Tazkirat Nufoos (@tazkirat_nufoos)の最新投稿

Tazkirat Nufoos のテレグラム投稿

Tazkirat Nufoos
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
1,448 人の購読者
581 枚の写真
249 本の動画
最終更新日 10.03.2025 08:44

類似チャンネル

Haqq Hurts Hypocrites
3,089 人の購読者
Free The Captives
1,895 人の購読者
ILM CAFE
1,868 人の購読者

Tazkirat Nufoos によってTelegramで共有された最新のコンテンツ

Tazkirat Nufoos

11 Nov, 06:33

277

ނަން: ބައްދަލް ވެދާނެބާ
ޅެން: އިބުނު ފަހުމީ ދީދީ،މުސާފިރު ( އަމިއްލަ ރާގް)
ރިކޯޑުކުރީ: ޣިނާޔާ (ބީޓޮލޮޖީ)
މިކްސިން އަދި މާސްޓަރިން: ޢިރުފާން
ޓެލެޖުރާމް ލިންކް: https://t.me/musafir_officials
Tazkirat Nufoos

11 Nov, 00:49

246

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ބޮޑުވެ އިތުރުވަމުންދާ ކިޔަމަންތެރިކަމުގެ މިޘާލު ވަނީ، ތިބާ އިންދާ އޮށެއް ފަދައިންނެވެ. އޭތި ގަހަކަށްވެ މޭވާ އެޅުމުން ތިބާ އެ މޭވާ ކައިފައި އޭގެ އޮށް އަނެއްކާވެސް އިންދައެވެ. އަދި ގަހުގައި މޭވާ އަޅާ ކޮންމެ ފަހަރަކު ތިބާ އެ ކައިފައި އޭގެ އޮށްތައް އިންދައެވެ. އަދި ފާފަތަކާއި އެ އިތުރުވެގެންދާ ގޮތަށްވެސް، ހަމަ މި މިޘާލު ބޭނުންކުރެވެއެވެ.

މުސްކުޅި ހަރުބަހެއްވެއެވެ. އަދި ޙިކުމަތްތެރިއަކަށް އެ ފަހުމްވާނެއެވެ:

”ހެޔޮ ޢަމަލުގެ ދަރުމައަކީ، އެޔާއި ވިދިގެން އެހެން ހެޔޮ ޢަމަލުތައް އައުމެވެ. އަދި ނުބައި ޢަމަލުގެ ޢަޛާބަކީ، އެޔާއި ވިދިގެން އެހެން ނުބައި ޢަމަލުތައް އައުމެވެ.“ ❝

[އަލް-ފަވާއިދު | ޞަފްޙާ: 60-61]

#Obedience #GoodDeeds
@Tazkirat_Nufoos
Tazkirat Nufoos

09 Nov, 01:41

292

🕌 عن عبد الله بن مسعود قال: أحق ما سعينا إليه الصلاة.
صحيح: أخرجه ابن أبي شيبة (2/ 358)

ޢަބްދު ﷲ ބިން މަޞްޢޫދު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ❞ އަހަރުމެން އެޔަކަށް އަވަސްވެގަންނަން އެންމެ ޙައްޤުކަން ބޮޑީ ނަމާދެވެ. ❝

ހަދީޘް: ޞަޙީޙް
📚 ނެގެފައިވަނީ: އިބްނު އަބީ ޝައިބާ (2/ 358)

#Namaadhu #Salaf
@Tazkirat_Nufoos
Tazkirat Nufoos

08 Nov, 01:30

319

..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
Tazkirat Nufoos

08 Nov, 01:30

294

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos
Tazkirat Nufoos

08 Nov, 01:30

296

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos
Tazkirat Nufoos

07 Nov, 00:48

392

🤍 ޠަޤްވާވެރިކަމާއި ރިވެތި އަޚްލާޤު

💭 އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ﷲ އަށް ބިރުވެތިވުމާއި ރިވެތި އަޚްލާޤާއި ދެމެދު، ނަބިއްޔާ ﷺ ގުޅުމެއް ޤާއިމުކުރެއްވިއެވެ. ސަބަބަކީ، ﷲ އަށް ބިރުވެތިވުމުން، އަޅާއާއި ﷲ އާއި ދެމެދުގައިވާ ގުޅުން ވަރުގަދަކުރެއެވެ. އަދި ރިވެތި އަޚްލާޤު، މީހާއާއި އަނެކުންނާއި ދެމެދުގައިވާ ގުޅުން ވަރުގަދަކުރެއެވެ. އެހެންކަމުން ﷲ އަށް ބިރުވެތިވުމުން، އޭނާ ދެކެ ﷲ ލޯބިވެވޮޑިގަތުމަށް މަގުފަހިވެގެންދެއެވެ. އަދި ރިވެތި އަޚްލާޤު، އެމީހަކު ދެކެ މީސްތަކުން ލޯބިވުމަށް މަގުފަހި ކުރުވައެވެ. ❝

[އަލް-ފަވާއިދު]
#Taqwa #GoodCharacter
@Tazkirat_Nufoos
Tazkirat Nufoos

05 Nov, 01:31

906

📢 ވަރަށް އަވަހަށް ގެނެސްދެނީ إن شاء الله

މިއީ ޖިހާދުގެ މާނަތަކުންކުރެ އެއް މާނައެއް އުނިކޮށްލުމަށާއި އޮޅުވައިލުމަށް ބޭނުންކުރެވެމުންދާ ބަލިކަށި ޙަދީޘަކާއި މެދު ސުވާލުވެވުމުން، އައް-ޝައިޚް އަޙުމަދު މޫސާ ޖިބްރީލް حفظه الله ދެއްވި ޖަވާބެއްގެ ދިވެހި ތަރުޖަމާއެކެވެ. އަދި މީގެ އިތުރުން ޖިހާދުގެ ވައްތަރުތަކުގެ ތެރޭގައި ﷲ ގެ މަގުގައި ކާފިރުންްނާއި ދެކޮޅަށް ހަނގުރާމަކުރުން ހިމެނިގެންވާކަމަށާއި، އެމެރިކާގެ ސަޙްޔޫނީ އިސްލާމް ފަތުރަމުންދާ މީހުންނާއި ޤިބުލައިގެ ޔަހޫދީންނާއި އަދި ހުޅަނގުގެ ކާފިރުންގެ މުނާފިޤުކަމާއި، ޖިހާދުގެ މި މާނަކުރުން ނައްތާލުމަށް އެއުރެން ކުރަމުންދާ މަސައްކަތްތައް ބަޔާންކޮށްދީފައި ވެއެވެ. އަދި މިހާރު ފަލަސްޠީނުގައި ހިނގަމުންދާ ކަންތަކުން، ލޯތައް ހުޅުވާލާ ޖިހާދުގެ ޙަޤީޤީ މާނަ ދެނެގަތުމަށް ގޮވާލައްވާ އަދި އުއްމަތަށް ނަޞްރުހޯދައިގަނެވޭނެ މަގަކީ ތަޥްޙީދުގެ ޙަޤީޤީ ދިދައިގެ ދަށުން ﷲ تعالى ގެ ކަލިމަފުޅު އެންމެ މަތިވެރިކުރުމަށްޓަކައި ޖިހާދުކުރުން ކަމަށް ވިދާޅުވެލެއްވިއެވެ.
📖#NewBook #Jihad
▫️ @Tazkirat_Nufoos
Tazkirat Nufoos

04 Nov, 08:55

805

👮 ❞ (މަރަކީންގެ ފުލުހަކަށް ވުމުގައި ހިމެނޭ އިސްލާމްދީނާއި ފުށުއަރާ އެތަކެއް ކަމެއްގެ އިތުރުން) މަޖުބޫރުކުރެވުމެއް ނެތި އަމިއްލަ އިޚްތިޔާރުގައި، އެއެއްގައި އެމެރިކާގެ ޤާނޫނު ނަގަހައްޓައި ދިފާޢުކުރުމަށާއި އަދި ﷲގެ ޝަރީޢަތާއި ފުށުއަރާ ވަޟައީ ޤާނޫނުތައް ތަންފީޛުކުރުމަށް އެފުލުހުން ކުރާ [ވަޒީފާގެ ހުވަޔޭ ބުނެވޭ] ހުވާގެ ސަބަބުން، — އިކްރާހެއް ނެތި އެކަންކޮށްފި ނަމަ — އިސްލާމްކަން ނަފީކުރާ ކަމަކަށް އެމީހަކު އަރައިގަނެފިއެވެ. މިފަދަ ޙާލަތެއްގެ މަތީގައި މަރުވާ މީހާގެ ޖަނާޒާބޭއްވުމާއި ﷲގެ ރަޙްމަތްލެއްވުން އެދި ދުޢާ ކުރުމީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އަދި ކިއެއް، އެފަދަމީހުންގެ މަރުވެފައިއޮތް މަސްގަނޑު މިސްކިތުގެ ޙަރިންމައިގެ ތެރެއަށް ވެއްދުމަށްވެސް ހުއްދަ ދެވިގެން ނުވާނެއެވެ.

ﷲ ގެ މަގުގައި ޝަހީދުވާ މީހުންގެ މަތިވެރިކަން ބަޔާންކުރާ ޤުރުއާނުގެ އާޔަތްތަކާއި ﷲ ގެ މަގުގައި ރިބާޠުކުރުމުަގައި ރޭގަނޑު ހޭލާ ހުންނަ މީހާގެ ގައިގައި ނަރަކައިގެ އަލިފާން ނުޖެހޭނެ ކަން ބަޔާން ކުރާ ޙަދީޘްތައް — ޠާޣޫތީ ޤާނޫނުތައް ދިފާޢުކުރާނެ ކަމަށް ހުވާކޮށްގެން ހުރެ މަރުވާ ފުލުހުންނަށް ނިސްބަތްކޮށް "މަޝާޔިޚުން" ކިޔަމުން ދިޔުމާއި، އަދި މުޖުތަމަޢުގައިވާ ކަންބަޅިން (އެބަހީ: އެ ޝައިޚުނަށް ކަނުކޮށް ތަބަޢުވާ މީހުން) އެއަޑުދަށުން ހަނުތިބެ އެއްބަސް ވުމަށް އަޅާ ކަރުނައިން ހާމަކޮށްދެނީ ހަމައެކަނި އެއުރެންގެ ދަށުދަރަޖަ އެކަންޏެއް ނޫނެވެ. އަދި ﷲ ގެ އާޔަތްތަކާއި ނަބިއްޔާ عليه الصلاة والسلام ގެ ޙަދީޘް ބަސްފުޅުތަކަށް ކަނޑައެޅިގެން އެކުރާ ބޭއިޚުތިރާމް އެކަންޏެއްވެސް ނޫނެވެ. އަދި ކިއެއްތަ، މިއިން ފެނިހާމަވެގެން ދަނީ ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢުގައި ފެތުރިފައިވާ ޖާހިލުކަމާއި ތަޥްޙީދު އުނިވެފައިވާ ކަމުގެ މިންވަރެވެ.

މި ޒަމާނާއި ވަޤުތަކީ، އެއެއްގައި ﷲގެ ޙުކުމްފުޅު މަތިވެރިކޮށް ޤާއިމްކުރުމަށް ހަނގުރާމަ ކުރާ މުޖާހިދުންނަކީ ނުބައި ނުލަފާ މީހުން ކަމުގައި ޞިފަކޮށް، ޠާޣޫތީ ޙުކުމްތައް ނަގަހައްޓައި ޙިމާޔަތްކުރުމަށް ހަނގުރާމަ ކުރާ މީހުންނަކީ ބަޠަލުން ގޮތުގައި ޞިފަކުރެވޭ ޒަމާނެކެވެ. ❝

💬 އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ⤴️(ބަސްކޮޅު)
#Taghut #Police
✦ @Tazkirat_Nufoos
Tazkirat Nufoos

03 Nov, 01:49

1,192

⬆️އަބޫ އައް-ދަރުދާ رضي الله عنه ވިދާޅުވިއެވެ.

👍"ތިބާގެ އަޚުން ކުރެ މީހަކު ބަދަލުވެ ނުވަތަ ފާފައެއް ކޮށްފިނަމަ، އޭނަ ދޫކޮށް ނުވަތަ ބާކީވެސް ނުކޮށްލާށެވެ. އެހެނެއްކަމު އެންމެ ރިވެތިގޮތުގައި އޭނާއަށް ދަޢުވަތު ދޭށެވެ. އަދި އޭނާއާއި އެކުގައި ކެތްތެރިވާށެވެ. ފަހެ ހަމަކަށަވަރުން، ބައެއް ފަހަރު އަޚަކު ރަނގަޅުވެދާނެއެވެ. އަދި އަނެއްބައި ފަހަރު އޭނާ ކައްސާލައެވެ."

[ޙިލްޔަތުލް އަޥްލިޔާ 4/232]
#Brotherhood #Tazkiyah
✦ @Tazkirat_Nufoos