Naseyhai @naseyhai Channel on Telegram

Naseyhai

@naseyhai


An NGO registered under the youth ministry which aims to spread religious awareness. We design and produce Islamic photos, videos and reports on all topics.

www.naseyhai.com

Naseyhai (English)

Naseyhai is a channel on Telegram that is dedicated to spreading religious awareness to the youth. This channel is run by an NGO that is registered under the youth ministry, ensuring that its content is both credible and impactful. Naseyhai focuses on designing and producing Islamic photos, videos, and reports on a wide range of topics. Whether you are looking to deepen your understanding of Islamic teachings, learn about important religious events, or simply find inspiration in your faith, Naseyhai has something for everyone. By providing high-quality content in various multimedia formats, Naseyhai strives to engage and educate its audience in a meaningful way. To stay updated on the latest Islamic content and gain valuable insights, make sure to join the Naseyhai channel on Telegram today. Visit www.
aseyhai.com for more information.

Naseyhai

19 Jan, 04:05


ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ.

Naseyhai

18 Jan, 04:02


މާތް ﷲގެ ފަޟްލަވަންތަކަމާއި ދީލަތިވަންތަކަމުން އެ އިލާހުވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއް ކަމުގައި ލައްވާފައެވެ.

[خطوات إلى السعادة]

Naseyhai

17 Jan, 04:03


ދުޢާ ކުރާއިރު ދުޢާކުރުމުގެ އަދަބުތަކާއި ދުޢާ އިޖާބަވުމުގެ ވަޤުތުތަކަށް ފަރުވާތެރިވެގެން ދުޢާކުރުމަކީ ދުޢާ އިޖާބަވުމުގެ ފުރުޞަތު ބޮޑުވެގެންދާ ސަބަބެކެވެ.

Naseyhai

16 Jan, 04:02


ސަލާމަތުގެ ގޮވައްޗަށް ވަދެވޭނީ ސަލާމަތްތެރި ހިތަކާއިގެންނެވެ. އެފަދަ ހިތެއް ލިބުން އެދޭނަމަ، ސަލާމްކުރުން ގިނަކުރާށެވެ!

[އައްޝައިޚް މުޙައްމަދު އަފްޟަލް (حفظه الله)]

Naseyhai

15 Jan, 04:05


އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެކަނބަލުންނާއި މެދު އިޙްސާންތެރިވުމަށް ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވިއެވެ.

Naseyhai

14 Jan, 06:49


ހަތަރު ޙައްޤެއް އަދާކޮށްފުމަށްދާންދެން އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަމަށް އަޅުގަނޑުމެންގެ ވެރި ރައްބުވަނީ އަންގަވާފައެވެ.

Naseyhai

13 Jan, 04:03


‏ތިބާގެ ޙަޔާތުގެ ކަންކަން ބޮއްސުން ލާފައި ވާ ނަމަ، ނަމާދަށް ނަޒަރު ހިންގާށެވެ! ނަމާދު ރަނގަޅަށް ފުރިހަމައަށް ވަގުތުން ވަގުތަށް އާދަކުރާށެވެ. ނަމާދަކީ، ތިބާއާ އެ ކަލާނގެއާ ދެމެދު ވެވޭ މުޚާޠަބެކެވެ. ހިތުގެ އުދާސްތައް ހުށައަޅުއްވާށެވެ. ތައުފީޤަށް އެދޭށެވެ. ދެއްވާނެ ކަން ކަށަވަރެވެ.

[އައްޝައިޚް ޝަފީޢު ޢަބްދުالله (حفظه الله)]

Naseyhai

12 Jan, 04:03


ތިބާގެ އަޚާގެ ޙާޖަތެއް ފުއްދާދިނުމުގައި ތިބާ ވާހައި ހިނދަކު، الله ތިބާގެ ޙާޖަތެއް ފުއްދަވާ ދިނުމުގައި ވޮޑިގެންވާނެއެވެ. އެހެންކަމުން ތިބާ ހެޔޮކަންކަން ގިނަކޮށް މީސްތަކުންނަށް އިޙްސާންތެރިވުން ގިނަކުރާށެވެ.

[محمد بن صالح العثيمين, شرح رياض الصالحين]

Naseyhai

11 Jan, 04:02


تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ

އިބައިލާހު، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ..

[‏سورة آل عمران 27]

Naseyhai

09 Jan, 04:04


ޙަޤީޤީ ނަސީބުވެރިންނަކީ ކޮބާ؟

Naseyhai

08 Jan, 04:02


މީސްތަކުންގެ ސިއްރުތައް ހިފެހެއްޓުމަކީ އަމާނާތެކެވެ.

Naseyhai

07 Jan, 04:04


މީހަކަށް އޯގާތެރިވުމަކީ ދުވަހަކުވެސް އެކަމުގެ މައްޗަށް ހިތާމަކުރަންޖެހޭނެ ކަމެއް ނޫނެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

06 Jan, 04:04


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް އޭނާގެ ކިބައިން ކެނޑިގެން ހިނގައިދެއެވެ. އެއީ:

ދެމިގެންދާ ޞަދަގާތަކާއި، އެ ޢިލްމަކުން މަންފާއެއް ކުރާނެ ޢިލްމަކާއި، އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާނެ ރަނގަޅު ޞާލިޙު ދަރިއެކެވެ.“

[صحيح مسلم 1631]

Naseyhai

02 Jan, 04:04


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: ”މީސްތަކުންނަށް ހެޔޮކަންކަން އުނގަންނައިދީ އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތާލާ މީހާގެ މިޘާލަކީ ބައްތީގެ ފީތާގެ މިޘާލެވެ. [އެ ފީތާ] އެހެން މީހުންނަށް އަލިކޮށްދެއެވެ. އަދި އަމިއްލަ ނަފްސު އަންދާލައެވެ.“

[الترغيب والترهيب للمنذري 74/1]

Naseyhai

01 Jan, 04:02


ކުދިން ތަރުބިއްޔަތު ކުރުމުގައި އޮންނަ އެންމެ މޮޅު ވަޞީލަތަކީ، ކުދިންނަށް ނަމޫނާއަކަށްވުމެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

31 Dec, 04:00


ތިބާ މިފަދައިން ނުބުނާށެވެ: އަހަރެންނަކީ އަދި ޒުވާނެކެވެ. ފަހުން ތައުބާ ވާނަމެވެ.

ޒުވާންކަން ފިލައި ނުދަނިސް މަރު އެ މީހަކާއި ބައްދަލު ކުރީ ކިތައް ޒުވާނުންނާއި ހެއްޔެވެ!؟

[مجموع فتاوى ومقالات متنوعة - ابن باز 304/24]

Naseyhai

30 Dec, 04:02


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: ”[މީސްތަކުންނަށް] ހެޔޮކަންކަން އުނގަންނައިދޭ މީހާގެ ފާފަފުއްސަވައި ދެއްވުން އެދި ހުރިހާ އެއްޗެއް ދަންނަވައެވެ. އެއީ މޫދުގައި އުޅޭ މަހަށް ދާންދެނެވެ.“

[الترغيب والترهيب للمنذري 56/1]

Naseyhai

29 Dec, 04:01


އެކުވެރިޔާއެވެ! ކޮންމެ ހިތްދަތިކަމަކަށް ވެސް ނިމުމެއް އަންނާނެއެވެ.

[އައްޝައިޚް ޝަފީޢު ޢަބްދުالله (حفظه الله)]

Naseyhai

28 Dec, 04:01


ދަރިއަކު، ހަރުދަނާ ދަރިއަކަށް ހެދެނީ ހާދަ ބުރަ މަސައްކަތަކުންނެވެ. އަދި އެ ދަރިއަކީ ދީންވެރި ޚުލުޤުހެޔޮ ހަރުދަނާ ދަރިއަކަށް ހެދެނީ އެއަށް ވުރެ ބުރަ މަސައްކަތްތަކަކުންނާއި އެތައް ޤުރުބާނީއަކުންނެވެ.

އިމެއްނެތް މިނިވަންކަމެއް ދަރިންނަށްދީ، އެ ދަރިންގެ ތަރުބިއްޔަތު އޮޔާލާ ބެލެނިވެރިންގެ ތެރެއިން އަޅަމެން ނުލައްވާށި! آمين

[އައްޝައިޚް ސާޖިދު މުޙައްމަދު (حفظه الله)]

Naseyhai

27 Dec, 04:01


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: ”އަޞުރު ނަމާދުގެ ކުރިން [ސުންނަތް] 4 ރަކުޢަތް ކުރާ މީހާއަށް މާތް الله ރަޙުމަތް ލައްވާށިއެވެ.“

[سنن أبي داود - ت الأرنؤوط 1271]

Naseyhai

26 Dec, 04:01


وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ

އަދި ކެތްތެރިކަމާއި ނަމާދުން
ތިޔަބައިމީހުން ވާގިހޯދާށެވެ!

[سورة البقرة 45]

Naseyhai

25 Dec, 16:07


Christmas ge haqeeqaiy | Naseyhai

Watch it on our youtube channel:
https://youtube.com/shorts/UhFEgQb2QOw?si=uVOjq7yA9wgg8F22

Naseyhai

25 Dec, 04:00


ޤުރުއާން އަޑުއެހުމަކީ އެންމެ މާތްވެގެންވާ ހެޔޮޢަމަލު ތަކުގެ ތެރެއިން ޢަމަލެކެވެ.

ابن القيم (رحمه الله)

Naseyhai

24 Dec, 04:01


ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލުވޭތޯ ގިނަގިނައިން ދުޢާ ކުރައްވާ!

Naseyhai

23 Dec, 18:51


Christmas thahuniyaa kiyedhaanetha? | Naseyhai
Watch it on our youtube channel:
https://youtu.be/7piw6_64SWQ?si=h9AcQFTz90C7tmDC

Naseyhai

23 Dec, 04:00


ބައެއް ބަލިތައް ހަށިގަނޑު ފަނާކޮށްލާ ވަރަށް ވުރެވެސް އަވަހަށް، އަޅާގެ ދީންވެރިކަމަށް ޣީބައިން އަޘަރުކުރެއެވެ.

الحسن البصري (رحمه الله), خطوات إلى السعادة

Naseyhai

22 Dec, 04:01


ނަބިއްޔާ ﷺ އަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުން ގިނަކުރުން ހިމެނެއެވެ.

الشيخ محمد بن صالح العثيمين (رحمه الله)

Naseyhai

21 Dec, 04:02


ހިތްތައް މަޑުވުން ވަނީ ޙަލާލު ތަކެތި ކައިގެންނެވެ.

الإمام أحمد بن حنبل (رحمه الله)

Naseyhai

20 Dec, 04:00


ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެއް އޮތީ މާތް ﷲއަށް ތަޤްވާވެރިވުމުގައެވެ.

އައްޝައިޚް ޝަފީޢު ޢަބްދުﷲ (حفظه الله)

Naseyhai

19 Dec, 04:00


ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.

"ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވަނީ އެމީހެއްގެ ޢުމުރު ދިގުވެ ޢަމަލު ހެޔޮވެއްޖެ މީހެކެވެ."

صحيح الجامع

Naseyhai

18 Dec, 04:00


ޢިލްމުވެރިން ނުވާނަމަ, މީސްތަކުން ވީހީ ޖަނަވާރުތަކެއް ފަދައިންނެވެ.

الحسن البصري (رحمه الله)

Naseyhai

06 Dec, 04:01


ނަބިއްޔާ ﷺއަށް ތަބަޢަވުމުގައި ހަމައެކަނި އެކަލޭގެފާނަށް ކިޔަމަންވުމަކުން ނުފުދެއެވެ. އެހެންނަމަވެސް އެކަލޭގެފާނަށް ކިޔަމަންވުމުގެ އިތުރަށް، ޙުއްޖަތާ ދަލީލާއެކު އެކަލޭގެފާނުގެ މަގަށް މީސްތަކުންނަށް ދަޢުވަތުދޭންވެސް ޖެހެއެވެ.

[تعاون الدعاة وأثره في المجتمع 5/1]

Naseyhai

05 Dec, 04:01


އިންސާނާ އޭނާގެ އަނބިދަރިންނަށް ކޮށްދޭނެ އެންމެ މަތިވެރި ކަމަކީ، އެ މީހުންނަށް ޓަކައި ހެޔޮ ދުޢާކުރުން ގިނަކުރުމެވެ.

[الشيخ د. عبدالسلام الشويعر]

Naseyhai

04 Dec, 04:01


"[މާތް الله] ތިޔަބައިމީހުންގެ ނަފުސުތައް ޙިސާބުކުރެއްވުމުގެ ކުރިން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ޙިސާބުކުރާށެވެ."

[عمر بن الخطاب, المصنف - ابن أبي شيبة – 96/7]

Naseyhai

03 Dec, 04:01


ކުރެވޭ ފާފަތަކުގެ މައްޗަށް ހިތާމަކުރުން.

ޢަބްދުالله އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވާ ކަމުގައި ވިއެވެ: ”ލޯބިވާ ދަރިފުޅާއެވެ! ތިބާގެ ފާފަތައް ހަނދުމަކޮށް އެކަމާމެދު ދެރަވެ ހިތާމަކޮށް އުޅޭށެވެ.“

[الزهد لوكيع 254/1]

Naseyhai

02 Dec, 04:01


މާތް الله އާއި ބައްދަލުވުން ފިޔަވައި މުއުމިނު އަޅާއަށް ރާޙަތު ލިއްބައިދޭނެ އިތުރު ކަމެއް ނުވެއެވެ.

[الهم والحزن لابن أبي الدنيا 65/1]

Naseyhai

01 Dec, 04:01


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ.

”ރޭގަނޑެއްގައި ދިހަ އާޔަތް ކިޔަވައިފި މީހަކު، ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ.“

[المستدرك على الصحيحين للحاكم 2041]

Naseyhai

30 Nov, 04:00


ކެތްތެރިކަމާއި ނަމާދަކީ ކަންތައްތައް ފަސޭހަވުމަށްޓަކައި ހޯދޭނެ އެންމެ މުހިންމު ދެ ވަސީލަތެވެ.

[އައްޝައިޚް އަޙްމަދު ނާޒިހު (حفظه الله)]

Naseyhai

29 Nov, 08:37


Mi vaahakathah dhahkan ladhugannaakah nujehey | Naseyhai

Watch it on our Youtube channel
https://youtu.be/MQpheBFXhVQ?si=Cv_BpdtYqzckOyBW

Naseyhai

29 Nov, 04:00


ފުން ހިތާމައާ އެކު ބުނެލަމެވެ. [މިއަދު] ގިނަ މުސްލިމުންގެ ނަފުސުތައް ފިރުޢަނު ފަދައިން ކިބުރުވެރި ބައެއް ކަމުގައި ވެއްޖެއެވެ. މާތް الله އިރާދަކުރެއްވި [މަދު] މީހަކު މެނުވީ ނަޞޭޙަތް އަޑު ނާހައެވެ.

[محمد ناصر الدين الألباني]

Naseyhai

28 Nov, 04:01


ދުނިޔެއަކީ ކަނޑެކެވެ. އަދި އާޚިރަތަކީ އައްސޭރިއެކެވެ. އަދި [ދަތުރުގެ] ބޯޓަކީ ތަޤުވާއެވެ. އަދި މީސްތަކުންނަކީ ދަތުރުވެރިންތަކެކެވެ.

النهرجوري (رحمه الله), الزهد الكبير للبيهقي (رحمه الله)

Naseyhai

27 Nov, 04:01


ސިނގިރެޓް ބުއިމަކީ، الله ދެއްވި ދުޅަހެޔޮ ޞިއްޙަތުގެ ނިޢުމަތަށް ކުފުރުވެރި ވުމެކެވެ. އެހެނީ ސިނގިރެޓް ބުއިމަކީ، ސީދާކޮށް މީހާގެ ހަށިގަނޑަށް ބޮޑު ގެއްލުމެއްދޭ ކަމެކެވެ.

އައްޝައިޚް މުޙައްމަދު ޝާހިދު (حفظه الله)

Naseyhai

26 Nov, 04:00


ބާޠިލުގެ ކުރިމަތީގައި ޙައްޤުގެ އަހުލުވެރިން ހަނު ތިބެއްޖެނަމަ، ބާޠިލަކީ ޙައްޤު ކަމުގައި މީސްތަކުން ހީކޮށްފާނެެތެވެ. ޙައްޤު ބަސް ބުނަން ފަސްނުޖެހޭށެވެ.

އައްޝައިޚް އަޙްމަދު ފަޒާދު ފާއިޒް (حفظه الله)

Naseyhai

25 Nov, 04:01


ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ:

"لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ އަކީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ."

رواه البخاري ومسلم

Naseyhai

24 Nov, 05:32


Mu’uminu alhaage hayaaiy | Naseyhai
Youtube:
https://youtube.com/shorts/NjXaqMDzeyA?si=vezH2br9eesZ5ggY

Tiktok:
https://www.tiktok.com/@naseyhaimv/video/7440717750655274256?is_from_webapp=1&sender_device=pc&web_id=7430333768868562440

Naseyhai

24 Nov, 04:01


މަރު ހަނދުމަކުރުމުން ތިމަންކަލޭގެފާނުގެ ހިތް އެއްކިބާވެއްޖެކަމުގައި ވާނަމަ، ތިމަންކަލޭގެފާނުގެ ހިތް ފަސާދަވެދާނެކަމަށް ބިރުފުޅުގަންނަމެވެ.

سعيد بن جبير (رحمه الله)

Naseyhai

23 Nov, 04:00


އުފާވެރިކަން ވަނީ އަޅުކަމުގައެވެ. އެހެން ކަންކަމުގައި ވަނީ ފިލައިދަނިވި ވަގުތީ ލައްޛަތެވެ.

الشيخ عبد العزيز الطريفي (حفظه الله)

Naseyhai

22 Nov, 11:47


Follow us on Tiktok:
https://www.tiktok.com/@naseyhaimv

Naseyhai

22 Nov, 08:38


Mikamaamedhu thibaa bunaany keekey? | Naseyhai

Watch it on our youtube channel:
https://youtu.be/JNVa6MuBOXo?si=DhV-hDGn1wkxsbB4

Naseyhai

22 Nov, 04:00


ސިންގާއެއް ފެނުމުން ފިލާ ފަދައިން، ޣީބަ ބުނާ މީހާގެ ކިބައިން ތިބާ ފިލާށެވެ.

عبد الله بن المبارك (رحمه الله)

Naseyhai

21 Nov, 04:01


ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ: ”އަދި ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދުވިޔަސް، ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ.“

[صحيح البخاري 6464]

Naseyhai

20 Nov, 17:09


ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެނާ ބައްދަލުކުރަން ބާކީ 100 ދުވަސް إن شاء الله!

Naseyhai

20 Nov, 04:01


ޙަރާމުތަކެތި ކައިބޮއި ހެދުމަކީ ދުޢާ އިޖާބަނުވުމުގެ ސަބަބެކެވެ.

[شروط الدعاء وموانع الإجابة]

Naseyhai

19 Nov, 04:01


މި ދުނިޔަވީ ޙަޔާތުގައި އިންސާނާއަށް ލިބިފައިވާ ޢުމުރަކީ ހައްދެއްވާ އެއްޗެކެވެ. އަދި އާޚިރަތުގައި އޭނާއަށްއޮތް ދަރަޖަ ބިނާވެގެންވަނީ މި ދުވަސްތަކަށެވެ. އެއީ ތިބާ ތި ހޭދަކުރަމުންދާ ދުވަސްތަކެވެ. ތިބާގެ ނަފްސަށްޓަކާ ހެޔޮކަމެއް އިސްކޮށްފިނަމަ ތިބާ ވާހުށީ ބާއްޖަވެރިންގެ ތެރެއިންނެވެ. އަދި މި ދުނިޔަވީ ޙަޔާތުގައި ތިބާގެ ނަފްސަށް ތިބާ އިހުމާލުވެ، ލިބިފައިވާ ވަގުތުގައި ފަރުވާކުޑަކޮށްފިނަމަ އާޚިރުތުގައި އެކަމާ ހިތާމަކުރާނެއެވެ.

[موقع دسلفية]

Naseyhai

18 Nov, 04:01


الله އާއި ކުއްތަންކުރުވާ ކަމެއްގައި ނޫންގޮތަކަށް އެންމެ ހިނދުކޮޅެއްވެސް ހޭދަކޮށް ނުލާށެވެ.

صيد الخاطر لابن الجوزي (رحمه الله)

Naseyhai

17 Nov, 04:00


﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ﴾

މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟

[سورة العنكبوت 2]

Naseyhai

16 Nov, 04:01


ރަމަޟާން މަސް ނިމުމުން އެ މަހުގައި ކުރި ގޮތަށް ނުވަތަ އެމިންވަރަށް އަޅުކަމުގައި ނުއުޅެވިދާނެއެވެ. ނަމަވެސް އެކަންކަން މުޅިން އެއްކޮށް ދޫކޮށްނުލާ މަދު މިންވަރެއްގެ މަތީގައި ނަމަވެސް ދެމިހުރުމަށް މަސައްކަތްކުރާށެވެ.
.
އައްޝައިޚް ސާޖިދު މުޙައްމަދު (حفظه الله)

Naseyhai

15 Nov, 09:01


This is a project initiated by “ Naseyhai ” to provide free high quality background sounds for muslim content creators & artists to use on their projects.

“Free Islamic background sounds 2024” pack includes total 50 sound tracks, Our aim is to deliver Free 100 vocal only sound tracks to muslim community.

To preview: https://youtu.be/mG8dSMqC06M
To Download: (https://cutt.ly/zwKVoq3f)

We would like to thank all who have funded and helped us to bring this project alive. Jazakumullah khairan. May Allah bless you All.

For those who would like to support us on our upcoming projects you can donate us:
Bank of Maldives
Account Name: Naseyhai
Acoount Number: 7770000085163

Naseyhai

15 Nov, 07:07


Nabiyya ﷺ ge Mahchah Salawaai Kiyevun | Sheikh Ahmed Fazaadh | Naseyhai

https://youtube.com/shorts/zh6wXuBdZzw?si=VN7QOZqwFGnwl2ky

Naseyhai

15 Nov, 06:09


50 Islamic background sounds are releasing today at 14:00. Subscribe to our YouTube channel (youtube.com/naseyhai) and stay tuned! 😊

Naseyhai

13 Nov, 07:23


ރިބާ ޙަރާމްވެގެންވާ ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ.

[المغني لابن قدامة]

Naseyhai

13 Nov, 06:10


Free Islamic Background Sounds
Pack 2 Coming Soon… إن شاء الله

Naseyhai

12 Nov, 04:00


ފަހެ ހަށިގަނޑު ކިތަންމެ ވަރުގަދަކުރިޔަސް އެ މީހެއްގެ ހިތުގައި އީމާންކަމާ އަދި ހެޔޮކަން ނެތިއްޔާ މުސްލިމު އަޅާއަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟!

[موقع دسلفية]

Naseyhai

11 Nov, 14:06


ބޮޑީ ބިލްޑުކުރުމުގެ ތެރޭގައި މަޝްޣޫލުވެ އުޅޭއިރުގައި ނަމާދުތައް އެޅުމާއި ފިރިހެނުންނާއި އަންހެނުންގެ ޢައުރަ ކަޝްފުކުރުމާއި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން ޒީނަތްތެރިކަން ފާޅުކުރުމާ އަދި ދެ ޖިންސުގެ މީހުން މައްސުނިވުންފަދަ ޙަރާމްކަމެއް އެކުލެވޭނަމަ އެއީ ޙަރާމް ކުޅިވަރެކެވެ.

[موقع دسلفية]

Naseyhai

11 Nov, 07:35


ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.“

[صحيح البخاري 5027]

Naseyhai

10 Nov, 04:01


މައިންބަފައިންނަށް ނުކިޔަމަންވެރިވުމަކީ އެ ކަމުގެ ޢުޤޫބާތް މާތް الله އެ މީހަކަށް ދުނިޔެމަތީގައި ވެސް ދެއްވާނެ ކަމެކެވެ.

[محمد بن محمد المختار الشنقيطي]

Naseyhai

08 Nov, 09:05


Jinni saharu - Turkey ge hadharathun safhaa eh | Naseyhai

Watch it on our Youtube channel:
https://youtu.be/-ulxqaMTTqs?si=II7I63QmcLk30gjL

Naseyhai

08 Nov, 04:01


#themuslimshowmv
#themuslimshow
#naseyhai
The Muslim Show

Naseyhai

07 Nov, 04:02


ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ.

Naseyhai

06 Nov, 04:01


މާތް ﷲގެ ފަޟްލަވަންތަކަމާއި ދީލަތިވަންތަކަމުން އެ އިލާހުވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއް ކަމުގައި ލައްވާފައެވެ.

[خطوات إلى السعادة]

Naseyhai

05 Nov, 04:02


ދުޢާ ކުރާއިރު ދުޢާކުރުމުގެ އަދަބުތަކާއި ދުޢާ އިޖާބަވުމުގެ ވަޤުތުތަކަށް ފަރުވާތެރިވެގެން ދުޢާކުރުމަކީ ދުޢާ އިޖާބަވުމުގެ ފުރުޞަތު ބޮޑުވެގެންދާ ސަބަބެކެވެ.

Naseyhai

04 Nov, 04:01


ސަލާމަތުގެ ގޮވައްޗަށް ވަދެވޭނީ ސަލާމަތްތެރި ހިތަކާއިގެންނެވެ. އެފަދަ ހިތެއް ލިބުން އެދޭނަމަ، ސަލާމްކުރުން ގިނަކުރާށެވެ!

[އައްޝައިޚް މުޙައްމަދު އަފްޟަލް (حفظه الله)]

Naseyhai

03 Nov, 09:01


ٱلْحَمْدُ لِلَّٰهِ ހަމަވެއްޖެ. މި ޕުރޮޖެކްޓައް ފަންޑު ކުރި އެންމެންނަށް ހެޔޮޖަޒާދެއްވާށި! އާމީން

Naseyhai

03 Nov, 04:01


އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެކަނބަލުންނާއި މެދު އިޙްސާންތެރިވުމަށް ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވިއެވެ.

Naseyhai

02 Nov, 04:01


ހަތަރު ޙައްޤެއް އަދާކޮށްފުމަށްދާންދެން އިންސާނާ ވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަމަށް އަޅުގަނޑުމެންގެ ވެރި ރައްބުވަނީ އަންގަވާފައެވެ.

Naseyhai

01 Nov, 10:43


Suvaruge vanumah inkaar kuraany kaaku? | Naseyhai

Watch it on our Youtube channel:
https://youtu.be/W4mIk8UW32U?si=jUCGv_96uSHYxowL

Naseyhai

01 Nov, 04:01


ފެނުން ޞަދަޤާތްކުރުމުގެ ތެރޭގައި ޖަނަވާރުތަކަށް ފެން ދިނުންވެސް ހިމެނެއެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

01 Nov, 03:35


މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ މިއުޒިކް އާއި ނުލައި ކޮންޓެންޓު ތައްޔާރު ކުރާ ފަރާތްތަކަށް މިޔުޒިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ރަނގަޅު އޯޑިއޯ އޮޕްޝަންތަކެއް ފޯރުކޮށްދިނުމެވެ.

މިގޮތުން، މި ފަހަރު 50 އޯޑިއޯ ކްލިޕްގެ ހަމިން ސައުންޑު ޕެކް އެއް ހިލޭ އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޑިއޯ ކްލިޕްތަކަކީ ކޮޕީރައިޓް މައްސަލައެއް ނެތި، ހުރިހާ ފަރާތްތަކަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވޭ އެއްޗެހިތަކެކެވެ.

މި ޕުރޮޖެކްޓު ނިންމާލުމަށް ޖުމްލަ 12,500 ރުފިޔާ ހަރަދުވާނެއެވެ. މި ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން މިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް ހުޅުވާލާފައެވެ.
މީގެ ކުރިން ވެސް މިފަދަ އެއް ޕުރޮޖެކްޓު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އެ ކްލިޕްތައް ޔޫޓިއުބް އިން އަޑުއަހާލެވޭނެއެވެ.
‏https://youtu.be/vO9T4Vu_2IM

އަޅުގަނޑުމެންގެ މި މަސައްކަތަށް އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެކައުންޓަށް ޑޮނޭޝަން ފޮނުއްވުމަށްއެދެމެވެ.

ނަސޭހަތް (ބީ.އެމް.އެލް އިސްލާމިކް)
7770000100417

Naseyhai

31 Oct, 06:59


މިފަހަރު ރިލީސް ކުރަން މަސައްކަތް ކުރާ ހަމިން ސައުންޑު ޕެކްގައި މުޅިން އައު 50 ހަމިން ސައުންޑު ހިމެނޭނެއެވެ.

Naseyhai

31 Oct, 04:01


ދުޢާ އިޖާބަވުމުގެ އެންމެ މަތިވެރި ސަބަބަކީ މާތް اللهއަށް ތަޤުވާވެރިވުމެވެ.

Naseyhai

30 Oct, 13:18


ބޭނުންތަ؟😀

Naseyhai

30 Oct, 04:00


ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ: ”މީހާވާހުށީ އޭނާގެ ގާތް ރަޙްމަތްތެރިޔާގެ ދީނުގެ މަތީގައެވެ. ފަހެ ތިޔަބައިމީހުންކުރެ މީހަކު އޭނާ ގާތް ރަޙްމަތްތެރިންކަމުގައި ހަދަނީ ކާކުތޯ ބަލާށެވެ.“

[سنن أبي داود 4833]

Naseyhai

29 Oct, 08:23


Avatterinnah heyokoh hithun | Naseyhai

Watch it on our Youtube Channel:
https://youtu.be/EJo_NWoGN7I?si=ZaeKxPGOingOk5cq

Naseyhai

29 Oct, 04:00


އަމަން އަމާންކަމުގެ އަޞްލަކީ ﷲ ގެ ޙައްދުތައް ޤާއިމުކޮށް އެއިލާހުގެ ޝަރީޢަތް ބިންމަތީގައި ހިންގުމެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

28 Oct, 11:02


ތިމަންކަލޭގެފާނު އެއްވެސް މީހަކާމެދު ޣީބަ ބުނާ ނަމަ، ތިމަންކަލޭގެފާނުގެ މަންމާފުޅާމެދު ޣީބަ ބުނާނަމެވެ. ފަހެ ތިމަންކަލޭގެފާނުގެ ހެޔޮކަންކަމަށް އެންމެ ޙައްޤުކަން ބޮޑީ އެ ކަމަނާއެވެ. [عبد الله بن المبارك]

[شرح صحيح البخاري - ابن بطال 245/9]

Naseyhai

26 Oct, 04:01


ނަމާދަކީ ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީކޮށް މަނާކުރާ ކަމެކެވެ.

Naseyhai

25 Oct, 11:02


Ijaabadheysheve | Naseyhai

Watch it on our YouTube channel:
https://youtu.be/q2hFzDmREho?si=h1JQ50v1Tqe2xcyO

Naseyhai

25 Oct, 04:01


‌‏މުޖްތަމަޢުގައި އެއްބަޔަކު އަނެއް ބަޔަކަށް ކަންކަމުގައި އެހީތެރިވުމަކީ ކާމިޔާބާއި ތަރައްޤީގެ އެންމެ މުހިންމު ބިންގާތަކުގެ ތެރެއިން ބިންގަލެކެވެ.

[موسوعة الأخلاق والسلوك]

Naseyhai

24 Oct, 04:01


ޝަހާދަތުގެ ދެ ކަލިމައަށް ފަހު އެންމެ މާތްވެގެންވާ ޢަމަލަކީ ނަމާދެވެ.

[منزلة الصلاة في الإسلام 26/1]

Naseyhai

23 Oct, 04:01


ދީނީ ޢިލްމު އުނގެނުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަޤުތެއް ހުސްކުރާށެވެ. އެއީ ތިބާގެ ދުނިޔެއާއި އާޚިރަތްވެސް ބާއްޖަވެރި ވާނޭ ކަމެކެވެ.

[އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ (حفظه الله)]

Naseyhai

22 Oct, 04:01


ދެމަފިރިން ކުރެ ކޮންމެ މީހެއްގެ މައްޗަށް ވެސް މާތް الله ވަނީ މަސްއޫލިއްޔަތުތަކެއް ލައްވާފައެވެ. އަދި މާތް الله އެ ދެ މީހުން ކުރެ ކޮންމެ މީހަކާ ވެސް، އެ މީހެއްގެ މަސްއޫލިއްޔަތާ މެދު ސުވާލު ކުރައްވާނެކަން ކަށަވަރެވެ.

[الشيخ د. حسين البلوشي]

Naseyhai

21 Oct, 04:01


ތިބާގެ ހިތް މާތް ﷲ އަށް ވާ ލޯބިން ފުރާލަން ބޭނުންނަމަ، ސިއްރުން އަޅުކަންކުރުން ގިނަކުރާށެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

20 Oct, 04:02


﴿وَجَعَلْنَا نَوْمَكُمْ سُبَاتًا﴾

އަދި ތިމަންއިލާހު ތިޔަބައިމީހުންގެ ނިދި، [ތިޔަބައިމީހުންނަށް] އަރާމެއް ކަމުގައި ލެއްވީމެވެ.

[‏سورة النبإ 9]

Naseyhai

19 Oct, 04:01


އެކުވެރިޔާއެވެ! މާތްﷲގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ ހުރީ ކިހައި ހިސާބެއްގައި ކަން ތިބާއަކަށް ނޭނގެއެވެ. ބޮޑާވެ ނުގަންނާށެވެ. އަނެކާއަކީ ދެރަ މީހެއް ކަމުގައި ނުބަލާށެވެ. އޭނާ މާ މަތިވެރި ވެދާނެއެވެ. ބޮޑާވުމަކީ އިބިލީހުގެ ސިފައެކެވެ. އޭނާ އިލާހީ ރަޙްމަތުން ބޭރުކުރެވުނީ ބޮޑާވެގަތުމުގެ ސަބަބުންނެވެ.

[އައްޝައިޚް ޝަފީޢު ޢަބްދުالله (حفظه الله)]

Naseyhai

18 Oct, 04:00


ތިބާއަށް ވަޞިއްޔަތް ކުރަނީ اللهއަށް ތަޤުވާވެރިވެ މީސްތަކުންނަށް އިޙްސާންތެރިވުމަށެވެ. ފަހެ ހަމަކަށަވަރުން الله ވޮޑިގެންވަނީ ތަޤުވާވެރިންނާ އަދި އިޙްސާންތެރިންނާ އެކުއެވެ.

[يونس بن عبيد, جامع العلوم والحكم]

Naseyhai

17 Oct, 04:01


‏ތިބާގެ ޙަޔާތުގެ ކަންކަން ބޮއްސުން ލާފައި ވާ ނަމަ، ނަމާދަށް ނަޒަރު ހިންގާށެވެ! ނަމާދު ރަނގަޅަށް ފުރިހަމައަށް ވަގުތުން ވަގުތަށް އާދަކުރާށެވެ. ނަމާދަކީ، ތިބާއާ އެ ކަލާނގެއާ ދެމެދު ވެވޭ މުޚާޠަބެކެވެ. ހިތުގެ އުދާސްތައް ހުށައަޅުއްވާށެވެ. ތައުފީޤަށް އެދޭށެވެ. ދެއްވާނެ ކަން ކަށަވަރެވެ.

[އައްޝައިޚް ޝަފީޢު ޢަބްދުالله (حفظه الله)]

Naseyhai

16 Oct, 04:02


ތިބާގެ އަޚާގެ ޙާޖަތެއް ފުއްދާދިނުމުގައި ތިބާ ވާހައި ހިނދަކު، الله ތިބާގެ ޙާޖަތެއް ފުއްދަވާ ދިނުމުގައި ވޮޑިގެންވާނެއެވެ. އެހެންކަމުން ތިބާ ހެޔޮކަންކަން ގިނަކޮށް މީސްތަކުންނަށް އިޙްސާންތެރިވުން ގިނަކުރާށެވެ.

[محمد بن صالح العثيمين, شرح رياض الصالحين]

Naseyhai

15 Oct, 04:01


تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ

އިބައިލާހު، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ..

[‏سورة آل عمران 27]

Naseyhai

14 Oct, 04:02


މުޞީބާތް ބޮޑުވީވަރަކަށް އަޖުރު ބޮޑުވާ ހުއްޓެވެ.

[އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)]

Naseyhai

13 Oct, 04:02


ހުކުރު ދުވަހު އަދާކުރެވޭ އެންމެ މާތް ޢަމަލަކީ ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ލެެއްވުން އެދި ދުޢާ ކުރުމެވެ. އެހެނީ [ހަފްތާގެ] ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އަދި ނަބީބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލަކީ އެކަލޭގެފާނު ﷺ އެވެ.

[الشيخ عبدالعزيز الطريفي (حفظه الله)]

Naseyhai

12 Oct, 04:02


އިމާމު އަޙްމަދު (رحمه الله) ވިދާޅުވިއެވެ: “ދުނިޔެއަކީ ޢަމަލުކުރުމުގެ ގޮވައްޗެވެ. އަދި އާޚިރަތަކީ ޖަޒާދެއްވުމުގެ ގޮވައްޗެވެ. މި ތަނުގައި ޢަމަލުނުކޮށްފި މީހާ އެ ތަނުގައި ހިތާމަކުރާނެއެވެ.”

[الزهد الكبير للبيهقي 282/1]

Naseyhai

11 Oct, 04:02


ޢަލީ (رضي الله عنه) ވިދާޅުވިއެވެ: “ފާފައެއްގެ ސަބަބުން މެނުވީ އެއްވެސް މުޞީބާތެއް ދިމާނުވެއެވެ. އަދި ތައުބާއަކުން މެނުވީ [އެ މުޞީބާތް] ފިލައިގެން ނުދެއެވެ.”

[الداء والدواء = الجواب الكافي 74/1]

Naseyhai

10 Oct, 04:01


އިޚްލާޞްތެރި އެންމެ ކުޑަ ނަޞީހަތަކުންވެސް މީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލު އައިސްފާނެއެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)

Naseyhai

09 Oct, 07:03


ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ: ”ހަމަކަށަވަރުން ޢަމަލުތަކުގެ ތެރެއިން الله ގެ ވަޖުހުފުޅު އަދައިގެން، އިޚްލާޞްތެރި ކަމާއި އެކު ކޮށްފި ޢަމަލެއް މެނުވީ އެ އިލާހު ޤަބޫލުނުކުރައްވަތެވެ.“

[سنن النسائي 3140]

Naseyhai

07 Oct, 04:01


ދުނިޔެއިން ވަކިވެގެންދާއިރު އެންމެ ކާމިޔާބު އެކަކީ، އެއްވެސް މީހަކާއިމެދު ހިތުގައި .ކިލަނބުކަމެއްނެތި ދުނިޔެ ދޫކުރާމީހާ

އައްޝައިޚް ޙުސައިން ޠާރިޤް (حفظه الله)