Tazkirat Nufoos

@tazkirat_nufoos


وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥

Tazkirat Nufoos

22 Oct, 06:44


ޖަންނަތު
ޅެން: މުޙައްމަދު ޢިޝާން
ރާގު: މުޙައްމަދު ޢިޝާން

Tazkirat Nufoos

22 Oct, 06:29


4⃣
🌍 ދަރަޖަތައް

ޖަންނަތުގެ އަހުލުވެރިން، —ﷲ ތަޢާލާ އަހަރުމެން އެތާގެ އަހުލުވެރިން ކަމުގައި ލައްވާށި— އެވެރިންގެ ޢަމަލުތަކާއި އެއްފަދައިން ތަފާތު ދަރަޖަތަކެއްގައި ވާނެއެވެ. ޢަބްދުލް ﷲ رَضِيَ اللَّهُ عَنْهُ ކިބައިން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ: "ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހުން އެތަނުން ނުކުންނާނެ ފަރާތް، އަދި ޖަންނަތުގެ އަހުލުވެރިންގެ ތެރެއަށް އެންމެ ފަހުން ވަންނާނެ ފަރާތް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. އެއީ އަނގަވަތަށް ވެއްޓެމުން ތެދުވަމުން ވެއްޓެމުން އަންނަ ޙާލުގައި ނަރަކައިން ނުކުންނާނެ މީހެކެވެ. ފަހެ ﷲ ވަޙީކުރައްވާނެއެވެ: ތިބާ ޖަންނަތަށް ވަންނާށެވެ. ދެންފަހެ އޭނާ ޖަންނަތް ކައިރިއަށް އަންނާނެއެވެ. އޭނާއަށް އެތަން ފުރިފައި ވަނިކޮށް ދެއްކެވޭނެއެވެ. އޭނާ އެނބުރި އައިސް ދަންނަވާނެއެވެ: އޭ އަޅުގެ ވެރި ރައްބެވެ! މިއަޅާ އަށް އެތަން ފެނުނީ ފުރިފައި ވަނިކޮށެވެ. ފަހެ އެއިލާހު ވަޙީކުރައްވާނެއެވެ: "ތިބާ ދާށެވެ. އަދި ޖަންނަތައް ވަންނާށެވެ. ފަހެ ހަމަކަށަވަރުން ދުނިޔެއާއި އެއްފަދަވެގެންވާ އަދި އެ ދުނިޔޭގެ ދިހަ ގުނަ ފަދަ (ނިޢުމަތް) ތިބާއަށް ދެއްވާހުށީމެވެ." ފަހެ އެހިނދު އޭނާ ބުނާނެއެވެ: "ތިޔަ އިލާހަކީ ރަސްވަންތަ އިލާހުކަމުގައިވާ ޙާލު މިއަޅާ އަށް މަލާމާތްކުރައްވަނީތޯއެވެ؟." ފަހެ އެކަލޭގެފާނު (ނަބިއްޔާ ﷺ) ގެ ކޮލުދަތްތައް ފާޅުވެއްޖެއުމަށް ދާންދެން ރަސޫލާ ﷺ ހިނިވަރުނަކުރައްވަނިކޮށް އަހުރެން ދެކުނީމެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެއީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިން (ދަރަޖައިގެ ގޮތުން) އެންމެ ދަށް މީހާގެ މަންޒިލެވެ." ¹³

⬅️ މިއީ އިސްލާމްވެބްގެ ފަތުވާއަކުން ނެގިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. މި ހިސާބަށް އެ ލިޔުންކޮޅު ނިމުނީއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ ޖަންނަތެވެ. އެތަން ބޭނުންނުވާނީ ފަހެ ކާކުތޯއެވެ؟ ބޭނުންނަމަ، ﷲ އެއްކައުވަންތަ ކުރައްވާށެވެ! އެންމެހާ ހެޔޮ ޢަމަލްތައް ކުރައްވާށެވެ! އަދި މި އެންމެހާ ހެޔޮކަން ބާޠިލް ކުރުވަނިވި ޝިރްކާއި އެންމެހާ ނުބައި ޢަމަލްތަކުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! ތަވްޙީދުގެ ކަލިމައިގެ މަތީގައި މެނުވީ މަރުނުވާށެވެ! ﷲ ތަޢާލާ އަޅަމެން ޖަހަންނަމައިން މުއްތި ކުރައްވަވައި، ޖަންނަތުގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! آمين

ނިމުނީ

(13) صحيح البخاري : 6571

#Tazkiyah #Jannah
✦ @Tazkirat_Nufoos

Tazkirat Nufoos

22 Oct, 06:29


3⃣
💎ޖަންނަތުގެ އަހުލުވެރިންގެ ފުރިހަމަ ޞިއްޙަތާއި ރީތިކަން ދާއިމަށް ދެމިހުރުން

އަދި އެއުރެން ތާއަބަދަށް ދެމިތިބޭނެކަމާއި، ނިޢުމަތްތަކާއި ފުރިހަމަ ޞިއްޙަތާއި އަދި ރީތިކަން ދާއިމަށް ދެމިހުންނާނެ ކަމާއި ބެހޭގޮތުން ރިވާވެގެން އައިސްފައިވެއެވެ: ޞަޙީޙު މުސްލިމުގައި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި ބާޒާރެއް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު އެއުރެން އެތަނަށް އަންނާނެއެވެ. އުތުރުން ވައިރޯޅިއެއް ޖެހޭނެވެ. ފަހެ އެ ވައިރޯޅި އެއުރެންގެ މޫނުތަކާއި ފޭރާމުތަކުގައި ޖެހުމުން، އެއުރެންގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެގެންދެއެވެ. ފަހެ އެއުރެންގެ އަހުލުންގެ ގާތަށް އެނބުރި ދިއުމުން އަހުލުން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެންނާއި ވަކިވެގެން ދިޔުމަށްފަހު ތިބާގެ ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." އަދި އެއުރެން ބުނާނެއެވެ: "ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެން ވަކިވެގެން ދިޔުމަށްފަހުގައި ތިކަނބަލުންގެ ވެސް ފުރިހަމަކަމާއި ރީތިކަން އިތުރުވެއްޖެއެވެ." ⁸

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަަމަށް މުސްލިމް ރިވާކުރެއްވިއެވެ: ގޮވާލާމީހަކު ގޮވާލާނެއެވެ: ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ދުޅަހެޔޮ ޞިއްޙަތެއްގައެވެ. ފަހެ ދުވަހަކުވެސް ބައްޔެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ތާއަބަދަށް ދިރިހުންނާނެއެވެ. ފަހެ ދުވަހަކުވެސް މަރެއްނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ވާނީ ޒުވާންކަން މަތީގައެވެ. ފަހެ ދުވަހަކުވެސް މުސްކުޅިއެއް ނުވާނެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނިޢުމަތްތައް ލިބިލިބި ހުންނާނެއެވެ. ފަހެ ދުވަހަކުވެސް މާޔޫސްވުމެއް ނުވާނެއެވެ. އެއިލާހު عز وجل ވަޙީކުރައްވާފައި ވަނީ އެފަދައިންނެވެ: ▶️وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ◀️ މާނައީ: "ދެން އެ މީހުންނަށް ގޮވައި އަންގަވާނެއެވެ. އެހެރީ ޖަންނަތެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެ ތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ." [الأَعرَاف:٤٣] ⁹

🪷ޖަންނަތުގެ އަހުލުވެރިންގެ ވަސް

ދެ ޝައިޚުން (އިމާމް ބުޚާރީ އަދި މުސްލިމް) އަބޫ ހުރައިރާ - رضي الله عنه - ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އަދި މިއީ އަލް-ބުޚާރީގެ ރިވާޔަތުން ނެގިފައިވާ ލަފްޡުތަކެކެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތަށް އެންމެ ފުރަތަމަ ވަންނަ ޖަމާޢަތުގެ ޞޫރަ ވަނީ ސާދަވިލޭރޭގެ ހަނދުފަދައިންނެވެ. އެއަށްފަހުގައި ވަންނަ މީހުން، އުޑުގައި އަލިކަން އެންމެގަދަ ވެގެންވާ ތަރި ފަދައެވެ. އެބައިމީހުން ކުޑަކަމުވެސް އަދި ބޮޑުކަމުވެސް ނުދާނެއެވެ. ކުޅެއްނުޖަހާނެއެވެ. ނޭފަތުން އަރިދަފުސް ބޭރެއްނުކުރާނެއެވެ. އެބައިމީހުންގެ ބޮލުފުނާތައްވަނީ ރަނުންނެވެ. އެބައިމީހުންގެ ގައިން އޮހޮރޭ ދަލަކީ ގޮމަކަސްތޫރިއެވެ. އެބައިމީހުންގެ މެދުގައި 'އަލް-އުލޫތު އަލް-އަލަންޖޫޖް' ކިޔޭ ވަސް މީރު ޢޫދެއް އެންދޭނެއެވެ. އެބައިމީހުންގެ އަނބީންނަކީ ޙޫރުލް ޢީނުންނެވެ. އެބައިމީހުންގެ އުފެއްދެވުން ވަނީ އެބައިމީހުންގެ ބައްޕަ އާދަމް عليه السلام ފަދައިން (ހަށިގަނޑުގައި) 60 މުށުގެ އިސްކޮޅެއްގައެވެ." ¹⁰

📝ފައިދާއެއް: އަލް-އަލަންޖޫޖް ގެ ޝަރަޙައިގައި އަލް-ޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ: الألنجوج: همزة އަދި لام ގައި އަބަފިއްޔެެއް އަދި ن ގައި ސުކުނެކެވެ. ފުރަތަމަ ج ގައި އުބުފިއްޔެއް، و ގައި ސުކުނެކެވެ. އެއީ (މީރުވަސް ދުއްވުމަށްޓަކައި) އަންދަން ބޭނުންކުރާ ލަކުޑި އެކެވެ. އަދި 'އަލް-އަލަންޖޫޖް' ގެ މި ކަލިމައަކީ މިތާގައި 'އަލް-އުލޫތު' ގެ ތަފްސީރެވެ. އަދި ޢޫދަކީ އެ ތަފްސީރުގެ ތަފްސީރެވެ. — اه‍ـ ¹¹

🌙ޖަންނަތުގެ އަހުލުވެރިންގެ ނިދުން

އަދި ޖާބިރުގެފާނު ވިދާޅުވިކަމަށް ޞައްޙަ ސަނަދަކުން އަލް-ބައްޒާރު، އައް-ޠަބަރާނީ އަދި އަލް-ބައިހަޤީ ރިވާކުރެއްވިއެވެ: ބުނެވުނެވެ: އޭ ﷲ ގެ ރަސޫލާ އެވެ. ޖަންނަތުގެ އަހުލުވެރިން ނިދިކުރައްވާނެ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ނިންޖަކީ މަރުގެ އަޚެވެ. ޖަންނަތުގެ އަހުލުވެރިންނަށް މަރުވުމެއް ނުވެއެވެ. އަދި އެވެރިންނަށް ނިދުމެއްވެސް ނުވެއެވެ. " ¹²
🔽

(8) صحيح مسلم : 2833
(9) صحيح مسلم : 2837
(10) صحيح البخاري : 3327
(11) الفتح 6/458
(12) البدور السافرة : 475

Tazkirat Nufoos

22 Oct, 06:29


2⃣
އަދި އެއިލާހު تعالى ގެ ވަޙީބަސްފުޅު:

▶️مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ◀️މާނައީ: "ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ޖަންނަތުގެ މިސާލަކީ އެ ތާނގައި ތަޣައްޔަރުކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ޖަންނަތެވެ. އަދި އެ ތާނގައި އެ މީހުންނަށް ޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެ މީހުންގެ ރައްބުގެ ހަޟްރަތުން ފާފަ ފުއްސެވުން ހުއްޓެވެ. (މި ހުރިހާ ނިޢުމަތްތައް ލިބިގެންވާ މީހުންނާއި) އެ މީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެ މީހުންނަށް ބޯންދެއްވުމުން، އެ މީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟" [محمد:١٥]

🏆އެތާގެ ބިނާތައް

ސުނަނު އައް-ތިރްމީޛީގައި ވެއެވެ. ޖަންނަތާއި އެތާގެ ބިނާއާއި މެދު ނަބިއްޔާ ﷺ އާއި ސުވާލުކުރެވުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ: "ރަނުގެ ގަލަކުން އަދި ރިހީގެ ގަލަކުންނެވެ. އަދި އެ ދެ ގަލުގެ ދެމެދުގައިވާ އުވައަކީ އަޛްފަރުވެގެންވާ (އެބަހީ: ވަސްގަދަ) ގޮމަކަސްތޫރިއެވެ. އެތަނުގެ ކުދިގަލަކީ ރަންމުތާއި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ކުކުނެވެ. އެތަނަށް ވަދެއްޖެ މީހަކު ވާނީ ނިޢުމަތްތައް ލިބިލިބިއެވެ. މާޔޫސްވުމެއް ނުވާނެއެވެ. ތާއަބަދަށް ދެމިތިބޭ ޙާލުއެވެ. ދުވަހުކުވެސް މަރެއްނުވާނެއެވެ. އެއުރެންގެ ފޭރާންތައް ދުވަހަކުވެސް ބަލެއް ނުވާނެއެވެ. އަދި އެއުރެންގެ ޒުވާންކަން ދުވަހަކުވެސް ފިލައި ނުދާނެއެވެ." އަލް-އަލްބާނީ މި ރިވާޔަތް ޞައްޙަ ކުރެއްވިއެވެ. ⁴

އަދި އަބޫ މާލިކް އަލް-އަޝްޢަރީ - رضي الله عنه - ވިދާޅުވިކަމަށް އަލް-މުސްނަދުގައި އަޙްމަދު ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ޖަންނަތުގައި، އެތެރެއިން ބޭރު ފެންނަ އަދި ބޭރުން އެތެރެ ފެންނަ ކޮޓަރިތަކެއް ވެއެވެ. الله تعالى އެ ކޮޓަރިތައް ތައްޔާރު ކުރައްވާފައިވަނީ މީސްތަކުންނަށް ކާންދޭ، ބަސްމަގު މަޑުމައިތިރި، ރޯދަ ހިފާ، އަދި މީސްތަކުން ނިދާފައިވާ ޙާލު ރޭގަނޑުގައި ދަމުނަމާދު ކުރާ މީހުންނަށެވެ. އަދި ޢަލިއްޔު ކިބައިން އައް-ތިރްމީޛީ އެފަދައިން ރިވާކުރެއްވިއެވެ. އަދި އަލް-އަލްބާނީ އެ ޞައްޙަ ކުރެއްވިއެވެ." ⁵

އަދި އެކަލޭގެފާނުގެ ޞަޙީޙުގައި މުސްލިމް ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޖަންނަތުގައި ގޮނި ތަނަވަސް ރަންމުތްތަކަކުން ތައްޔާރުކުރެވިފައިވާ ފޭލިގެއެއް ވެއެވެ. (އެބަހީ: އޭގެ އެތެރޭގައިވާ ބައި ހުންނާނީ ހުސްކޮށް ހޮއި ހެދިފައެވެ. އަދި އޭގެ އެތެރެ ތަނަވަސްވެގެންވެއެވެ.) އެތާގެ ފުޅާމިނުގައި 60 މޭލު ވެއެވެ. އަދި އެތާގެ ކޮންމެ ކަނެއްގައި އަނެއް ކަނުގައި ތިބި ބަޔަކު ނުފެންނާނެހެން އަނބީން ތިބޭނެއެވެ. އަދި މުއުމިނު އަޅާ އެއުރެންގެ މެދުގައި ބުރުޖަހާނެއެވެ." ⁶

⬆️އެތާގެ ގަސްތައް

އެތާގެ ގަސްތަކާއި ބެހޭގޮތުން އައިސްފައިވެއެވެ. އަބޫ ހުރައިރާގެ - رضي الله عنه - ކިބައިން އައްތިރުމިޛީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އޭގެ ގަސްގަނޑު ރަނުން މެނުވީ ނުވާ ގަސްތަކެއް ޖަންނަތުގައި ވެއެވެ." މި ޙަދީޘް އަލް-އަލްބާނީ ޞައްޙަ ކުރައްވާފައިވެއެވެ. ⁷
🔽

(4) أخرجه الترمذي (2526)، وأحمد (8043)
(5) أخرجه أحمد (6615)
(6) صحيح الجامع : 2182 
(7) هداية الرواة : 5557

Tazkirat Nufoos

22 Oct, 06:28


ޖަންނަތުގެ ނިޢުމަތްތައް
1⃣
ފަހެ ހަމަކަށަވަރުން ހިތަށް ތަޞައްވަރުކޮށްލުމަށް ނުވަތަ ޚިޔާލަށް ގެނެސްލުމަށް ވުރެ ޖަންނަތުގައިވާ ނިޢުމަތްތައް ބޮޑުވެގެންވާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ދުނިޔޭގައި އެއާއި އެއްފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވެއެވެ.

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސިއެއްގެ ހިތަށް ތަޞައްވަރު ވެފަ ވެސް ނުވާ ފަދައިން ތިމަންއިލާހުގެ ޞާލިޙު އަޅުތަކުންނަށްޓަކައި ތިމަން އިލާހު (ޖަންނަތް) ތައްޔާރުކުރެއްވީމެވެ." ތިޔަބައިމީހުން އެދޭނަމަ، (އަންނަނިވި އާޔަތް) ކިޔާށެވެ! ▶️فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ◀️ މާނައީ: ‎“ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ޖަންނަތުގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ.” ¹

ﷲ تعالى ވަޙީކުރެއްވިއެވެ:

▶️لَّهُمْ فِيهَا مَا يَشَاءُونَ خَالِدِينَ ۚ كَانَ عَلَىٰ رَبِّكَ وَعْدًا مَّسْئُولًا◀️މާނައީ: "އެ މީހުން އެދޭހާ ކަމެއް އެ ޖަންނަތުގައި އެ މީހުންނަށް ހުއްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ރައްބުގެ ހަޟްރަތުން (އެ މީހުންނަށް) ފުއްދަވާނޭ ވަޢުދެއް ކަމުގައި އެ ކަންތައް ވިއެވެ." [الفُرقَان:١٦]

އަދި އެއިލާހު جل وعلا ވަޙީކުރެއްވިއެވެ:

▶️وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ◀️މާނައީ: "ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެ ދުވަހުން، ތިޔަބައިމީހުންނަށް ޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެ ތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ." [فُصِّلَت:٣١]
އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ: "لهم فيها ما يشاءون": ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކުން އިވިފައި ނުވާ އަދި އެކެއްގެ ހިތަށް ތަޞައްވަރުވެސް ނުވާ ފަދަ ލައްޒަތާއި، ކެއުމާއި، ބުއިމާއި، އަންނައުނާއި، ގޯތިގެދޮރާއި، ސަވާރީތަކާއި، މަންޒަރުތަކާއި އަދި އެނޫން އެފަދަ ތަކެތިންނެވެ.— اه‍ـ.²

އަދި ފަތުޙުލް ޤަދީރުގައި ވެއެވެ: 'لهم فيها ما يشاءون' އެބަހީ: އެބައިމީހުންނަށް ޖަންނަތުގައި އެބައިމީހުން ހިތް އެދޭހާ ކަމެއް އޭގެ އެންމެ ފުރިހަމަ އަދި އެންމެ މޮޅުވެގެންވާ ގޮތުގައި، ހިތަށް އެ ކަމެއް އައުމާއެކު ވަޤުތުން ޙާޞިލްވެގެންދާނެއެވެ.— اه‍ـ.³

🛣 އެތާގެ ފުޅާކަން

އެތާގެ ފުޅާކަމާއި މެދު އެއިލާހު ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

▶️وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ◀️މާނައީ: " އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ޖަންނަތަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ޖަންނަތް ތައްޔާރު ކުރައްވާފައިވަނީ، ތަޤުވާވެރިންނަށެވެ." [آل عمران:١٣٣]

🥣 އެތާގެ ކޯރުތަކާއި މޭވާތައް

ޖަންނަތުގެ ކޯރުތަކާއި އެތާގެ މޭވާތަކާއި މެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

▶️مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ◀️މާނައީ: "ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ޖަންނަތުގެ މިސާލު (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ ތަޤުވާވެރިވި މީހުންގެ ނިމުމެވެ. އަދި ކާފިރުވި މީހުންގެ ނިމުމަކީ ނަރަކައެވެ." [الرعد:٣٥]
🔽

(1) متفق عليه
(2) تفسير ابن كثير: شرح الآية 16 من سورة الفرقان
(3) فتحُ البيان في مقاصد القرآن/ ص. 236

Tazkirat Nufoos

22 Oct, 06:28


⬆️ޖަންނަތުގެ ނިޢުމަތްތައް

✒️މިއީ އިސްލާމްވެބްގެ ފަތުވާއަކުން ނެގިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.
⬆️⬆️⬆️
#Tazkiyah #Jannah
✦ @Tazkirat_Nufoos

Tazkirat Nufoos

21 Oct, 14:51


"Ummah with Palestine" event is back in full force and energized.

Join us this Friday, 25th October 2024

#UmmahWithPalestine
#FreePalestine

Tazkirat Nufoos

21 Oct, 01:09


▫️އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ މީހެއްގެ ބާރާއި ބަލިކަށިކަން ބިނާވަނީ އެމީހަކު (الله تعالى އާއި) ގާތްވުމުގެ މިންވަރަށެވެ. ހިތް އޭގެ ރައްބާއި ގާތްވި ވަރަކަށް އޭނާ ވަރުގަދަވެއެވެ. އަދި އޭނާ އެއިލާހު އާއި ދުރުވި ވަރަކަށް، އޭނާއާއި އެއިލާހާއި ދެމެދުގައިވާ ބީރައްޓެހިކަން އިތުރުވާނެއެވެ. ❝

📃 [މަދާރިޖުއް ސާލިކީން]

#Tazkiyah #BeingCloseToAllāh
@Tazkirat_Nufoos

Tazkirat Nufoos

20 Oct, 03:01


އިބްނުލް ޖަޥްޒީ رحمه الله ވިދާޅުވިއެވެ.

❞ ދުވަހަކަށް މަސައްކަތް ކުރާށެވެ. ތިބާ މަރުވާ ދުވަހަށެވެ. އޭގެ ސަބަބުން އެމީހުން ތިބާގެ މައްޗަށް ރޮމުންދާ ހިނދުގައި ތިބާ ވާނީ އުފަލުގައި ހޭށެވެ. ❝

[ޞައިދުލް ޚާޠިރު | ޞަފްޙާ 203]

#PreparingForDeath #GoodDeeds

@Tazkirat_Nufoos

Tazkirat Nufoos

19 Oct, 03:02


💎 الله تعالى ވަޙީކުރެއްވިއެވެ: {يا أيها الناس قد جاءتكم موعظة من ربكم وشفاء لما في الصدور وهدى ورحمة للمؤمنين} "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބުގެ ހަޒްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަހުމަތެއް އަތުވެއްޖެކަން ކަށަވަރެވެ." [يونس:57]

📖ފަހެ ޤުރުއާނަކީ، ހިތްތަކުގައިވާ ޖާހިލުކަމުގެ އަދި މަގުފުރެދުމުގެ ބައްޔަށް ވާ ޝިފާއެކެވެ. ފަހެ ޖާހިލުކަމަކީ ބައްޔެކެވެ. އޭގެ ޝިފާއަކީ ޢިލްމާއި ހިދާޔަތެވެ. އަދި މަގުފުރެދުމަކީ ބައްޔެކެވެ. އޭގެ ޝިފާއަކީ ތެދުމަގެވެ.

- އިބްނުލް ޤައްޔިމްގެ "إغاثة اللهفان"
📚 التفسير المحرر
https://dorar.net/tafseer/10/20#tt17
#Quran #Tazkiyah
✦ @Tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


..
✍️صلوا عليه وسلموا تسليما...
«އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށާއި، ގިނަގިނައިން ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.»
#Salawat
@tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

Tazkirat Nufoos

17 Oct, 16:33


••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

Tazkirat Nufoos

17 Oct, 06:44


Project Guiding Light

Tazkirat Nufoos

17 Oct, 00:41


💬 އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ އަހަރެމެންގެ ހިތަށް ޓަނެއްހާ ބަރުމިން ގެނުވާ މި އިމްތިޙާނުތައް އެއްދުވަހެއްގައި އަހަރެމެންގެ ދަރަޖަތައް އުފުލުވާނެކަން މިއީ ކިހާ ޢަޖައިބު ކުރުވަނިވި ކަމެއް ހެއްޔެވެ. އެކަން އަހަރުމެންގެ ދަރަޖަތައް އުފުލި މިންވަރުގެ ސަބަބުން އަހަރުމެން ﷲ އަށް ޝުކުރުކުރާނެއެވެ. އަހަރެމެން އިމްތިޙާނު ކުރެއްވި ކަމާއި، އަހަރެމެން ދެކެ ލޯބިވެ ވޮޑިގެންނެވި ކަމާއި އަދި އެކަކަށްވެސް ޚިޔާލަށް ނުގެނެވޭނެ ފަދަ މިންވަރަކަށް އަހަރެމެންނަށް (ނިޢުމަތްތައް) ދެއްވީތީ އަހަރެމެން އެއިލާހަށް ޝުކުރުކުރާނެއެވެ. ❝

📖[އަލް-ފަވާއިދު | ޞަފްޙާ 119]

#TrialsAndTribulations #Patience
@Tazkirat_Nufoos

Tazkirat Nufoos

15 Oct, 01:38


💫ސުފްޔާން އައްޘައުރީ رحمه الله ކިބައިން ރިވާވެގެންވެއެވެ. ޖަޢުފަރު ބިން މުޙައްމަދު ވިދާޅުވިއެވެ.

ތިބާ ލޯބިކުރާ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ الحمد لله ކިޔުން ގިނަކުރާށެވެ.

އަދި ތިބާ ނުރުހޭ ކަމެއް ކުރިމަތި ވެއްޖެ ނަމަ، ފަހެ لا حول ولا قوة إلا بالله ކިޔުން ގިނަކުރާށެވެ.

އަދި ރިޒްޤު ހިފެހެއްޓިއްޖެ ނަމަ، ފަހެ އިސްތިޣްފާރު ގިނަކުރާށެވެ.

ސުފްޔާން رحمه الله ވިދާޅުވިއެވެ: ފަހެ މި ނަޞޭޙަތުން ތިބާއަށް މަންފާ ކުރާނެވެ.

📃 [ المجالسة وجواهر العلم]

#Naseyhath #Dhikr
@Tazkirat_Nufoos