނި ކުފުރަށް އަދި ކާފަރުންނަށް މުޠުލަޤުކޮށް އެހީއެއްވުމަކީ އޭގެ ސަބަބުން މުޖްތަމަޢުއާއި މީސްތަކުން ކާފަރުކުރާކަށް ކުޑަމިނުން އެއަށް އިޖްމާޢުވެވިގެންވާ ޤަޠަޢީ މައްސަލައެއް ނޫނެވެ.“

-ފައިދާއަކާއެކު ނަޤުލުކުރެވިފައި-
____

🔹އިތުރު މަޢުލޫމާތު:
1) https://www.islamweb.net/ar/fatwa/354319/%D8%AD%D9%83%D9%85-%D8%A5%D8%B9%D8%A7%D9%86%D8%A9-%D8%A7%D9%84%D9%83%D9%81%D8%A7%D8%B1

2) https://islamqa.info/ar/answers/128025/%D9%87%D9%84-%D9%8A%D8%AC%D9%88%D8%B2-%D8%A7%D9%86-%D9%8A%D8%A8%D9%8A%D8%B9-%D9%85%D9%88%D8%A7%D8%AF-%D8%A7%D9%84%D8%A8%D9%86%D8%A7%D8%A1-%D9%84%D9%84%D9%86%D8%B5%D8%A7%D8%B1%D9%89-%D9%84%D8%A8%D9%86%D8%A7%D8%A1-%D9%83%D9%86%D9%8A%D8%B3%D8%A9

3) https://m.youtube.com/watch?v=5RfLdlg-f1U

4) ޖާސޫސުގެ މައްސަލާގައި ޢިލްމުވެރިންގެ ބަސްފުޅުތަކާއި އިޖްމާޢު

5️⃣

Heyobas

11 Jan, 00:36


==▪️ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާއާ ސުވާލުކުރެވުނެވެ:
ފަހާ މީހަކު، ނަޞާރާއިންނަށް ފަށުވިންވާ ކަމަރެއް، އަދި އޭގައި ޞަލީބުވެސް ރަނުންވާ ގޮތަށް ފަހާދިނެވެ. ފަހެ އޭނާގެ އެ ފެހުމުގައި އޭނާއަށް ފާފަވޭހެއްޔެވެ؟ އަދި އޭގެ އުޖޫރަ ޙަލާލުވާނޭތޯ ނުވަތަ ނޫންތޯއެވެ؟

ވިދާޅުވިއެވެ:
"އާނއެކެވެ. މީހާ ﷲ އަށް އުރެދުމެއްވާ ކަމެއްގައި އެހީތެރިވެއްޖެނަމަ އޭނާވާހުށީ ފާފަވެރިއެއް ކަމުގައިއެވެ. އެއީ ފާފައާއި ޢުދުވާނުހުރި ކަމަކަށް އޭނާ އެހީވުމުންނެވެ.

މިހެންވެ ނަބިއްޔާ صلى الله عليه وسلم ވަނީ ބަނގުރަލާއި، އެ ފެލާދޭ މީހާއާއި، އެމީހަކަށްޓަކައި ފެލޭ މީހާއާއި، އެ އުފުލާ މީހާއާއި، އެމީހަކަށް އުފުލާދެވޭ މީހާއާއި، އެ ވިއްކާމީހާއާއި، ގަންނަ މީހާއާއި، ބޯމީހާއާއި ބޯންދޭމީހާއާއި، އޭގެ އަގު ހޯދައިގެން ކާ މީހާއަށްވެސް ލަޢުނަތް ލައްވާފައިއެވެ.

މީގެ ގިނަ މީހުން މިސާލަކަށް ފެލާ މީހާ، އުފުލާ މީހާ އަދި ބޯންދޭ މީހާ ކުރާކަމަކީ އެބުއިމަށް އެހީވަނީއެވެ. މިހެންވެ ޙަރާމްވެގެންވާ ގޮތަކަށް ހަނގުރާމަކުރަން ބޭނުންހިފާނޭ ބަޔަކަށް ހަތިޔާރު ވިއްކުން ނަހީވެގެންވެއެވެ.
މިސާލަކަށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް، އަދި ފިތުނައިގެ ތެރޭގައި އެއިން ހަނގުރާމަކުރުމަށް އެހީހޯދާނޭ ބަޔަކަށް ވިއްކުމެވެ.

ދެންފަހެ ފާފަތަކަށް އެހީވުމުގައި މިހެން ކަންތައްހުރިނަމަ؛ ކުފުރާއި ކުފުރުގެ ޝިޢާރުތަކަށް އެހީވުން އަދި ކޮންފަދަހެއްޔެވެ!؟
ޞަލީބަކީ އުޖޫރައެއް ނަގައިގެން އަދި ނުނަގާވިޔަސް ހެދުން ހުއްދަވާނޭ އެއްޗެއް ނޫނެވެ. އަދި ޞަލީބެއްގެ ގޮތުގައި އެވިއްކުންވެސް އެހެންނެވެ. އެއީ ބުދު ވިއްކުމާއި ހެދުން ހުއްދަނުވާ ގޮތަށެވެ...

އަދި ޞޫރަހަދާ މީހުންނަށް އެކަލޭގެފާނު ލަޢުނަތްލެއްވިކަން ޘާބިތުވެގެންވެއެވެ. އަދި ގޭގައި ޞޫރައެއް ވާތަން ފެނިއްޖެނަމަ އެކަލޭގެފާނު އެ އެއްޗެއް ކަނޑާލައްވައެވެ.

އެހެންކަމުން ޞަލީބު ހަދާ މީހާއީ ލަޢުނަތް ލިބިގެންވާ މީހެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ އޭނާއަށް ލަޢުނަތް ލެއްވިއެވެ.

އަދި ޙަރާމްކަމެއް ކޮށްގެން ބަދަލެއް ނަގާ މީހާ، ނުވަތަ ފައިދާއެއް ހޯދާ މީހާ، މިސާލަކަށް ބަނގުރާ އުފުލައިގެން ނުވަތަ ޞަލީބެއް ހަދައިދީގެން، އަދި ހަށިވިއްކައިގެންނާއި އެފަދަ ކަންކަމުން ހޯދާ އުޖޫރަ؛ ފަހެ އެމީހަކު އެ އެއްޗެއް ޞަދަޤާތްކޮށް އެޙަރާމް ކަންތަކުން ތައުބާވާހުށިކަމެވެ.

އަދި އޭނާ އެކުރި ޞަދަޤާތްވާނީ އޭނާ ކުރި ކަންތައް ފުހެވިގެންދާނޭ ކައްފާރާއެއް ކަމުގައިއެވެ. އެހެނީ މިގޮތަށް ހޯދާ ބަދަލަކީ އެއިން ފައިދާ ނެގުން ހުއްދަވާނޭ އެއްޗެއް ނޫނެވެ. އެހެނީ އެއީ ނުބައި ބަދަލެކެވެ. އަދި އޭގެ ވެރިޔާއަށް އެރައްދުވެސް ނުކުރެވޭނެއެވެ. އެހެނީ އޭގެ ބަދަލުގައި ކުރަންޖެހޭ ކަންތައް ކޮށްދިނީމައެވެ. އޭނާ އެ އެއްޗެއް ޞަދަޤާތްކުރާނީއެވެ."

📖 މަޖްމޫޢުލް ފަތާވާ 📖

މިއިން ސާފުވަނީ ޞަލީބު ހަދާ މީހާއަށް ލަޢުނަތް ލިބިގެންވާކަމާއި، އަދި އެކަން ޙަރާމްވެގެންވާކަމަށް އިބްނު ތައިމިއްޔާ ޙުކުމްކުރެއްވިކަމާއި، އެކަމަކު އެއިން ކާފަރުވާ ހިސާބަށް އެކަލޭގެފާނު ނުގެންދާކަމެވެ.

▪️އައްސުބުކީ ބުނެފައިވެއެވެ:
"ފަހެ ފައްޅި އެޅުމަކީ އިޖްމާޢުން ޙަރާމް ކަމެކެވެ. އެފަދައިން ފައްޅިތައް މަރާމާތުކުރުންވެސްމެއެވެ. އެފަދައިން ފިޤުހުވެރިން ވިދާޅުވިއެވެ: ފައްޅިއެއް އެޅުމަށް ވަޞިއްޔަތްކުރިޔަސް އެވަޞިއްޔަތްވަނީ ބާޠިލުވެގެންނެވެ. އެހެނީ ފައްޅި ބިނާކުރުމަކީ ފާފައެކެވެ. އަދި މަރާމާތުކުރުންވެސް ފާފައެކެވެ.

އަދި އެވަޞިއްޔަތްކުރާ މީހާއީ މުސްލިމެއްވިޔަސް ނުވަތަ ކާފަރެއްވިޔަސް އޭގައި ފަރަޤެއް ނުވެއެވެ. އެގޮތަށްމެ ފައްޅިއަކަށް ވަޤުފުކޮށްފިނަމަ އެވަޤުފުވެސްވަނީ ބާޠިލުވެގެންނެވެ. އެހެންކަމުން ފައްޅި އެޅުމާއި، އަނބުރާ އިޢާދަކުރުމާއި، އާބާތުރަ ފިލުވާ މަރާމާތުކުރުންވެސް އެއީ އުރެދުމެކެވެ. އެކަންކުރާ މީހާއީ މުސްލިމެއްވިޔަސް ނުވަތަ ކާފަރެއްވިޔަސްމެއެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ގެ ޝަރުޢެވެ."

📖 ފަތާވާ އައްސުބްކީ 📖

އެހެންކަމުން ޝާފިޢީ މަޛްހަބުގެ ފިޤުހުވެރިއެއްކަމުގައިވާ ސުބްކީވެސް ގެނެސްފައި އެވަނީ ފައްޅި ބިނާކުރުމަކީ ފާފައެއްކަމުގައިއެވެ. އަދި މުސްލިމެއް އެކަންކުރިޔަސް އަދި ކާފަރެއް އެކަންކުރިޔަސް އޭގެ ޙުކުމް ބަދަލުނުވާކަމެވެ. އެކަންކުރާ މީހާ މުސްލިމެއްކަމުގައިވެސް ނަންދީފައި އެވަނީއެވެ.

▪️އަލްމައުސޫޢަތުލް ފިޤްހިއްޔާގައި އައިސްފައިވެއެވެ:

"ޝަރުޢީގޮތުން ޞަލީބު ވިއްކުމަކީ މުސްލިމަކަށް ޞައްޙަވާނޭ ކަމެއް ނޫނެވެ. އަދި އެކަންކުރުމަށް ކުއްޔަށް ނެގުންވެސްމެއެވެ. އެކަމަށް އުޖޫރަ ދޭ ގޮތަށް ނެގުނަސް ޞަލީބުހަދާ މީހާއަށް އުޖޫރަދޭން ޙައްޤުނުވެއެވެ.
އެއީ ޢާއްމު ޝަރުޢީ ޤަވާޢިދުގައިވާ ގޮތަށް ޙަރާމްތަކެތި ވިއްކުމާއި ކުއްޔަށް ނެގުމާއި، އެތަކެތީގެ މަސައްކަތްކުރުމަށް ކުއްޔަށްނެގުން ހުއްދަނުވުމުގެ މަތިންނެވެ."

📖 އަލްމައުސޫޢަތުލް ފިޤްހިއްޔާ 📖 ==

3️⃣

Heyobas

10 Jan, 02:13


💥 އިބްރާހީމު އައްނަޚަޢީ (96ހ) ވިދާޅުވިއެވެ:

”އަހަރެންނަށް ފޯރާފައިވާ ގޮތުގައި ޤިޔާމަތްދުވަހު ތިލަފަތް ބެހެއްޓި، ދެން މީހެއްގެ ޢަމަލުތައް ވަޒަންކުރެވޭނެއެވެ.
ދެން އޭނާގެ ހެޔޮ ޢަމަލުތައް ލުއިވެގެންދެއެވެ.

ދެން ވިލާކޮޅެއްކަހަލަ ހުދުކުލައިގެ އެއްޗެއް ގެނެވެއެވެ. އަދި އޭނާގެ މީޒާނުގައި އޭތި ބޭއްވެއެވެ.
އެހިނދުން ހެޔޮކަމުގެ ކިބަ ބަރުވެގެންދެއެވެ.

ދެން އޭނާއަށް ބުނެވޭނެއެވެ:
"މިއީ ކޮން އެއްޗެއްކަން ތިބާއަށް އެނގޭހެއްޔެވެ؟"

އޭނާ ދަންނަވައެވެ:
"ނޫނެކެވެ."

ބުނެވޭނެއެވެ:
"މިއީ ތިބާ މީސްތަކުންނަށް އުނގަންނައިދިން ޢިލްމެވެ.
ދެން އެމީހުން ތިބާގެ ފަހުން އެޢިލްމަށް ޢަމަލުކޮށް އެހެން މީހުންނަށް އުނގަންނައިދިނެވެ."

📚 އަލްޖާމިޢު ލިއިބްނު ވަހްބު، ޖާމިޢު ބަޔާނިލް ޢިލްމު 📚

Heyobas

08 Jan, 04:03


މީސްތަކުންގެ ސިއްރުތައް ހިފެހެއްޓުމަކީ އަމާނާތެކެވެ.

Heyobas

04 Jan, 23:22


amilla nafusa ehen meehunah rugya kuran daskuran beynuntha? register kohlahva
https://www.heyobasacademy.com/ruqya2

Heyobas

04 Jan, 16:15


https://www.atollnews.com/27687/

Heyobas

04 Jan, 16:14


ސިނގިރޭޓް ބޯ ހުރިހާ އަޚުންނާއި އުޚުތުންނަށް އެކަން ހުއްޓާލުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ!

Heyobas

28 Dec, 09:53


Bodu tharutheeb

Heyobas

26 Dec, 13:16


«އަދި ތަވީދު އެލުވުން ވަނީ ކުޑަ ޝިރުކުގެ ތެރެއިންނެވެ، އެއީ އެ އެލުވާ އެއްޗަކީ އޭގެ ޛާތުގައި ﷲ ފިޔަވާ ގެއްލުން ދުރުކޮށްދޭ އެއްޗެއްކަމަށް އިޢްތިޤާދު ނުކުރާނަމައެވެ، ފަހެ މިއިޢްތިޤާދު އިޢްތިޤާދުކުރާނަމަ އެއެލުވުން ވާހުށީ ބޮޑު ޝިރުކެއްކަމުގައެވެ.»

(مجموع فتاوى ومقالات الشيخ ابن باز 25/ 94)

Heyobas

25 Dec, 16:08


Live stream finished (28 minutes)

Heyobas

25 Dec, 15:40


Live stream started

Heyobas

25 Dec, 13:45


Heyobas ilmee silsila dharus.
Time: 8:30 (konme wednesday ehge 8:30pm)
Dharus dhehvaanee: Sheikh thorig hafizahuhllah.

Heyobas

22 Dec, 13:50


✍🏼 ސުލްޠާނާއި ވެރިންގެ ފުށުން ޢިލްމުވެރިންނަށް ޖެހޭ ފިތުނައިގެ ވާހަކަ ދެއްކޭގޮތަށް، އެފަދަ ނުވަތަ އެއަށްވުރެ ނުރައްކާ ބޮޑު އެއްފިތުނައަކީ ފަހަތު ލައިގެން އުޅޭ ޖަމާޢަތުގެ ފިތުނައެވެ.

މި ފިތުނައިގެ ނުރައްކާ ބޮޑުކަމީ މިއީ ނޭނގިހުރެ ޖެހޭ ފިތުނައަކަށްވެ ޖެހޭ މީހުން ގިނަވެގެންވުމެވެ.
އަދި ވެރިޔާއާ ދުރުވެ އެއްކިބާވެގެން އޭނާގެ ފިތުނައިން ސަލާމަތްވެވުނަސް، އަނެއްކޮޅުން ފަހަތުއަޅުވާލާ މީހުންގެ ފިތުނައިން ސަލާމަތްވުން އުނދަގޫވެގެންވެއެވެ.

ތިމާއަށް ތަބަޢަވެ، ތިމާ ބޮޑުކޮށްގެން މަތިކޮށްގެން އުޅޭ މީހުން ހިތްރުއްސުމަށްޓަކައި، އެމީހުންގެ ތަޞައްވުރާ އެއްގޮތަށް ދަޢުވަތު ބައްޓަންކުރުމެވެ.

އެގޮތުން ފޮލޯކުރާ މީހުން މަދުވެދާނެތީ، ނުވަތަ ނުރުހުން އަމާޒުވެދާނެތީ، އަދި އެމީހުންގެ ފުށުން ތަފާތު ފިއްތުންތަކާއި ފުރައްސާރަތައް އަމާޒުވެދާނެތީވެ ޙައްޤު ފޮރުވާ ވަންހަނާކޮށް، އަދި ބާޠިލުގެ މަތީގައި ފައިވިއްދާފައި ހުރެއެވެ.

އަދި އެބާޠިލު ދޫކޮށްލާ، ތިމާ ކުރިންހުރި ގޮތް ނުވަތަ ރައުޔު ގޯސްކަމަށް ބަޔާންކުރަން ފަސްޖެހެއެވެ.
އަދި އެމީހުންގެ ތެރޭގައި ތަފާތު އެކިކަހަލަ މަގުފުރެދުންތައް -ޙައްޤާ ޚިލާފު ޙައްދުފަހަނައެޅި ޤަބޫލުކުރުންތައް ގެންގުޅޭ މީހުން- ތިބިކަން އެނގިހުރެވެސް "ސުންނަތުގެ އަޚުން" ގެ ލިސްޓުގައި އަމުނާލައެވެ.

އެއީ ވަށައިގެން އުޅޭ ބޯއީސްކޮޅުގެ ފަރާތުން އެމީހަކުގެ އަބުރު ކަތިލާ، ފުރައްސާރަކޮށް، ބިރުދައްކާ، ދެމުންދާ އެހީތައް ހުއްޓާލާ، ގުޅުންކަނޑާލާފާނޭކަމުގެ ބިރަށްޓަކައިއެވެ.
މިއީ ވެރިޔާގެ ފުށުން ޖެހޭ ފިތުނައަށްވުރެ އެތައް ގުނައެއް ނުރައްކާ ފިތުނައެކެވެ.

އެގޮތުން މިވެރިން ގަޔާވާ ވަކި ޢިލްމުވެރިއެއް ގެންގުޅެނީ ތުންފުހޭ ރުމާކޮޅެއް ގޮތަށެވެ. އެމީހުންގެ ތުންފުހެދޭހާ ދުވަހަކު، އަދި އެމީހުންގެ ފިކުރާ ދިމާވާހާ ދުވަހަކު ބޮލަށް ކޮނޑަށް ނަގައިގެން، އެވަރު މީހަކު ނެތް ދަރަޖައަށް އުފުލައިގެން، އަދި މުޅި ޙައްޤަކީ އަދި މުޅި ދީނަކީ އޭނާހެން އަދި އޭނާގެ ބަހާއި ޚިލާފުވާ މީހާއަށް "އަޞްލު ސައިޒު" ދައްކާލަން އުޅެއެވެ.

ދެން އިސާހިތަކު އެމީހުންގެ ޤަބޫލުކުރުމާއި ރައުޔާ ބައި ސޫތު ޚިލާފުވާ ހިސާބުން އެމީހަކުގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލާ، އެމީހަކަށް ކުޅިދައްކާލައެވެ.

އެމީހުން ބޭނުންވަނީ ވެރިންގެ "ތުންފުހިންކަމުގައި" ނުވެ އެމީހުންގެ ތުންފުހިންކަމުގައި ވާށެވެ. އެމީހުން ކުރަހާދޭ މަގު ޗާޓުގައި އެއިން ފޭނުވެ ދާހާ ހިނދަކު އެހެރީ ޙައްޤުގެ މަތީގައިއެވެ.

އެހެންކަމުން ޙައްޤު ހޯދަން މަސައްކަތްކުރާ މުއުމިނުއަޅާ، ވެރިންނާއި އަމީރުންގެ ފުށުން އަންނަ ފިތުނަތަކާމެދު ހުށިޔާރުވެ، އެވެރިންނާ ގާތްނުވާ ގޮތަށް، ވަކި ޖަމާޢަތެއް ނުވަތަ ބައިގަނޑެއް ނުވަތަ މީސްކޮޅެއްގެ ފުށުން އަންނާނޭ ފިތުނަތަކާމެދު ހުށިޔާރުވެ ސަމާލުވާން ޖެހެއެވެ.

ސަލަފުންގެ ބޭކަލުން ވެރިންނާ ގާތްނުވުމަށް އިންޛާރުދެއްވި ގޮތަށް، ފަހަތު އަޅުވާލާ މީހުންގެ ފިތުނައާމެދުވެސް އިންޛާރުދެއްވިއެވެ.
އަދި ބައެއް ބޭކަލުން ހިންގަވާފައި ދާއިރު ފަހަތުން ބަޔަކު އައުންވެސް މަނާކުރައްވައެވެ.

އެހެންކަމުން މީޒާން ހަމަހަމަކޮށް، އެއް ފަރާތް ބަރުކޮށްލައިގެން އަނެއް ފިތުނާގެ ތެރެއަށް ނޭނގިހުރެ ޣަރަޤުވެގެން ނުދިޔުމަށްޓަކައި ދެކަމާމެދުވެސް ސަމާލުވާންޖެހެއެވެ.

#تأملات

Heyobas

22 Dec, 13:36


https://t.me/reminder_mv

Heyobas

22 Dec, 09:48


ދަޢުވަތު ސިލްސިލާ 25: ނަބިއްޔާ صلى الله عليه وسلم ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވި ގޮތް

Heyobas

22 Dec, 00:58


🔥 އަލްޙަކީމުއް ތިރްމިޛީ (320ހ)ގެ ފޮތުގައި ޚަވާރިޖުންނާމެދުވެއެވެ:

”ޢަބްދު ﷲ ބްނު އައުފާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ޚަވާރިޖުންނަކީ ނަރަކައިގެ އަހުލުވެރިންގެ ކުއްތާތަކެވެ."

ޚަވާރިޖުންނަކީ ދުނިޔޭގެ ޙަޔާތުގައި އެމީހުންގެ ޢަމަލުތައް ފުރެދިގެންދިޔަ ބައެކެވެ. އެއީ އެމީހުން އެކަންތައް ކުރަނީ ރަނގަޅަށްކަމުގައި ހީކުރާ ޙާލުގައިއެވެ.

އެމީހުންނަކީ ޢަމަލުތައް އެންމެ ގެއްލެނިވެގެންވާ މީހުންނެވެ. އެމީހުންގެ ޢަމަލުތައް ބާޠިލުވެގެންދެއެވެ.

ޤިޔާމަތްދުވަހު އެކަންކަމަށް އެއްވެސް ބުރަދަނެއް ނުދެވެއެވެ. އެހެނީ އެމީހުންގެ ހިތުގައި ކަސިޔާރުވުމެއްވާ ޙާލުގައި އަޅުކަމުގައި ގަދައަޅާ މަސައްކަތްކޮށްގެން، ދެން ދީނުން ނިކުމެގެންދިޔައީމައެވެ...

އެމީހުންގެ ކިބައިގައި މާ މައްޗަށް ފުނަށް ގޮސް ޙައްދުފަހަނައެޅުންވުން ކެނޑިނުދެއެވެ. އެހެންގޮސް އެންމެ ފާފައަކުންވެސް މުވައްޙިދުން ކާފަރުކުރާ ހިސާބަށް ދިޔައެވެ...

ދެން އެމީހުންނަށް އަމިއްލައަށް ފެންނަގޮތަށް (ދީނުގެ ކަންކަމުގައި) އަޅާކިޔާ ޤިޔާސްކުރިއެވެ.
އަދި ޤުރްއާން އެ މާނަކުރަން ޖެހޭގޮތް ނޫން އެހެން ގޮތްގޮތަށް ތައުވީލުކޮށް މާނަކުރިއެވެ...

އަދި ފަހަރެއްގައި އާޔަތެއްގެ ފަހުކޮޅުގައި ހިފައިފައި އޭގެ ކުރީކޮޅު ދޫކޮށްލާފާނެއެވެ...

ފަހެ މުއުމިނާއަކީ އަނެކުން ފަރުދާކޮށް، ރަޙުމްކޮށް، އޯގާތެރިވެ،
އަދި މަލާމާތްކޮށް ފުރައްސާރަކުރުމުން ދުރުވެ، ލަދުގަންނަވާ ބޭޒާރުކުރުމުން އެއްކިބާވާ މީހެކެވެ.
އަދި އޭނާ ﷲ ގެ ޙަޟްރަތުން ރަޙްމަތަށް އުއްމީދުކޮށް، މީނާއަށް ރަޙްމަތް ލިބުމަށް އެދެއެވެ.

އެކަމަކު މިހިރަ ފިތުނާގައި ޖެހިގެންވާ (ޚަވާރިޖުންގެ) މީހާ، އަނެކާ ފަޟީޙަތްކޮށް ބޭޒާރުކޮށް، ލަދުގަންނަވާ، މާޔޫސްކުރުވާ، އުއްމީދުކަނޑުވާލާ، ކާފަރުކުރެއެވެ.

މިއީ (ނަރަކައިގެ) ކުއްތާތަކުގެ އަޚްލާޤާއި އެމީހުންގެ ބަސް ހުންނަގޮތެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް ކުއްތާތަކެއްހެން އެމީހުން އަރައިގަތެވެ.
އަދި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި މަލާމާތްކުރުމުގެ ލޮލަކުން އެމީހުން މީސްތަކުންނަށް ބެލިއެވެ.

ދެންފަހެ އެމީހުން ނަރަކައަށް ވަތްހިނދު އެމީހުންގެ ޢަމަލުތަކުގައި ކުއްތާތަކެއްހެން ވެގެންދިޔައެވެ.
އެއީ ދުނިޔޭގައި މުވައްޙިދުންގެ މައްޗަށް ކުއްތާތަކެއްހެން (ހޭރި ވައްވައްޖަހާ ގަޔަށްބޮލަށްއަރާ) އެމީހުން އުޅުނު ބީދައިންނެވެ.“

ނަވާދިރުލް އުޞޫލު 📖
منقول من محمد المالديفي.

Heyobas

21 Dec, 18:59


🍁 ކަޢުބު އަލްއަޙްބާރު (32ހ) ވިދާޅުވިއެވެ:

”މީސްތަކުންގެ ތެރެއިންވާ ޖާހިލުންތައް ޢިލްމުން ފަޚުރުވެރިވެ ބޮޑާވެގަނެ،
އަދި އަންހެނުން ފިރިހެނުންގެ މައްޗަށް ޣީރަތްތެރިވާ ގޮތަށް ޢިލްމުގެ މައްޗަށް ޣީރަތްތެރިވެ،
(އެބަހީ: ތިމަންނާގެ ޢިލްމު އެހެން މީހަކަށް ލިބިދާނެތީ ނުވަތަ ތިމަންނައަށް ކުރެޑިޓްނުދީ ފަތުރާފާނޭތީ ފާރަވެރިވާ) ދުވަސް ތިޔަބައިމީހުންނަށް ފެނުން ގާތްވެއްޖެއެވެ!

ފަހެ އެމީހުންނަށް ޢިލްމުން ލިބިފައިވާ ނަޞީބަކީ އެއީއެވެ.“

📖 ޙިލްޔަތުލް އައުލިޔާ 📖

Heyobas

20 Dec, 11:31


Heyobas pinned «https://www.heyobasacademy.com/ruqya2»

Heyobas

20 Dec, 11:05


Hukur duvahu asuru fahun magribah demedhu va vaguthakee Dhua ijaaba vagutheh.

Heyobas

20 Dec, 08:04


https://www.heyobasacademy.com/ruqya2

Heyobas

19 Dec, 17:50


🍁 އިބްނު ސީރީން (110ހ) އަށް ވަލީމާއަކަށް ދަޢުވަތުދެވިއްޖެނަމަ އެކަލޭގެފާނުގެ ގެކޮޅަށް ވަދެވަޑައިގެން ވިދާޅުވެއެވެ:
”ސަވީޤު (ހިމުން ފުށުން ހެދޭ އެއްޗެއް) ގެންނާށެވެ.“

ދެން ދެންނެވެއެވެ:
”އޭ އަބޫބަކުރެވެ! ތިބާ ތިޔަދަނީ ވަލީމާއަކަށެވެ. ދެން ސަވީޤު ބޮނީހެއްޔެވެ؟“

ވިދާޅުވެއެވެ:
”އަހަރެންގެ ބަނޑުގެ ހައިހޫނުކަން މީސްތަކުންގެ ކާތަކެތީގެ މައްޗަށް ހުޅުވާލުމަށް އަހަރެން ނުރުހެމެވެ.“

📖 ޙިލްޔަތުލް އައުލިޔާ 📖

🔹އިބްނު މުފްލިޙު (763ހ) ވިދާޅުވިއެވެ:

”ޝެއިޚު ތަޤިއްޔުއްދީން (އެބަހީ: އިބްނު ތައިމިއްޔާ) އަށް ކެއުމަކަށް ދަޢުވަތުދެއްވިއްޖެނަމަ ވަޑައިގަތުމުގެ ކުރިން، ހައިހޫނުކަން ފިލާނެ އެއްޗެއް ފަރިއްކުޅުވައެވެ.

ފަހަރުގައި އެކަމުގައި އެކަލޭގެފާނު އިސްވެދިޔަ ސަލަފުންނަށް ތަބަޢަވީކަމަށް ވެދާނެއެވެ.

އިބްނު ޢަބްދުލް ބައްރު ޛިކުރުކުރެއްވި ގޮތުގައި، ޢަލީ ބްނު ޢަބީ ޠާލިބަށް ކެއުމަކަށް ދަޢުވަތުދެއްވިއްޖެނަމަ ވަޑައިގަތުމުގެ ކުރިން އެއްޗެއް ފަރިއްކުޅުވައެވެ.

އަދި ވިދާޅުވެއެވެ:
"އެހެން މީހެއްގެ ކާތަކެތީގެ ގާތުގައި އެމީހެއްގެ ދަހިވެތިކަން ފާޅުކުރުމަކީ ހުތުރުކަމެކެވެ."

މިކަންތައް -والله أعلم- ވަނީ ޝަޚްޞުންނާއި ޙާލަތްތައް ތަފާތުވުމުގެ މައްޗަށް ތަފާތުވެގެންނެވެ.“

📖 އަލްއާދާބުއް ޝަރްޢިއްޔާ 📖

Heyobas

18 Dec, 15:43


Thafseer class mirey cancel.

Heyobas

03 Dec, 01:32


اللهـمَّ أَنتَ ربِّي, لا إلهَ إلا أنتَ, خَلَقْتَني, وأَنا عبدُكَ, وأَنا على عهدِكَ ووعدِكَ, ما استَطَعْتُ, أعـوذُ بـكَ مِن شرِّ ما صَنَعْتُ, أبوءُ لكَ بنِعْمَتِكَ عليِّ, وأَبوءُ لَكَ بذَنبي, فاغفِرْ لي, فإنَّه لا يَغفِرُ الذُّنوبَ إلا أَنتَ

Heyobas

02 Dec, 07:45


ނޭވާލުމުގެ ނިޢުމަތް

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

"އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ނިޢުމަތަކީ ނޭވާލުމުގެ ނިޢުމަތެވެ. އެއީ ނިޢުމަތެއްކަން ވަރަށް ގިނަ މީހުންގެ ހިތަށް ނުވެސް އަރައެވެ. ދުވާލަކު ގާތްގަނޑަކަށް 24000 ފަހަރު މީހަކު ނޭވާލައެވެ. ފަހެ މިއީ އެންމެ ކުޑަ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު އަދި މިއީ ރެއަކާއި ދުވާލެއްގެ މައްޗަށް ލިބޭ 24000 ނިޢުމަތަށް ވާއިރު، ފަހެ މިއަށް ވުރެ ބޮޑެތި ނިޢުމަތްތަކާ މެދުގައި ވިސްނާ ފިކުރުކުރައްވާށެވެ!" ¹


އަދުގެ ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނަކު އެވެރެޖްކޮށް ނޭވާލަނީ މިނެޓަކު 12 ވަރަކަށް ފަހަރެވެ. އަދި ކަމެއް ކުރާ އިރުގައި 16 ވަރަކަށް ފަހަރެވެ. އަދި ހެލިފެލިވެ އުޅޭ އިރުގައި 20 ވަރަކަށް ފަހަރެވެ. އެހެންކަމުން 17000 އާއި 30000 އާ ދެމެދުގެ މިންވަރަކަށް އިންސާނާ ކޮންމެ ދުވަހަކުވެސް ނޭވާލާ އުޅެއެވެ. ²


ﷲ ތަޢާލާ އަޅަމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިވެރިކަމާ އަދި ފުރިހަމަކަމާއެވެ! އަޅަމެންނީ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ!

-------------------------

[1] مفتاح دار السعادة لابن القيم (2 / 54).
[2] The physics of human breathing: flow, timing, volume, and pressure parameters for normal, on-demand, and ventilator respiration by Joachim D Pleil and others, Journal of Breath Research, Volume 15, Number 4, 27 September 2021.

Heyobas

01 Dec, 13:29


أبو سعيد الخدري رضي الله عنه ވިދާޅުވިއެވެ:
"من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق ."
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހަކާއި ބައިތުލް ޢަޠީޤްއާ (އެބަހީ، ކަޢުބަތުﷲ ގެފުޅާ) ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ. "
[ فضائل القرآن لابن الضريس]

خالد بن معدان ވިދާޅުވިއެވެ.
"من قرأ سورة الكهف في كل يوم جمعة قبل أن يخرج الإمام, كانت له كفارة ما بينه وبين الجمعة, وبلغ نورها البيت العتيق."
"ހުކުރު ދުވަހު އިމާމު ނަމާދަށް ނުކުތުމުގެ ކުރިން، (އެބަހީ އިމާމު މިމްބަރު މައްޗަށް އެރުމުގެ ކުރިން) ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެއް ހުކުރުން އަނެއް ހުކުރައްވާ ކައްފާރާއެއްކަމުގައި ވާނެއެވެ. އަދި  އެސޫރަތުގެ އަލިކަން ބައިތުލް ޢަޠީޤްއާ (އެބަހީ، ކަޢުބަތުﷲ ގެފުޅާ) ހަމައަށް ފޯރާނެއެވެ. "
[سنن سعيد بن منصور]

أبو المهلب الجرمي ވިދާޅުވިއެވެ:
"من قرأ سورة الكهف في يوم الجمعة ، كان له كفارة إلى الجمعة الأخرى ."
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެކަން އެއް ހުކުރުން އަނެއް ހުކުރައްވާ ކައްފާރާއެއްކަމުގައި ވާނެއެވެ."
[فضائل القرآن لابن الضريس]

الشافعي ވިދާޅުވިއެވެ.
"وبلغنا أن من قرأ سورة الكهف وقي فتنة الدجال، وأحب كثرة الصلاة على النبي - صلى الله عليه وسلم - في كل حال، وأنا في يوم الجمعة وليلتها أشد استحباباً، وأحب قراءة الكهف ليلة الجمعة ويومها، لما جاء فيها."
"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކު، ކައްވަޅުގެ ފިތުނައިން ރައްކާތެރި ކުރެވިގެންވާކަމުގެ ޚަބަރު ތިމަންބޭކަލުންނަށް ވަނީ ފޯރާފައެވެ. އަދި ހުރިހާ ހާލަތެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު ދެކިލައްވާ ގޮތުގައި ހުކުރު ދުވަހާއި ހުކުރު ވިލޭރޭ ޞަލަވާތްކިޔެވުން މުސްތަޙައްބުކަން ބޮޑެވެ. އަދި ތިމަންކަލޭގެފާނު ހުކުރު ވިލޭރެއާއި ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔުއްވުމަށް ލޯބި ކުރައްވަމެވެ. އެއީ އެކަމުގައި ރިވާވެގެންވާ ރިވާޔަތްތަކުގެ މައްޗަށް ބުރަވެއެވެ."
[كتاب الأم]

إسحاق بن هانئ النيسابوري ވިދާޅުވިއެވެ:
"خرجت مع أبي عبد الله (يعني الإمام أحمد بن حنبل) إلى الجامع فسمعته يقرأ سورة الكهف."
އަބޫ ޢަބްދިﷲ (އެބަހީ އަޙްމަދު ބްނު ޙަންބަލް) އާއެކު ތިމަންކަލޭގެފާނު މިސްކިތައް ދިއުމަށްޓަކައި ނުކުމެވަޑައިގަތީމެވެ. ފަހެ އެކަލޭގެފާނު ކަހްފު ސޫރަތް ކިޔަވާވިދާޅުވާ އަޑު ތިމަންކަލޭގެފާނަށް އިވުނެވެ.
[مسائله]

ابن تيمية އާ ސުވާލު ކުރެވުނެވެ:
"هل قراءة الكهف بعد عصر الجمعة جاء فيه حديث أم لا؟ فأجاب: الحمد لله، قراءة سورة الكهف يوم الجمعة فيها آثار، ذكرها أهل الحديث والفقه، لكن هي مطلقة يوم الجمعة، ما سمعت أنها مختصة بعد العصر، والله أعلم."
"ހުުކުރު ދުވަހުގެ އަޞުރުފަހުން ކަހްފު ސޫރަތް ކިޔެވުމަށް ޙަދީޘެއް އައިސްފައި ވޭ ތޯއެވެ. ނުވަތަ ނުވޭތޯއެވެ؟ ޖަވާބުދެއްވިއެވެ. الحمد لله، ހުކުރު ދުވަހުގައި ކަގްފު ސޫރަތް ކިޔެވާމެދު އަޘަރުތައް ރިވާވެގެން އައިސްފައި އެބަވެއެވެ. އެކަން ޙަދީޘްގެ އަހުލުވެރިންނާއި ފިޤްހުގެ އަހުލުވެރިން ޛިކުރު ކުރައްވާފައިވެއެވެ. އެހެނަސް އެކަން ވަނީ (ވަކި ވަގުތެއް ޚާއްޞަ ކުރުމެއްނެތި) މުޠުލަޤުކޮށް ހުކުރު ދުވަހު ކިޔެވުމަށެވެ. އަޞުރުފަހުން ކިޔެވުމަށް ޚާއްޞަވެގެންވާކަމެއް ތިމަންކަލޭގެފާނު އަޑު ނާއްސަވަމެވެ. والله أعلم."
[مجموع الفتاوى]

Heyobas

30 Nov, 19:06


ފަހެ އޭނާގެ އިސްލާމްކަމާމެދުގައި ތިބާ ތުހްމަތުކުރާށެވެ!

🖋️ އިމާމް އަބޫ މުޙައްމަދު އަލް-ޙަސަން ބްނު ޢަލީ އަލް-ބަރްބަހާރީ (329ހ.) ވިދާޅުވިއެވެ:

«އަދި އަޘަރުތަކަށް ޠަޢްނުކޮށް އާޑަކިޔައި ފާޑުކިޔާ އަދި އެބަލައިނުގަނެ އަދި އެ ޤަބޫލުނުކުރާ މީހެއްގެ އަޑު ތިބާއަށް އިވިއްޖެނަމަ،

ނުވަތަ ﷲ ގެ ރަސޫލު ﷺ ގެ އަރިހުން އައިސްފައިވާ ޚަބަރުތަކުން ޚަބަރަކަށް އިންކާރުކުރާ މީހެއްގެ އަޑު ތިބާއަށް އިވިއްޖެނަމަ،

ފަހެ އޭނާގެ އިސްލާމްކަމާމެދުގައި ތިބާ ތުހްމަތުކުރާށެވެ!

އެހެނީ ހަމަކަށަވަރުން އޭނާއީ އޭނާގެ ބަހާއި މަޛްހަބު ނުބައިވެގެންވާ މީހެކެވެ. އެހެނެއްކަމަކު އޭނާ އެއްޗެހި ކިޔައި އެޠަޢްނު ކުރިކަން ކަށަވަރީ ﷲ ގެ ރަސޫލު ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށެވެ!

އެހެނީ އަހަރުމެންނަށް ﷲ މަޢުރިފަތުކޮށް އެނގުނީ، އަދި ﷲ ގެ ރަސޫލު ﷺ އެނގުނީ، އަދި ޤުރްއާން އެނގުނީ، އަދި ހެވާއި ނުބައި އެނގުނީ، ދުނިޔެއާއި އާޚިރަތު އެނގުނީ، އަޘަރުތަކުންކަން ކަށަވަރެވެ!

އަދި ސުންނަތު، ޤުރްއާނަށް ޙާޖަތުޖެހި ބޭނުންޖެހިގެންވާ ވަރަށްވުރެ ބޮޑަށް، ޤުރްއާންވަނީ ސުންނަތަށް ޙާޖަތުޖެހި ބޭނުންޖެހިގެންނެވެ.»

📗 [شرح السنة للبربهاري: ١/‏٧٩]

#Aqeedha

Heyobas

30 Nov, 10:02


💥އަބޫ ޖަޢުފަރު އަލްބާޤިރު (114ހ) ވިދާޅުވިއެވެ:

”ދަށު ދަރަޖައިގެ މަރުމޯލުންގެ ހަތިޔާރަކީ:
ހަޑިހުތުރު ނުބައި ބަސްތަކެވެ.“

📚 ސިޔަރުއް ސަލަފު ލިލްއަޞްބަހާނީ، ސިޔަރު އަޢުލާމުއް ނުބަލާއު 📚

Heyobas

29 Nov, 09:41


އަލްޚުލަފާއުއްޜާޝިދޫންގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ ދިރިއުޅުން ބިނާކުރުން މުހިއްމު: ޚުތުބާ
https://dhiyares.com/74698

Heyobas

29 Nov, 08:41


ފުން ހިތާމައާ އެކު ބުނެލަމެވެ. [މިއަދު] ގިނަ މުސްލިމުންގެ ނަފުސުތައް ފިރުޢަނު ފަދައިން ކިބުރުވެރި ބައެއް ކަމުގައި ވެއްޖެއެވެ. މާތް الله އިރާދަކުރެއްވި [މަދު] މީހަކު މެނުވީ ނަޞޭޙަތް އަޑު ނާހައެވެ.

[محمد ناصر الدين الألباني]

Heyobas

28 Nov, 17:11


💎 قَالَ رَسُولُ اللَّهِ ﷺ:
لَا يُرَدُّ الدُّعَاءُ بَيْنَ الْأَذَانِ وَالْإِقَامَةِ

📌 މާނަ: "ބަންގިއާއި ޤަމަތާ ދެމެދު ކުރާ ދުޢާ ރައްދުވެގެން ނުވެއެވެ."

📚 رواه أبو داود والترمذي وصححه الألباني

Heyobas

28 Nov, 16:00


Khallal GE sunnah foiy Kiyun (salafunge ageedha fotheh)
Dhevana Majlis.

Heyobas

28 Nov, 15:58


Live stream finished (58 minutes)

Heyobas

28 Nov, 15:07


https://t.me/heyobas?livestream=0147bfa31967950263

Heyobas

28 Nov, 15:06


https://archive.org/details/aqidah-12299

Heyobas

28 Nov, 15:00


Live stream started

Heyobas

28 Nov, 15:00


Live stream scheduled for

Heyobas

28 Nov, 14:44


🌴އިމާމް އަޙްމަދު (241ހ) ސަޖިދާގައި މިހެން ދުޢާކުރައްވާކަމަށް ރިވާކުރެވެއެވެ:

«اللَّهُمَّ مَنْ كَانَ مِنْ هَذِهِ ‌الأمَّة ‌عَلَى ‌غَيْرِ ‌الْحَقِّ وَهُوَ يَظُنُّ أَنَّهُ عَلَى الْحَقِّ فَرُدَّهُ إِلَى الْحَقِّ لِيَكُونَ مِنْ أَهْلِ الْحَقِّ»

”އޭ ﷲ އެވެ! މި އުއްމަތުގެ ތެރޭގައި ޙައްޤުގައި ހުރިކަމަށް ހީކޮށްގެން ޙައްޤާ ޚިލާފަށް ހުރި މީހަކުވިއްޔާ،
ފަހެ އެމީހަކު ޙައްޤަށް އަނބުރާ ރައްދުކުރައްވާށިއެވެ.
އެއީ އެމީހަކު ޙައްޤުގެ އަހުލުވެރިންގެ ތެރެއިންވުމަށެވެ.“

📖 އަލްބިދާޔާ ވައްނިހާޔާ 📖

Heyobas

25 Nov, 13:47


Heyobas ilmee silsila dharus.
Time: 8:30 (konme wednesday ehge 8:30pm)
Dharus dhehvaanee: Sheikh thorig hafizahuhllah.

Heyobas

25 Nov, 13:47


Mihafuthaage thafseer class ohnanee mirey

Heyobas

25 Nov, 10:40


🍁 ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

”ޚަވާރިޖުންނާ އެނޫންވެސް ބިދުޢައާއި އަނިޔާވެރިކަމުގެ އަހުލުވެރިންނާ،
ދީނުގެ ބައެއް މައްސަލަތަކުގައި ދެބަސްވެ ޚިލާފުވެއްޖެނަމަ އެވެރިން އުއްމަތަށް އަނިޔާވެރިވެ، އަދި އަނެކުންގެ މައްޗަށް އަރައިގަނެ ޢުދުވާނު ހިންގައެވެ.

އެނޫންވެސް އަމިއްލަ އެދުންތަކުގެ އަހުލުވެރިން (ބިދުޢަވެރިން) ވަނީ އެހެންނެވެ.

ފަހެ އެމީހުން ބިދުޢައެއް އުފައްދާފައި
ދެން އެކަމުގައި އެމީހުންނާ ޚިލާފުވާހާ ބަޔަކު ކާފަރުކޮށްލައެވެ!“

📖 މަޖްމޫޢުލް ފަތާވާ 📖

#ابن_تيمية

Heyobas

25 Nov, 07:46


🖊ابن قدامة المقدسي رحمه الله ވިދާޅުވެފައިވެއެވެ.
ސަލަފުންގެ މަގު ފިޔަވައި އެހެން މަގެއް އިޚްތިޔާރުކޮށްފި މީހާ ދަންނާށެވެ! އެމަގަކުން ދެވޭނީ އެމީހެއްގެ ހަލާކާ ދިމާލަށެވެ. އަދި ސުންނަތުން މޫނު އަނބުރާލައިފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކު އެ އެއްކިބާވެގަތީ ސުވަރުގޭގެ މަގުންނެވެ. ފަހެ ތިބާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އަދި ތިބާގެ ނަފްސުގެ މައްޗަށް ބިރުވެތިވެ ރައްކާތެރިވާށެވެ! ފަހެ ހަމަކަށަވަރުން ކަންތައް ދަތިވެ އުނދަގޫވެގެންވެއެވެ. އަދި ސުވަރުގެއަށްފަހުގައި ނަރަކަ ނޫން ތަނެއް ނުވެއެވެ. އަދި ޙައްޤަށް ފަހުގައި މަގުފުރެދުން ނޫން އެއްޗެއް ނުވެއެވެ. އަދި ސުންނަތަށްފަހުގައި ބިދުޢަ ނޫން އެއްޗެއް ނުވެއެވެ.
📚تحريم النّظر في كتب الكلام : ( ٧١ )
Nagl kurevifa

Heyobas

24 Nov, 16:22


Foiy: Hadith Ilmugai baigooneeya lhen.
Topic: musthalah nuvatha hadith ilmu.
konme honihiru duvahehga mi channelga mifothuge sharaha kuriyah dhaane.

Heyobas

24 Nov, 12:49


اللهـمَّ أَنتَ ربِّي, لا إلهَ إلا أنتَ, خَلَقْتَني, وأَنا عبدُكَ, وأَنا على عهدِكَ ووعدِكَ, ما استَطَعْتُ, أعـوذُ بـكَ مِن شرِّ ما صَنَعْتُ, أبوءُ لكَ بنِعْمَتِكَ عليِّ, وأَبوءُ لَكَ بذَنبي, فاغفِرْ لي, فإنَّه لا يَغفِرُ الذُّنوبَ إلا أَنتَ

Heyobas

24 Nov, 07:49


🥥 ޙައްޤުގެ ޢިލްމުވެރިންނޭ، ޙައްޤުގޮތުގައި ތިބި މީހުންނޭ ބުނެ ވަކިވަކި ބަޔަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ނިސްބަތްކުރުމަކީ ޚަވާރިޖުންފަދަ ބިދުޢަވެރިންގެ އުޞޫލެއްކަން:

އަޝްޢަރީންގެ ބޮޑަކަށް ރައްދުދެއްވަމުން ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

”އޭނާ ޙައްޤުގެ އަހުލުވެރިންނޭ ނަންދީގެން އެގެނައި ވާހަކަ ދަންނައެވެ. ފަހެ އޭނާ އިރުއިރުކޮޅުން ޙައްޤުގެ އަހުލުވެރިން ބުންޏޭ އެބަ ކިޔައެވެ. އެއިން އޭނާ އެ މުރާދުކުރާކަން ކަށަވަރީ އޭނާގެ އަޞްޙާބުންނެވެ. (އަޝްޢަރީންނެވެ.)

މިއީ ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ދަޢުވާއެކެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ އަޞްޙާބުންނަށް އެފަދައިން ދަޢުވާކުރެވިދާނެއެވެ.
ފަހެ އެބަޔަކާމެދު އެއްވެސް ޝައްކެއްނެތް ޙައްޤުގެ އަހުލުވެރިންނަކީ މުއުމިނުންނެވެ. އެމުއުމިނުންނަކީ މަގުފުރެދުމެއްގެ މައްޗަށް ޖަމަޢަނުވާނޭ މީހުންނެވެ.

ދެންފަހެ އިންސާނާ، އުއްމަތުގައި ތަބަޢަވެގެން އުޅޭ ވަކި މީހަކަށް ނިސްބަތްވާ ބައިގަނޑަކަށް އެއީ ޙައްޤުގެ އަހުލުވެރިންނޭ ނަންދީ،
އަދި އެބައިގަނޑާ ކަމެއްގައި ޚިލާފުވާ ކޮންމެ މީހަކު އެއީ ބާޠިލުގެ އަހުލުވެރިންގެ ތެރެއިންވާ މީހެއްކަމަށް އިޙްސާސްވާފަދަ ގޮތަކަށް ބުނުން ދަންނައެވެ!
ފަހެ މިއީ ޚަވާރިޖުންނާއި މުޢުތަޒިލީންނާއި ރާފިޟީންފަދަ ބިދުޢަތަކާއި އަމިއްލަ އެދުންތަކުގެ އަހުލުވެރިންގެ ޙާލަތެވެ!

މިއީ އަހުލުއް ސުންނާ ވަލްޖަމާޢަތް ކަންތައްކުރާ ގޮތެއް ނޫނެވެ! އެހެނީ އެމީހުން ވަކި ޖަމާޢަތެއް އެއީ ޙައްޤުގެ ވެރިންކަމުގައި މުޠުލަޤުކޮށް ޞިފައެއް ނުކުރެއެވެ. މަގުފުރެދުމެއްގެ މައްޗަށް ޖަމަޢަނުވާނޭ މުއުމިނުން މެނުވީއެވެ...

ފަހެ ޙައްޤުގެ އަހުލުވެރިންނީ ޤުރްއާނާއި ސުންނަތުގެ އަހުލުވެރިންނެވެ. އަދި ޤުރްއާނާއި ސުންނަތުގެ އަހުލުވެރިން މުޠުލަޤުކޮށް ބުނެވިއްޖެނަމަ އެއީ މުއުމިނުންނެވެ.

ފަހެ ޙައްޤަކީ ވަކި މީހަކާ އެއްކޮށް އޭނާ ދިޔަގޮތަކަށް ދާން އޭނާއާ ވަކިނުވެ ފަސްބައިގައި އެލިފައި އޮންނަ އެއްޗެއް ނޫނެވެ! ރަސޫލާ صلى الله عليه وسلم މެނުވީއެވެ. އެހެނީ އެކަލޭގެފާނު ފިޔަވައި ބާޠިލަކަށް އިޤުރާރުވުމުން މަޢުޞޫމު ބޭކަލަކު ނުވެއެވެ...

އަދި ޙައްޤަކީ ހުރިހާ އެންމެން ދޫކޮށްފައި ވަކި ބައިގަނޑެއްގެ ފަސްބައިގައި އެލޭ އެއްޗެއްވެސް ނޫނެވެ! މުއުމިނުން މެނުވީއެވެ. ފަހެ ޙައްޤުވަނީ މުއުމިނުންނާ އެކުގައިއެވެ. އެހެނީ މުއުމިނުން މަގުފުރެދުމެއްގެ މައްޗަށް ޖަމަޢަނުވާނެއެވެ.

އެނޫން ގޮތެއްގައި ވިއްޔާ، ފަހެ ވަކި ކަމެއްގައި ވަކި މީހެއް ނުވަތަ ވަކި ޖަމާޢަތެއްގެ ގާތުގައި ޙައްޤުވެދާނެއެވެ.
އަދި ފަހަރެއްގައި ޚިލާފުވެގެންވާ ދެބައިގަނޑުވެސް ދެބަސްވެސް ބާޠިލުގެ މަތީގައިވެދާނެއެވެ.
އަދި ފަހަރެއްގައި އެދެމީހުންކުރެ ކޮންމެ މީހެއްގެ ގާތުގައި ޙައްޤު ވަކި ގޮތަކަށް ވަކި ވަޖްހަކުން ވެދާނެއެވެ.

ފަހެ ﷲ ގެ ރަސޫލާ ފިޔަވައި -ކޮންމެފަދަ މީހެއްވިޔަސް- ވަކި މީހަކަށް ތަބަޢަވެގެން އުޅޭ ބައިގަނޑެއް އެއީ ޙައްޤުގެ އަހުލުވެރިންނޭ ކިޔާ ނަންދިނުމަކީ އެއްވެސް މީހަކަށް އޮތްކަމެއް ނޫނެވެ!“

📖 އައްތިސްޢީނިއްޔާ 📖

#ابن_تيمية

Heyobas

23 Nov, 15:57


🌴 އަބޫ ޒުރްޢާ (264ހ) އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވާ ވިދާޅުވާ ކަމުގައިވިއެވެ:

”އޭ ﷲ އެވެ!
އިބައިލާހު ދުށުމަށް މިއަޅާ ޝައުޤުވެރިވެއެވެ.“

ދެންފަހެ "ތިމަންއިލާހަށް ތިބާ ޝައުޤުވެރިވީ ކޮން ޢަމަލެއް އޮވެގެންހޭ" އެކަލާނގެ ތިމަންނާއަށް ވަޙީކުރައްވައިފިނަމަ ތިމަންނާ ދަންނަވާހުށީމެވެ:

”އޭ އަޅުގެ ވެރި ރައްބެވެ!
އިބައިލާހުގެ ރަޙުމްކުރެއްވުމެވެ.“

📖 އަލްޖަރަޙު ވައްތަޢުދީލު ލިއިބްނު އަބީ ޙާތިމު 📖

Heyobas

23 Nov, 15:23


ސިންގާއެއް ފެނުމުން ފިލާ ފަދައިން، ޣީބަ ބުނާ މީހާގެ ކިބައިން ތިބާ ފިލާށެވެ.

عبد الله بن المبارك (رحمه الله)

Heyobas

23 Nov, 15:10


https://t.me/imranmuhammadhali

Heyobas

23 Nov, 15:06


ބުއްދިވެރިޔާ

ސުފްޔާނު ބުން ޢުޔައިނާ رحمه الله ވިދާޅުވިއެވެ.

"ބުއްދިވެރިއަކީ ހެޔޮނުބައި ވަކިކުރަން އެނގޭ މީހާއެއް ނޫނެވެ.
އެހެނަސް ބުއްދިވެރިއަކީ ހެޔޮގޮތް އެނގި އެއަށް ތަބާވާ މީހާއެވެ.
އަދި ނުބައިގޮތް އެނގި އެކަމުން ދުރުހެލިވާ މީހާއެވެ."

[حلية الأولياء لأبي نعيم (7 / 85)]

Heyobas

23 Nov, 09:34


އިބްނުލް ޤައްޔިމު (751ހ) ވިދާޅުވިއެވެ:

”އައްތިރްމިޛީ އާއި އެހެން ބޭކަލުން، ޢަމްރު ބްނުލް ޙާރިޘްގެ ނުސްޚާގައި، އަބުލް ހައިޘަމުގެ އަރިހުން، އަބޫ ސަޢީދުގެ އަރިހުން، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރައްވާފައިވެއެވެ:

"މުއުމިނާ ސުވަރުގެއަށް ވާޞިލުވެ ނިމިގޮސްފުމަށް ދާންދެން،
އޭނާއަށް އަޑުއިވޭ ހެވަކުން ބަނޑުފުރިގެން ނުދާނެއެވެ." (ބޭނުން ނުޖެހި ފުދުންތެރިވެގެން ނުދާނެއެވެ.)

އައްތިރްމީޛީ ވިދާޅުވެފައިވަނީ މިއީ ޙަސަނު ޣަރީބު ޙަދީޘެއްކަމުގައިއެވެ.
މިއީ އެނގި މަޝްހޫރުވެގެންވާ ނުސްޚާއެކެވެ. މީސްތަކުން އެފަތްފުށް ރިވާކުރިއެވެ. އަދި އަޙްމަދުގެ މުސްނަދުގައި އޭގެ ގިނަބައި، ނުވަތަ އެއިން ގިނަ ބައިތަކެއް ގެންނެވިއެވެ. އަދި މިޙަދީޘަށް ހެކިދޭ އެހެން ޙަދީޘްތައްވެއެވެ.

ފަހެ ނަބިއްޔާ صلى الله عليه وسلم އެވަނީ، ޢިލްމަށް އޮންނަ އެދުމާއި ދަހިވެތިކަމާއި، ޢިލްމުން ބަނޑުފުރި ފުދިގެން ނުދިޔުން އެއީ އީމާންކަން ލާޒިމްކުރާ ކަމެއްކަމުގައި، އަދި މުއުމިނުންގެ ޞިފަތަކުގެ ތެރެއިން ޞިފައެއް ކަމުގައި ލައްވާފައިއެވެ.
އަދި މުއުމިނާ ސުވަރުގެ ވަދެއްޖައުމަށް ދާންދެން އޭނާގެ ކަންތައް މިހެން ހުރުން ކެނޑިގެން ނުދާނޭކަމަށް ޚަބަރުދެއްވިއެވެ.

މިހެންވެ އިސްލާމްދީނުގެ އިމާމުންގެ ތެރެއިން ބޭކަލަކަށް މިހެން ބުނެވިއްޖެނަމަ:
"ތިބާ ޢިލްމު ތިހޯދަނީ ކިހާ ދުވަހެއް ވަންދެންހެއްޔެވެ؟"

ޖަވާބުގައި ވިދާޅުވެއެވެ:
"މަރުވަންދެންނެވެ."

ނުޢައިމު ބްނު ޙައްމާދު ވިދާޅުވިއެވެ:
"ޢަބްދު ﷲ ބްނުލް މުބާރަކު މާގިނައިން ޙަދީޘް އުނގެނި ހޯދަން އުޅޭތީވެ ބަޔަކު މީހުން އެކަލޭގެފާނަށް ޢައިބުކިޔަމުން ބުނި އަޑު އެހީމެވެ:
"ތިބާ ތި އަޑުއަހަން އުޅޭނީ ކިހާދުވަހެއް ވަންދެންހެއްޔެވެ؟"

ވިދާޅުވިއެވެ:
"މަރުވަންދެންނެވެ."

އަދި އަލްޙަސަނު ބްނު މަންޞޫރު އަލްޖައްޞާޞު ވިދާޅުވިއެވެ:
"އަހަރެން އަޙްމަދު ބްނު ޙަންބަލުއަށް ދެންނެވީމެވެ: މީހާ ޙަދީޘް ލިޔަމުން ގެންދަންވީ ކިހާ ދުވަހެއް ވަންދެންތޯއެވެ؟"

ޖަވާބުގައި ވިދާޅުވިއެވެ:
"މަރުވަންދެންނެވެ."

ޢަބްދު ﷲ ބްނު މުޙައްމަދު އަލްބަޣަވީ ވިދާޅުވިއެވެ: އަޙްމަދު ބްނު ޙަންބަލު ވިދާޅުވަނިކޮށް އަހަރެން އަޑުއެހީމެވެ:
"އަހަރެން ކަށްވަޅަށް ވަދެފުމަށް ދާންދެން މިދަނީ ޢިލްމު އުނގެނި ހޯދަމުންނެވެ."

މުޙައްމަދު ބްނު އިސްމާޢީލު އައްޞާއިޣު ވިދާޅުވިއެވެ:
"އަހަރެންގެ ބައްޕައާއެކު ބަޣުދާދުގައި އަތްކަންކޮށް އުޅުނީމެވެ. ދެން އަޙްމަދު ބްނު ޙަންބަލު، ފައިވާންޖޯޑު އަތްޕުޅަށް ލައްވައިގެން، އަހަރުމެންގެ ގާތުން ލާފައި ދުވެފައި ވަޑައިގެންނެވިއެވެ.

އެހިނދު އަހަރެންގެ ބައްޕަ އެކަލޭގެފާނުގެ ހެދުމުގައި ހިފަހައްޓާފައި ދެންނެވިއެވެ:
"އޭ އަބޫ ޢަބްދު ﷲ އެވެ! އަޅެފަހެ ތިބާ ލަދެއް ނުގަނޭހެއްޔެވެ!؟
މިމީހުންނާއެކު ތިބާ ދުވެ، ބާރުބާރަށް އުޅޭނީ ކިހާދުވަހެއްވާންދެންހެއްޔެވެ؟"

އެހިނދު އަޙްމަދު ވިދާޅުވިއެވެ:
"މަރުދުވަހާ ހަމައަށެވެ."

ޢަބްދު ﷲ ބްނު ބިޝްރު އައްޠާލްޤާނީ ވިދާޅުވިއެވެ:
"އަހަރެން އުއްމީދުކޮށް އެދެނީ އަހަރެންގެ ކުރިމަތީގައި ދެލިފުޅި ވަނިކޮށް،
އަދި އަހަރެންގެ ކިބައިން ގަލަމާއި ދެލި ވަކިނުވެ ވަނިކޮށް އަހަރެންގެ ވެރި ރައްބުގެ އަމުރުފުޅު (އެބަހީ: މަރު) އައުމަށެވެ."...

ޢިލްމުވެރިންގެ ތެރެއިން ބޭފުޅަކަށް ދެންނެވުނެވެ:
"މީހާ އުނގެނި ދަސްކުރުން ރަނގަޅުވެގެންވަނީ ކިހާދުވަހެއް ވަންދެންހެއްޔެވެ؟"

އެބޭފުޅަކު ވިދާޅުވިއެވެ:
"އޭނާގެ ފުރާނަ ރަނގަޅަށް ހުރިހާދުވަހަކުއެވެ."

އަށްޑިހަ އަހަރުވެފައިވާ މީހަކާމެދު އަލްޙަސަނުއާ ސުވާލުކުރެވުނެވެ:
"އޭނާ ޢިލްމު ހޯދުން އެކަށީގެންވެ ކަމުދާނޭހެއްޔެވެ؟"

ވިދާޅުވިއެވެ:
"އޭނާ ދިރިހުރިހާ ހިނދަކު އެކަށީގެންވެ ކަމުދާނެއެވެ." “

📖 މިފްތާޙު ދާރުއް ސަޢާދާ 📖

#ابن_القيم

Heyobas

22 Nov, 22:04


🔹ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ވިދާޅުވިއެވެ:

”ތިބާގެ ނަމާދުން ތިބާއަށް މަންފާކުރުމަށް ތިބާ ބޭނުންނަމަ ފަހެ ބުނާށެވެ:
"ފަހަރެއްގައި މިނޫން ނަމާދެއް ދެން އަހަރެންނަށް ނުކުރެވިދާނެއެވެ." “

📖 ޤަޞްރުލް އަމަލު ލިއިބްނު އަބިއް ދުންޔާ 📖

Heyobas

22 Nov, 19:17


🔹”ޚަވާރިޖުން ޙައްޤާ ދިމާވާފަދަ ޖުމްލަކޮށްވާ ވާހަކަތަކެއް މުޠުލަޤުކޮށް ދައްކާފާނެއެވެ. ނަމަވެސް އެވާހަކަތައް ތަފްސީރުކޮށް ތަޠުބީޤުކޮށް ފެއްތުމުގައި އެމީހުން މަގުފުރެދެއެވެ.

އަދި ޢާއްމު މީސްތަކުން، އެމީހުންގެ ބަސްތަކަށް ބަލައިގެން، އަނެއްކޮޅުން އެމީހުން އެބަސްތައް މާނަކޮށް ތަފްސީރުކުރާ ގޮތްތައް އިހުމާލުކޮށްލައިފިނަމަ އެމީހުންގެ މަޅީގައި ޖެހި ހެއްލުންތެރިވެއެވެ.

އެގޮތުން ދެވަނަ ޤަރުނުގައި އުޅުނު ޚަވާރިޖުންގެ އިމާމެއްކަމުގައިވާ އަބޫ ޙަމްޒާ އަލްމުޚްތާރު ބްނު ޢަވްފު އަލްއަޒްދީ ބުނަމުންދިޔައެވެ:

"މީސްތަކުންވަނީ އަހަރުމެންގެ ތެރެއިންނެވެ. އަދި އަހަރުމެންވެސްވަނީ މީސްތަކުންގެ ތެރެއިންނެވެ.
ބުދަށް އަޅުކަންކުރާ މީހާ، ނުވަތަ އަހުލު ކިތާބީ ކާފަރުން،

ނުވަތަ އަނިޔާވެރި ވެރިއެއް،
ނުވަތަ އެވެރިޔާގެ މުލައްދަނޑީގައި (ވާގިދީ ތާއީދުކޮށްގެން) ހިފަހައްޓައިގެން ހުންނަ މީހާ މެނުވީއެވެ!"

އޭނާ މިބަސްތައް ނެގީ މިޙަދީޘް މާނަކޮށްގެންނެވެ:
"ތިމަންކަލޭގެފާނަށް ފަހުގައި އަމީރުންތަކެއް ވާނެއެވެ. އެމީހުން ތިމަންކަލޭގެފާނުގެ ތެދުމަގަށް ތަބަޢަނުވާނެއެވެ. އަދި ތިމަންކަލޭގެފާނުގެ ސުންނަތުން ސުންނަތް ނުނަގާނެއެވެ.
ދެންފަހެ އެމީހުންގެ ދޮގު ތެދުކޮށް، އެމީހުންގެ އަނިޔާވެރިކަމަށް އެހީތެރިވެއްޖެމީހާ؛ ފަހެ އެމީހުން ތިމަންކަލޭގެފާނުގެ ކިބައިން (ތަބަޢަވާ މީހުންގެ ތެރެއިން) ނުވެއެވެ. އަދި ތިމަންކަލޭގެފާނު އެމީހުންގެ ތެރެއިން ނުވެއެވެ."

ޚަވާރިޖުންގެ އަޅުވެރިކަން ގަދަކަމާއި، އެމީހުންގެ ވާހަކަތައް ރީތިވެ ރަނގަޅުކަމަށް ބަލައިފިމީހާ؛
އެމީހުންގެ ކަންތަކުގައި ހައިރާންވެ ބޯގޮވައެވެ! އެއީ އެކަމުގައި ބައެއް ސަލަފުންގެ ބޭކަލުންވެސް ހައިރާންވިގޮތަށެވެ.

އިބްނު ޢައްބާސްގެ އަރިހުން ސުވާލުކުރެއްވުމުން ވިދާޅުވިއެވެ:
"އެމީހުންނަކީ ވަކި ޔަހޫދީންނާއި ނަޞާރާއިންނަށްވުރެ (އަޅުވެރިކަން) ވަރުގަދަ ބައެއްނޫނެވެ! އެމީހުންވެސް އެއާއެކު މަގުފުރެދިގެންދަނީތާއެވެ."

ޢަލީގެފާނު، ނަހްރަވާނުގެ އަހުލުވެރިން (އެބަހީ: ޚަވާރިޖުން) ޤަތުލުކުރެއްވިހިނދު؛ އެހެންވެގެން އެކަލޭގެފާނަށް ނަޞްރުދިން ބައެއް މީހުން އެކަލޭގެފާނު ދޫކޮށްދިޔައެވެ.“

-ޝެއިޚު ޠަރީފީ-

📖 އަލްމަޣްރިބިއްޔާ 📖

Heyobas

22 Nov, 18:25


Pvt conversation ehga dahka vaahaka akee amanatheh. Amanatheh khiyanaiytheri vumakee munaafig kamuge sifa eh. Pvt conversation hudda nethi share kurumakee nifag Kan HURI kamuge alamatheh. Efadhain kanthah Kura meehakah medhu efadhain muamalaiy kurevidaane.
الجزاء من جنس العمل.

Heyobas

22 Nov, 17:57


🍁 މިސްޢަރު ބްނު ކިދާމު (153ހ) ރިވާކުރިއެވެ:

”އަހަރެން ސުފްޔާނުއް ޘައުރީ (161ހ) އާއެކު ހިނގާފައި ދަނިކޮށް މީހަކު އައިސް އެކަލޭގެފާނުގެ އަރިހުން ސަލާންޖެހިއެވެ.

ދެން އެކަލޭގެފާނުގެ އަތްޕުޅުގައި އޭނާއަށް ދެއްވާނޭ އެއްޗެއް ނުވިއެވެ. އެހިނދު ކީރިތިކުރައްވަން ފެއްޓެވިއެވެ.

ދެން އޭނާ ދެންނެވިއެވެ:
"ތިބާ ކަރުނައަޅަނީ ކޮންކަމަކާހެއްޔެވެ؟"

ވިދާޅުވިއެވެ:
"މީހަކު ތިބާގެ ކިބައިން (އެއްޗެއް ލިބޭނެކަމަށް) ހެވަށް އުއްމީދުކޮށްގެން އަންނަހިނދު؛
ދެން އޭނާއަށް ތިބާގެ ކިބައިން އެއްޗެއް ނުލިބުމަށްވުރެ ބޮޑުވެގެންވަނީ ވަކި ކޮން މުޞީބާތެއްހެއްޔެވެ!؟" “

📖 މަކާރިމުލް އަޚްލާޤު ލިލްޚަރާއިޠީ 📖

Heyobas

22 Nov, 14:30


*OPEN FOR REGISTRATION*

*AGE CATEGORY IS BETWEEN 15-19*

Viber or SMS
Full Name:
Age:
Contact number:
Email ID:
to 7925277


https://www.facebook.com/share/p/1887UamrcK/?mibextid=oFDknk

Heyobas

10 Nov, 13:17


ސަލާމަތްތެރިކަމާއެކު ސުވަރުގެ ވަނުމަށް..

Heyobas

10 Nov, 11:00


ﷲގެ ފޮތަށް ޙުކުމް ނުކުރުމާއި ބެހޭގޮތުން ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲގެ ބަސްފުޅު.
وفي (الفتن) لنعيم بن حماد (٤٥١٣) قال عمر بن عبد العزيز: إذا كان لك إمام يعمل بكتاب الله وسنة رسول الله، فقاتل مع إمامك، وإذا كان إمام لا يعمل بكتاب الله وسنة رسول الله، فخرج عليه خارجي يدعوا إلى كتاب الله وسنة رسول الله فاجلس في بيتك.
ޢުމަރު ބިން ޢަބްދުލްޢަޒީޒް ވިދާޅުވެފައިވެއެވެ: "ﷲގެ ފޮތަށާއި އަދި ރަސޫލުﷲގެ ސުންނަތަށް ޢަމަލުކުރާ(އެބަހީ ﷲ ފޮތަށް ޙުކުމްކުރާ) ވެރިއެއް ތިބާއަށް ވާނަމަ އެއިމާމަކާއި އެކީ ޖިހާދުކުރާށެވެ. އަދި ﷲ ގެ ފޮތަށާއި އަދި ރަސޫލުﷲ ގެ ސުންނަތަށް ޢަމަލުނުކުރާ(ﷲގެފޮތަށް ޙުކުމް ނުކުރާ) އިމާމެއްނަމަ، އަދި އޭނާގެ މައްޗަށް ﷲގެފޮތަށާއި އަދި ރަސޫލުﷲގެ ސުންނަތަށް ޢަމަލުކުރުމަށް(ﷲގެ ފޮތަށް ޙުކުމް ކުރުމަށް) ގޮވާލާ ޚަވާރިޖެއް ނުކުމެއްޖެނަމަ، ތިބާ ގޭގައި އިށީނދެ އިންނާށެވެ. (އެބަހީ އެފިތުނައިގައި ބައިވެރި ނުވާށެވެ.)"
މަޞްދަރު: ނުޢައިމު ބިން ޙައްމާދުގެ ފިތަނު (4513 ވަނަ ރިވާޔަތް)
މިރިވާޔަތުން ލިބޭ ފިލާވަޅުތައް:
ހ. ﷲގެ ފޮތަށް ޙުކުމް ނުކުރުމަކީ އޭގެ އަޞްލުގައި ބޮޑު ކުފުރެއް ނޫންކަން.
ށ. ﷲގެ ފޮތަށް ޙުކުމް ކުރުމަށް ނުވަތަ ޝަރީޢަތް ގެނައުމަށް ގޮވާލާ މީހާ ޚަވާރިޖަކަށް ވެދާނެކަން.
ސަބަބަކީ އެންމެ ހެޔޮބަސް ބުނާ ހުވަފެންތަކެއްގެ ވެރި ބަޔަކު ނުކުންނާނެ ކަމަށް ހަދީޘްގައި ޚަވާރިޖުންނާއި ބެހޭގޮތުން އައިސްފައިވެއެވެ.
(ސަލަފުންގެ 4 ވަަނަ ފަތުވާ)

Heyobas

10 Nov, 00:01


Shaykh al-Islam Ibn Taymiyyah described a situation when he spoke about the state of affairs as the Mongols invaded the Islamic world, in al-Istighathah (pp. 412-414):

❝When the enemy, who had stepped outside of Islamic law, approached Damascus, they went out and began seeking help from the dead at the graves where they hope that their suffering would be relieved. And some poets said, ‘O those who fear the Tatars (i.e., Mongols), seek refuge in the grave of Abu ‘Umar.’ Or they said, ‘Seek refuge at the grave of Abu ‘Umar, he will save you from suffering.’

❝In response, I said to them: these [dead] whom you are asking for help, if they were [alive and] with you in battle, they would be defeated, just as some Muslims were defeated at the Battle of Uhud, because it was preordained that the army would lose for certain reasons, and within that was Allah’s wisdom.

❝This is why those who were knowledgeable in the religion and insight did not fight that time (against the Tatars), because it was not a lawful struggle as commanded by Allah and His Messenger. That struggle would only have led to harm and corruption, and the desired help and victory [from Allah] would not have come, meaning there would be no reward in this world or the Hereafter for those who knew of this, although many fighters who believed it was a lawful struggle would still be rewarded according to their intentions.

❝Later, we began encouraging people to dedicate their religion sincerely and purely to Allah and to seek help only from Him, without seeking help from others, not from a close angel nor a sent prophet. As Allah said on the day of Badr: {When you asked help of your Lord, and He answered you,…} [Al-Anfal: 8:9] [...]

❝When the people corrected their affairs and sincerely asked salvation from their Lord alone, He granted them a powerful victory over their enemy, an unprecedented victory. The Tatars had never before been dealt such a defeat; through the pure establishment of Allah’s Tawhid and obedience to His Messenger, victory came in a way that had not been seen before.❞ End quote.

Moral: huriha massalaehga sahha ageedha noogeni miummathah nasru nudheveyne Kan. Bathil ageedha thakun miummah vaanee baibai adhi nasru libun lasva sababeh.

Heyobas

09 Nov, 19:58


ޚަވާރިޖުންގެ އަގީދާއިން އަސަރުކޮށްފައި ހުރި މީހަކަށް، ތާބިޢީ ބޭކަލެއް ކަމަށްވާ ވަހްބު ބިން މުނައްބިހް ދެއްވި ނަސޭހަތް

ޢަލީ ބިން އަލްމަދީނީގެ އަރިހުން ރިވާވެގެންވެއެވެ: އަހަރެމެންނަށް ކިޔައިދިނީ ހިޝާމު ބިން ޔޫސުފެވެ. ވިދާޅުވިއެވެ: އަހަރެންނަށް ޚަބަރު ދިނީ ދާވޫދު ބިން ގައިސެވެ. ވިދާޅުވިއެވެ:
(ޔަމަނުގެ ރަށެއް ކަމަށްވާ) ޚަޟޫރުގައި، ޚައުލާން ގަބީލާގެ އެކުވެރިއަކު އަހަރެންގެ ހުއްޓެވެ. އޭނާއަށް އަބޫ ޝަމިރު ޛޫ ޚައުލާނެވެ ކިޔުނެވެ. އެއްފަހަރަކު އަހަރެން ޞަންޢާއިން ނުކުމެ ޛޫ ޚައުލާންގެ ރަށަށް ދިޔަ މަގުމަތީގައި، އޭނާއަށް ފޮނުވާފައިވާ ސިޓީއެއް ފެނުނެވެ. ދެން އޭނާގެ ގާތަށް ދެވުމުން، އޭނާ ކަންބޮޑުވެ މާޔޫސްވެފައި ހުއްޓާ ދުށީމެވެ. އެކަމާ މެދު ސުވާލުކުރުމުން އޭނާ ބުންޏެވެ: އަހަރެންގެ އެކުވެރިންތަކެއް އަހަރެންނަށް ފޮނުވި ސިޓީއެއް ގެނައުމުގެ ތެރޭގައި، އެ ގެނައި މީހާ އަތުން އެ ގެއްލިއްޖެއެވެ. އަހަރެން ބުނީމެވެ: ފަހެ އެ ސިޓީ މިހުރީއެވެ. އޭނާ ބުންޏެވެ: ﷲ އަށް ހަމްދުކުރަމެވެ. ދެން އޭނާ އެ ހުޅުވާފައި ކިޔާލައިފިއެވެ.
ދެން އަހަރެން ބުނީމެވެ: އަހަރެންނަށް ތި ސިޓީ ކިޔައިދޭށެވެ. އޭނާ ބުންޏެވެ: ހަމަކަށަވަރުން (ތިޔަ ކަމަށް) ތިބާ އުމުރުން މާ ހަގުކަމަށް އަހަރެން ދެކެމެވެ. އަހަރެން އެހީމެވެ: އޭގައި ވަނީ ކީކޭހެއްޔެވެ؟ އޭނާ ޖަވާބުދިނެވެ: ކަނދުރާގައި ޖެހުމެވެ. (އެބަހީ: ހަރުކަށި ވާހަކައެކެވެ.) އަހަރެން ބުނީމެވެ: ރަނގަޅަށް ވިއްޔާ، ޙަރޫރާގެ މީހުން (އެބަހީ: ޚަވާރިޖުން) ތިބާއަށް ސިޓީ ފޮނުވީއެވެ. އޭނާ އެހިއެވެ: ތިބާއަށް އެ މީހުން އެނގެނީ ކިހިނެއްހެއްޔެވެ؟ އަހަރެން ބުނީމެވެ: ހަމަކަށަވަރުން އަހަރެންނާއި އަހަރެންގެ އަސްހާބުން، ވަހްބު ބިން މުނައްބިހުގެ އަރިހު މަޖްލިސްކުރަމެވެ. ފަހެ އެކަލޭގެފާނު، އަހަރުމެންނަށް ވިދާޅުވެއެވެ: އޭ އުމުރުން ހަގު، ތަޖުރިބާ މަދު ކުދިންނެވެ. މިހިރަ ޙަރޫރީންނާ މެދު ތިޔަބައިމީހުން ސަމާލުވެ ރައްކާތެރިވާށެވެ. އެ މީހުންގެ ޚިލާފުވެފައިވާ ރައުޔަށް ތިޔަބައިމީހުން ވެއްދިޔަނުދޭށެވެ. އެހެނީ ހަމަކަށަވަރުން އެ މީހުންނަކީ މި އުއްމަތަށް އެންމެ ނުބައި މީހުންނެވެ. ދެން އޭނާ އެ ސިޓީ އަހަރެންނަށް ކިޔާލަން ދިނުމުން، އަހަރެން ބުނީމެވެ: ތިބާ އެ މީހުންނާ އެކީ އުޅެން އަހަރެން ނަހީކުރަމެވެ. އޭނާ ބުންޏެވެ: ތިބާއަށް ވުރެ އިސް މީހުންގެ ބަސް ދޫކޮށް، ތިބާގެ ބަހަށް އަހަރެން ތަބާވާނީ ކިހިނަކުންހެއްޔެވެ؟ އަހަރެން ބުނީމެވެ: ފަހެ ތިބާ ގޮވައިގެން ވަހްބުގެ އަރިހަށް ގޮސް، އޭނާގެ ބަސް އަޑުއަހަން ތިބާއަށް ކަމުދާނެހެއްޔެވެ؟ އޭނާ ބުންޏެވެ: އާއެކެވެ. ދެން އަހަރެމެން ޞަންޢާއަށް ދަތުރުކޮށް، ވަހްބުގެ އަރިހަށް ދިޔައިމެވެ. އޭރު އެތާ އެހެން ބަޔަކު ތިއްބެވެ. އެ ތަނުން މީހަކު ޛޫ ޚައުލާނަށް އިޝާރާތްކޮށް، މި އުމުރުން ދުވަސްވެފައި ހުރި މީހަކީ ކާކުތޯ އެހިއެވެ. އަހަރެން ބުނީމެވެ: އޭނާގެ ހާޖަތެއް ވެއެވެ. އެ ހިސާބުން މީސްތަކުން ތެދުވެ އެ ތަނުން ނުކުމެއްޖެއެވެ. ދެން ވަހްބު ވިދާޅުވިއެވެ: ތިބާގެ ހާޖަތަކީ ކޮބައިހެއްޔެވެ؟ ފަހެ ޛޫ ޚައުލާނަށް ދޫއޮޅި، ނުކެރޭ ގޮތް ވިއެވެ. ދެން ވަހްބު، އަހަރެންނަށް ވިދާޅުވިއެވެ: އޭނާގެ މަތިން ވާހަކަދައްކާށެވެ. އަހަރެން ދެންނެވީމެވެ: ހަމަކަށަވަރުން އޭނާއަކީ ގުރުއާނާއި ހެޔޮކަމުގެ އަހުލުވެރިއެކެވެ. އަދި އޭނާގެ ހިތުގެ ސިއްރުތަކާމެދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ދެން ޙަރޫރާގެ ބަޔަކު ޛޫ ޚައުލާނާ ދެއްކި ވާހަކަތައް ކިޔާދިނީމެވެ. އަދި ބުނީމެވެ: އޭ އަބޫ ޢަބްދު ﷲ (އެބަހީ: ވަހްބު) އެވެ. އަހަރެންގެ ބަހަށް ވުރެ، ތިބާގެ ބަސް އޭނާއަށް މާ ފުދިފައި (ހެޔޮމަގާ) ގާތްކޮށްދޭނެކަމަށް އަހަރެން ދެކެމެވެ. ވަހްބު ވިދާޅުވިއެވެ: އޭ ޛޫ ޚައުލާނެވެ. ތިބާ އުމުރުން ދޮށިވުމަށް ފަހު ޙަރޫރީއަކަށް ވާން އެދެނީހެއްޔެވެ؟ ތިބާއަށް ވުރެ ހެޔޮ މީހުން މަގުފުރެދިފައިވާ ކަމަށް ތިބާ ހެކިވަނީހެއްޔެވެ؟ މާދަމާ ތިބާއާއި އެ މީހަކާ ދެކޮޅަށް ތިޔަ ހެކިވި މީހާ، ﷲ ގެ ޙަޟްރަތުގައި ހުއްޓި ހުންނަ ހިނދު، ތިބާ ﷲ އަށް ދަންނަވާނީ ކީކޭހެއްޔެވެ؟ ފަހެ އެ މީހެއްގެ މައްޗަށް އީމާންކަމައިގެން ﷲ ހެކިވެވޮޑިގަންނަވާ ހިނދު، ތިބާ އޭނާގެ މައްޗަށް ކާފަރުކަމައިގެން ހެކިވެއެވެ. އަދި ހިދާޔަތައިގެން އޭނާގެ މައްޗަށް ﷲ ހެކިވެވޮޑިގަންނަވާ ހިނދު، ތިބާ އޭނާގެ މައްޗަށް މަގުފުރެދުމައިގެން ހެކިވެއެވެ. ފަހެ ތިބާގެ ރައުޔު ﷲ ގެ އެންގެވުމާ ޚިލާފުވެއްޖެ ނަމަ، އަދި ތިބާގެ ހެކިވުން ﷲ ގެ ހެކިވެވޮޑިގަތުމާ ޚިލާފުވެއްޖެ ނަމަ، ދެން ތިބާ ވާނީ ކޮންތާކުހެއްޔެވެ؟ ނިކަން އަހަރެންނަށް ޚަބަރު ދީބަލާށެވެ. އޭ ޛޫ ޚައުލާނެވެ. އެ މީހުން (އެބަހީ: ޚަވާރިޖުން) ތިބާ ގާތު ބުނަނީ ކީކޭހެއްޔެވެ؟

އެ ހިނދު އޭނާ ވާހަކަދައްކައި، ވަހްބަށް ދެންނެވިއެވެ: އެ މީހުން އަހަރެންނަށް އަންގަނީ، އެ މީހުންގެ ރައުޔު ގަބޫލުކުރާ ބަޔަކަށް މެނުވީ ޒަކާތް ނުދިނުމަށެވެ. އަދި އެއިން މީހަކަށް މެނުވީ ފާފަ ފުއްސެވުން އެދި ދުއާ ނުކުރުމަށެވެ. ފަހެ ވަހްބު ވިދާޅުވިއެވެ: ތިޔަ ބުނީ ތެދަށެވެ.

Heyobas

09 Nov, 19:58


އަދި އެ ވަނީ ވެސް އެ އިލާހުގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރެއްވި މީހަކަށް އެ ދެއްވައެވެ. އަދި އެ އިލާހު އިރާދަކުރެއްވި މީހެއްގެ އަތުން އެ ނިގުޅައިގަންނަވައެވެ. ފަހެ ﷲ އެ މީހަކަށް ވެރިކަން ދެއްވި މީހެއްގެ ކިބައިން އެ އަތުލަން ކުޅަދާނަވާނެ ހަމަ އެކަކުވެސް ނުވެއެވެ. ދެން އެންމެ ފަހުން ޛޫ ޚައުލާން ތެދުވެ ދެންނެވިއެވެ: ހަމަކަށަވަރުން ޙަރޫރީންގެ ރައުޔު އަހަރެން ދޫކޮށްލައިފިކަމަށާއި، ތިބާ ވިދާޅުވި ބަސް ތެދުކޮށްފިކަމަށް ހެކިވަމެވެ. ދެން މާކަށް ގިނަ ދުވަހެއް ނުވެ ޛޫ ޚައުލާން ނިޔާވެއްޖެއެވެ.

[سير أعلام النبلاء 4/553، تاريخ دمشق 63/383]

Heyobas

09 Nov, 19:58


ތިޔައީ އެ މީހުންގެ ދޮގުވެރި އިމްތިހާނެވެ.
އޭނާއަށް ނަސޭހަތް ދެމުން ވަހްބު ވިދާޅުވިއެވެ: އޭ ޛޫ ޚައުލާނެވެ. ހަމަކަށަވަރުން އިސްލާމް ދީނުގެ ކުރީކޮޅު އަހަރެން ދުށްކަން ތިބާއަށް ނުފެންނަނީހެއްޔެވެ؟ ފަހެ ﷲ ގަންދީ ބުނަމެވެ. އެ މީހުންގެ ކަންތައްތައް ހުރިލެއް ނުބައިކަމުން، ﷲ އެ މީހުން ބައިބައިކުރައްވާ ގޮތުގައި މެނުވީ، ދުވަހަކުވެސް ޚަވާރިޖުން އެއްވެ ޖަމާއަތެއް ކަމުގައި ނުވެއެވެ. އަދި އެ މީހެއްގެ ކަނދުރާގައި ޖެހެން ﷲ މެދުވެރިކުރައްވާ ގޮތުގައި މެނުވީ، އެ މީހުންގެ ތެރެއިން އެއްވެސް މީހަކު އޭނާގެ ރައުޔު ފާޅުކުރާ ކަމުގައެއް ނުވެއެވެ. އަދި ދުވަހަކު ވެސް ޚަވާރިޖުންގެ މީހެއްގެ އަތްމައްޗަށް، (މި) އުއްމަތް އެއްވެފައެއް ނުވެއެވެ. އަދި އެ މީހުންގެ ރައުޔު ގާއިމުވެ، އެ މީހުން ބާރުވެރިވާން ﷲ މެދުވެރިކުރައްވައިފި ނަމަ، ހަމަކަށަވަރުން ބިން ފަސާދަވެ، މަގުތަކުގައި ދަތުރުކުރުމާއި ހައްޖުވުން މެދުކެނޑުނީހެވެ. އަދި ހަމަކަށަވަރުން އިސްލާމް ދީނުގެ ކަންތައް އެނބުރި ޖާހިލިއްޔަތުގައި އޮތްގޮތަށް އިއާދަވީހެވެ. އެއީ މީސްތަކުން ސަލާމަތްވާން ފަރުބަދަތަކުގެ މައްޗަށް ދުވެ ފިލުމަށް ދާންދެނެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި މީސްތަކުން (ފިތުނަތަކުން ސަލާމަތްވުމަށް) އުޅުނު ފަދައިންނެވެ. ދެން ހަމަކަށަވަރުން ދިހައެއް ނުވަތަ ވިއްސަކަށް ވުރެ ގިނަ މީހުން ތެދުވެ، އެއިން ކޮންމެ މީހަކު ވެސް އޭނާގެ އަމިއްލަ ނަފްސަށް ޚިލާފަތައިގެން ގޮވާލާނެއެވެ. އެއިން ކޮންމެ މީހަކާ އެކު ދިހަ ހާހަށް ވުރެ ގިނަ މީހުން ވާނެއެވެ. އެ މީހުންގެ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް ތަޅާފޮޅާނެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ކާފަރުކަމަށް ހެކިވާނެއެވެ. އެހެން ގޮސް، އެ މީހެއްގެ އަމިއްލަ ނަފްސާއި، ދީނާއި، ލެޔާއި، އާއިލާއާއި، މުދަލާމެދު ބިރުވެރިކަމެއްގެ ތެރޭގައި މުއުމިނަކު އުޅޭނެއެވެ. އޭނާ ހިނގަންވީ މަގާއި، އުޅެންވީ ކާކާ އެކުގައިކަން އޭނާއަކަށް ނޭނގޭނެއެވެ.
الله ވަހީކުރެއްވިއެވެ: ”އަދި މީސްތަކުން ކުރެ އެއްބަޔަކު މެދުވެރިކުރައްވާ އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ﷲ، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަ ވެއްޖައީސްކަން ކަށަވަރެވެ.“ [البَقَرَة 251] އަދި އެ އިލާހު ވަހީކުރެއްވިއެވެ: ”ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ. އަދި ބައިބައިވެ ނުގަންނާށެވެ. އަދި ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެހެނީ ތިޔަބައިމީހުން އަދާވާތްތެރިން ކަމުގައިވަނިކޮށް، އެ އިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން އެ އިލާހު ދެއްވި ނިއުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން އެ އިލާހު ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުންނަށް ތެދުމަގު ލިބޭތޯއެވެ.“ [آل عِمرَان 103] އަދި އެ އިލާހު ވަހީކުރެއްވިއެވެ: ”ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށާއި އީމާންވި މީހުންނަށް، ދުނިޔޭގެ ހަޔާތުގައްޔާއި، ހެކިންތައް ތެދުވާ (ގިޔާމަތް) ދުވަހުގައި ވެސް، ތިމަން އިލާހު ނަސްރު ދެއްވާނަމެވެ.“ [غَافِر: 51] އަދި އެ އިލާހު ވަހީކުރެއްވިއެވެ: ”އަދި މުއުމިނުންނަށް ނަސްރުދެއްވުމަކީ، ތިމަން އިލާހު މައްޗަށް ހައްގުވެގެންވާ ކަމެއް ކަމުގައި ވެއެވެ.“ [الرُّوم: 47] ފަހެ އެ މީހުންނީ (އެބަހީ: ޚަވާރިޖުންނީ، ހައްގު) މުއުމިނުން ކަމުގައި ވީނަމަ، އެ މީހުންނަށް ނަސްރުލިބުނީހެވެ. އަދި އެ އިލާހު ވަހީކުރެއްވިއެވެ: ”އަދި ހަމަކަށަވަރުން މޮޅުވެ ގަދަވާނެ ބަޔަކީ ހަމަ ތިމަން އިލާހުގެ ލަޝްކަރުކަން ކަށަވަރެވެ.“ [الصَّافَّات 173] ފަހެ އެ މީހުންނީ ﷲ ގެ ލަޝްކަރު ކަމުގައި ވީނަމަ، އެ މީހުން ގަދަވެ މޮޅުވީހެވެ. އަދި އެ އިލާހު ވަހީކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ސާލިހު އަމަލުތައްކޮށް އުޅުނު މީހުން، ހަމަކަށަވަރުން އެ މީހުން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށް ﷲ ވައުދުކުރެއްވިއެވެ. އެއީ އެ މީހުންގެ ކުރިން އުޅުނު މީހުން ވެސް ޚަލީފާވެރި ކުރެއްވިފަދައިންނެވެ. އަދި އެ މީހުންނަށް ޓަކައި އެ އިލާހު ރުއްސެވި އެ މީހުންގެ ދީން، އެ މީހުންނަށް ޓަކައި ގާއިމުކުރައްވާ، ބާރުވެރިކުރައްވާނެކަން ކަށަވަރެވެ.“ [النُّور 55] ފަހެ މި ކަންކަމުގައި މިބައިމީހުން ވަނީ ކޮންތާކުހެއްޔެވެ؟

ދެންވެސް ނަސޭހަތްދެއްވަމުން ވަހްބު ވިދާޅުވިއެވެ: އަދި ދަންނާށެވެ. ތިބާ އަހަރެންގެ ބަސް އަހައި، އަހަރެން ތިބާއަށް މި ދިން ނަސޭހަތް ގަބޫލުކޮށްފި ނަމަ، ތިބާ އަހަރެންގެ ގާތަށް އައުންވާނީ ތިބާއަށް ޓަކައިވާ ރަހުމަތަކަށެވެ. އަދި ތިބާ ﷲ ގެ ފޮތް ދޫކޮށް، ޙަރޫރީންގެ ރައުޔަށް އެނބުރި ގޮސްފިނަމަ، މާދަމާ އެ ވާނީ ﷲ ގެ ހަޒްރަތުގައި ތިބާއާ ދެކޮޅަށްވާ ހުއްޖަތަކަށެވެ. އަދިވެސް ވަހްބު ވިދާޅުވިއެވެ: ހަމަކަށަވަރުން ވެރިކަން ލިބުންވަނީ ހަމައެކަނި ﷲ ގެ ފަރާތުންނެވެ.

Heyobas

09 Nov, 14:48


سؤالات ابن هاني ގައި ﷲގެ ފޮތަށް ޙުކުމް ނުކުރުމުގެ ކުފުރުގެ މުރާދަކީ ކުޑަ ކުފުރު ކަމަށް އިމާމު އަޙުމަދު ބުނާކަމަށްވާ ރިވާޔަތް ނުފެނުން ކަމަށް ބުނެ ބައެއް ބާޠިނީ ތަކުފީރީ ފިކުރުގެ އިމާމުން ދޮގު ހަދައި އޮޅުވާލައި ޝުބުހަ ފަތުރަމުން ދާތީ ހަމަ އެރިވާޔަތް އިމާމު އަޙުމަދުގެ ޝާލަންޖީ ރިވާޔަތުން ފޮތުން ސުކުރީން ޝޮޓާއި އެކު ހުށައަޅާލަމެވެ. ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ވިދާޅުވާގޮތުގައި އިމާމު އަޙުމަދުގެ ފަތުވާތައް ޖަމާކޮށްފައިވާ އެންމެ ޞައްހަ ފޮތަކީ މިއެވެ.
މިރިވާުޔަތުގެ މާނަ.
"އިމާމު އަޙުމަދު އާ ސުވާލުކުރެއްވީމެވެ. ومَن لَّمْ يَحْكُم بِمَا أَنزَلَ اللّهُ فَأُوْلَئِكَ هُمُ الْكَافِرُونَ (އަދި ﷲ ބާވާލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ދަންނާށެވެ. އެބައިމީހުންނަކީ ކާފަރުންނެވެ." މިތާގައިވާ ކުފުރަކީ ކޮބައި ހެއްޔެވެ؟ އިމާމު އަޙުމަދު ވިދާޅުވިއެވެ. "މިއްލަތުން ބޭރު ނުވާ ކުފުރެވެ."
މަތީގައި ދަށުރޮނގު ދެމިފައިވަނީ އެބައިގައެވެ. އަދި ޝެއިޚުލް އިސްލާމް ވަނީ އިމާމު އަޙުމަދުގެ ކިބައިން އެޞައްޙަވެގެންވާ ކަަމަށް މަޖުމޫޢު ފަތުވާގައި ބަޔާންކޮށްފައެވެ. އެބަސް މަތީގައި އެވަނީއެވެ.

Heyobas

09 Nov, 13:09


Nabee beykalunge risalathah dheyne Javabeh neygumun bathil GE ahuluveringe enme fahun Genna option akee ehen meehun ehaggun mahroom kohlan adu naahan bunun. Egothun quran adu naahan, noohgefanuge dauwath adu naahan egaumuge meehunah bathilge bodun engi.

Heyobas

09 Nov, 09:40


Hukum massalaga Kuda kufr GE bahaki sahabin adhi aamu huriha salafunge bas kamah ibn taimiyya vidalhuvi basfulhu adhi meegen ibn Abbas basfulhu ibn taimiyya sahhakoh ihtijaj kuraakan engey
އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ

وَقَدْ يَكُونُ مُسْلِمًا وَفِيهِ كُفْرٌ دُونَ الْكُفْرِ الَّذِي يَنْقُلُ عَنْ الْإِسْلَامِ بِالْكُلِّيَّةِ كَمَا قَالَ الصَّحَابَةُ: ابْنُ عَبَّاسٍ وَغَيْرُهُ: كُفْرٌ دُونَ كُفْرٍ. وَهَذَا قَوْلُ عَامَّةِ السَّلَفِ وَهُوَ الَّذِي نَصَّ عَلَيْهِ أَحْمَد وَغَيْرُهُ

”މުސްލިމަކު ކަމުގައިވެ އޭނާގެ ކިބައިގައި އިސްލާމް ދީނުން އެކީއެކައްޗަކަށް ބޭރު ވެގެންދާ ކުފުރު ނޫން ކުފުރެއް ހުރެދާނެއެވެ، ޞަޙާބީން، އިބްނު ޢައްބާސްއާއި އެނޫން ބޭކަލުން ވިދާޅުވިފަދައިންނެވެ ”ކުފުރުން ދޫނަ ކުފުރެވެ“. އަދި މިއީ ސަލަފުންގެ އާންމު ބަހެވެ. އަދި އެއީ އަޙްމަދާއި އެނޫން ބޭކަލުން ނައްޞުކުރައްވާފައިވާ ގޮތެވެ.“

مجموع الفتاوى 7/350

Heyobas

08 Nov, 16:54


💎 قَالَ رَسُولُ اللهِ ﷺ :
اسْتَعِيذُوا بِاللهِ فَإِنَّ الْعَيْنَ حَقٌّ.

📌 މާނަ : ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.
މާތް ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ.

📚 أخرجه ابن ماجه [3508] وصححه الألباني

Heyobas

08 Nov, 15:56


Wadaee qanoonah hukum kurumuga sheikh bin baz adhi salafunge bas bayan kohdheefava fotheh

Heyobas

08 Nov, 12:17


Bayeh meehun dhauwa kuranee: Hadith sahha nusahha kurumuga thimannamen salafunge manhajey nuvatha kureege meehunge manhajey. Ekamu Allah baavalehvi gothah hukum nukurun ei kuda kufr kamah ibn Abbas radiyallah anhu gennavavafa basfulhu daeef kurumuga Imam Ahmed aa bukhari adhi Ibn Taimiyya adhi Ibn gayyim AA huriha salafunnah khilaf vey. Ehenveema bayeh meehun GE dhauwa thedhu noon Kan engigendhey. Enme bodah ragalhuvanee salafunkan yageen vegendhey.

Heyobas

08 Nov, 12:13


Hukur duvahu iru ohsumuge kuree vaguthu dhua ijaaba vaguthu kolheh.

Heyobas

07 Nov, 16:17


Imam ibn rajabge kalimathul ikhulas(thauheedhge kalima)

Heyobas

07 Nov, 16:05


އިމާމު އަޙުމަދު ވިދާޅުވިއެވެ: إياك أن تتكلم في مسألة ليس لك فيها إمام.
މާނައީ: ތިބާއަށް (ސަލަފުންގެ ތެރެއިން) އިމާމެއް ނުވާ މައްސަލައެއްގައި ވާހަކަދެއްކުމާއި މެދު ތިބާ ސަމާލުވާށެވެ.
މަޞްދަރު: «سير أعلام النبلاء» (11/296)

Heyobas

07 Nov, 16:01


ޙަދީޘް އިލްމުގައި އިމާމު ބުޚާރީ އަދި އިމާމު އަޙުމަދު މެން އަދި ސަލަފުން ޞައްޙަކުރާ އެއްޗެއް ގޯސް ހަދާ ބައެއް ނުވަތަ ބިދުޢަވެރި ބައެއް މެނުވީ ޟަޢީފުނުކުރާނެއެވެ. މިބައިމީހުންގެ މައްޗަށް އެއްވެސް ބައެއް ޙަދީޘް ޢިލްމުގައި އިސްކުރާ ބައެއް ފެނިއްޖެނަމަ ކޮންމެވެސް އަޖައިބެއް ގެންނާނެއެވެ. އަހުލުއް ސުންނާގެ ޞައްހަ ނުޞައްޙަ ކުރުމާއި މަޢުލޫލު ކުރުމުގައި އެންމެ ވަރުގަދަ ޢިލްމުވެރިންނަކީ މިއީއެވެ.

Heyobas

07 Nov, 15:15


އަބުލް ޢާލިޔާ އައްރިޔާޙީ ވިދާޅުވެއެވެ

”އަހަރެންގެ މައްޗަށް ދެނިޢުމަތެއް ދެއްވެވުނެވެ، އޭގެ ތެރެއިން ބޮޑުވެގެންވަނީ ކޮން ކަމެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއީ ﷲ އަހަރެންނަށް އިސްލާމްކަމުގެ ހިދާޔަތްދެއްވެވުމެވެ، އަދި އަހަރެން ޙަރޫރީއެއް (އެބަހީ ޚަވާރިޖެއް) ކަމުގައި ނުލެއްވެވުމެވެ.“

- مصنف عبد الرزاق 18667

Heyobas

07 Nov, 15:14


އަހުލުއް ސުންނާއަކީ ސަލަފުންނަށް މައްސަލަތަކުގައި ފަހުމްވި ގޮތަށް ފިޤުހު ނަގާ މީހުންނެވެ. ސަލަފުންގެ ފަހުމް ދޫކޮށް ފަހުގެ މީހުންނަށް ބަރޯސާ ވެއްޖެމީހާ އެވަނީ ބޮޑުވެގެންވާ ފިތުނައެއްގައެވެ. ދުޢާއަކީ ހުރިހާ މައްސަލައެއްގައިވެސް ސަލަފުންގެ ފިޤުހު ނަގާ ބައެއްކަމުގައި އަހަރެމެން ލެއްވުމެވެ.

Heyobas

07 Nov, 05:52


ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

”އިންސާނާއަށް ޙައްޤުން ބަޔާންވެ ސާފުވި އެއްޗަކަށްޓަކައި،
އެއް ޤައުލު ދޫކޮށް އަނެއް ޤައުލަށް ބަދަލުވުމަކީ އެކަމުގައި އޭނާއަށް ޙަމްދު ތަޢުރީފު ލިބޭކަމެކެވެ.

އެއީ އޭގެ މައްޗަށް ޙުއްޖަތެއް އޭނާއަށް ލިބިގެން ނުވާ ބަހެއްގައި ހިފައިގެން ދެމިހުރުމާއި،
އެޤައުލުގެ (ވަރުގަދަވެ ރާޖިޙުކަމަށް) ޙުއްޖަތް ބަޔާންވެ ސާފުވި ޤައުލު ދޫކޮށްލުމާއި،
ނުވަތަ ހަމައެކަނި ޢާދައެއްގެ ގޮތުން އަދި އަމިއްލަ އެދުމަށް ތަބަޢަވެގެން އެއްޤައުލުން އަނެއް ޤައުލަށް ބަދަލުވުމާ ޚިލާފަށެވެ. ނުބައިކުރެވި ކުށްވެރިކުރެވެނީ މިކަމެވެ.“

📖 އަލްފަތާވާ އަލްކުބްރާ 📖

Heyobas

07 Nov, 02:37


اللهـمَّ أَنتَ ربِّي, لا إلهَ إلا أنتَ, خَلَقْتَني, وأَنا عبدُكَ, وأَنا على عهدِكَ ووعدِكَ, ما استَطَعْتُ, أعـوذُ بـكَ مِن شرِّ ما صَنَعْتُ, أبوءُ لكَ بنِعْمَتِكَ عليِّ, وأَبوءُ لَكَ بذَنبي, فاغفِرْ لي, فإنَّه لا يَغفِرُ الذُّنوبَ إلا أَنتَ

Heyobas

06 Nov, 18:52


ﷲގެ ފޮތަށް ޙުކުމް ނުކުރުމުގެ އަޞްލަކީ ކުޑަކުފުރުކަމަށް އިމާމު އަޙުމަދު ދެއްވާފައިވާ ފަތުވާ:

قال إسماعيل بن سعد في "سؤالات ابن هاني" (2/ 192): "سألت أحمد: ? وَمَن لَّمْ يَحْكُم بِمَا أَنزَلَ اللّهُ فَأُوْلَئِكَ هُمُ الْكَافِرُونَ ?، قلت: فما هذا الكفر؟ قال: "كفر لا يخرج من الملة"
އިސްމާޢީލު ބިން ސަޢުދު 'ސުއާލާތު އިބުނު ހާނީ' ފޮތުގައި ރިވާކުރައްވާފައިވެއެވެ. "އިމާމު އަޙުމަދު އާ ސުވާލުކުރެއްވީމެވެ. مَن لَّمْ يَحْكُم بِمَا أَنزَلَ اللّهُ فَأُوْلَئِكَ هُمُ الْكَافِرُونَ (އަދި ﷲ ބާވާލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ދަންނާށެވެ. އެބައިމީހުންނަކީ ކާފަރުންނެވެ." މިތާގައިވާ ކުފުރަކީ ކޮބައި ހެއްޔެވެ؟ އިމާމު އަޙުމަދު ވިދާޅުވިއެވެ. "މިއްލަތުން ބޭރު ނުވާ ކުފުރެވެ."
މަޞްދަރު: ސުއާލާތު އިބުނު ހާނީ (2/192)
ނޯޓު: ހުރިހާ ސަލަފުންގެ ބޭކަލުން ފަތުވާ ދެއްވާފައިވަނީ މިފަދައިންނެވެ. އަދި އިބުނު ޢައްބާސްގެ ބަސްފުޅު ޞައްޙަކޮށް އޭގެން ޙުއްޖަތް ހުރިހާ ސަލަފުންގެ ބޭކަލުން އިބުނު ބައްޠާ، އާޖުއްރީ، ހަރަވީ، ލަލިކާއީ ފަދަ ބޭފުޅުން ނަންގަވައެވެ. މިމައްސަލާގެ ޚަވާރިޖުންގެ ރައަުޔަކީ ޙުކުމް މައްސަލާގެ އަސްލަކީ ބޮޑުކުފުރުކަމެވެ.

Heyobas

06 Nov, 18:26


Matheega evanee Allah fothah hukum nukurumuge aslu Kuda kufureh kamah salafunge beykaleh kamahva imam ibn bahtha rahimahuhllah dhehvaafava fatwa. 👆👆

Heyobas

06 Nov, 18:07


💥އިމާމް އިބްނު ބައްޠާގެ (387ހ) އަގުހުރި ފޮތް "އަލްއިބާނަތުލް ކުބްރާ" ގައި ބާބެއް ކަނޑައަޅުއްވާ ގެންނެވިއެވެ:
"މިއްލަތުން ބޭރުނުވާ ކުފުރަށް އޭގެ އަހުލުވެރިޔާ ވެއްޓިގެންދާ ފާފަތައް ބަޔާންކުރެވުނު ބާބު"

މިބާބުގެ ދަށުން އެކަންކަމަށް ކުފުރު ނުވަތަ އެފަދަ ލަފްޒެއް އައިސްފައި، އެކަމަކު އެއީ ދީނުން ބޭރުނުވާނޭ ކުޑަ ކުފުރެއް އަދި ފާފައެއްކަމުގައިވާނޭ ބައެއް ކަންތައް ދަލީލުތަކާއެކު އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އަދި އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާކަމުގައިވާ މީހާގެ ގައިގައި އިމާންކަމާއެކު މިއްލަތުން ބޭރުނުވާ ކުޑަ ކުފުރާއި ފާފަތައް ޖަމަޢަވެގެންވެދާނެކަން ބަޔާން ކުރެއްވިއެވެ.

ނައްޞުތަކުގައި ކުފުރު އަދި ޝިރުކުގެ ލަފްޒު އައިސްފައިވާ ކަންކަމަކީ ސަލަފުންގެ ފަހުމަށް ރުޖޫޢަވުމެއްނެތި، މުޠުލަޤުކޮށް ދީނުން ބޭރުވާ ކަންކަންކަމުގައި ނެގުމަކީ މަގުފުރެދުމަށް ހުށަހެޅި ބޮޑެތި ފާފަތަކުން ކާފަރުކުރާ ޚަވާރިޖުންގެ އުޞޫލަށް ވެއްޓިގެންދާނޭކަމެކެވެ. އަދި ބޮޑު ކުފުރަކަށް ނުވުމަކީ އެމުންކަރާތްތައް ހުއްދަވުމެއް ނޫނެވެ. އެ ކަންތަކަކީ ބޮޑެތިވެގެންވާ، ވަޢީދުގެ ބަސްތައް ހުރި، އުރެދުންތަކެވެ.

އެހެންކަމުން އޭގެ ބައެއް މިސާލުތައް ގެނައުމަށްޓަކައި މިތަނުގައި މިވަނީ އެބާބުގެ ޚުލާޞާއެކެވެ. މިކަންކަން ހުއްދަކޮށް ނޫނީ އެހެން ކަމެއް ޖަމަޢަވެ އިޢުތިޤާދެއްގެ ސަބަބުން ބޮޑު ކުފުރަށްވާ ޙާލަތަކަށް ދިޔަސް މިކަންކަމުގެ އަޞްލަކީ ދީނުން ބޭރުނުވާ ކުޑަ ކުފުރެވެ.

1) ނަސަބުން ބަރީއަވެ، އެހެން ނަސަބަކަށް ދަޢުވާކުރުން:

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ:
"އެނގިގެންނުވާ ނަސަބަށް ދަޢުވާކުރުމަކީ ﷲ އަށް ވެވޭ ކާފަރުވުމެކެވެ. އަދި ކިތަންމެ ކުޑަމިނަކުންވެސް ނަސަބުން ބަރީއަވުމަކީ ﷲ ތަޢާލާއަށް ވެވޭ ކާފަރުވުމެކެވެ."

▪️އަދިވެސް ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންގެ ބައްޕައިންނަށް (ނިސްބަތްވުމުން) މޫނު އަނބުރާލާ ފުރަގަސްނުދޭށެވެ. ފަހެ އެމީހެއްގެ ބައްޕަގެ (ނަސަބަށް ނިސްބަތްވުމުން) މޫނު އަނބުރާލުމަކީ ފަހެ ކުފުރެކެވެ."

2) މުސްލިމްމީހާއަށް ދެކޮޅަށް ހަނގުރާމަކުރުމާއި ޤަތުލުކުރުން:

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"މުސްލިމްމީހާއާ ދިމާލަށް ބަދުބަސްބުނެ އެއްޗެހިކިޔުމަކީ ފާސިޤުކަމެކެވެ. އަދި އޭނާއާ ދެކޮޅަށް ހަނގުރާމަކުރުމަކީ ކުފުރެކެވެ."

▪️އަދިވެސް ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކުގެ ކަނދުރާ ކަނޑާ ކާފަރުންތަކެއްގެ ގޮތުގައި ތިމަންކަލޭގެފާނުގެ ފަހުން އެނބުރި ރުޖޫޢަވެގެން ނުދާށެވެ."

▪️މުޖާހިދު ވިދާޅުވިއެވެ:
" އަހަރެން އިބްނު ޢުމަރުގެ އަރިހުން (ދުވަސްގަނޑެއް ވަންދެން) ނުފެނި ހުރީމެވެ. ދެން އަހަރެން އެކަލޭގެފާނުގެ އަރިހަށް ދިޔަހިނދު އަހަރެންނަށް ވިދާޅުވިއެވެ:
"ތިބާގެ ފަހުން މީސްތަކުން ކާފަރުވެގަތްކަން ތިބާއަށް އިޙްސާސްވިހެއްޔެވެ؟" އެބަހީ އެއްބަޔަކު އަނެއްބަޔަކު ޤަތުލުކުރި ވާހަކައެވެ.

3) ކާހިނެއް ނުވަތަ އަތްބަލާ މީހެއްގެ ގާތަށް ގޮސް (ޣައިބުގެ އެނގޭކަމަށް އިޢުތިޤާދުކުރުމެއްނެތި) އޭނާގެ ބަސް ތެދުކުރުން

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ކާހިނެއް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށްގޮސް އޭނާ ބުނާ އެއްޗެއް ތެދުކޮށްފިމީހާ ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ކަންތަކަށް ކާފަރުވެއްޖެއެވެ."

4) މީހަކު މަރުވުމުން ރޮއެހޭރި، ހެދުންވީދާ، ނަސަބަށް ފާޑުކިޔުން

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ތިންކަމެއްވަނީ ﷲ އަށް ކާފަރުވުމުގެ ތެރެއިންނެވެ: މައްޔިތާގެ މައްޗަށް އަޑުނަގާ ރޮހެހޭރުމާއި، ހެދުން ވީދާކުދިކުރުމާއި، ނަސަބަށް ފާޑުކިޔުމެވެ."

5) މުސްލިމް އަޚާއަށް ކާފަރޭ ބުނުން.

▪️ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"އޭނާގެ އަޚާ ކާފަރުކޮށްފިމީހާ، ފަހެ އެތަނުން އެކަކަށް އެބަސް ރުޖޫޢަވެއްޖެއެވެ."

▪️އިބްނު މަސްޢޫދު ވިދާޅުވިއެވެ:
"މީހާ އެހެން މީހަކަށް 'ކަލޭ ތީ އަހަރެންގެ ދުޝްމަނޭ' ބުނެފިނަމަ، ފަހެ އެތަނުން އެކަކު އިސްލާމްދީނަށް ކާފަރުވެއްޖެއެވެ."

6) ޙުކުމްކުރުމުގައި ރިޝްވަތު ކެއުން:

▪️އިބްނު މަސްޢޫދުގެ އަރިހުން ރިޝްވަތާމެދު ސުވާލުކުރެވުމުން ވިދާޅުވިއެވެ:
"އެކަންވަނީ ޙަރާމް މުދަލުގެ ތެރެއިންނެވެ."

ދެންނެވުނެވެ:
"ޙުކުމްކުރުމުގައި ތޯއެވެ؟"

ވިދާޅުވިއެވެ: "އެއީ ކާފަރުވުމެވެ. ދެން މިއާޔަތް ކިޔަވާވިދާޅުވިއެވެ: ﴿وَمَن لَّمۡ يَحۡكُم بِمَآ أَنزَلَ ٱلله فَأُوْلَٰٓئِكَ هُمُ ٱلۡكَٰفِرُونَ ﴾ [المائدة: 44]

7) ﷲ ގެ ޙުކުމަށް ޙުކުމް ނުކުރުން:

▪️ﷲ ތަޢާލާގެ މިބަސްފުޅާމެދު އިބްނު ޢައްބާސް ވިދާޅުވިއެވެ:
"އެއީ އެކަމުންވާ ކުފުރެކެވެ. ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނަށްވެވޭ ކާފަރުވުމެއް ނޫނެވެ."

▪️އަދިވެސް އިބްނު ޢައްބާސް ވިދާޅުވިއެވެ:
"އެއީ ތިޔަބައިމީހުން ތިޔަދެކޭ ކާފަރުވުމެއް ނޫނެވެ."

▪️ޠާވޫސް ވިދާޅުވިއެވެ:
"އެއީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ." ===

Heyobas

06 Nov, 18:07


===
▪️ޢަޠާއު ބްނު އަބީ ރަބާޙު ވިދާޅުވިއެވެ:
"ކުފުރަށްވުރެ ދަށްވެގެންވާ ކުފުރެވެ."

▪️އިބްނު މަސްޢޫދު ވިދާޅުވިއެވެ:
"ޙުކުމްކުރުމުގައި އަނިޔާވެރިވުމަކީ ކުފުރެވެ. އަދި ޙަރާމްމުދާ ކެއުމަކީ ރިޝްވަތެވެ."

8) އަންހެނާ ޙައިޟުވެފައި ހުއްޓާ ޖިމާޢުވުން ނުވަތަ ފުރަގަސްފަރާތް ބޭނުންކުރުން:

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ޙައިޟުވެފައިވާ އަންހެނަކާ ނުވަތަ އަންހެނަކުގެ ފުރަގަސްފަރާތަށް ޖިމާޢުވެއްޖެނަމަ، ނުވަތަ ކާހިނެއްގެ ގާތަށްގޮސް އޭނާ ބުނާ އެއްޗެއް ތެދުކޮށްފިމީހާ ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި އެއްޗަކުން ބަރީއަވެއްޖެއެވެ."

▪️އަންހެނެއްގެ ފުރަގަސްފަރާތް ބޭނުންކުރާ މީހަކާމެދު އިބްނު ޢައްބާސްއާ ސުވާލުވެވުމުން ވިދާޅުވިއެވެ:
"މީނާ އަހަރެންގެ ގާތުން މިސުވާލުކުރަނީ ކުފުރާ ބެހޭގޮތުންނެވެ."

▪️އަބުއް ދަރްދާއު ވިދާޅުވިއެވެ:
"ކާފަރަކު މެނުވީ އެފަދައިން ކަންތައް ނުކުރެއެވެ."

▪️އަބޫ ހުރައިރާ ވިދާޅުވިއެވެ:
"ފިރިހެނުންނާއި އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ ފަހެ ކާފަރުވެއްޖެއެވެ."

9) ކެހިދީ ޣައްދާރުވުން:

▪️ޢަލީ ބްނު އަބީ ޠާލިބު ވިދާޅުވިއެވެ:
"މަކަރުވެރިކަމަކީ ޣައްދާރުކަމެކެވެ. އަދި ކެހިވެރިވެ ޣައްދާރުވުމަކީ ކުފުރެކެވެ."

10) ސާހިބު މީހާއަށް ފިލައި ރައްކާވާ އަޅުމީހާ:

▪️ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ:
"އަޅުމީހާ ފިލައި ރައްކާވެއްޖެނަމަ އޭނާގެ ނަމާދެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އޭނާ މަރުވެއްޖެނަމަ މަރުވާހުށީ ކާފަރެއްގެ ގޮތުގައެވެ."

▪️އަދިވެސް ޙަދީޘްކުރެއްވިއެވެ:
"އަޅުމީހާ ފިލައި ރައްކާވެގެން ޢަދުއްވުންގެ ގާތަށް ގޮސްފިނަމަ އޭނާގެ ކިބައިން ޒިންމާ ބަރީއަވެއްޖެއެވެ."

11) ތަވީދުއެޅުން:

▪️ޢަބްދު ﷲ ބްނު މަސްޢޫދު އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގާތަށް ވަދެވަޑައިގެންނެވިއެވެ. އަދި އެކަމަނާގެ ކަނދުރާގައި އަތްލެއްވިހިނދު ރޮދިފަށެއް އެލުވާފައި އޮތެވެ.
އެހިނދު ވިދާޅުވިއެވެ: "މިއީ ކޮން އެއްޗެއްހެއްޔެވެ؟"
އެކަމަނާ ދެންނެވިއެވެ:
"ހުމަށް ރުޤުޔާކޮށްފައި އޮތް އެއްޗެކެވެ."
އެހިނދު އޭތި ކަނޑުއްވާ ވިދާޅުވިއެވެ:
"ޢަބްދު ﷲ ގެ އާލުންވަނީ ޝިރުކުން ފުދިގެންނެވެ."

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ފަންޑިތައާއި، ތަވީދާއި، އިސްތިރި ރޮދިފަށަކީ ޝިރުކެވެ."

▪️ޢަލީ ބްނު އަބީ ޠާލިބު ވިދާޅުވިއެވެ:
"މިހިރަ ތަވީދުތަކާއި ފަންޑިތަކުން ގިނަ ތަކެތީގައި ﷲ އަށް ޝިރުކުކުރުންވެއެވެ. ތިޔަބައިމީހުން އެއިން އެއްކިބާވާށެވެ."

12) ފާސިޤުމީހާއަށް މަދަޙަޘަނާ ކިޔުން:

▪️ޢަބްދު ﷲ ބްނު މަސްޢޫދު ވިދާޅުވިއެވެ:
"މީހާ އޭނާގެ ގައިން އޭނާގެ ދީން ހިފައިގެން ނިކުމެއެވެ. ދެން އެމީހަކު ޙާޖަތް ޖެހިގެންވާ މީހަކާ ދިމާވެއެވެ. ދެން އޭނާއަށް (މަދަޙަޘަނާކިޔާ) ބުނެއެވެ:
"ތިބާއާ އެވެނި މިވެނި ފަދައެވެ. މިހެންނޭ އެހެންނެވެ." ފަހަރެއްގައި އޭނާގެ ޙާޖަތުން އެއްވެސް ކަމެއް ފުއްދާވެސް ނުދީފާނެއެވެ. ދެން އޭނާ އެނބުރިދާހުށީ ﷲ އޭނާއަށް ކޯފާވެވޮޑިގެންވާ ޙާލުގައެވެ. އަދި އޭނާގެ ދީނުން އެއްވެސް އެއްޗެއް ބާކީވެ އޭނާގެ ގައިގައި ނުވާޙާލުގައެވެ."

13) ވާރޭވެހުން ނަކަތުގެ ސަބަބަށް ނިސްބަތްކުރުން:

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"މީސްތަކުން ފެންނުލިބި ތިއްބާ، ދެން ﷲ ގެ ރިޒްޤުން ރިޒުޤު އެމީހުންނަށް ބާވައިލެއްވުމުން، އެމީހުންވެގެންދަނީ މުޝްރިކުންކަމުގައެވެ."
ދެންނެވުނެވެ:
"އޭ ﷲ ގެ ރަސޫލާއެވެ! އެހެންވަނީ ކިހިނެއްތޯއެވެ؟"
ޙަދީޘްކުރެއްވިއެވެ:
"އެމީހުން ބުނެއެވެ: އަހަރުމެންނަށް ވާރޭވެހުނީ މިވެނި އެވެނި ތަރި ނަކަތެއްގެ ސަބަބުންނެވެ."

14) ޤުރްއާނުގެ ތަންތަން ނަގައި ދެބަސްވެ އަރައިރުންވުން:

▪️ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ޤުރްއާނުގައި އަރައިރުންވެ ޒުވާބުކުރުމީ ކުފުރެކެވެ."

Heyobas

06 Nov, 14:12


Adhives ibn usaimeen dhehvaafa fatwa eh hukum bi ghair massalage aslakee Kuda kufr kamah. Bodu kufr ah vanee thafseela eku. Mee imam ahmedves fatwa dhehvaafava adhi huriha salafun fatwa dhehva goiy.
ިބްނު ޢުޘައިމީން (1421ހ) ވިދާޅުވިއެވެ:
(الحكم بغير ما أنزل الله ليس بكفر مخرج عن الملة، لكنه كفر عملي؛ لأن الحاكم بذلك خرج عن الطريق الصحيح ولا يفرق في ذلك بين الرجل الذي يأخذ قانونا وضعيا من قبل غيره ويحكمه في دولته، وبين من ينشئ قانونا ويضع هذا القانون الوضعي، إذ المهم هو: هل هذا القانون يخالف ‌القانون ‌السماوي أم لا..)
މާނައީ: "ﷲ ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމްކުރުމަކީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ. އެކަމަކު އެއީ (މިއްލަތުން ބޭރު ނުވާ) ޢަމަލީ ކުފުރެކެވެ. އެހެނީ އެފަދައިން ޙުކުމްކުރާ މީހާ ޞައްޙަ މަގުން ނިކުމެއްޖެއެވެ. އަދި އެކަމުގައި، އެހެން ފަރާތަކުން ވަޟަޢީ ޤާނޫނެއް ނަގައިގެން އޭނާގެ ދައުލަތުގައި ޙުކުމްކުރާ މީހަކާއި، އަނެއްކޮޅުން އަމިއްލައަށް ވަޟަޢީ ޤާނޫނެއް އުފައްދާ އެޤާނޫނު ފައްތާ މީހަކާ ފަރަޤެއް ނުވެއެވެ. އެހެނީ ބަލަންޖެހޭނެ މުހިއްމު ތަންކޮޅަކީ: މިޤާނޫނު ސަމާވީ ޤާނޫނާ ޚިލާފުވޭތޯ ނުވަތަ ނޫންތޯއެވެ."

Heyobas

06 Nov, 14:05


Sheikh ibn usaimeen kurin kufr vane kamah dhin fatwa AA eygen kufur nukureveyne kamah bune fahun dheefava fatwa(fahu fatwa dhehvi niyaavi aharu) kurin dhin fatwa ves sheikh bodu kufur kamah dekenee iuthigadh GE mahchah bina Koh. Mee thakfeereen ignore kolla pointeh:
ހަތަރުވަނަ މައްސަލަ: (މިޙާލަތުގައި ކާފަރުވާނޭކަމަށް އިބްނު ޢުޘައިމީން ކުރިން ދީފައިވާ ގޯސް ފަތުވާއެއް)
މިޙާލަތުގައި ކާފަރުވާނޭކަމަށް އިބްނު ޢުޘައިމީން (1421ހ) ގެ ފަތުވާއެއްވިއެވެ. ނަމަވެސް ޝެއިޚު އެއިން ރުޖޫޢަވިއެވެ. އެކަމުގެ ބަޔާންވަނީ އަންނަނިވި ގޮތަށެވެ:

 އިހުގެ ފަތުވާ:
ވިދާޅުވިއެވެ:
(ومن هؤلاء من يضعون للناس تشريعات تخالف التشريعات الإسلامية لتكون منهاجاً يسير الناس عليه، فإنهم لم يضعوا تلك التشريعات المخالفة للشريعة الإسلامية إلا وهم ‌يعتقدون ‌أنها ‌أصلح ‌وأنفع ‌للخلق، إذ من المعلوم بالضرورة العقلية، والجبلة الفطرية أن الإنسان لا يعدل عن منهاج إلى منهاج يخالفه إلا وهو يعتقد فضل ما عدل إليه ونقص ما عدل عنه) 
މާނައީ: "(ބޮޑު ކުފުރުވާ) މިމީހުންގެ ތެރޭގައި: އިސްލާމީ ތަޝްރީޢުތަކާ ޚިލާފުވެގެންވާ ތަޝްރީޢުތަކެއް (ޤާނޫނުތަކެއް) މީސްތަކުންނަށް ކަނޑައަޅާދޭ މީހުންވެއެވެ. އެއީ މީސްތަކުން އެގޮތުގެ މަތީގައި ހިނގާނޭ މަންހަޖެއްގެ ގޮތުގައިވުމަށެވެ. ފަހެ ޚަލްޤުތަކުންނަށް އެޝަރުޢުކުރުންތައް މާރަނގަޅުވެފައި ފައިދާ ބޮޑުކަމަށް އެމީހުން އިޢުތިޤާދުކޮށް ޤަބޫލުކުރާތީ ނޫނީ އެމީހުން އިސްލާމީ ޝަރީޢަތާ ޚިލާފުވެގެންވާ އެތަޝްރީޢުތައް ކަނޑަނާޅައެވެ. އެހެނީ ބުއްދީގެ ޟަރޫރީގޮތުން އެނގިގެންވާ، އަދި ފިޠުރީގޮތުންވެސް އެނގޭކަމަކީ: އިންސާނާ އެއް މަންހަޖުން އެއާ ޚިލާފުވެގެންވާ މަންހަޖަކަށް ދާނީ: އޭނާ އެދިޔަ މަންހަޖު މާރަނގަޅުވެގެންވާކަމަށް އަދި އޭނާ ދޫކޮށްލި މަންހަޖު އުނިވެގެންވާކަމަށް ޤަބޫލުކޮށް އިޢުތިޤާދުކުރާތީއެވެ." މިއެވެ.
 އަދިވެސް އިބްނު ޢުޘައިމީން (1421ހ) ވިދާޅުވިއެވެ:
(لأن هذا المشرع ‌تشريعاً ‌يخالف ‌الإسلام إنما شرعه لاعتقاده أنه أصلح من الإسلام وأنفع للعباد) 
މާނައީ: "އެހެނީ އިސްލާމްދީނާ ޚިލާފުވެގެންވާ މިތަޝްރީޢު ޝަރުޢުކޮށް ކަނޑައަޅާ މީހާ އެގޮތަށް ޝަރުޢުކުރިކަން ކަށަވަރީ: އިސްލާމްދީނަށްވުރެ އެގޮތް މާ ރަނގަޅުވެފައި، އަޅުތަކުންނަށް މާ މަންފާ ބޮޑުކަމަށް އިޢުތިޤާދުކުރާތީއެވެ." މިއެވެ.
އަހަރެން ބުނަމެވެ: މިފަތުވާގައި ކޮންމެހެންވެސް ސަމާލުކަމަށް ގެނެސް ފާހަގަކުރަން ޖެހޭ ތިން ކަމެއްވެއެވެ:

) އޭގައި އެވަނީ ޝަރުޢުކުރާ މީހާ ކާފަރުވާނޭކަމަށް ލާޒިމެއް ބޭނުންކޮށްގެން ދަލީލު ދައްކާފައިއެވެ. މިގޮތަށް ދަލީލުދެއްކުމަކީ ބަލިކަށިކަން ހުރި ކަމެއްކަން އިސްވެ ހިނގައްޖެއެވެ.
2) ޝެއިޚު އެވަނީ މިޙާލަތުގައި ކާފަރުކުރުން ހަމަ އިޢުތިޤާދަށް ރުޖޫޢަކޮށްފައިއެވެ. މި ޙާލަތުގެ ޙުކުމްގައި އަހަރެން ޤަރާރުކުރި ގޮތާ އެކަން ދިމާވެއެވެ. ނަމަވެސް މިޙާލަތުގައި ޝެއިޚުވަނީ ލާޒިމުނުވާނޭ ލާޒިމަކާ ކުފުރު ގުޅުވާލާފައިއެވެ. އެހެންކަމުން މިމައްސަލާގައި ޝެއިޚުގެ ބަހުގައި ހިފާފައި، އަނެއްކޮޅުން މިޞޫރާގައި އިޢުތިޤާދަށް ރުޖޫޢަކުރުމަކީ އިރުޖާ ޢަޤީދާކަމަށް ދެކޭ މީހުން ނިކަން ވިސްނާ ފިކުރުކޮށްލާ ބަލާށެވެ!
3) ޝެއިޚުގެ ޤައުލުގައި މިގޮތަށް ލާޒިމްވެ ނުހިފަހައްޓައެވެ. އަދި މިމައްސަލާގައި ނޫނީ ލާޒިމަކުން ކާފަރުކުރުމަށް ޝެއިޚު ޢަމަލު ނުކުރައްވައެވެ. ލާޒިމެއް ނަގައިގެން ކާފަރުކުރުމަކީ ޙައްޤުކަމުގައިވާނަމަ (އެހެން މައްސަލަތަކުގައިވެސް) އެފަދައިން ވިދާޅުވީހެވެ. އަދި ކާފަރުކުރުމުގެ އެހެން މައްސަލަތަކުގައި އެނޫން ޢިލްމުވެރިންވެސް އެހެން ވިދާޅުވީހެވެ.
 ފަހުގެ ފަތުވާ
 ޝެއިޚު އިބްނު ޢުޘައިމީން (1421ހ) ވިދާޅުވިއެވެ:
(وإذا كان يعلم الشرع ولكنه حكم بهذا، أو شرع هذا، وجعله دستوراً يمشي الناس عليه؛ يعتقد أنه ظالم في ذلك، وأن الحق فيما جاء به الكتاب والسنة: فإننا لا نستطيع أن نكفر هذا) 
މާނައީ: "އޭނާއަށް ޝަރުޢުގައިވާ ގޮތް އެނގި، އެހެންނަމަވެސް (އެއާ ޚިލާފަށް) މިގޮތަށް ޙުކުމްކޮށް، ނުވަތަ މިހެން ޝަރުޢުކޮށް ކަނޑައަޅާ، އަދި އެއީ މީސްތަކުން އެގޮތުގެ މަތީގައި ހިނގާނޭ ދުސްތޫރެއްކަމުގައި ހެދި މީހާ؛ އޭނާ އެކަންތަކުގައި އަނިޔާވެރިވެގެންވާކަމަށް އިޢުތިޤާދުކުރާނަމަ، އަދި ޙައްޤަކީ ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ގޮތްކަމުގައި ޤަބޫލުކުރާނަމަ؛ ދެންފަހެ މީނާ ކާފަރުކުރުމަކީ އަހަރުމެންނަށް ކުޅަދާނަވެގެން ވާނޭކަމެއް ނޫނެވެ." މިއެވެ. މިފަތުވާ ފުރިހަމަކޮށް މިފޮތުގެ ފަހުކޮޅުގައި ބަލާލާށެވެ.
Masdaru: Bandar mihyanige hukum foiy.

Heyobas

06 Nov, 12:17


▪️”މަގުފުރެދިފައިވާ މީހާ، އޭނާގެ މަގުފުރެދުމުގެ މަތީގައި ޘާބިތުވާވަރުގެ (ބޮޑުކަމާ) މެދު ތިބާ ފިކުރު ނުކުރާށެވެ. އޭރުން ތިބާ ބަލިކަށިވެދާނެއެވެ.

ނަމަވެސް ފިކުރު ކުރާންވީކަމަކީ: އޭނާގެ ކުރިމަތިން ފެންނަން އޮތް ޙައްޤުން، އޭނާ ފޭކުރެއްވުމަށް ﷲ ތަޢާލާ ކުޅަދުވަންތަވެގެންވާ ގޮތާ މެދުގައިއެވެ:
{یُضِلُّ مَن یَشَاۤءُ وَیَهۡدِی مَن یَشَاۤءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَیۡهِمۡ حَسَرَ ٰ⁠تٍۚ } [فاطر: ٨]
"ފަހެ،  އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސު ހަލާކުވިޔަނުދެއްވާށެވެ!" “
---------------------------------------------------------

ކައްރާމީންގެ ފިތުނާގައި ޖެހިގެން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި...

”ދެވަނަ ސަބަބަކީ: މުޙައްމަދު ބްނު ކައްރާމު އެބަހުގެ މަތީގައި ޘާބިތުވެގެން ހުރިލެއް ވަރުގަދަކަމުންނެވެ.

އެގޮތުން އޭނާ އިމްތިޙާނުކުރެވުނެވެ. އަދި ނައިސާބޫރުގައި 8 އަހަރު ވަންދެން އޭނާގެ ބިދުޢައިގެ މަތީގައި ހައްޔަރުކުރެވި ބަންދުކުރެވިފަ ބެހެއްޓުނެވެ.

ޘާބިތުވެގެން ހުރުމަކީ ފަހަރެއްގައި ގޮތްދޫނުކޮށް ބޮޑާކަމުގައި ހުރުންކަމުގައިވެސް ވެއެވެ.

ގޮތްދޫނުކޮށް، ގޮތުގައި ޘާބިތުވެގެން ހުރި އެންމެ ވަރުގަދަ މީހަކީ އިބްލީސެވެ. އަދި އިންސީންނާއި ޖިންނީންގެ ތެރެއިން އޭނާއަށް އެކަމުގައި ތަބަޢަވީ މީހުން ގިނަވެގެންވެއެވެ.

އަދި ޘާބިތުވުން، ބައެއްފަހަރު ނޭނގިހުރެ ޙައްޤުކަމުގައި ހީކޮށްގެން ބާޠިލުގެ މަތީގައި ހުންނަ ތެދުވެރި އިޚްލާޞްތެރި ނިޔަތެއްގެ ވެރި މީހެއްގެ ކިބައިންވެސް ފާޅުވެދާނެއެވެ.

އެހެންކަމުން ޙައްޤަކީ ސީދާ އެއީ ކޮބައިކަން ދެނެގަންނަން ޖެހޭކަމެކެވެ.

‼️ ޘާބިތުކަމާއި އިމްތިޙާނުކުރެވުމާއި، ބަލާއާއި މުޞީބާތްޖެހުމާއި،
ޒުހުދުވެރިކަމާއި ބީރައްޓެހިކަމާއި،
އަދި ދުޝްމަނުންގެ ގިނަކަމަކީ ޤަރީނާތަކެކެވެ.

އެއީ ޙައްޤުކަމުގައިވުމަށް (ސީދާ އޭގެ ޒާތުގައި) ދަލީލުކުރާ ދަލީލުތަކެއް ނޫނެވެ!"

📖 އަލްޚުރާސާނިއްޔާ 📖

-އައްޠަރީފީ-

Heyobas

25 Oct, 05:36


ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

 ((لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللهُ عَلَى قُلُوبِهِمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ))

 "ބަޔަކު މީހުން، ހުކުރު ނަމާދު އެޅުން ހުއްޓާލާ ހުށިކަމެވެ. އެހެން ނުހަދައިފިނަމަ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެއެވެ. ދެން އެބައިމީހުންވާނީ ޣާފިލުވީ މީހުންގެ ތެރެއިންނެވެ."

(ރިވާކުރެއްވީ މުސްލިމް)

Heyobas

23 Oct, 11:00


https://islamqa.info/amp/en/answers/258312

Heyobas

22 Oct, 16:02


Live stream finished (29 minutes)

Heyobas

22 Oct, 15:32


Live stream started

Heyobas

22 Oct, 07:22


Heyobas ilmee silsila dharus.
Maudoo: sheikh usaimeen GE usooluh fih thafseer (thafseer Kura goiythah)
Mirey: 8:30 (konme Tuesday ehge 8:30pm)
Dharus dhehvaanee: Sheikh thorig hafizahuhllah.

Heyobas

21 Oct, 17:18


Sharuee ilmu nethi sharuee kankama medhu vaahaka dahka fatwa dhey meehunakee ruwaibida in. Mifadha meehun ilmeh nethi bas bune magufuredhi ehen meehun magufurahdha. Mi giyamaiy vumuge alaamaatheh.

Heyobas

21 Oct, 08:57


އާޚިރަތް ހޯދާ މީހާޔާ ދުނިޔެ ހޯދަން އުޅޭ މީހާގެ ތަފާތު:
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
"‏ مَنْ كَانَتِ الآخِرَةُ هَمَّهُ جَعَلَ اللَّهُ غِنَاهُ فِي قَلْبِهِ وَجَمَعَ لَهُ شَمْلَهُ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ وَمَنْ كَانَتِ الدُّنْيَا هَمَّهُ جَعَلَ اللَّهُ فَقْرَهُ بَيْنَ عَيْنَيْهِ وَفَرَّقَ عَلَيْهِ شَمْلَهَ وَلَمْ يَأْتِهِ مِنَ الدُّنْيَا إِلاَّ مَا قُدِّرَ لَهُ ‏" رواه الترمذي 2465 وصححه الألباني.
މާނައީ: "އެމީހެއްގެ އާޚިރަތް ހޯދުމަށް ހިއްމަތްކުރާ މީހާއަށް އެމީހެއްގެ ހިތުގައިﷲ  މުއްސަނދިކަން (ފުދުންތެރިކަން) ލައްވައެވެ. އަދި އެމީހެއްގެ ކަންތައްތައް ޖަމާކޮށްދެއްވައެވެ. އަދި އެމީހެއްގެ ކައިރިއަށް އެމީހާ އެޔަށް ފުރަގަސްދޭ ހާލުގައި ދުނިޔެ އެމީހެއްގެ ކައިރިއަށް އާދެއެވެ. އަދި އެމީހެއް ކަންބޮޑުވުމަކީ ދުނިޔެކަމުގައި ވެއްޖެ މީހާގެ ދެލޮލުގެ ކުރިމަތީގައި ފަޤީރުކަން ލައްވައި، އެމީހެއްގެ ކަންތައްތައް ބައިބައިކުރައްވައި، އަދި ދުނިޔެއިން އޭނާއަށް މިންވަރުގައި ކަނޑައެޅުނު އެއްޗެއް މެނުވީ ނާންނަހުއްޓެވެ."
މަޞްދަރު: ސުނަނު ތިރްމިޛީ  (2465) އަދި އަލްބާނީ ޞައްޙަކުރެއްވިއެވެ.
މިޙަދީޘުން ލިބޭ ފިލާވަޅަކީ އާޚިރަތަށް ބޮޑަށް ސަމާލުކަން ދިނުމަށް ހިތްވަރު ދިނުމާއި އަދި ދުނިޔެއާއި މެދު ޒުހުދުވެރިވުމަށް ބާރު އެޅުއްވުމެވެ.

Heyobas

21 Oct, 05:09


އިންސާނުންގެ ފަރާތުން ކުރެވޭ އުއްމީދުގެ ހުޅުކޮޅު ނިވުނަސް، ދީލަތިވަންތަ ﷲގެ ޙަޟްރަތުން ކުރާ އުއްމީދު ކަނޑާނުލާށެވެ.

Heyobas

20 Oct, 14:28


https://fiyaonline.com/95178
އަންހެނުން މަސްޖިދުއްނަބަވީގައި ކުރާ ނަމާދަށްވުރެ ގޭގައި ކުރާ ނަމާދު ހެޔޮވެގެންވެއެވެ.

Heyobas

18 Oct, 12:43


ސަޖްދަތުވަޅެއް އޮންނަ އާޔަތެއް އާދަމުގެ ދަރިޔާ ކިޔަވާ، ދެން އޭނާ ސަޖްދަތުކޮށްފިނަމަ، ޝައިޠާނާ ރޯޙާލުގައި އެކަހެރިވެ ބުނަމުން ދެއެވެ:

އަބޫ ހުރައިރަތު (59ހ.) – رَضِيَ اللَّهُ عَنْهُ – ގެ އަރިހުން ރިވާކުރެވެއެވެ. ﷲ ގެ ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ:

«ސަޖްދަތުވަޅެއް އޮންނަ އާޔަތެއް އާދަމުގެ ދަރިޔާ ކިޔަވާ، ދެން އޭނާ ސަޖްދަތުކޮށްފިނަމަ، ޝައިޠާނާ ރޯޙާލުގައި އެކަހެރިވެ ބުނަމުން ދެއެވެ:

"އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އާދަމުގެ ދަރިޔާއަށް ސަޖްދަތުކުރުމަށް އަމުރުވެވުމުން، އޭނާ ސަޖްދަތުކުރިއެވެ. ފަހެ ދެން އޭނާއަށްވަނީ ޖަންނަތެވެ.

އަދި އަހުރެންނަށް ސަޖްދަތުކުރުމަށް އަމުރުވެވުމުން، ފަހެ އަހުރެން އުރެދުނީއެވެ. ފަހެ ދެން އަހުރެންނަށް ހުރީ ނަރަކައެވެ."»

📘 [صحيح مسلم: ٨١]

#Quran
#Hadith

Heyobas

18 Oct, 12:32


Reminder: Hukur duhu Iru ohsumuge kuree vaguthu kolhakee dhua ijaaba vagutheh.

Heyobas

18 Oct, 08:31


Hukur fahun enme molhu ithuri miskithugaves adhi geygaves hatharu rakaiy kurun- sheikh bin baz rahimahuhllah

Heyobas

18 Oct, 08:07


ނަމާދުގެ މާތްކަން.

1. ނަމާދަކީ ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީކޮށް މަނާކުރާ ކަމެކެވެ. الله تعالى ވަޙީކުރައްވާފައި ވެއެވެ.

﴿اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ﴾ [سُورَةُ العَنكَبُوت 45]

"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، الله ހަނދުމަ ކުރުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް الله ދެނެވޮޑިގެންވެތެވެ."

[منزلة الصلاة في الإسلام 26/1]

~ ފިޤުހުފޮތް

Heyobas

18 Oct, 06:50


ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

((مَنْ تَرَكَ ثَلاَثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ))

 މާނައީ: “ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަޖައްސަވާ ހުއްޓެވެ.”

- ރިވާކުރެއްވީ އަބޫ ދާޥޫދު ، އަލްއަލްބާނީ ޞައްޙަކުަރައްވާ -

Heyobas

18 Oct, 04:49


https://fiyaonline.com/94982
އިބުނު ޤައްޔިމު ލިޔުއްވާފައިވާ "ﷲ ގެ ލޯބި"