🤚⛔️"އައު އަހަރު" ގެ ޙަފްލާއަކީ ކާފަރުންގެ ޙަފްލާއެކެވެ. މުސްލިމުންގެ ޢީދެއް ނޫނެވެ.⬆️
▫️ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ: وَالَّذِينَ لَا يَشْهَدُونَ الزُّورَ
މާނައީ: "އަދި އެމީހުން (رحمان ވަންތަ ﷲ ގެ އަޅުތަކުން) زُوْرُ އަކަށް حاضر ނުވާނެއެވެ." [الفُرقَان:٧٢]
މުޖާހިދު އަދި އެކަލޭގެފާނު ފިޔަވައި ސަލަފުންގެ އެހެން ބޭކަލުންވެސް ވިދާޅުވެފައިވަނީ الزُّورَ (ބާޠިލްކަންތައް) އިޝާރަތްކުރަނީ ކާފަރުންގެ ޙަފްލާތަކަށް ކަމަށެވެ.
▫️ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "من تشبه بقوم فهو منهم." މާނައީ: "ބަޔަކާ އެއްގޮތްވާ މީހާ ވަނީ އެބަޔެއްގެ ތެރެއިންނެވެ."
● [رواه أبو داود]
▫️ޢުމަރު ބިން އަލް-ޚައްޠާބު رضي الله عنه ވިދާޅުވިއެވެ: "اجتنبوا أعداء الله في عيدهم." މާނައީ: " ﷲ ގެ ޢަދާވާތްތެރިންގެ ޢީދުތަކުގައި އެބައިމީހުންނާއި ދުރުހެލިވާށެވެ." އަދި އެހެން ރިވާޔަތެއްގައި އިތުރުކުރެވިގެން އައިސްފައިވެއެވެ. ".. އެހެނީ އޭގެތެރޭގައި (އެ ޢީދުތަކުގައި) އެބައިމީހުންގެ މައްޗަށް ﷲ ގެ ކޯފާ ބާވައިލެއްވިގެންދެއެވެ."
● [ތާރީޚުލް ކަބީރު- އަލްބުޚާރީ]
▫️ޢަބްދު ﷲ ބިން ޢަމްރު رضي الله عنه ވިދާޅުވިއެވެ: "من مر ببلاد الاعاجم فصنع نيروزهم و مهرجانهم و تشبه بهم حتى يموت و هو كذلك حشر معهم يوم القيامة." މާނައީ: "ޢަޖަމީންގެ ބިމުގައި ދިރިއުޅެ، އެބައިމީހުންގެ ނެއިރޫޒާއި (މަޖޫސީންގެ އައު އަހަރު) އާއީ މަޙްރަޖާން (ޙަފްލާތައް) ފާހަގަކޮށް، އެބައިމީހުންނާއި އެއްގޮތްވެ، އަދި އޭނާ އެގޮތުގައި މަރުވެއްޖެއުމަށް ދާންދެން ހުރެއްޖެ މީހާ، ފަހެ ޤިޔާމަތް ދުވަހު އޭނާ މަޙްޝަރުކުރެވިގެންދާނީ އެބައިމީހުންނާ އެކުގައެވެ."
● [ރިވާކުރެއްވީ: އަލްކުބުރާގައި ބައިޙަޤީ]
▫️އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "މުސްލިމުން، ކާފަރުންގެ އެއްވެސް ޙަފްލާއެއް ފާހަގަކޮށްގެން ނުވާނެއެވެ."
● [މުޚްތަޞަރު އިޤްތިޟާއު އައްޞިރާޠިލް މުސްތަޤީމް 17-18]
▫️ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:
"އަދި މުޝްރިކުންނާއި ޔަހޫދީންނާއި ނަޞާރާއިންގެ ދީނީ ޙަފްލާތައް ފާހަގަކުރާ މީހާގެ ހިތުން އިސްލާމީ ޢީދުގެ ޙުރުމަތްތެރިކަން، ހަމަ ޔަޤީނުންވެސް ކުޑަވެގެންދާނެއެވެ."
● [މުޚްތަޞަރު އިޤްތިޟާއު އައްޞިރާޠިލް މުސްތަޤީމް ١/٤٨٣]
ނެގިފައިވަނީ
#NewYear #Festival
✦ @Tazkirat_Nufoos