Tazkirat Nufoos (@tazkirat_nufoos)の最新投稿

Tazkirat Nufoos のテレグラム投稿

Tazkirat Nufoos
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
1,448 人の購読者
581 枚の写真
249 本の動画
最終更新日 10.03.2025 08:44

類似チャンネル

Archive of Tawheed
5,189 人の購読者
ILM CAFE
1,868 人の購読者
Dhauru
1,124 人の購読者

Tazkirat Nufoos によってTelegramで共有された最新のコンテンツ

Tazkirat Nufoos

08 Jan, 01:50

196

~ ގަލަންދާނު 🖋
Tazkirat Nufoos

04 Jan, 04:17

472

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ:

لو نفع العلم بلا عمل لَمَا ذمّ الله أحبار أهل الكتاب ، ولو نفع العمل بلا إخلاص لما ذمّ الله المنافقين

ޢަމަލާއި ނުލާ ޢިލްމުން ފައިދާ ކުރަނީ ނަމަ، އަހުލު ކިތާބީީންގެ ޢިލްމުވެރިންނަށް ﷲ ތަޢާލާ ނުރުހުމުގެ ބަސް ވަޙީނުކުރެއްވީހެވެ. އަދި އިޚްލާޞްތެރިކަމާއި ނުލާ ޢަމަލުން އެއްވެސް މީހަކަށް ފައިދާ ކުރަނީ ނަމަ، މުނާފިޤުންނަށް ﷲ ތަޢާލާ ބަދުބަސް ބުނެ ނުރުހުމުގެ ބަސް ވަޙީނުކުރެއްވީހެވެ.

الفوائد لابن القيم: (ص: 31)
#Knowledge
@Tazkirat_Nufoos
Tazkirat Nufoos

04 Jan, 00:14

351


● ޢަދުއްވުންގެ ދެފުއްކެހެރިކަން

އެއިން މީހެއްގެ ދަރިއެއް ގައިގައި ލަކުނެއް ހުރެގެން ނުވަތަ އެއިން ކުއްޖެއް ގައިގައި ޖެހިކަމުގެ ކުޑަ އަޑެއް ފެތުރޭއިރަށް، ކުޑަކުދިން ރައްކާތެރިކޮށްދޭ ޚިދުމަތްތަކުން ޢަމަލު ކުރާގޮތް ތިބާއަށްވެސް އެނގޭނެއެވެ. އެހެނެއްކަމަކު އަހަރުމެން މުސްލިމުންގެ 5000 ދަރިން އަންދާ އަނގުރަށް ހެދުން، އެއީ ވަރިހަމަ ކަމެކެވެ! ހަމަހޭގައި ހުރި މީހެއް މޮޔަކޮށްލާ ވަރުގެ، 5000 ކުޑަކުދިން އަންދާ އަނގުރަށް ހަދާފައިވާ މަންޒަރުތަކެކެވެ. އެ މަންޒަރުތަކަކީ އެމީހެއްގެ ޙަޔާތުގެ ބާކީ އޮތް ބަޔާއި ހަމައަށް ހިތް ވިރިގެން ގޮސް އަދި ނަފްސާނީ ގޮތުން އަސަރުކުރުވާނެފަދަ މަންޒަރުތަކެކެވެ.

އެހެނަސް އަހަރުމެންގެ ދަރިންނާއި އައިސް ޖެހުމުން، އެމީހުންގެ ހިތުގައި އެއްވެސް ރަޙުމެއް ނުވެއެވެ. އަހަރުމެން ކިބައިގައި ކާފިރުންނަށް ބަރާއު އޮންނަންޖެހޭ އިރު، ހަމަ އެފަދައިން އަހަރުމެން އެމީހުންނަށް އަނިޔާވެރިވެ އަދި ނާއިންސާފުން އެމީހުންނަށް ކަންތައް ކޮށްގެން ނުވާނެކަން އަހަރުމެން ދަންނަމެވެ. އެމީހުންނާއި ޚިލާފަށް، އަހަރުމެންގެ ބަރާއުވެރިކަމުގައި ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ވެއެވެ. އެމީހުންގެ ހުޅަނގުގެ ޑިމޮކްރަސީ، ޚާއްޞަކޮށް ޔުނައިޓެޑް ސުޓޭޓްސް، އަދި އެމީހުންގެ ޤިޔަމުތަކާއި އެކުގައި އެމީހުންގެ “މިނިވަންކަމަކީ” އެމީހުންގެ ކުއްތާތަކަށް ވާ ކުޑަކަމުދާ ތަކެތި ކަމުގައި މެނުވީ ނުވެއެވެ! އަހަރެން ތިބާ ގާތު އަހާލަމެވެ. الله ގަންދީ ބުނެބަލާށެވެ. — 5000 ކުދިން ކިއެއްތަ — އެމެރިކާގެ 5000 ކުއްތާ، ތިބާގެ ގޭގެ ބިށްދޮށަށް ގެންގޮސް ދިރިހުއްޓާ އެ ކުއްތާތައް އަންދާލައިފިނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ ސަރުކާރުންނާއި މީޑިއާއިން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެމެރިކާގެ ޢާންމުން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟

މީޑިއާ ކަވަރޭޖްތަކުން އެކަން ގެނެސްދިނުމަށްޓަކައި ޣައްޒާގެ ޤަތުލުޢާންމު އެއްކޮށް ފަނޑުކޮށްލަފާނެއެވެ. “އެމެރިކާ ކުއްތާތަކެއް އަންދާލަން ކަލޭއަށް ކެރުނީ ކިހިނަކުން ހެއްޔެވެ؟” لا إله إلا الله محمد رسول الله ގެ ވިންދު ޖަހާ ޠާހިރު މައުސޫމު ހިތްތަކަށް ވުރެ އެމެރިކާގެ ކުއްތާތައް އެމީހުންނަށް މާ އަގުހުރިއެވެ. (އެއީ) މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަން ހިނގާ ގޮތެވެ. ހަމައެކަނި ޣައްޒާގައެއް ނޫނެވެ. އެމީހުންގެ ނަފްސުތައް މި އުއްމަތަށް ނިސްބަތްކޮށް އަދި ޑިމޮކްރަސީއަށް ލޯބިކޮށް އެއަށް ގޮވާލާ ފަރާތްތައް، — ދަންނާށެވެ. ޑިމޮކްރަސީގެ ޤަރުނަކީ މުސްލިމުންގެ ނަސްލު ނައްތާލުންތަކުން ފުރިގެންވާ ޤަރުނެކެވެ. ޔޫ.އެސް، ޔޫރަޕް، ޔުނައިޓެޑް ނޭޝަންސް، ޔޫރަޕިއަށް ޔޫނިއަން، ޢަރަބި ދަޥްލަތް، ނޫނީ ޤަލްފު ލީގު ފަދަ ޢަދުއްވުންގެ ކިބައިން މަދަދާއި ނާޞްރު ހޯދުމަކީ ޤަދަރު ކުޑަވުމެއް އަދި ނާކާމިޔާބީއެކެވެ. އެމީހުން ކައިރިއަށް މަދަދު ހޯދަން ދިޔުމަކީ، ގެނބިގެންދާ މީހަކު ހުއިތަކެއްގައި ހިފަހައްޓައިގެން އޮތުމާ އެއްފަދަ ކަމެކެވެ. މުސްލިމުން ފިޔަވައި ކޮންމެ ބަޔަކަށްވެސް އެބައެއްގެ ނަފްސު ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާ ކަހަލައެވެ.

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله
ޙަޤީޤީ މާނައިގައި ޖިހާދު
Tazkirat Nufoos

03 Jan, 16:55

330

Cigarette ge hukum | Hidhaayath E08

[ ޝެއިޚް ފަޟްލޫން ބިން މުޙައްމަދު حفظه الله ]
Tazkirat Nufoos

03 Jan, 00:43

450

..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
Tazkirat Nufoos

03 Jan, 00:43

404

❞ ﷲ ދުވަހެއް މާތްކުރައްވަވާ ހިނދުގައި، އެދުވަހެއްގެ ޞާލިޙު ޢަމަލުތައް މާތްރުކުރައްވަތެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: (އެދުވަހެއްގެ މައްޗަށް އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ)¹. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ ޞަޙީޙް މުސްލިމު 854

#Jumuah #Friday
@Tazkirat_Nufoos
Tazkirat Nufoos

03 Jan, 00:43

380

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
Tazkirat Nufoos

03 Jan, 00:43

459

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
Tazkirat Nufoos

01 Jan, 06:51

332

🚫 ކާފަރުންނަށްވަނީ އާ އަހަރުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަމެވެ.
މުސްލިމުންނަށްވަނީ ރަމަޟާންމަހުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަމެވެ.

❞ މުސްލިމުންނާއި ޚިލާފަށް ޣައިރު މުސްލިމުންގެ ވަނީ، އެއަކަށް އެމީހުން މާބޮޑު ފަރުވާލެއް ނުބަހައްޓާ ބޭކާރު ނިއު އިއަރ ރިޒޮލިއުޝަންސް (new year resolutions - އެ އަހަރެއްގައި ޙާޞިލްކުރަން ބޭނުންވާ ކަންތައް) ތަކެވެ. އަދި އެމީހުން އެހަދާ ނިއު އިއަރ ރިޒޮލިއުޝަންސް ގައި ހިމަނާ ކަންކަން އެމީހުން ފުރިހަމަވެސް ނުކުރެއެވެ.

އެހެނެއްކަމަކު އަހަރެމެންނަށްވަނީ ރަމަޟާންމަހުގައި الله سبحانه وتعالى އާއި އަހަރެމެންނާއި ދެމެދުވާ، މަތިވެރި ޢަހުދުތަކާއި ވަޢުދުތަކެވެ. ❝

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

ރަމަޟާންމަސް ޖެހެން ބާކީ އެންމެ 2 މަސްދުވަސް ވަރު
މިހާރު ތައްޔާރުވާން ފަށަމާ!
اللهم بلغنا الرمضان
Tazkirat Nufoos

01 Jan, 00:11

231

މިއީ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ދެއްވާފައިވާ އުޞޫލުއް ޘަލާޘާގެ ޝަރަޙައިގެ 8 ވަނަ ކްލާހުގެ ދިވެހި ތަރުޖަމާއެވެ.

الحمد لله الذي بنعمته تتم الصالحات
މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރާއި ހެޔޮދުޢާ ދަންނަވަމެވެ.
جزاهم الله خيرا