Tazkirat Nufoos (@tazkirat_nufoos)の最新投稿

Tazkirat Nufoos のテレグラム投稿

Tazkirat Nufoos
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
1,448 人の購読者
581 枚の写真
249 本の動画
最終更新日 10.03.2025 08:44

類似チャンネル

Mihaaru
2,635 人の購読者
ASLU🇲🇻
2,127 人の購読者
Dhivehi Dharus
2,059 人の購読者

Tazkirat Nufoos によってTelegramで共有された最新のコンテンツ

Tazkirat Nufoos

26 Dec, 15:38

175

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
Tazkirat Nufoos

26 Dec, 15:37

106

ކްރިސްމަސް ހުއްދަ ކަމަށް ބުނާ ޝެއިޚުންނާއި މެދު ސަމާލުވާންޖެހެއެވެ. މިއީ ޢިލްމުވެރިން މީގެ ޝިރުކު ސާފުކޮށް ބަޔާންކޮށްފައިވާ ކަމެކެވެ.

އަދި ކޮންމެ ކޮންމެ ޝެއިޚެއްގެ ފަރާތުން ޢިލްމު ނެގުމާ މެދު ސާމާލުވާން ޖެހެއެވެ. އަދި ނުބައި ޢިލްމުވެރިންނާއި ބެހޭގޮތުން ނައްސުންނާއި (ޤުރުއާނާއި ސުންނަތުން) ޢިލްމުވެރިންގެ ބަސްތައް މިކަމުގައި ގިނަ ވެގެންވެއެވެ.

އިމާމް މާލިކު رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:

❞ހަމަކަށަވަރުން މިޢިލްމަކީ ތިބާގެ މަހާއި ލެޔެވެ. އަދި މިޢިލްމާއި މެދު ޤިޔާމަތްދުވަހު ތިބާއާއި ސުވާލުކުރެވޭނެތެވެ. އެހެންކަމުން ތިބާ ޢިލްމުނަގަނީ ކާކުގެ ކައިރިންތޯ ބަލާހުށިކަމެވެ.❝

المحدث الفاصل: 416/1

~ لَا   إِلَـٰهَ   إِلَّا   اللَّـهُ
Tazkirat Nufoos

25 Dec, 17:14

160

🔻🔻

❞ ދެންފަހެ އެއުރެންނަށް ޚާއްޞަ ކުފުރުގެ ޙަފުލާ ތަކުގައި (ކާފަރުންނަށް) ތަހުނިޔާ ކިޔުމަކީ، (ޢިލްމުވެރިންގެ) އިއްތިފާޤުން ޙަރާމް ވެގެންވާ ކަމެކެވެ. އޭގެ މިޘާލަކީ، އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި، ތަހުނިޔާއަށް ”ބަރަކާތްތެރި އީދެއް ތިބާއަށް އެދެން“ ނުވަތަ ”އުފާވެރި ޢީދަކަށް އެދެން“ އަދި މިފަދަ އިބާރާތަކުން ތަހުނިޔާ ކިޔުމެވެ. ފަހެ މިފަދަ މީހާ (އެޢަމަލުގެ ސަބަބުން) ކުފުރުން ސަލާމަތް ވެއްޖެޔަސް، އެކަންވަނީ (އަދިވެސް) ޙަރާމުގެ ތެރެއިންނެވެ. އަދި އެއީ ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާ ކިޔުމާއި އެއްފަދަ ކަމެކެވެ. އަދި ކިޔެއްތަ؟ ރާ ބުއިމާއި، ނަފުސެއް ޤަތުލުކުރުމާއި، ޙަރާމްވެގެންވާ ފަރުޖަކަށް އަރައިގަތުމާއި މިބީދައިން ކަމެއްގެ ސަބަބުން މީހަކަށް ތަހުނިޔާ ކިޔުމަށް ވުރެން، އެކަންތައް ﷲ ގެ ޙަޟުރަތުގައި ފާފަ ބޮޑުވެގެން ވެއެވެ. އަދި ނުރުއްސެވުމުގައި ވަރުގަދައެވެ. އަދި އެމީހެއްގެ ފުށުގައި ދީނަށް ޤަދަރެއް ނެތް އެތައް ބަޔަކު، މިކަމުގައި ހޭކެއެވެ. އަދި އެކުރި ޢަމަލުގެ މުޑުދާރުކަންވެސް ނުދަނެއެވެ.⁽¹⁾ ފަހެ މީހެއް ކުރާ ފާފަޔަކަށް ނޫނީ ބިދުޢަތަކަށް ނޫނީ ކުފުރަކަށް ތަހުނިޔާ ކިޔައިފި މީހެއް ވަނީ، ހަމަކަށަވަރުން ވެސް ﷲ ގެ ކޯފާ އާއި ނުރުއްސެވުމާއި ކުރިމަތިވެފައެވެ. ❝ — انتهى كلامه - رحمه الله


— އަލްއިމާމް އިބްނުލް ޤައްޔިމް رحمه الله
(أحكام أهل الذمة ، ޞ. 1/441)


~ ގަލަންދާނު


------------------
[1]
ކުރިސްމަސް އަކީ، ﷲ އަށް ދަރިޔެއް ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެއަށް ތަހުނިޔާ ކިޔުމަކީ، ހުސްޠާހިރުވަންތަ އިލާހުގެ އެއްކައުވަންތަކަން އިންކާރުކުރުމުން ދެވޭ ތަހުނިޔާއެކެވެ.
Tazkirat Nufoos

25 Dec, 05:35

446

❞ދަންނާށެވެ! މީސްތަކުންކުރެ އެކަކަަށްވެސް އަޅުތަކުންގެ މައްޗަށް ﷲ އާއި އެއިލާހުގެ ރަސޫލާ ވާޖިބު ކުރެއްވި ކަމެއް ފިޔަވައި، ކަމެއް ވާޖިބުކުރުން ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާ ޙަރާމްކުރެއްވި ކަމެއް ފިޔަވައި، ކަމެއް ޙަރާމްކުރުން ހުއްދަވެގެން ނުވެއެވެ.❝

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)

#Hukum #Democracy #Shirk
✦ @Tazkirat_Nufoos
Tazkirat Nufoos

20 Dec, 00:37

498

..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
Tazkirat Nufoos

20 Dec, 00:37

414

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
Tazkirat Nufoos

20 Dec, 00:37

467

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
Tazkirat Nufoos

17 Dec, 16:14

437

ތިބާގެ އަޚުންގެ ޙައްޤުޤައި އެއްވެސް މިންވަރަކަށް ނިދި ގެއްލިގެންދޭ ހެއްޔެވެ؟ އެވެރިންނަށް ގެއްލުމެއް ލިބޭ ހިނދު ތިބާއަށް އެއްވެސް ތަދެއް އިޙުސާސް ވޭ ހެއްޔެވެ؟ ޖަވާބަކީ ނޫން ނަމަ، ދެން ތިބާގެ އީމާންކަމާމެދު ސުވާލު އުފައްދަން ޖެހެއެވެ. ތިބާއަށް އެއްވެސް އިޙްސާސެއް ނުވާ ނަމަ، ދެން ތިބާގެ އަމިއްލަ ނަފްސަށް ސުވާލެއް ކޮށްލަން ޖެހެއެވެ. ހަޤީޤަތުގައިވެސް ތިބާ ތީ މުޙައްމަދު ﷺ ގެ އުއްމަތުގެ މެމްބަރެއް ހެއްޔެވެ؟
ތިބާގެ އަމިއްލަ އަދި ތިބާގެ ގާތްތިމާގެ މީހުންގެ (ތިބާގެ އާއިލާ) ރައްކަލަށް އެކަނި ތިބާ ކަންބޮޑުވަނީނަމަ، އެއީ ޞަޙާބީން رضي الله عنهم އީމާންވި އިސްލާމް ދީނެއް ނޫނެވެ.

- އަލް އިމާމް އަންވަރު އަލް އައުލާކީ
#Aseerun
@Tazkirat_Nufoos
Tazkirat Nufoos

17 Dec, 12:54

268

🚨 URGENT: A Muslim family faces deportation to France, where our brothers and sisters are persecuted. We cannot stay silent!

Storm X at 21:00 tonight, with the below captions to demand Asylum Now and protect them from oppression!

For the sake of One Ummah, let’s act today. Their safety depends on us!

#OneUmmah
#AsylumNow
Tazkirat Nufoos

16 Dec, 17:01

301

● ފަރަންސޭސި ވިލާތުގެ ލޮބުވެތި ޢާއިލާއަށް ހިމާޔަތްދީ ރަށްވެހިކަންދޭންވީ އަހަރެމެންނީ ދިވެހިންނަށްވީތީއެއް ނޫން، އެ ޢާއިލާއަށް ރަށްވެހިކަންދޭންވީ އެއީ މުސްލިމުންނަށްވީތީ.
އަހަރެމެން މިއީ މުސްލިމުންނަށް ވީތީ!

އެނގިހުރެ ނިރުބަވެރި ކާފަރުންގެ އަތްދަށަށް އެ މުސްލިމް ޢާއިލާ ދޫކޮށްނުލާ!
#OneUmmah