أحدث المنشورات من Tazkirat Nufoos (@tazkirat_nufoos) على Telegram

منشورات Tazkirat Nufoos على Telegram

Tazkirat Nufoos
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
1,448 مشترك
581 صورة
249 فيديو
آخر تحديث 10.03.2025 08:44

قنوات مشابهة

Normal Stuff
3,100 مشترك
Matters of the Qalb
2,894 مشترك
Free The Captives
1,895 مشترك

أحدث المحتوى الذي تم مشاركته بواسطة Tazkirat Nufoos على Telegram

Tazkirat Nufoos

11 Feb, 03:32

484

🏆 މުޖުތަމަޢުގައި ފާޅުވަމުންދާ ނޭއްގާނީ ކަންކަމާއި ކުރިމަތިލާނެފަދަ ޢިލްމުވެރިންނަށާއި، ޢިލްމު އުނގެނޭ ދަރިވަރުންނަށާއި، ދާޢީންނަށާއި، ވަޢުޡު ދޭ މީހުންނަށާއި، މުފައްކިރުންނަށް އުންމަތްވަނީ ބޭނުންޖެހިފައެވެ. ރާފިޟީންނާއި، ޢަލްމާނީންނާއި (ސެކިއުލަރިސްޓުން)، އޮޅުންއަރާފައިވާ މީހުންނާއި، ޢަދުއްވުންގެ އަޅުވެތިކަމަށް ރުހިގެންވާ މީހުންނާއި، މޮޑަރނިސްޓުންނާއި މާއްދީގޮތުން ކަންކަން މިނެކިރާ މީހުންނާއި، މި އެންމެންނާއި ކުރިމަތިލާނެ ބަޔަކަށް ބޭނުންޖެހިފައެވެ. އެބަޔެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން، ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ލާޒިމުކުރާ ގޮތަށް، އެހެން މީހުންނަށް އަނިޔާވެރިވުމެއްވެސް އަދި ޢުދުވާނެއްވެސް ނުވާ ފަދައަކުންނެވެ. އެހެނީ ޙައްޤުގެ މަތީގައި ދެމިތިބެގެން، އަދި އެންމެންގެ މައްޗަށް ޢަދުލްވެރިކަން ޤާއިމުކޮށްގެން މެނުވީ (މި) އުންމަތަކަށް ނަޞްރުވެރިއެއް ނުވެވޭނެތެވެ. ފަހެ ހަމަކަށަވަރުން ޢަދުލުވެރިކަމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ ލޯބިވެވޮޑިގަންނަވާ ކަންކަމުގެ ތެރެއިންވާ ކަމެކެވެ. ﴿އަދި ތިޔަބައިމީހުން ބަހެއް ބުނާނަމަ، ޢަދުލުވެރިވާށެވެ﴾¹ މުސްލިމުންނާއި ދޭތެރޭގައި ވިޔަސް، ނުވަތަ ކާފަރުންނާއި ދޭތެރޭގައި ވިޔަސްމެއެވެ•

🖊 އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)
#Dawath #Haqq
••┈┈┈┈┈┈┈┈┈┈┈••
¹(الأنعام : 152)
✦ @Tazkirat_Nufoos
Tazkirat Nufoos

10 Feb, 12:33

403

••

❞ ޙިޖާބާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ އަކީ ހުޅަނގުގެ ފިކުރީ އިންޤިލާބަށް އޮތް ދޮރާއްޓެވެ. އަދި އަންހެނާގެ ހިޖާބުގެ ތެރެއިން އެއްވެސް މިންވަރަކަށް އިންކާރު ކުރުމީ، އިސްލާމްކަމުގެ ތެރެއިންވާ އެއްޗަކަށް ކުރެވޭ އިންކާރެކެވެ. ❝

- އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)

#Hijab
••┈┈┈┈┈┈┈┈┈┈┈••
✦ @Tazkirat_Nufoos
Tazkirat Nufoos

10 Feb, 10:11

387

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ބޮޑުވެ އިތުރުވަމުންދާ ކިޔަމަންތެރިކަމުގެ މިޘާލު ވަނީ، ތިބާ އިންދާ އޮށެއް ފަދައިންނެވެ. އޭތި ގަހަކަށްވެ މޭވާ އެޅުމުން ތިބާ އެ މޭވާ ކައިފައި އޭގެ އޮށް އަނެއްކާވެސް އިންދައެވެ. އަދި ގަހުގައި މޭވާ އަޅާ ކޮންމެ ފަހަރަކު ތިބާ އެ ކައިފައި އޭގެ އޮށްތައް އިންދައެވެ. އަދި ފާފަތަކާއި އެ އިތުރުވެގެންދާ ގޮތަށްވެސް، ހަމަ މި މިޘާލު ބޭނުންކުރެވެއެވެ.

މުސްކުޅި ހަރުބަހެއްވެއެވެ. އަދި ޙިކުމަތްތެރިއަކަށް އެ ފަހުމްވާނެއެވެ:

”ހެޔޮ ޢަމަލުގެ ދަރުމައަކީ، އެޔާއި ވިދިގެން އެހެން ހެޔޮ ޢަމަލުތައް އައުމެވެ. އަދި ނުބައި ޢަމަލުގެ ޢަޛާބަކީ، އެޔާއި ވިދިގެން އެހެން ނުބައި ޢަމަލުތައް އައުމެވެ.“ ❝

[އަލް-ފަވާއިދު | ޞަފްޙާ: 60-61]

#Obedience #GoodDeeds
@Tazkirat_Nufoos
Tazkirat Nufoos

07 Feb, 11:34

497

⛔️ ❞ އެމެރިކާއަކީ އިންސާނިއްޔަތުގެ އެންމެ ބޮޑު ޢަދާވާތްތެރިޔާއެވެ. ޚާއްޞަކޮށް މުސްލިމުންގެ މައްޗަށް އެމީހުންގެ އޮތް ޢަދާވާތްތެރިކަން އޮއްސާލައެވެ. އަދި އެމީހުން ޓެރަރިޒަމާއި ހައްދުފަހަނައަޅާދިޔުމާއި އަދި އަނިޔާވެރިން ގޮތުގައި ޞިފަކުރެއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ އެމީހުން އިސްލާމްދީނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކޮންފަރެންސްތައް ބާއްވައި، މުއައްސަސާތައް އުފައްދާފައިވެއެވެ! ❝

🖊💬 އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)

#AlwalaWalBara #EnemiesOfAllah
••┈┈┈┈┈┈┈┈┈┈┈••
✦ @Tazkirat_Nufoos
Tazkirat Nufoos

06 Feb, 16:36

518

..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos
Tazkirat Nufoos

28 Jan, 12:35

400

🎴❞ ފިތުނަތައް ކުރިއަށްދާ ވަރަކަށް އަދި ގަނޑުފެން ވިރިގެންދާ ވަރަކަށް، ގިނަ ބައެއްގެ ޙަޤީޤަތް ކަޝްފުވެގެންދާތަން ތިބާއަށް ފެންނާނެއެވެ. އެއީ އުއްމަތަށް މުދެވެރިވާ ގިނަ މުޞީބާތްތަކުގެ ފަހަތުގައިވާ ބޮޑު ފައިދާއެކެވެ. ގަނޑުފެންތައް ވިރި، އޭގެ ދަށުގައި ފޮރުވިފައިވާ އެއްޗެހި ތިބާއަށް ފެނެއެވެ.

| އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ⬅️ނެގިފައިވަނީ
#Fitna #Hikmah
••┈┈┈┈┈┈┈┈┈┈┈••
✦ @Tazkirat_Nufoos
Tazkirat Nufoos

24 Jan, 03:49

157

ޝަރީޢަތް ލަސްލަހުން ތަންފީޛު ކުރެވިދާނެ ހެއްޔެވެ.
Tazkirat Nufoos

24 Jan, 03:49

150

📝 ޝަރީޢަތް ލަސްލަހުން ތަންފީޛު ކުރެވިދާނެހެއްޔެވެ؟
~ އައްޝެއިޚް އަޙްމަދް މޫސާ ޖިބްރީލް (حـفظه اللـه)

📄 ދިވެހި ޕީޑީއެފް (ޑައުންލޯޑް)
📄 ދިވެހި މސވޯޑް (ޑައުންލޯޑު)
[English]
~ ގަލަންދާނު 🖋
Tazkirat Nufoos

24 Jan, 03:49

232

❞ ﷲ ދުވަހެއް މާތްކުރައްވަވާ ހިނދުގައި، އެދުވަހެއްގެ ޞާލިޙު ޢަމަލުތައް މާތްރުކުރައްވަތެވެ. އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: (އެދުވަހެއްގެ މައްޗަށް އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ)¹. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
¹ ޞަޙީޙް މުސްލިމު 854

#Jumuah #Friday
@Tazkirat_Nufoos
Tazkirat Nufoos

24 Jan, 03:49

210

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos