来自 Tazkirat Nufoos (@tazkirat_nufoos) 的最新 Telegram 贴文

Tazkirat Nufoos Telegram 帖子

Tazkirat Nufoos
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
1,448 订阅者
581 张照片
249 个视频
最后更新于 10.03.2025 08:44

相似频道

Archive of Tawheed
5,189 订阅者
Fernweh
1,591 订阅者

Tazkirat Nufoos 在 Telegram 上分享的最新内容

Tazkirat Nufoos

07 Mar, 00:28

289

..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
Tazkirat Nufoos

07 Mar, 00:28

259

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
Tazkirat Nufoos

07 Mar, 00:28

270

❞ ﷲ ދުވަހެއް މާތްކުރައްވަވާ ހިނދުގައި، އެދުވަހެއްގެ ޞާލިޙު ޢަމަލުތައް މާތްރުކުރައްވަތެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: (އެދުވަހެއްގެ މައްޗަށް އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ)¹. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ ޞަޙީޙް މުސްލިމު 854

#Jumuah #Friday
@Tazkirat_Nufoos
Tazkirat Nufoos

07 Mar, 00:28

254

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
Tazkirat Nufoos

17 Feb, 11:57

185

ދިރިއުޅުމުގައި ހިތް ހަމަޖެހުމާއި، ކާމިޔާބުވުން ވަނީ މި ގޮތަށް ވިސްނުން ބަހައްޓައިގެންނެވެ!

އިބްނު ޙަޒްމު رحمه الله ވިދާޅުވެފައިވެއެވެ.

މުދަލާއި، ދިރިއުޅުމާއި، ޞިއްޙަތުގައި ތިބާއަށްވުރެ ދަށުގައި ތިބި މީހުންނާއި މެދު ވިސްނާށެވެ.
ޢިލްމާއި، އަޚްލާޤާއި، ދީންވެރިކަމުގައި، ތިބާއަށްވުރެ މަތީގައި ތިބި މީހުންނާއި މެދު ވިސްނާށެވެ.

رسائل ابن حزم: 344/1 

#aadhaab
#ilmeebusthaan

📱 Join: https://t.me/ilmeebusthaanu  
📱 Join: Ilmee Busthaan
Tazkirat Nufoos

17 Feb, 03:26

238

••

މިއީ ﷲ ގެ ނަބިއްޔާ ޔޫސުފް عليه السلام އެވެ. އަދި އެކަލޭގެފާނު ޖަލުގައި ވީ ހިނދު، ﷲ عز وجل ގެ މަގަށް ދަޢުވަތު ދިނުން ހުއްޓައެއް ނުލައްވައެެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި ވީ ބަޔަކަށް އެކަލޭގެފާނު ދެއްވި ދަޢުވަތު ﷲ ވަނީ ޛިކުރުކުރައްވާފައިއެވެ. އެއީ އެއިލާހުގެ މި ބަސްފުޅެވެ: ﴿ يَٰصَٰحِبَيِ السِّجْنِ ءَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ ﴾ (މާނައީ: އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ އިލާހުންތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ގައްހާރުވަންތަ ﷲހެއްޔެވެ؟)¹ އަދި އެނގިގެންވާ ފަދައިން ޖަލުގައި (މީހަކު ވާނީ) ދަތި ނުތަނަވަސް ޙާލެއްގައެވެ. ދެންފަހެ ތަނަވަސް (ހެޔޮ) ޙާލެއްގައިވާ މިހާވަނީ (ދަޢުވަތުގެ ޒިންމާގައި) އަދި ކޮންފަދަޔަކުން ހެއްޔެވެ؟!

އަދި އިހުގެއާއި ފަހުގެ ޢިލްމުވެރިންގެ ތެރެއިން ބައިގަނޑެއް ޔޫސުފް عليه السلام ގެ ނަމޫނާއަށް ތަބަޢުވެލެއްވިއެވެ.

••┈┈┈┈┈┈┈┈┈┈┈••
¹ يُوسُف: ٣٩

✦ އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)

#Dawath
@Tazkirat_Nufoos
Tazkirat Nufoos

16 Feb, 00:27

165

⚠️ ތުހުމަތުނުބައި ކަމެއްގެ ގުންޑޮޅިމައްޗަށް އެރުމާއިމެދު އޮތް ނުރުހުންތެރިކަން

📏📏📏📏📏
❞ [އިމާމު] އަޙުމަދު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ: ”ނުބައިކަމެއްގެ މެދަށް ހުށަހެޅެވުމަށް އަހުރެން ނަފުރަތު ކުރަމެވެ.“ އަދި ޞާލިޙު ގެންނެވި ރިވާޔަތުގައި [އަޙްމަދު] ވިދާޅުވިޔޭ: ”ދަންވަރުގައި އިވޭ ހަޅޭކެއްގެ އަޑަށް އިޖާބަދީ ނިކުތުމަށް އަހުރެން ނުރުހެމެވެ. އެހެނީ އެކަމުގައި ކުރިމަތިވާ ކަމެއްގެ ވާނުވާއެއް ނޭނގޭތީއެވެ.“ އަލްޚައްލާލު މިބަސްކޮޅު ނަޤުލުކުރައްވައި ބާބު ކުރެއްވީ: <ދަންވަރުތެރޭ ހަޅޭކަކަށް ނިކުތުމުގައި އޮތް ނުރުހުން> މިހެންނެވެ. އަދި އަލްޚައްލާލު ރިވާކުރެއްވިޔޭ، ޢަބްދުއް ރަޙްމާނު ބުނު މަހްދީގެ އަރިހުން: ޢަބްދު ﷲ ބުނު ޢަދިއްޔި ބްނިލް ޚިޔާރް ވިދާޅުވިޔޭ: ”ފަހެ އެމީހަކަށް [ނުބައި] ތުހުމަތް އޮންނަމީހަކާއި އެކުއެކީ ހިނގާފައި ދިޔުމަށް އަހުރެން ނުރުހެމެވެ. އެއީ މުސްލިމެއްގެ ބަދުބަހެއް އަހަރެންނަށް ކުރިމަތިވެދާނެތީއެވެ.“

އިބްނު ޢަބްދުލް ބައްރު ޛިކުރު ކުރެއްވިޔޭ ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިޔޭ: ”އެމީހެއްގެ ސިއްރުތައް ފޮރުވައިގެން ހުރެއްޖެ މީހެއްގެ އަތުގައި އޭގެ އިޚްތިޔާރު ދެމިއޮވެއެވެ. [އެބަހީ: އޭގެ މައްޗަށް ކޮންޓުރޯލް އޮތީ އޭނާގެ އަތުގައި އެކަންޏޭއެވެ.] އަދި ތިމާގެ ނަފްސު ތުހުމަތުގެ އަނދަވަޅެއްގެ ތެރެއަށް ލައިފިމީހާ ދަންނައެ، ތިމާއާއިމެދު ގޯސްކޮށް ދެކިއްޖެ މީހެއް ކުށްވެރިކުރުމެއް ނުވެއެވެ.“

އަދި އިބްނު ޢަޤީލު "އަލްފުނޫނު" ގައި ވިދާޅުވިޔޭ: އަލްޙަސަން [އަލްބަޞްރީ] ވިދާޅުވިޔޭ: ”ތުހުމަތު ކުރެވިދާފަދަ ކަންކަމުން ކަމަކަށް ވަދެގަނެއްޖެ މީހާ ދަންނައެ، އެމީހަކަށް ޣީބައިގެ އަޖުރެއް ނުވެއެވެ“ [އެބަހީ: ބަޔަކު އޭނާގެ ވާހަކަ ދެއްކުމުން އޭނާއަށް ނަސީބުކޮށްދެވޭ ޘަވާބު ލިބުން ނުވެއެވެ.]

އަދި މީގެ މާނައީ —وَاَللَّهُ أَعْلَمُ— އޭނާ ކޮށްގެން ނުވާނޭ ކަމެއް ކުރުމުގެ ސަބަބުން، އޭނާގެ ޙައްޤާއި އޭނާގެ ޙުރުމަތް ވީއްލިދިއުމެވެ. މިއީ އަހަރެމެން އިހު ބަޔާންކުރި ފަދައިންނެވެ: ވަލީމާއަކަށް ދަޢުވަތު ދޭ މީހާ ކޮށްގެން ނުވާނޭ ކަމެއް ކުރުމުގެ ސަބަބުން، އޭނާގެ ޙުރުމަތް (އެއަށް އިޖާބަދިނުމުގެ ޙައްޤު) ވީއްލި ދިއުން ފަދައެވެ. އަދި ސަލާމް ކޮށްގެން ނުވާނޭ ދަނޑިވަޅެއްގައި ސަލާމް ގޮވާ މީހާގެ ޙުރުމަތާއި، މީސްތަކުން ހިނގައިބިނގައިވާ ތަނެއްގައި ނަމާދު ކުރާމީހާގެ ޙުރުމަތް ފަދައެވެ. އެހެންކަމުން އޭނާ ކުރިމަތިން ހުރަސްކަނޑާ މީހުން ހުއްޓުވުމެއް (އޭގެ ޙައްޤެއް) އޭނާއަށް ނުވެއެވެ. އަދި މިޒާތުގެ ކަންކަމެވެ. އަދި ޒާތްކޮޅުބޮޑު ހެދުމާއިމެދު ޣީބަ ކިޔުމުގެ ވާހަކަ ކުރިޔަށް އަންނާނެތެވެ. ❝


— އަލްއިމާމް އިބްނު މުފްލިޙް އަލްމަޤްދިސީ (އަލްއާދާބުއް ޝަރްޢިއްޔަ 1/298)

~ ގަލަންދާނު 🖋
Tazkirat Nufoos

14 Feb, 09:36

221

#EndVaanuvaa

ޝެއިޚް ފަޟްލޫން ގެ ވަޞިއްޔަތެއް ، އަސީރުންނަށް ހެޔޮ ދުޢާ ކޮށްދެއްވާ !
Tazkirat Nufoos

14 Feb, 08:35

237

● ޙަޤީޤީ މުސްލިމަކު ދެކޭނީ އަލްބާޣޫޒުގެ ޤަތުލުޢާންމު އެއީ އޭނާގެ އެއް ލޯ ގޮތުގައެވެ. އަދި ޣައްޒާގެ ޤަތުލުޢާންމު - ޣައްޒާގެ ނަސްލު ނައްތާލުން އެއީ އޭނާގެ އަނެއް ލޯ ގޮތުގައެވެ. އެއް ބޮލުގައިވާ ދެ ލޯ ފަދައިންނެވެ.

— އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله
މަޞްދަރު
Tazkirat Nufoos

12 Feb, 00:25

444

❞ޝަޢުބާން މަހުގެ ދެބައިވާ ރޭގައި ރައްބު ފައިބައިވަޑައިގަންނަވާ ކަމުގައި ޙަދީޘްތަކެއްގައި ވާރިދުވެގެންވެއެވެ. ފަހެ (އެރޭގައި) ﷲ އަށް ޝަރީކު ނުކުރާ ކޮންމެ އަޅެއްގެ ފާފަ ފުއްސަވާނެއެވެ. އަދި މިވަގުތުގައި: ރިޒްގު ބެއްސެވުމާއި، އަޖަލު ކަނޑައެޅިގެން ދެއެވެ. މިކަމާއި ގުޅޭ ގޮތުން ގިނަ ޚަބަރުތަކެއް ވެއެވެ.

އަދި އެހުރިހާ އެއްޗެއް ބަލިކަށްޓެވެ. އަދި އެއިން އެއްވެސް އެއްޗެއް ނަބިއްޔާ ﷺ ގެ އަރިހުން ޞައްޙަވެގެން ނުވެއެވެ.❝

އައްޝައިޚުލް ޢުލްވާން ثبته الله ورحمه ގެ ބަސްކޮޅެއް